އެޕަލް އައިފޯނު، ބޭނުންކުރާ މީހުން އިތުރުވެ، އެންޑްރޮއިޑަށް ވުރެ ކުރިއަށް ޖެހި، އެމެރިކާގެ މާކެޓްގެ %50 ހިއްސާ ކުރާކަމަށް ޓެކް ރިޕޯޓްތައް ބުނެފިއެވެ
އައިފޯނާއި އެންޑްރޮއިޑްގެ ބޮޑު ބަހުސްގައި ގިނަ ބަޔަކު ވަކާލާތު ކުރަމުންދާއިރު، ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ހޯދުންތަކުން ދައްކާ ގޮތުގައި ސްމާޓްފޯނުގެ ތާރީޚުގައި އެމެރިކާގައި އެޕަލް އައިފޯނު ބޭނުންކުރާ މީހުން، އެންޑްރޮއިޑަށް ވުރެ އިތުރުވި މިއީ ފުރަތަ ފަހަރެވެ.
ކައުންޓަރޕޮއިންޓް ރިސާޗުން ދައްކާފައިވާ ގޮތުގައި ޖޫން މަހު އައިފޯނުތަކުން މުޅި އެންޑްރޮއިޑް އިކޯސިސްޓަމް ފަހަނައަޅައި ގޮސް، އެމެރިކާގެ ސްމާޓްފޯނު ބޭނުންކުރާ މާކެޓް ހިއްސާގެ %50 އިތުރުވެފައިވާކަމަށް ރަސްމީކޮށް ދަޢުވާކޮށްފައިވެއެވެ. މިއީ އެމެރިކާގެ ސްމާޓްފޯން މާކެޓުގައި މިހާތަނަށް އެންމެ ބޮޑު ހިއްސާއެއް އެޕަލްއަށް ހާސިލްކުރެވުނު ފުރަތަމަ ފަހަރެވެ. މިއީ އެޕަލްއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.
2010 ވަނަ އަހަރުން ފެށިގެން އެންޑްރޮއިޑް ޑިވައިސްތަކަށް ވުރެ އެޕަލް އައިފޯނުތަކުގެ އަދަދު މިހާތަނަށް އައި އިރުވެސް އިތުރުވެފައި ނުވާއިރު، 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކައުންޓަރޕޮއިންޓް ރިސާޗުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެންޑްރޮއިޑް ބޭނުންކުރާ މީހުން އައިއޯއެސް ޑިވައިސްތަކަށް ހިޖުރަކުރުމުގެ ވަރުގަދަ ޓްރެންޑެއް އެބައޮތެވެ. އައިފޯނުގެ ކުރީކޮޅު ނުވަތަ ރިލީޒްކުރި ދުވަސްވަރުގެ ކުރީކޮޅު އައިއޯއެސް ދުވަހަކުވެސް %50 މާކެޓް ހިއްސާއާ ގާތް ކުރެވިފައެއްވެސް ނުވެއެވެ. އައިފޯން ނެރުނުތާ މަދު އަހަރުތަކެއް ފަހުން އެންޑްރޮއިޑް އިން އައިއޯއެސް އަށް ވުރެ ކުރިއަރައި ބޮޑު އިންސްޓޯލް ބޭސްއެއް ސްޓޭކް ކުރި ނަމަވެސް މިއަދު މިފެންނަނީ އެ މަންޒަރު މުޅިން ބަދަލުވެފައިވާ ތަނެވެ.
ދުނިޔޭގެ ފެންވަރުގައި ބަލާއިރު އެންޑްރޮއިޑް ފޯނު ބޭނުންކުރާ މީހުން %70 އަށް ވުރެ ކުޑަތަންކޮޅެއް ދަށަށް ގޮސްފައިވާއިރު، މިއީ 2018 ވަނަ އަހަރު ދުނިޔޭގެ ސްމާޓްފޯނު މާކެޓުގެ %77 ހިއްސާއަށްވުރެ ދަށް އަދަދެކެވެ. އެހެންނަމަވެސް މީގެ ހަތަރު އަހަރު ކުރިއާ އަޅާބަލާއިރު މިއީ %20 ގެ އިތުރުވުމެކެވެ.
މި ދިރާސާއިން ދައްކާ ގޮތުގައި 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ވިއްކި ގިނަ ފޯނުތަކަކީ އެޕަލް، ސެމްސަންގް، ޝައޯމީ، އޮޕޯ އަދި ވީވޯ ފަދަ 5 ބްރޭންޑެކެވެ. މުޅި އެމެރިކާގައި އެޕަލް އިން ޕްރީމިއަމް ސްމާޓްފޯން މާކެޓްގައި ޑޮމިނޭޓް ކުރަމުންދާއިރު، މި ސެގްމަންޓުގެ %57 ވިއްކުމުގެ ހިއްސާ ހިފެހެއްޓިފައިވެއެވެ.
މިފެށުނު ހަފުތާގެ ތެރޭގައި އައިފޯން 14 ލޯންޗް ކުރުމުގެ އިވެންޓް ބާއްވާނެކަން އިއުލާން ކޮށްފައިވާއިރު، އެ ކުންފުނީގެ ވިޔަފާރި ދަށްވެދާނެކަމުގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.