ޖޫން މަހުގެ ކުއާޓަރުގައި ކްލައުޑް ކޮމްޕިއުޓިން އިންފްރާސްޓްރަކްޗާއެއް ބިނާކުރުމަށް ބިގް ޓެކް (ދުނިޔޭގެ ޓެކްނޮލޮޖީގެ އެންމެ ބޮޑު 4 ނުވަތަ 5 ކުންފުނި) އިން ބޮޑު ޚަރަދުތަކެއް ކުރަމުން ދިޔަ ނަމަވެސް އެކަން ކުރިއަށް ނުގެންދާނެކަމަށް ތަހުލީލު ކުރާ ފަރާތްތަކުން ބުނެފި އެވެ.
ވޯލް ސްޓްރީޓްގެ ބައެއް މެމްބަރުންނަށް ފާހަގަކުރެވުނީ ކްލައުޑް އެކުލެވޭ ޒަމާނީ ކޮމްޕިއުޓިން އަދި މުވާސަލާތީ ޓެކްނޮލޮޖީން ފުރިފައިވާ ބޮޑެތި ގުދަން ސައިޒުގެ ޑޭޓާ ސެންޓަރުތަކަށް ޓެކްނޮލޮޖީގެ ބޮޑެތި މައި ކުންފުނިތަކުން 2023 ވަނަ އަހަރަށް ކުރާ ހަރަދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެމީހުން ބުނާ ގޮތުގައި ކްލައުޑް ސްޕެންޑިންގ ގްރޯތް %20 އަށް 2023 ވަނައަހަރު ނިމޭއިރު ދަށްވެދާނެއެވެ.
ސުސްކެހެނާ ފައިނޭންޝަލްގައި، އެނަލިސްޓް މެހްދީ ހުސެއިނީ ލަފާކުރާ ގޮތުގައި ކްލައުޑް އިންފްރާސްޓްރަކްޗަރަށް ކުރާ ބޮޑު ޓެކް ޚަރަދުތައް 2022 ވަނަ އަހަރު %23 އިތުރުވާނެ ކަމަށާއި، އެއީ މިދިޔަ އަހަރު %25 ކުރިއެރުމާ އަޅާބަލާއިރު ކުޑަކޮށް ދަށްވުމެކެވެ. 2023 ވަނަ އަހަރަށް ހުސެއިނީ ލަފާކުރައްވާ ގޮތުގައި "އަހަރުން އަހަރަށް ބަލާއިރު %5 އާއި ހަމައަށް މަޑުމަޑުން ކުރިއެރުން ލިބޭނެ އެވެ.
"އަޅުގަނޑުމެން ލަފާކުރާ ގޮތުގައި 2023 ވަނަ އަހަރު ސްލޯޑައުން އަންނާނެ،" ކްލައިންޓުންނަށް ފޮނުއްވި ރިޕޯޓެއްގައި ވިދާޅުވި އެވެ.
ވޯލް ސްޓްރީޓްގެ ތަހުލީލު ކުރާ ފަރާތްތަކުން ކްލައުޑް ކޮމްޕިއުޓިން އަށް ކުންފުނިތަކުން ކުރާ ޚަރަދު ތަކާމެދު ދެކޭ ގޮތް ތަފާތެވެ. އެގޮތުން ކްލައުޑް ސާވިސްތައް ފޯރުކޮށްދޭ ބޮޑެތި ތިން ކުންފުނި ކަމަށްވާ އެމެޒޯން ޑޮޓްކޮމް (AMZN)ގެ އެމެޒޯން ވެބް ސާވިސަސް، މައިކްރޮސޮފްޓް (MSFT) އަދި އަލްފާބެޓްގެ ގޫގުލް (GOOGL) ވޯލްސްޓްރީޓްގެ ލަފާކުރުމުގައި އާންމުކޮށް ހިމަނާފައިވެ އެވެ.
ގިނަ އެނަލިސްޓުންގެ ތެރޭގައި ބިގްޓެކް ކުންފުނި ތަކުގެ ތެރޭގައި ފޭސްބުކްގެ ބެލެނިވެރި މެޓާ ޕްލެޓްފޯމްސް (META) ވެސް ހިމެނެ އެވެ. އަދި ހަމަ އެހެންމެ ބައެއް އެނަލިސްޓުން އެފަދަ ކުންފުނިތަކުގެ ތެރޭގައި އެޕަލް (AAPL) ނުވަތަ އަލީބާބާ ގްރޫޕް (BABA) އާއި އައިބީއެމް (IBM) އާއި އޮރެކަލް (ORCL) ފަދަ ދެވަނަ ދަރަޖައިގެ ކްލައުޑް ޕްލޭޔަރުތައް ހިމެނެ އެވެ.
އަނެއްކޮޅުން މޯގަން ސްޓެންލީގައި އެނަލިސްޓް އެރިކް ވުޑްރިންގް ޓްރެކް ކުރައްވަނީ އެމެރިކާގެ ގަދަ 10 ކްލައުޑް ކުންފުނިން ކުރާ ހަރަދުތަކެވެ. އޭނާ އެމެޒޯން ބާކީ ކުރަނީ ގުދަން ފުލްފިލްމަންޓާއި ލޮޖިސްޓިކްސް ކެޕެކްސް އިން ކްލައުޑް އިންފްރާސްޓްރަކްޗާއަށް ކުރާ ހަރަދުތައް ޓެކް ޖަޔަންޓުން ބްރޭކް އައުޓް ނުކުރާތީ އެވެ.
ވުޑްރިންގ އިން ލަފާކުރާ ގޮތުގައި 2022 ވަނައަހަރުގެ ޖޫން މަހުގެ ވަރުގަދަ ކުއާޓަރަކަށް ބަލާއިރު %25 ކްލައުޑް ކެޕެކްސް އިތުރުވާނެ އެވެ. އެކަމަކު އޭނާ ލަފާކުރާ ގޮތުގައި 2023 ވަނަ އަހަރު ކްލައުޑް ކެޕެކްސް ގްރޯތް %5 އަށް ވެއްޓޭނެ އެވެ.
ކޮރޯނާ ވައިރަސްގެ ހާލަތުގައި ކްލައުޑް އިންފްރާސްޓްރަކްޗާއަށް ކުރާ ހަރަދުތައް ބޮޑުތަނުން ކުއްލިއަކަށް އިތުރުވި އެވެ. އެއީ އީ-ކޮމާސް ބޮޑުވެ، މުނިފޫހިފިލުވުމަށް އިންޓަނެޓް ވީޑިއޯ އާއި އޮންލައިން ގޭމިން އަށް ކޮންސިއުމަރުން އެނބުރުނު ދުވަސްވަރެކެވެ.
ކްލައުޑް އިންފްރާސްޓްރަކްޗާއަށް ކެޕިޓަލް ޚަރަދުކުރުމަކީ ޗިޕް އުފައްދާ ކުންފުނިތައް ކަމަށްވާ އެންވީޑިއާ (NVDA) އާއި އިންޓެލް (INTC) ފަދަ ސެމީކޮންޑަކްޓަރ ކުންފުނިތަކުގެ އިތުރުން ކޮމްޕިއުޓަރ ސާވަރ، ޑޭޓާ ސްޓޯރޭޖް ސިސްޓަމް އަދި ނެޓްވޯކިންގ ގިއާ އުފައްދާ ކުންފުނިތަކަށް ތަބާވާ އެނަލިސްޓުންނަށް މުހިންމު އިންޑަސްޓްރީ ޓްރެންޑެކެވެ.
ފައިބަރ އޮޕްޓިކް ޑިވައިސް އުފައްދާ ކުންފުނިތަކުން ވިއްކަނީ ހައި ސްޕީޑް ކޮމިއުނިކޭޝަން ނެޓްވޯކްތަކަށް ބޭނުންވާ ބައިތަކެކެވެ. އަރިސްޓާ ނެޓްވޯކްސް (ANET) އާއި ސިސްކޯ ސިސްޓަމްސް (CSCO) އިން ވިއްކަނީ ކްލައުޑް ސުޕަރފާސްޓް ކޮށްދޭ ހާއްސަ ނެޓްވޯކް ސްވިޗްތަކާއި ރައުޓަރުތަކެކެވެ.
ރޭމަންޑް ޖޭމްސްގައި އެނަލިސްޓް ސައިމަން ލިއޮޕޯލްޑް ވިދާޅުވީ ބިގް ޓެކް 2022 ވަނަ އަހަރުގެ ކްލައުޑް ކޮމްޕިއުޓިން އަށް ކުރާ ޚަރަދުގެ ކުރިމަގު އަދިވެސް ވަރުގަދަ ކަމަށެވެ.
"ކުއާޓަރލީ ނަތީޖާތަކާއި، 2022 ވަނަ އަހަރުގެ ކެޕެކްސް ސްޕެންޑް ޓާގެޓްތަކާއި، ކޮމެންޓްރީއަށް ބަލާއިރު، ހީވަނީ ހައިޕަރސްކޭލް އެކްސްޕެންޝަން ޕްލޭންތަކަށް ސަޕްލައި ޗޭން ކޮންސްޓްރެއިންޓްސްގެ އަސަރު ކުޑަހެން، އަދި ވިޔަފާރީގެ ޓްރެންޑްތައް ވަރުގަދަ ގޮތެއްގައި ދެމިއޮތްހެން،" އެނަލިސްޓް ސައިމަން ލިޔުއްވާފައިވާ ނޯޓެއްގައިވެ އެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.