ރޮބޮޓަށް ކަންކަން ދަސްކޮދިނުމަށް އާ ޓެކްނޮލޮޖީއެއް ހޯދައިފި

އަޙްމަދު ދާއޫދު 04 ސެޕްޓެމްބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އިންސާނުންވެސް ކަންކަން ކުރާގޮތަށް، ގޭތެރޭގެ އެފަދަ ކަންކަން ކުރާނެގޮތް ރޮބޮޓަށް މާފަސޭހައިން މާއަވަހަށް ދަސްކޮށްދެވޭނެ މުޅިން އައު ޓެކްނޮލޮޖީއެއް ސައިންސް ވެރިން ހޯދައިފިއެވެ.

ރޮބޮޓް ބަލަން ހުރީ "ޝިކާރު ބަހުލް" ފްރިޖްގެ ދޮރު ހުޅުވާލުމަށްޓަކައި ހަރަކާތްތެރިވި ގޮތަށެވެ. އޭނާގެ ހަރަކާތްތަކާއި، ދޮރުގެ ސްވިންގް އާއި، ފްރިޖް ހުރި ތަނާއި އަދިވެސް އެތައް ކަމެއް ރެކޯޑްކޮށް، މި ޑޭޓާތައް ތަހުލީލުކޮށް، ބަހުލް ކުރި ކަންތައް ނަކަލު ކުރަން ރޮބޮޓް ތައްޔާރުވި އެވެ.

އެ ރޮބޮޓަށް ފުރަތަމަ އެކަން ނާކާމިޔާބުވެ، ބައެއް ފަހަރު ހޭންޑްލް މުޅިން ގެއްލި، ގޯސް ތަނެއްގައި ހިފާ ނުވަތަ ގޯސްކޮށް ހަރަކާތްތެރިއެވެ. އެކަމަކު ދެތިން ގަޑިއިރު ޕްރެކްޓިސް ކުރުމަށްފަހު ރޮބޮޓްގެ މަސައްކަތް ކާމިޔާބުކޮށް ފަސޭހަކަމާއެކު ފުރިޖްގެ ދޮރު ހުޅުވާލިއެވެ.

"އިމިޓޭޝަން އަކީ ދަސްކުރުމަށް ރަނގަޅު ގޮތެއް،" ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ބަހުލް ވިދާޅުވި އެވެ. ބަހުލް އަކީ ކާނޭޖީ މެލޮން ޔުނިވާސިޓީގެ ސްކޫލް އޮފް ކޮމްޕިއުޓަރ ސައިންސްގެ ރޮބޮޓިކްސް އިންސްޓިޓިއުޓް (އާރުއައި) ގެ ދަރިވަރެކެވެ. “ހަގީގަތުގައި އިންސާނުން ކަންކުރަމުންދާގޮތް ބެލުމުން އެކަންކަން ކުރާނެގޮތް ރޮބޮޓަށް ދަސްވެއެވެ.

ރޮބޮޓްތަކަށް މަސައްކަތްތައް ދަސްކޮށްދިނުމަކީ ހަގީގަތުގައި އަދިވެސް މިދާއިރާގައި ހައްލު ނުކުރެވި އޮތް މައްސަލައެއް ނަމަވެސް މި މަސައްކަތުން އެ ގާބިލްކަން ރޮބޮޓްތަކަށް ލިބިދިނުމަށް މުހިންމު ވިސްނުންތަކެއް ލިބިގެން ދިޔައެވެ.

އާރްއައިގެ ފެކަލްޓީ މެމްބަރުން ކަމަށްވާ ދީޕަކް ޕަތަކް އާއި އަބިނާވް ގުޕްތާއާ އަދި ބާލް، ގުޅިގެން ރޮބޮޓްތަކަށް އާ އުނގެނުމުގެ އުސޫލެއް އެކުލަވާލުމަށް މަސައްކަތް ކުރީ އިން-ދަ-ވައިލްޑް ހިއުމަން އިމިޓޭޓިން ރޮބޮޓް ލާނިންގެ އެހީގަ އެވެ. WHIRL އަކީ ވަން ޝޮޓް ވިޝުއަލް އިމިޓޭޝަން އަށް ބޭނުންކުރާ ވަރުގަދަ އެލްގޮރިޒަމެކެވެ. އެއީ އިންސާނާއާ މުއާމަލާތްކުރާ ވީޑިއޯތަކުން ސީދާ ދަސްކޮށް، އެ މައުލޫމާތު އާ މަސައްކަތްތަކަށް އާންމުކޮށް، ގޭތެރޭގެ މަސައްކަތްތައް ދަސްކުރުމަށް ރޮބޮޓްތައް ރަނގަޅަށް ގުޅޭނެ ގޮތަކަށެވެ.

މީހުން ގޭގައި މެދުނުކެނޑި އެކިއެކި މަސައްކަތްތައް ކުރެއެވެ. ވަރލް އާއެކު ރޮބޮޓަކަށް އެ މަސައްކަތްތައް އޮބްޒާވްކޮށް، އެއަށް ބޭނުންވާ ވީޑިއޯ ޑޭޓާ އެއްކޮށްގެން އެންމެ ފަހުން އެ މަސައްކަތް ނިންމާނެ ގޮތް އަމިއްލައަށް ކަނޑައަޅަ އެވެ.

ކެމެރާއަކާއި އެމީހުންގެ ސޮފްޓްވެއާ އޮފް ދަ ޝެލްފް ރޮބޮޓަކަށް އެ ޓީމުން އިތުރުކޮށް، 20 އަށް ވުރެ ގިނަ މަސައްކަތް ކުރަން ދަސްކުރުވި އެވެ. އޭގެ ތެރޭގައި ބިންގަނޑުން ކުނިކޮތަޅު ނެގުން ވެސް ހިމެނެއެވެ. ކޮންމެ ފަހަރަކުވެސް އެ ރޮބޮޓް އިންސާނަކު އެއްފަހަރު އެ މަސައްކަތް ފުރިހަމަކުރާތަން ބަލަން ހުރެފައި އޭގެ ފަހުން ޕްރެކްޓިސްކޮށް އަމިއްލައަށް އެ މަސައްކަތެއް ފުރިހަމަ ކުރަން ދަސްކުރަމުން ދިޔައެވެ.

އެ ޓީމުން ވަނީ މިމަހު ނިއުޔޯކުގައި ބޭއްވި ރޮބޮޓިކްސް: ސައިންސް އެންޑް ސިސްޓަމްސް ކޮންފަރެންސްގައި އެމީހުންގެ ދިރާސާތައް ހުށަހަޅާފަ އެވެ.

"މި މަސައްކަތުން ރޮބޮޓްތައް ގޭތެރެއަށް އަހުލުވެރި ކުރެވޭނެ ގޮތެއް ހުށަހަޅާފައިވޭ،" “އިންސާނުންނާއެކު ގޭގޭގައި ރޮބޮޓްތައް ޑިޕްލޮއި ކުރުމުގެ ކުރިން އެކި މަސައްކަތްތައް ކާމިޔާބުކަމާއެކު ފުރިހަމަ ކުރުމަށް ޕްރޮގްރާމް ނުވަތަ ތަމްރީނު ދިނުމަށް އިންތިޒާރު ކުރުމުގެ ބަދަލުގައި މި ޓެކްނޮލޮޖީގެ ސަބަބުން ރޮބޮޓްތައް ޑިޕްލޮއިކޮށް މަސައްކަތްތައް ފުރިހަމަ ކުރާނެ ގޮތް ދަސްކޮށްދެވިދާނެ.” އާރުއައިގެ އެސިސްޓެންޓް ޕްރޮފެސަރެއް އަދި ޓީމުގެ މެމްބަރެއް ކަމަށްވާ ޕަތަކް ވިދާޅުވި އެވެ.

ރޮބޮޓަކަށް މަސައްކަތެއް ދަސްކޮށްދިނުމަށް މިހާރު ބޭނުންކުރާ ގޮތްތައް އާންމުކޮށް ބަރޯސާވެފައިވަނީ އިމިޓޭޝަން ނުވަތަ ރިއިންފޯސްމަންޓް ލާރނިންގ އަށެވެ. އެކަމަކު އިމިޓޭޝަން ލާނިންގައި އިންސާނުން މެނުއަލްކޮށް ރޮބޮޓެއް އޮޕަރޭޓްކޮށް، އެ ރޮބޮޓަށް މަސައްކަތެއް ފުރިހަމަ ކުރަން ދަސްކޮށްދެ އެވެ. މި ޕްރޮސެސްގައި ރޮބޮޓަށް ދަސްވުމަށް އެއް މަސައްކަތެއް އެތައް ފަހަރަކު ކުރަން ޖެހޭރި، ރިއިންފޯސްމަންޓް ލާނިންގައި އާންމުކޮށް ރޮބޮޓަށް ސިމިއުލޭޝަންގެ އެތައް މިލިއަން މިސާލުތަކެއްގެ މައްޗަށް ތަމްރީނުކޮށް، އެއަށްފަހު އެ ތަމްރީނު ހަގީގީ ދުނިޔެއަށް އެޑެޕްޓް ކުރުމަށް އެދެއެވެ.

ސްޓްރަކްޗަރޑް މާހައުލެއްގައި ރޮބޮޓަކަށް އެއް މަސައްކަތެއް ދަސްކޮށްދިނުމުގައި ދެ އުނގެނުމުގެ މޮޑެލް ވެސް ރަނގަޅަށް މަސައްކަތް ކުރާ ނަމަވެސް އެއީ ސްކޭލްކޮށް ޑިޕްލޮއި ކުރަން އުނދަގޫ މޮޑެލްތަކެކެވެ. އިންސާނަކު މަސައްކަތެއް ކުރާ ކޮންމެ ވީޑިއޯއަކުން ވެސް WHIRL އަށް ދަސްކުރެވޭނެ އެވެ. އެއީ ފަސޭހައިން ސްކޭލް ކުރެވޭ، ވަކި އެއް މަސައްކަތަކަށް ނިސްބަތް ނުވާ އަދި ރިއަލިސްޓިކް ގޭގެ މާހައުލުތަކުގައި އޮޕަރޭޓް ކުރެވޭނެ އެއްޗެކެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.