ދުނިޔޭގެ އެންމެ ބޮޑު އެއް ޕާސްވޯޑް މެނޭޖަރު ކަމަށްވާ ލާސްޓްޕާސް 25 މިލިއަން ޔޫޒަރުންނާއެކު ހެކްކޮށްފައިވާކަން އެކުންފުނިން ކަށަވަރުކޮށްދީފިއެވެ.
އޮގަސްޓް 25 ވަނަ ދުވަހު ޝާއިއުކުރި އެޑްވައިޒަރީއެއްގައި ލާސްޓްޕާސްގެ ސީއީއޯ ކަރީމް ޓޫބާ ވިދާޅުވީ ހުއްދަ ނެތް ފަރާތަކުން "ސޯސް ކޯޑްގެ ބައިތަކާއި ލަސްޓްޕާސްގެ ބައެއް ޕްރޮޕްރިއޭޓަރީ ޓެކްނިކަލް މައުލޫމާތު" ވަގަށް ނަގާފައިވާ ކަމަށެވެ.
މި ބްރީޗަކީ ޑިވެލޮޕްމަންޓް ސާވަރތަކުގެ ބްރީޗެއް ކަމަށް ފެންނައިރު، ލާސްޓްޕާސް ޑިވެލޮޕަރ އެކައުންޓަކަށް ކޮމްޕްރޮމައިޒް ކޮށް މީގެ ދެ ހަފްތާ ކުރިން އެކެސެސްވި އެވެ. އިންސިޑެންޓް ރެސްޕޮންޑަރުން ވަނީ އެ ބްރީޗް ކޮންޓްރޯލްކޮށްފައި ކަމަށާއި، އިތުރު ނުރައްކާތެރި އަމަލުތަކެއް ހިންގާފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ލާސްޓް ޕާސްއިން ބުނެއެވެ. އަދި ކަސްޓަމަރުންގެ އެއްވެސް ޑޭޓާއެއް ނުވަތަ އެންކްރިޕްޓް ކޮށްފައިވާ ޕާސްވޯޑް ވޯލްޓްތަކަށް ވަދެފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާކަން ޓޫބާ ވަނީ ކަށަވަރުކޮށްދީފަ އެވެ.
ލާސްޓްޕާސް ބޭނުންކުރާ މީހުންނަށް، ހަމަގައިމުވެސް، ކަންބޮޑުވާނީ، އެމީހުންގެ އޮންލައިން މާސްޓަރ ޕާސްވޯޑް ހެކަރަކަށް ލިބިދާނެތީއެވެ. ނަމަވެސް ލާސްޓްޕާސް އިން ސާފުކޮށްދީފައިވާ ގޮތުގައި، އެއްވެސް ޔޫޒަރެއްގެ މާސްޓަރ ޕާސްވޯޑްތައް ދުވަހަކުވެސް ލާސްޓް ޕާސްއިން ރައްކާ ނުކުރެވޭނެއެވެ. "ލާސްޓްޕާސް އަށް ދުވަހަކުވެސް އަޅުގަނޑުމެންގެ ކަސްޓަމަރުންގެ މާސްޓަރ ޕާސްވޯޑް އެނގިގެން ނުވަތަ އެކްސެސް ނުލިބޭނެ،" ޓޫބާ ވިދާޅުވި އެވެ.
އެހެންކަމުން މި ހާދިސާގެ ސަބަބުން ބޭނުންކުރާ މީހުންގެ މާސްޓަރ ޕާސްވޯޑް ލީކް ނުވާނެ ކަމުގެ ޔަޤީންކަން ލާސްޓްޕާސް އިން ދޭއިރު އެމީހުން ބުނަނީ ޕާސްވޯޑް ވޯލްޓްތަކާ ގުޅޭ ގޮތުން ޔޫޒަރުން އެއްވެސް ފިޔަވަޅެއް އަޅަން ނުޖެހޭ ކަމަށެވެ.
ޕާސްވޯޑް މެނޭޖަރު "ލާސްޓް ޕާސް"ގެ ޑާޓާ ބްރީޗް ވި ޚަބަރަކާ ކުރިމަތިލާން ޖެހުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ޖޫން 2015 ގައި އެ ކުންފުނިން ވަނީ ހެކަރުން އެ ނެޓްވޯކަށް ވަދެފައިވާކަން ކަށަވަރުކޮށްދީފަ އެވެ. މިފަހަރުގެ މި ހާދިސާ އާއި ހިލާފަށް ލޮގިން ކުރާއިރު މާސްޓަރ ޕާސްވޯޑް ބަދަލު ކުރުމަށް އެފަހަރުވަނީ ޔޫޒަރުންނަށް އެންގިއެވެ.
މި ހާދިސާގައި ކަސްޓަމަރުންގެ ޑޭޓާ ކޮމްޕްރޮމައިޒް ނުވި ކަމީ އުފާވެރި ޚަބަރެއް ނަމަވެސް، ހެކަރުންވަނީ ސޯސް ކޯޑާއި 'ޕްރޮޕްރިއޭޓަރީ ޓެކްނިކަލް މައުލޫމާތު'ގެ ބަޔަށް ވަދެފައެވެ. އެކަމަކީ ކަންބޮޑުވާ ކަމެކެވެ. އެނމްެ ބޮޑަށް ލާސްޓް ޕާސް އިން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ހާއްސަކޮށް ވަގަށް ނަގާފައިވާ ސީދާ އެއްޗަކާ ގުޅޭ އިތުރު ތަފްސީލެއް ލިބިފައި ނުވާތީ އެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.