އިންޖިނިއަރުން ވަނީ ކޮންކްރީޓްގައި ހުންނަ ކޮންވެންޝަނަލް އެގްރިގޭޓްތަކުގެ %100 ބަދަލުކޮށް މިހާރު ބޭނުން ކުރަމުންދާ ހިލަ ނުވަތަ ގްރެވިލް ގެ ބަދަލުގައި އުކާލާފައިވާ ޓައިރުތަކުން ބިލްޑިންގ ކޯޑްތަކާ އެއްގޮތްވާ ރަބަރު އެއްކޮށްގެން ސަރކިއުލަރ އިޤްތިޞާދަށް ކުރިއެރުމެއް ލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަމެއް ދީފައެވެ.
ރޯޔަލް މެލްބަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އާރްއެމްއައިޓީ) ޔުނިވާސިޓީގެ ޓީމުން ބުނާ ގޮތުގައި އަލަށް ހޯދުނު ޓެކްނޮލޮޖީގެ ސަބަބުން ތިމާވެއްޓާ ރައްޓެހި، ލުއި ކޮންކްރީޓު އުފެއްދޭނެ އެވެ. އަދި އެކަމުގެ ސަބަބުން އެއްތަނުން އަނެއްތަނަށް ކޮންކްރީޓް އުފުލުމަށް ކުރާ ދަތުރުފަތުރުގެ ހަރަދު ވަރަށް ބޮޑަށް ކުޑަވާނެ ކަމަށެވެ.
މި ކޮންކްރީޓް އެގްރިގޭޓްތައް ބަދަލުކުރުމަށް މިހާރުވެސް ޓައިރުތަކުން ކުދިކުދި ރަބަރު ޕާރޓިކަލްތައް ބޭނުންކުރަމުން ދިޔަ ނަމަވެސް، ކޮންކްރީޓްގައި ބޭނުންކުރާ ހުރިހައި އެގްރިގޭޓްތަކެއް ރަބަރަށް ބަދަލުކުރުމަށް ކުރެވުނު މަސައްކަތުން މިހާތަނަށް ލިބުނު ނަތީޖާއަކީ އާދައިގެން ކޮންކްރީޓަށްވުރެ ބަލި ނޫން އަދި ހުރިހާގޮތަކުންވެސް ރައްކާތެރި ކޮންކްރީޓް އުފެއްދުމަށް މަގުފަހިވުމެވެ.
ރިސޯސަސް، ކޮންޒަވޭޝަން އެންޑް ރީސައިކަލް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން ހާމަވާ ގޮތުގައި ސްޓްރަކްޗަރަލް ލައިޓްވޭޓް ކޮންކްރީޓް އުފެއްދުމުގެ ޕްރޮސެސްއެއްގައި އެއްކޮށްފައި ހުރި ކުރީގެ ކޯސް އެގްރިގޭޓްތައް މުޅިން ބަދަލުކޮށްފައިވަނީ ބޭނުންކޮށްފައިވާ ކާރުގެ ޓައިރުތަކުގެ ރަބަރުންނެވެ.
ލީޑް އޮތޯރ އަދި ޕީއެޗްޑީ ، އާރްއެމްއައިޓީ ޔުނިވާސިޓީގެ ސްކޫލް އޮފް އިންޖިނިއަރިންގެ ދިރާސާވެރިޔާ މުހައްމަދު މުމީން އަލް އިސްލާމް ވިދާޅުވީ މި ހޯދުންތަކުން ކޮންކްރީޓްގައި ރީސައިކަލް ކޮށްފައިވާ ރަބަރު ޕާޓިކަލްތަކުން ހާސިލް ކުރެވޭނެ ކަންކަމާ ބެހޭ މަޝްހޫރު ތިއަރީއަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނެވެ.
"އަޅުގަނޑުމެންގެ ޕްރިސިސް ކާސްޓިން މެތެޑުން ދައްކާލާފައި މިވަނީ ކޮންކްރީޓްގައި ގިނަ އަދަދަކަށް ގަދަ ރަބަރު ޕާޓިކަލްތައް ބޭނުންކުރުމުގައި ދިހަވަރަކަށް އަހަރު ކުރިން ހީކުރެވުނު މި ލިމިޓޭޝަން މިހާރު އަރައިގަނެވޭނެކަން،" އިސްލާމް ވިދާޅުވި އެވެ.
"މި އައު އީޖާދުގައި ހިމެނެނީ އަލަށް ފަރުމާކޮށްފައިވާ ކާސްޓިން މޯލްޑްތައް ބޭނުންކޮށްގެން ތާޒާ ކޮންކްރީޓެއްގައި ގަދަ ރަބަރު އެގްރިގޭޓް ކޮމްޕްރެސް ކުރުމުން އިމާރާތް ކުރުމުގެ މެޓީރިއަލްގެ ޕާފޯމަންސް އިތުރުކޮށްދޭ ޓެކްނިކެއް." އަލް އިސްލާމް ވިދާޅުވިއެވެ.
ދިރާސާގެ ކޯ-އޮތޯރ އަދި ޓީމް ލީޑަރު ޕްރޮފެސަރު ޖީ ލީ ވިދާޅުވީ މި އުފެއްދުންތެރިކަމުގެ ޕްރޮސެސްގެ ސަބަބުން ތިމާވެށްޓާއި އިގްތިސާދީ ފައިދާތައް ހާމަވެގެންދާނެ ކަމަށެވެ.
"އާދައިގެ ކޮންކްރީޓުގެ ބޮޑު ބަޔަކީ ކޯސް އެގްރިގޭޓް ކަމުން، މި ހުރިހާ އެއްޗެއްގެ ބަދަލުގައި ބޭނުންކޮށްފައިވާ ޓައިރު ރަބަރު ބޭނުންކުރުމުން ގުދުރަތީ ވަސީލަތްތައް ބޭނުންކުރުން ވަރަށް ބޮޑަށް މަދުވެ، ބޭނުންކޮށްފައި އުކާލެވޭ ޓައިރުތަކުގެ ބޭނުން އަލުން ހިފޭނޭގޮތް ވުމުން ތިމާވެށީގެ ބޮޑު ގޮންޖެހުމަށް ވެސް ހައްލެއް ލިބިދާނެ،" އޭނާ ވިދާޅުވި އެވެ.
އޮސްޓްރޭލިއާގައި ބޭނުންކޮށްފައިވާ ޓައިރުތައް އެކްސްޕޯޓް ނުކުރެވޭތީ، ލޯކަލް ގޮތުން ރީސައިކަލްކޮށް ރީޕްރޮސެސް ކުރުމަށް އާ ގޮތްތައް ގެންގުޅުމުގެ މުހިންމުކަން އިތުރުވަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ. 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަހަރަކު ގާތްގަނޑަކަށް 1.2 ބިލިއަން ޓައިރު ކުނީގެ ގޮތުގައި ނައްތާލެވޭނެ އެވެ.
މި އައު އީޖާދުގެ ސަބަބުން ކޮންކްރީޓްގެ ސަބަބުން އުފެއްދުމާއި ދަތުރުފަތުރުގެ ހަރަދުތައް ވެސް ވަރަށް ބޮޑަށް ކުޑަވެދާނެ ކަމަށް ލީ ވިދާޅުވި އެވެ.
"މިކަމުގެ ސަބަބުން އޮސްޓްރޭލިއާގެ ސިޓީތަކާއި ދުރު ހިސާބުތަކާއި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ޚަރަދު ކުޑަކޮށް ގެދޮރު އެޅުމުގެ މަޝްރޫއުތައް ހިމެނޭ ގޮތަށް ގިނަ ތަރައްގީތަކަށް ފައިދާ ކުރާނެ." އޭނާ ވިދާޅުވިއެވެ.
އިތުރު މަޢުލޫމާތު:
މުޙައްމަދު މުމީން އަލް އިސްލާމް އެޓް އަލް، ޑިޒައިން އެންޑް ސްޓްރެންތް އޮޕްޓިމައިޒޭޝަން މެތޯޑް ފޯރ ދަ ޕްރޮޑަކްޝަން އޮފް ސްޓްރަކްޗަރަލް ލައިޓްވޭޓް ކޮންކްރީޓް:
ކޮންވެންޝަނަލް ކޯސް އެގްރިގޭޓްސް ފުރިހަމައަށް ބަދަލުކުރުމަށް ކުނި ރަބަރު ޕާރޓިކަލްސް، ރިސޯސަސް، ކޮންޒަރވޭޝަން އެންޑް ރީސައިކަލް (2022). ޑީއޯއައި: 10.1016/ޖޭ.ރެސްކޮންރެކް.2022.106390
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.