އަމިއްލަ އައިއެސްޕީއަކުން ނެޓްގެ ޚިދުމަތް ދެވިދާނެތަ؟

އަޙްމަދު ދާއޫދު 28 އޯގަސްޓު 2022

އިންޓަރނެޓް ސަރވިސް ޕްރޮވައިޑަރ ތަކުން އެމީހުންގެ ވިޔަފާރި ފުޅާކުރުމަށް ނުވަތަ ދެމުންގެންދާ ސަރވިސް އަޕްގްރޭޑް ކުރުމަށް ގެންދަނީ ބޮޑެތި އިންވެސްޓްތައް ކުރަމުންނެވެ. އެފަދަ ކޮންމެ އިންވެސްޓެއް ވެގެންދަނީ ޢާއްމު ރައްޔިތު މީހާގެ ޖީބަށް ބޮޑު ބުރައަކަށެވެ.

އެމެރިކާގެ ހުޅަނގުގެ މެދުތެރޭގައި އޮންނަ ކުޑައަވަށެއް ކަމަށްވާ މިޝިގަންގެ އިންޓަރނެޓް ސްޕީޑް ރަނގަޅުކޮށް ރަށްފުށުގެ ގެތަކަށް އެ ޚިދުމަތް ފުޅާކުރުމަށް އެއަވަށުގެ ރައްޔިތުން 50،000 ޑޮލަރު، އެމެރިކާގެ ކޮމިޔުނިކޭޝަން ކުންފުންޏެއްކަމަށްވާ އޭ.ޓީ އެންޑް ޓީ (AT&T) އަށް، ދައްކަން ޖެހުމުން، މިޝިގަންގެ ރައްޔިތެއް ކަމަށްވާ ޖެރެޑް މައުޗް އޭނާގެ އަމިއްލަ ފައިބަރ އިންޓަރނެޓް ސަރވިސް ޕްރޮވައިޑަރ އެއް އިޚްތިޔާރުކުރީ އެ އަވަށުގެ އޭނާފަދަ ފަގީރުންނަށް އެފަދަ ބޮޑު ޚަރަދެއް ނުކުރެވޭނެތީ ކުޑަޚަރަދަކުން ބްރޯޑް ބޭންޑް އިންޓަނެޓްގެ ޚިދުމަތް ލިބިގަތުމުގެ އުންމީދުގައެވެ.

ޖެރެޑް މައުޗް އިޚްތިޔާރުކުރީ އޭނާގެ އަމިއްލަ ފައިބަރ އިންޓަރނެޓް ސަރވިސް ޕްރޮވައިޑަރ އެއް ފެށުމެވެ.

މިހާރު އޭނާ ދަނީ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ފުޅާކުރުމުގެ މަގުސަދުގައި ފަންޑު ހޯދުމުގެ ގޮތުން ގާތްގަނޑަކަށް 70 ކަސްޓަމަރުންގެ އަތުން ކުޑަފީއެއް ނަގައި 600 އާ ގާތްކުރާ އަދަދަކަށް އެއަވަށުގެ ގެތަކަށް ހިދުމަތް ފުޅާކުރަމުން ކަމަށް އާސް ޓެކްނިކާ އިން ރިޕޯޓްކޮށްފި އެވެ.

މިދިޔަ އަހަރު އެމެރިކާ ސަރުކާރުގެ ކޮރޯނާވައިރަސް ސްޓޭޓާއި ލޯކަލް ފިސްކަލް ރިކަވަރީ ފަންޑުން ވަނީ މިޝިގަންގެ ވޮޝްޓެނާވް ކައުންޓީއަށް އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް 71 މިލިއަން ޑޮލަރު ކަނޑައަޅާފައެވެ. އޭގެ ފަހުން މައުޗް ވަނީ ދާދިފަހުން ކޮށްފައިވާ ސާވޭއެއްގެ މައްޗަށް ބިނާކޮށް ހިދުމަތް ނުލިބޭ ނުވަތަ ހިދުމަތް ނުލިބޭ ކަން އެނގޭ ގޭބިސީތަކަށް ގުޅައި ގެން ބިޑެއް ކާމިޔާބުކޮށްފައިވާ ކަމަށް އާރްއެފްޕީން ބުންޏެވެ.

"އެ މީހުން އެއީ ބޮޑު ކުންފުންޏެއް، އަޅުގަނޑާ އެމީހުންނާ މެދު ވަރަށް ބޮޑު ފަރަގު އެބަހުރި، މިބިޑް ކާމިޔާބު ކުރެވޭނެކަމުގެ އެއްވެސް ޔަގީން ކަމެއް އޭރަކު ނެތް، ނަމަވެސް މުޅި ޕްރޮޖެކްޓަށް [އަޅުގަނޑުގެ ދާއިރާއިން] ބިޑްކޮށް، އެ ވާދަވެރި ބިޑިން ޕްރޮސެސްގެ ތެރެއިން ކާމިޔާބު ކުރެވުނީ،" އާރަސް އަށް އޭނަ ކިޔައިދިނެވެ.

އޭނާގެ މި މަސައްކަތް ފުރިހަމަ ކުރުމަށް 14 މޭލާއި 52 މޭލާ ދެމެދުގެ ދިގުމިނަކަށް ފައިބަރަކުން ގުޅާލަން ޖެހޭނެ ކަމަށާއި އޭގެ ތެރޭގައި އެއް ގެއަކަށް މަދުވެގެން ބައި މޭލުގެ ފައިބަރު ބޭނުންވާ ދެ ގެއެއް ވެސް ހިމެނޭ ކަމަށް އޭނާބުނެފައިވެއެވެ. ޢާއްމު ރޭޓުން ބަލާނަމަ އެއިން ކޮންމެ ގެއަކަށް 30،000 ޑޮލަރު ހަރަދުވާނެ ކަމަށާއި ނަމަވެސް އޭނާގެ އަމިއްލަ އިންސްޓޯލްމަންޓް ފީ ތައް އާންމު ގޮތެއްގައި 199 ޑޮލަރަށް ތިރިވާނެކަމަށް އޭނާ ވަނީ ބުނެފައެވެ.

މައުޗްގެ މަސައްކަތް ނިމުމުން، ކަސްޓަމަރުންނަށް މަހަކު 55 ޑޮލަރަށް 100އެމްބީޕީއެސް އަޕް/ޑައުން އިންޓަނެޓް ސްޕީޑް، ނުވަތަ މަހަކު 79 ޑޮލަރަށް އަންލިމިޓެޑް ޑޭޓާ ހިމެނޭ 1ޖީބީޕީއެސް އިހްތިޔާރު ކުރެވޭނެއެވެ.

ކޮންޓްރެކްޓް 2026 ވަނަ އަހަރު ފުރިހަމަ ކުރަން ޖެހޭއިރު، އޭނާގެ އަމާޒަކީ 2023 ވަނަ އަހަރު ނިމުމުގެ ކުރިން އެކަން ކުރުމެވެ. އޭނާ މިހާރުވެސް ވަނީ ބޭނުންވާ ބައެއް އެޑްރެސްތަކަށް ގުޅައި، ފުރަތަމަ ޚިދުމަތް ދޭން ރާވާފައިވާ ގެތަކަށް މިދިޔަ ޖޫން މަހު ކަނެކްޝަން ގުޅާލުމަށް ފަހު ނޫސް ބަޔާނެއް ނެރެފައެވެ.

އެކަމާއި ގުޅިގެން އޭނާއަށް ތައުރީފްކޮށް އެތައްބަޔަކުވަނީ މީޑިއާގައި ވާހަކަ ދައްކަފައެވެ. އެގޮތުން ލޯކަލް ކޮމިޝަނަރަކު ވިދާޅުވީ "އެއީ އަހަރެމެންނަށް އައި އިންގިލާބީ ވަގުތުކޮޅެއް.ވަރަށް ބޮޑު ޚިދުމަތެއް. "ކަމަށެވެ.

އައިއެސްޕީ އެއް ހިންގުމަކީ މައުޗްގެ ރަސްމީ ވަޒީފާއެއް ވެސް ނޫނެވެ. އޭނާ މަސައްކަތް ކުރަނީ އެކަމައީ ނެޓްވޯކް އާކިޓެކްޓެއްގެ މުވައްޒަފެއްގެ ގޮތުގަ އެވެ. ނަމަވެސް އޭނާގެ ހިދުމަތަކީ މި ސަރަހައްދުގައި ކޮންމެހެން ވެސް ކުރަން ޖެހޭ ހިދުމަތަކަށް ވެފައި، ބޮޑު މޯބައިލް ކެރިއަރަކަށް ފައިބަރު ބެކްހައުލް ވެސް އޭނާ ފޯރުކޮށްދެ އެވެ.

"ހަމަ ކަށަވަރުން ވެސް އަހަރެންގެ ހުރިހާ އަވަށްޓެރިން ވެސް އަހަރެން ދަންނަރައް ޓެހިންވެސް ފޯނުތަކުގައި އަހަރެންގެ ނަމުގެ ގޮތުގައި ސޭވްކޮށްފައި ހުންނަނީ 'ފައިބަރ ކޭބަލް'ގެ ގޮތުގައި،" އޭނާ ބުންޏެވެ.


އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.