ގޫގަލް ޓްރާންސްލޭޓް ޑެސްކްޓޮޕް އެޕަކީ މެލްވެއަރ އެއް!

އަޙްމަދު ދާއޫދު 01 ސެޕްޓެމްބަރު 2022

ގޫގަލް ޓްރާންސްލޭޓް ޑެސްކްޓޮޕް އެޕް ޑައުންލޯޑް ކޮށްފިންހެއްޔެވެ؟ ޑައުންލޯޑް ކުރެވިފައިވާ ނަމަ އަވަހަށް ލަސްނުކޮށް އަންއިންސްޓޯލް ކުރާށެވެ. އެއީ ކްރިޕްޓޯޖެކިން މެލްވެއަރ އެއް ކަން މިހާރު ވަނި އެނގިފައެވެ.

ގޫގަލް ޓްރާންސްލޭޓް ޑެސްކްޓޮޕް އެޕެއް އަދި މިހާތަނަށް އިތުބާރު ހުރި އެއްވެސް ފަރާތަކުން އުފައްދާފައިވާ ނުވާއިރުވެސް އެ އެޕް ހޯދުމަށް ނުވަތަ ޑައިންލޯޑް ކުރުމަށް ބޭނުންވެގެން ގޫގުލް ސަރޗްގައި ޖެހުމުން، ސޮފްޓްވެއާ ވެބްސައިޓްތަކުން ނަތީޖާ ލިބިދާނެ އެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތު ތަކަށް ބަލާއިރު، ގޫގަލް ޓްރާންސްލޭޓްގެ ގޮތުގައި ހެދިފައިވާ އެޕްތަކާއި އެހެނިހެން ބައެއް ހިދުމަތްތަކަކީ ގިނަ ސެކިއުރިޓީ ޕްރޮޓޮކޯލްތަކުން ފޮރުވުމަށް ފުޅާ ދާއިރާއެއްގައި އަޅާ ކްރިޕްޓޯ މައިނިން މެލްވެއާ ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ސްކޭމެއްގެ ބައެކެވެ.

މި ހަފްތާގައި އައިޓީ ސެކިއުރިޓީ ގްރޫޕް ޗެކްޕޮއިންޓް ރިސާޗް (ސީއާރުޕީ) އިން ވަނީ ގޫގަލް ޓްރާންސްލޭޓް ހިމެނޭ ގޮތަށް އިންޓަނެޓުން ފެންނަ އެޕްތަކުގެ ފަހަތުގައި ފޮރުވިފައި އޮތް ކްރިޕްޓޯ މައިން މޭލްވެއާ އަކާއި ބެހޭ ރިޕޯޓެއް ޝާއިއުކޮށްފަ އެވެ. އެރިޕޯޓްގައި ބުނެފައިވާ ގޮތުން އެފަދަ ޕްރޮގްރާމްތަކުން އިޝްތިހާރު ކުރާ ކަންތައްތައް ކުރަމުން ދަނިކޮށް މޭލްވެއަރ ތިބާގެ ޑިވައިސް އަށް ޑައުންލޯޑް ވެއެވެ. އަދި ޔޫޒަރުންގެ އިތުބާރު ހޯދައިދެ އެވެ.

ދިރާސާވެރިންނަށް ތުރުކީގެ ޑިވެލޮޕަރެއް ކަމަށްވާ ނައިޓްރޯކޯޑްގެ މި މެލްވޭއާ ސޮފްޓްޕީޑިއާ އާއި އަޕްޓޯޑައުން ފަދަ މަޝްހޫރު ސޮފްޓްވެއާ ޑައުންލޯޑް ސައިޓްތަކުން ފެނުނު އިރު، އެ މެލްވޭއަކީ ރައްކާތެރި އެއްޗެއް ކަމަށްވެސް އެސައިޓްތަކުގައި ވަނީ ބުނެފައެވެ.

ގޫގަލް ޓްރާންސްލޭޓް އެޕްގެ އިތުރުން އޮޅުވާލުމުގެ ޕްރޮގްރާމްތަކުގެ ތެރޭގައި ގޫގަލް ޓްރާންސްލެޓް، ޔަންޑެކްސް ޓްރާންސްލެޓް، މައިކްރޮސޮފްޓް ޓްރާންސްލެޓާ، ޔޫޓިއުބް މިއުޒިކް، އެމްޕީ3 ޑައުންލޯޑަރެއްގެ އިތުރުން އޮޓޯ ޝަޓްޑައުން އެޕްގެ ޑެސްކްޓޮޕް ވަރޝަންތައް ހިމެނެ އެވެ.

މިއިން އެއްވެސް ޕްރޮގްރާމެއް ޑައުންލޯޑް ކުރި ޔޫޒަރުން އެ ޕްރޮގްރާމްތައް އަވަހަށް އަންއިންސްޓޯލްކޮށް، އޭގެ ބަދަލުގައި ރަސްމީ ވެބް ބެސްޓް ނުވަތަ މޯބައިލް ވަރޝަންތައް ބޭނުން ކުރަން ވަނީ އިލްތިމާސްކޮށްފަ އެވެ. މިއިން އެއްވެސް ހިދުމަތެއްގައި ރަސްމީ ޑެސްކްޓޮޕް އެޕްތަކެއް ނެތުމުން، ސަރޗް ނަތީޖާތަކުގައި މަތީ ރޭންކިންގައި އޮތް ހަމައެކަނި ވަރޝަންތަކަކީ ނައިޓްރޯކޯޑްގެ ވަރޝަންތަކެއް ކަމަށް ފެނެއެވެ.

ނައިޓްރޯކޮޑުން މި މެލްވެއަރ ފަރުމާކޮށްފައިވަނީ އިންސްޓޯލް ކުރުމުން އެއީ ފޭކެއް ކަން އެއްވެސް ގޮތަކުން ނޭންގޭހާ ފުރިހަމަ ގޮތަކަށް ފެންނަ ގޮތަށެވެ. މިސާލަކަށް އެ ގްރޫޕްގެ ގޫގުލް ޓްރާންސްލޭޓް އެޕްގެ ގޮތުގައި ފެންނަ އެޕް އިންސްޓޯލް ކުރުމުން މަސައްކަތް ކުރަނީ ރަސްމީ ވެބްޕޭޖް ފަދައިންނެވެ. އެއީ ކްރޯމިއަމް އެންބެޑެޑް ފްރޭމްވޯކް މެދުވެރިކޮށް ގޫގުލްގެ ޕޭޖް ބަދަލުކޮށްގެން ނައިޓްރޯކޮޑުން އުފައްދާފައިވާ އެއްޗަކަށްވާތީ އެހާފުރިހަމަ ކޮށް ފެންނަނީއެވެ. މީގެ އިތުރުން އެޕްތަކުން ޝައްކު ކުރެވޭ ގޮތަށް އެއްވެސް ކަމެއް ވަގުތުން ކުރަން ނުފަށައެވެ. އޭގެ ބަދަލުގައި ގިނަފަހަރަށް އޭތި ފަރުމާކޮށްފައިވަނީ ތިންހަތަރު ފަހަރަކު ސިސްޓަމް ރީސްޓާޓް ކުރުމުން އޭގެ މަސައްކަތްތައް ފަށާގޮތަށެވެ. ޗެކްޕޮއިންޓުން ބުނާ ގޮތުގައި މިއީ އެފަދަ އެޕްތަކަށް ސޭންޑްބޮކްސް ޑިޓެކްޓް ނުވުމަށް އެހީތެރިވެދޭ ކަމެކެވެ.

މިދެންނެވިފަދަ ބޮޑެތި އޮޅުވާލުންތަކެއް ހުރުމުން، އެފަދަ އެޕަކީ މެލްވެއަރ އެއްކަމަށް ޤަބޫލުކުރެވުން އޮންންނީ ދަތިކަމަކަށް ވެފައެވެ. އަދި ނައިޓްރޯކޯޑްގެ ސޮފްޓްވެއާ އިން ސެކިއުރިޓީ ސޮފްޓްވެއާއެއް ހުރިތޯ ވެސް ޗެކް ކުރެ އެވެ. އަދި ވާޗުއަލް މެޝިނެއްގައި ހިނގަމުންދާ އަލާމާތްތައް ފެނިއްޖެނަމަ މައިނިން ޕްރޮގްރާމް ނުފެށޭނެއެވެ. މިއީވެސް އެފަދަ މޭލްވެއަރ ތައް ތިބާގެ ޑިވައިސްގައި ވަކިހިއްޕާލުމުގެ ފިޔަވަޅަކަށް ވެފައިވާ ކަމެކެވެ. މި ހުރިހާ ފިޔަވަޅަކަށް ފަހު އެފަދަ މެލްވެއަރ ތަކުން ކްރިޕްޓޯކަރަންސީ މައިން ކުރުމަށް ޝިކާރައަކަށް ވެފައިވާ މީހާގެ ކޮމްޕިއުޓަރު ބޭނުން ކުރަން ފަށަ އެވެ.

އެހެންކަމުން މިފަދަ ނުރައްކާތެރި ކަންކަމުން ސަލާމަތްވުމަކީ އަމިއްލަ ޒިންމާއެއްކަމުގައި ދެކިލައްވާށެވެ. ޓެކްސްޕޮޓް އަދި އެހެނިހެން ޓެކް ނިއުސް ވެބްސައިޓްތަކުގައި ގިނަ ފަހަރަށް ގޫގަލް ޓްރާންސްލޭޓްގެ އެންޑްރޮއިޑް ވަރޝަން ހިމެނޭ ގޮތަށް ގިނަ ޔުޓިލިޓީތަކެއް ރައްކާތެރިކަމާއެކު ޑައުންލޯޑް ކުރެވޭން ހުރެ އެވެ. އެފަދަ ބައިތައް ހޯދުމަކީ މޭލްވެއަރ އާއި ނުލައި އެޕްތައް ހޯދުމަށް ރައްކާތެރި ގޮތެކެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.