ޓަޗްސްކްރީންތަކަށް ވުރެއް ފިޒިކަލް ބަޓަންތައް ހަލުވި

އަޙްމަދު ދާއޫދު 01 ސެޕްޓެމްބަރު 2022

ވެހިކަލް ތަކުގައި ހުރި ފިޒިކަލް ބަޓަންތަކުގެ ބަދަލުގައި ސްޓޭންޑަޑް މެތެޑެއްގެ ގޮތުގައި ޓަޗްސްކްރީން ޑިސްޕްލޭތަކަށް ގިނަކުންފުނިތަކުން އުފައްދާ ފަހުގެ ވެހިކަލްތައް ބަދަލުކުރަމުން ގެންދިޔަ ނަމަވެސް އެއީ ފިޒިކަލް ބަޓަން ތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ޑިސްޕްލޭތަކަށް ވުރެ ފަސޭހަ ނުވަތަ ރައްކާތެރި ޑިސްޕްލޭތަކެއް ހެއްޔެވެ؟

ސްވިޑެންގެ ކާރު މަޖައްލާއެއް ކަމަށްވާ ވީ ބިލާގަރޭ އިން ދާދި ފަހުން ވަނީ ވެހިކަލް ތަކެއްގެ ޓެސްޓްކޮށްފަ އެވެ. އޭގެ ތެރެއިން 11 ކާރުގައި ޓާޗްސްކްރީން ހުރިއިރު ، ފިޒިކަލް ބަޓަންސް ހުރީ އެންމެ ކާރެއްގައެވެ. އެއީ 17 އަހަރުގެ ވޮލްވޯ ވީ70 އެވެ.

އެ ޕަބްލިކޭޝަންގައި ވަނީ ކަނޑައެޅި ޓާސްކް ގައި، ގަޑިއަކު 68 މޭލުގެ ބާރުމިނުގައި ދަތުރުކުރާއިރު ޑްރައިވަރަކަށް ސިލްސިލާ އަސާސީ މަސައްކަތްތަކެއް ކުރުމަށް ނަގާ ވަގުތު މިންކޮށްފަ އެވެ. ފާހަގަކޮށްލެވޭ ކަމަކީ ޓެސްޓް ފެށުމުގެ ކުރިން ކޮންމެ ކާރަކާއި އެ ކާރެއްގެ އިންފޯޓޭއިންމަންޓް ސިސްޓަމްތައް އެނގެން ޑްރައިވަރުންނަށް ވަގުތު ދިނުމެވެ.

ޓެސްޓްކުރުމުގެ ޓާސްކްގައި އޭގައި ހިމެނެނީ، ހޫނުކޮށްފައިވާ ގޮނޑި އެކްޓިވޭޓްކުރުމާއި، ފިނިހޫނުމިން ދެ ޑިގްރީ މަތިކުރުމާއި، ޑިފްރޮސްޓަރ ސްޓާޓްކުރުމުގެ އިތުރުން ސްޓިރިއޯ ޖައްސައި ސްޓޭޝަން ވަކި ޗެނަލަކަށް އެޖެސްޓްކުރުމާއި، ޓްރިޕް ކޮމްޕިއުޓަރު ރީސެޓްކުރުމާއި، އިންސްޓްރޫމެންޓް ލައިޓްތައް ތިރިކުރުމެވެ އެންމެ ދަށް ލެވެލްގައި ދެން ސެންޓަރ ޑިސްޕްލޭ ނިއްވާލާށެވެ.

2005 ވަނަ އަހަރުންފެށިގެން މިއަދާ ޖެހެންދެންވެސް ބަޓަން އަށްބަރޯސާވެފައިވާ ވޮލްވޯ ވީ70 އިން މިޓެސްޓް ކުރުމުގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރެފައިވާއިރު، އެ ހުރިހާ ޓެސްޓެއް ހެދުމަށް ޑްރައިވަރަށް ނަގާފައިވަނީ އެންމެ 10 ސިކުންތެވެ. ގަޑިއަކު 68 މޭލުގެ ބާރުމިނުގައި ދަތުރުކުރަމުން ދިޔަ މި އުޅަނދު ދުއްވި އިރު ޑްރައިވަރު އެޖެސްޓްމަންޓްތައް ހަދައި ނިމުނުއިރު ދަތުރުގައި ވެހިކަލް ދުވެފައިވަނީ އެންމެ 1،004 ފޫޓަށެވެ.

މި ސްޕެކްޓްރަމްގެ އިދިކޮޅު ކޮޅުގައި އޮތީ ކޮމްޕެކްޓް ޗައިނީސް އެސްޔޫވީއެއް ކަމަށްވާ އެމްޖީ މާވެލް އާރ އެވެ. އޭގެ ޓަޗްސްކްރީން ބޭނުންކޮށްގެން ހުރިހާ މަސައްކަތެއް ފުރިހަމަ ކުރުމަށް ޑްރައިވަރަށް 44.6 ސިކުންތު ބޭނުންވިއިރު، އެ ޕްރޮސެސްގައި 4،501 ފޫޓަށް ވެހިކަލް ދަތުރުކޮށްފައިވެ އެވެ.

މިޓެސްޓްގައި ޓަޗްސްކްރީން އަށް ބިނާކޮށް އެންމެ ރަނގަޅު ޕާފޯމަންސެއް ދެއްކި ވެހިކަލަކީ ޑޭޝިއާ ސަންޑޭރޯ އެވެ. އޭގެ ޑްރައިވަރަށް ޓާސްކް ފުރިހަމަކުރަން ބޭނުންވީ އެންމެ 13.5 ސިކުންތެވެ. ވޮލްވޯގެ ސީ40 ކުޑަތަންކޮޅެއް ފަހަތުގައި އޮތްނަމަވެސް، 13.7 ސިކުންތުން ވަނީ ޓާސްކް ނިންމާފައެވެ.

އެ ޕަބްލިކޭޝަންގައިވާ ގޮތުން ވެހިކަލް އުފައްދާ ކުންފުނިތަކުން ޓަޗްސްކްރީންތަކަށް ބަދަލުވަމުން އަންނަނީ އެންމެ މަދު ކޮމްޕޯނެންޓްތަކެއް އެކުލެވޭ ރީތި ސާފު އެތެރެއެއް ލިބޭތީ އެވެ. އަދި ބީން ކައުންޓަރުތައް ވެސް ޓަޗްސްކްރީންތަކަށް ފަހިވާ ސަބަބަކީ އެއީ ތަންފީޒު ކުރުމަށް ޚަރަދު ކުޑަ އެއްޗަކަށް ވާތީ އާއި އިތުރު ފަންކްޝަނަލިޓީއަކާއެކު ވަގުތު ފާއިތުވަމުންދާ ވަރަކަށް އަޕްޑޭޓް ކުރެވޭނެ އެއްޗެކަށް ވާތީއެވެ.

ޓަޗްސްކްރީން ޖަހާފައިވާ ޒަމާނީ އުޅަނދުތަކުން ލިބޭ ސްލީކް އެސްތެޓިކް އަށް ތިބާ އިސްކަންދެނީ ހެއްޔެވެ، ނުވަތަ ތިއީ ޒަމާމުއްސުރެއް ތަޖްރިބާ އައި އިތުބާރު ލިބިފައިވާ އަލްލެވޭ ބަޓަން ތަކަށް ޝައުގުވެރިކަން ހުންނަ ޕިއުރިސްޓެއް ހެއްޔެވެ؟

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.