"ވޯކް ފްރޮމް ހޯމް" ރަށްފުށަށް ބަދަލުވާ މީހުންނަށް ފައިސާދެނީ

އަޙްމަދު ދާއޫދު 25 އޯގަސްޓު 2022

އެމެރިކާގެ ބޮޑެތި ސިޓީތަކާއި ޓައުންތައް ދޫކޮށް ރަށްފުށު ހިސާބުތަކަށް ދިރިއުޅުން ބަދަލުކުރާ ރިމޯޓް ވޯކަރުންނަށް 20،000 ޑޮލަރާ ހަމައަށް ފައިސާ ދެމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ފަގީރު ހިސާބުތަކަށް ދާ ފަރާތްތަކަށް އެމެރިކާ ސަރުކާރުން ފައިސާދޭން ނިންމާފައިވާއިރު، މުޅި އެމެރިކާގެ ކުދި ރަށްތަކާއި ސިޓީތަކުން ދަނީ އާ އާދައިގެ "ވޯކް ފްރޮމް ހޯމް ވޯކް މޮޑެލް"އަށް ހިތްވަރު ދެމުންނެވެ.

އަދި އެމެރިކާއަށް ނިސްބަތްވާ ގިނަ ކުންފުނިތަކުންވެސް މިކަމުގައި ފުރިހަމައަށް އެއްބާރުލުންދީ ދުރު ހިސާބުތަކުގައި މީހުން އާބާދުކުރުމަށް އެހީތެރިވަމުންދާއިރު، އެމެރިކާގެ ރައްޔިތުން ދަނީ ދަބަސްތައް ޕެކްކޮށް، ސިޓީތައް ދޫކޮށް ކުދިކުދި އެވަށްތަކަށް އެމީހުންގެ ދިރިއުޅުން ބަދަލުކުރަމުންނެވެ.

މި މޮޑެލްއަކީ ބޮޑެތި މެޓްރޯ ސިޓީތަކުގައި ރިއަލް އެސްޓޭޓްގެ އަގުތައް ނުދެއްކޭ ނޮލެޖް ވޯކަރުންނަށް ވަރަށް ކަމުދާ މޮޑެލްއެކެވެ. ބައެއް ސިޓީތަކުން ދަނީ ހިލޭ ކޮންސެޓް ޓިކެޓް ނުވަތަ ލައިފް ޓައިމް މެމްބަޝިޕްގެ ހިދުމަތް ދެމުންނެވެ.

ދުރު ހިސާބުތަކުގައި މަސައްކަތްކުރާ މީހުން ގުޅުވައިދޭ އޮންލައިން ޑައިރެކްޓަރީއެއް ކަމަށްވާ މޭކްމައިމޫވްގެ ކޯ ފައުންޑަރު އިވާން ހޮކްސް ބުނާ ގޮތުގައި މީހާ ދިރިއުޅޭ އޭރިޔާ، އެމީހާގެ މަސައްކަތުގެ ޒިންމާޢަކަށް ހުރަހެއް ނާޅައެވެ. މިޒަމާނުގެ ފުރިހަމަ ޓެކްނޮލޮޖީގެ ތެރެއިން ދެން ކޮންމެ ތަނެއްގައި ވެސް އޮންލައިންކޮށް މަސައްކަތް ކުރެވޭނެއެވެ. އެމީހާ ވަޒީފާ އަދާކުރާ އޮފީހަށް ކޮންމެދުވަހަކު ފިޒިކަލީ ހާޒިރުވުމެއް ނޯންނާނެއެވެ.

މިހާރުވެސް އެފަދަ މިސާލުތައް ދުނިޔޭގެ އެކި ޤައުމުތަކުންދަނީ ފެންނަމުންނެވެ. ޚާޢްޞަކޮށް އެމެރިކާގައި މިކަންމިވަނީ ވަރަށްބޮޑަށް ވައިގައި ހިފާފައެވެ.

މަސައްކަތްތެރިންނަށް ރިމޯޓް ވޯކިން އިންސެންޓިވްސް ފޯރުކޮށްދޭ މަތީ ފެންވަރުގެ ސިޓީތަކާއި ޓައުންޝިޕްތަކަށް ބަލާލަމާ ހިނގާށެވެ.

1) މޯގަންޓައުން: މި ހުޅަނގު ވާޖިނިއާ ސިޓީން ނޮލެޖް ވޯކަރުންނަށް 20،000 ޑޮލަރު ހުށަހަޅާއިރު، އޭގެ ތެރޭގައި 12،000 ޑޮލަރު ނަގުދު ފައިސާއާއި 8،000 ޑޮލަރުގެ އެހެނިހެން އިނާޔަތްތައް ހިމެނެއެވެ. ހުޅަނގު ވާޖިނާ ސިޓީގައި ބިނާކޮށްފައި ނުވާ ކުންފުންޏެއްގައި ފުލްޓައިމް ރިމޯޓް ވަޒީފާއެއް އަދާކުރާ ފަރާތްތަކަށް އެކަމަށް ޝަރުތު ހަމަވެ އެވެ.

2) ލޫއިސްބަރގް: މި ސިޓީން ވެސް ހުނަރުވެރި މަސައްކަތްތެރިންނަށް ޖުމްލަ 20،000 ޑޮލަރުގެ އިންސެންޓިވްއެއް ފޯރުކޮށްދެއެވެ. މި އަދަދަކީ 12،000 ޑޮލަރު ނަގުދު ފައިސާ އާއި ހާމަނުކުރާ ހަދިޔާތަކާއި އެހެނިހެން އިނާޔަތްތަކަށް 8،000 ޑޮލަރެވެ. ހުޅަނގު ވާޖިނާ ސިޓީގައި ނެތް ކުންފުންޏެއްގައި ފުލްޓައިމް ރިމޯޓް ވަޒީފާއެއް އަދާކުރާ ކެންޑިޑޭޓުންނަށް، މި ޕްރޮގްރާމަށް ޝަރުތު ހަމަވާނެއެވެ.

3) ގްރޭޓަރ ރޮޗެސްޓަރ، ނިއުޔޯކް: މި ސިޓީއަކީ ކޮޑަކް އަދި ރާގޫ ފަދަ ބައެއް އައިކޮނިކް ބްރޭންޑްތަކާއި ލޭންޑްމާކްތަކަށް މަގުބޫލު ސިޓީއެކެވެ. އެއީ 10،000 ޑޮލަރުގެ ރިލޯކޭޝަން އިންސެންޓިވް އާއި 9،000 ޑޮލަރާ ހަމައަށް ގެދޮރު ގަންނަ ފަރާތްތަކަށް ދޭ އިނާޔަތް ހިމެނޭ ގޮތަށް 19،000 ޑޮލަރުގެ އަގުހުރި އިންސެންޓިވްއެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކުންފުންޏެކެވެ. ޑައުންޓައުން ރޮޗެސްޓަރ އާއި 300 މޭލަށް ވުރެ ދުރުގައި ދިރިއުޅޭ މިކުންފުނީގެ މީހުންނަށްވެސް އެމެރިކާގައި މަސައްކަތް ކުރެވޭނެއެވެ.

4) ސައުތުވެސްޓް، މިޝިގަން: ބަދަލުވެ މަދުވެގެން 200،000 ޑޮލަރުގެ އަގެއް ހުރި ގެއެއް ގަންނަ ފަރާތްތަކަށް ރަހުނު ދިނުމަށް 10،000 ޑޮލަރުގެ އިންސެންޓިވް ހިމެނޭ ގޮތަށް ގާތްގަނޑަކަށް 15،000 ޑޮލަރުގެ އިންސެންޓިވް ފޯރުކޮށްދޭއިރު، ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުއްޖަކު ލޯކަލް ޕަބްލިކް ސްކޫލެއްގައި ރަޖިސްޓްރީ ކޮށްފިނަމަ އިތުރު 5،000 ޑޮލަރުގެ ސްޓައިޕެންޑެއް ލިބޭނެ އެވެ.

5) ނޮބަލްސްވިލް، އިންޑިއާނާ: އެމެރިކާގައި މަސައްކަތް ކުރުމުގެ ޝަރުތު ހަމަވާ އަދި ސިޓީ ލިމިޓްތަކުގައި ހުންނަ ގެއެއް ހުރި ބޮޑެތި މީހުންނާއެކު ހަ މަސް ދުވަހުގެ ތެރޭގައި މިތަނަށް ބަދަލުވާން ބޭނުންވާ މީހުންނަކީ މި ޕްރޮގްރާމަށް ފުރިހަމައަށް ފިޓްވާ ބައެކެވެ. އެއީ ޖުމްލަ 15،000 ޑޮލަރުގެ އިންސެންޓިވްއެއް ލިބޭ ކުންފުންޏެކެވެ.

6) މޮންޓްޕެލިއާ، ވަރމަންޓް: މިއީ ރީތި ފަރުބަދަތަކާއި ހިނގާބިނގާވެ އުޅޭ މަގުތަކުގެ ސަބަބުން މަޝްހޫރު ރަށެކެވެ. އެ ސިޓީން 15،000 ޑޮލަރުގެ އިނާޔަތެއް ދޭއިރު މިހާތަނަށް ޝަރުތު ހަމަވާ އެއްވެސް މިންގަނޑެއް ބަޔާންކޮށްފައެއް ނުވެ އެވެ.

7) ނިއުޓަން، އަޔަވާ: ނިއުޓަންގައި 190،000 ޑޮލަރު ނުވަތަ އެއަށްވުރެ ގިނަ އަގެއްގައި ގެއެއް ގަންނަން ބޭނުންވާ ފަރާތްތަކަށް މި ޕްރޮގްރާމަށް ޝަރުތު ހަމަވާނެއެވެ. އެގޮތުން 12،500 ޑޮލަރުގެ އިންސެންޓިވްއެއް ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.

8) ހާރމޮނީ، މިނިސޯޓާ: އެކަމަށް ކުރިމަތިލާ ފަރާތްތަކަށް 12،000 ޑޮލަރުގެ އިންސެންޓިވްއެއް ހުށަހަޅައެވެ. ހާރމޮނީ މަޝްހޫރުވެފައިވަނީ 10،000 އަކަފޫޓުގެ އާސާރީ މޯލަކާއި ގިނަ ބައިސްކަލް މަގުތަކެއްގެ ސަބަބުންނެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.