ފްލޮޕީ ޑިސްކްތަކާ ދެކޮޅަށް ޖަޕާނުން ހަނގުރާމަ އިއުލާންކޮށްފި

އަޙްމަދު ދާއޫދު 02 ސެޕްޓެމްބަރު 2022

ދުނިޔޭގެ މަދު ޤައުމެއްގައި ނޫނީ އެއްވެސް މީހަކު، އެންމެ ކުރީގެ ޕްލޮޕީ ޑިސްކް ބޭނުން ނުކުރާތާ ގާތްގަޑަކަށް 10 ވަރަކަށް އަހަރުވީފަހުން ޖަޕާނު ސަރުކާރުން އެޤައުމުގެ ޑިޖިޓަލް މިނިސްޓަރު، ފްލޮޕީ ޑިސްކްތަކާ ދެކޮޅަށް ހަނގުރާމައެއް އިއުލާން ކުރައްވައިފިއެވެ.

އެންމެ އައިކޮނިކް އެއް ޑިސްކް ކަމަށްވާ ފްލޮޕީ ޑިސްކްތަކާއި ދެކޮޅަށް ޖަޕާނުގެ ޑިޖިޓަލް މިނިސްޓަރ "ހަނގުރާމަ" އިޢުލާން ކުރައްވާފައިވާއިރު، ޖަޕާނުގައި އަދިވެސް ވަރަށް ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުންދާ ޓެކް ޕްރޮޑަކްޓްތަކަކީ ޒަމާންވީ ޕްރޮޑަކްޓްތަކެއް ކަމަށް ބެލެވިދާނެ އެވެ. އެގޮތުން ކޮމްޕެކްޓް ޑިސްކް، ފެކްސް މެޝިން، އަދި އެނޫންވެސް ޒަމާންވީ ޓެކްނޮލޮޖީތަކަކީ ޖަޕާނު ސަރުކާރުގެ ގިނަ ޕްރޮސީޖަރތަކެއްގެ ތެރޭގައި މިހާރުވެސް ހިމެނޭ ބާވަތްތަކެވެ.

ޖަޕާނުގެ ޑިޖިޓަލް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފްލޮޕީ، ސީޑީ، އަދި މިނީ ޑިސްކްވެސް އަދިވެސް ސަރުކާރުގެ 1900 އެއްހާ ޕްރޮސީޖާއަށް ބޭނުންވާ ކަމަށާއި، އެ ޕްރޮސީޖާތަކުގައި ވިޔަފާރި ކޮމިއުނިޓީތަކުން އެޕްލިކޭޝަންތަކާއި އެހެނިހެން ފޯމްތައް ހުށަހަޅާ ކަމަށެވެ. އެ ގައުމުގެ ޑިޖިޓަލް އޭޖެންސީން މި ޕްރޮސީޖާތައް އޮންލައިންކޮށް ކުރުމުގެ ހުއްދަ ދިނުމުން މި ޒަމާނުގެ (ނުވަތަ 21 ވަނަ ގަރުނުގެ) ތެރެއަށް މި ޕްރޮސީޖާތައް ގެންނާނެ އެވެ.

"އަހަރެމެން މި ޕްރެކްޓިސްތައް ވަރަށް ބާރަށް ރިވިއު ކުރާނަން،" އަންގާރަ ދުވަހު (ބްލޫމްބާގް މެދުވެރިކޮށް) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯނޯ ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ ވަނީ ފުރިހަމަ އެއްބާރުލުން ދެއްވާފައި ކަމަށެވެ. "މިޒަމާނުގައި ފްލޮޕީ ޑިސްކެއް ވެސް ގަންނަނީ ކޮންތާކުން؟" އޭނާގެ ޓްވީޓްގައި ބުނެފައިވެއެވެ.

ޖަޕާނު ސަރުކާރުގެ ޑިޖިޓަލް ޓާސްކްފޯސްއިން ލިޔެފައިވާ ގޮތުގައި، ބިއުރޯކްރަސީގެ ތެރޭގައި ކްލައުޑް ސްޓޯރޭޖް ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ފުޅާ ދާއިރާއެއްގައި އެޑޮޕްޓް ކުރުން ގާނޫނީ ހުރަސްތަކުގެ ސަބަބުން މަޑުޖެހެމުން ދާ ކަމަށެވެ. އަދި އަހަރު ނިމުމުގެ ކުރިން ސިސްޓަމްތަކުގެ އިމްޕްރޫވްމަންޓްތަކާއި އަޕްޑޭޓްތައް އިއުލާން ކުރުމަށް ވަނީ ރާވާފަ އެވެ.

އަޅުގަނޑުމެންގެ ވަންސް-އައިކޮނިކް ޓެކް ޕްރޮޑަކްޓްސްގެ ތެރެއިން މިހާރު ފާޑިންގ މެމޮރީ އާޓިކަލްއެއްގެ ގޮތުގައި ބޭނުންކުރާ ވަރަށް ގިނަ ޓެކްނޮލޮޖީތައް އަދިވެސް ޖަޕާނުގައި ބޭނުންކުރެވެމުން އެބަދޭ. ދާދި ފަހަކާ ޖެހެންދެން ގިނަ ގައުމުތަކުގެ ސަރުކާރުގެ ބްރާންޗްތަކުން ބޭނުންކުރަމުން އައި ފެކްސް މެޝިންތައް އަދިވެސް ޖަޕާނު ސަރުކާރުގެ ގިނަ އޮފީސްތަކުގައި އެބަހުރި.

"އަހަރެން މި ބަލަނީ ފެކްސް މެޝިނުން ސަލާމަތްވާން، އަހަރެން ރާވާފައި އޮތީ އެކަން ކުރަން،" ކޯނޯ ބުންޏެވެ.

ފްލޮޕީ ޑިސްކްތަކަކީ އެއް އިރެއްގައި ކޮމްޕިއުޓަރ ސޮފްޓްވެއަރގެ ސްޓޭންޑަރޑް ފޯމެޓެވެ. 1967 ވަނަ އަހަރު އެންމެ ފުރަތަމަ ބޭނުންކުރި 8 އިންޗީގެ އެއް (80 ކޭބީ) އާއި 1980 ގެ އަހަރުތަކުގެ ކުރީކޮޅު މަގުބޫލުވި 5.25 އިންޗަރ (360KB ފޯ ޑަބަލް-ސައިޑް) ހިމެނޭ ގޮތަށް ތަފާތު ވާޝަންތަކުގެ ފްލޮޕީ ޑިސްކް ތަކެވެ. އެކަމަކު ގިނަ މީހުންނަށް ކަމުދިޔައީ ޑޭޓާ ހިމެނޭ އެތެރޭގެ ފްލެކްސިބަލް ޝެއާގެ ނަމުން ނަންދެވިފައިވާ 3.5 އިންޗީގެ ފްލޮޕީ އެވެ.

ފާއިތުވެދިޔަ ދިހަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ގިނަބަޔަކު ފްލޮޕީ ޑިސްކްތަކުގެ ބޭނުން ކުރުން ދޫކޮށްލާފައިވާއިރު، 2019 ވަނަ އަހަރުވެސް އެމެރިކާއިން ނިއުކްލިއަރ ހަތިޔާރު ސިސްޓަމްތަކަށް 8 އިންޗީގެ ވާޝަން ތައް ބޭނުންކުރިކަމަށް ރިޕޯޓްތަކުން ހާމަވެއެވެ. އަދި 2020 ވަނަ އަހަރު ބޮއިންގް 747 މަރުކާގެ ބައެއް މަތިންދާބޯޓުތަކުގައިވެސް ސޮފްޓްވެއަރ އަޕްޑޭޓްކުރުމަށް ކްލެސިކް 3.5 އިންޗީގެ ފްލޮޕީ ޑިސްކްތައް ބޭނުންކުރަމުން ދިޔައެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި ބޮއިންގް ކުންފުނީގެ ބައެއް މަތިންދާބޯޓުތަކުގައި އަދިވެސް ފްލޮޕީ ޑިސްކް ބޭނުންކުރެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.