އައިފޯން 14 ގެ ފޯނުތައް އެޕަލްއިން ރަސްމީކޮށް ލޯންޗް ކޮށްފި

އަޙްމަދު ދާއޫދު 08 ސެޕްޓެމްބަރު 2022

ދުނިޔޭގެ އެތައް މިލިއަން ބަޔަކު ވަގުތުން ރޭ ބަލަމުންދިޔަ އެޕަލްގެ ބޮޑު އިވެންޓްގައި އެޕަލްގެ އާ އައިފޯނުތަކުގެ މޮޑެލްތައް ދައްކާލައިފައިވާއިރު، އައިފޯން 14 އަދި އައިފޯން 14 ޕްލަސް ގައި ފެނުނު އެންމެ ބޮޑު އެއްތަފާތަކީ އެފަދަ ފޯނުތަކުގައި ފިޒިކަލް ސިމް ކާޑެއް ނުހުންނަކަމެވެ.

އެ ކުންފުނިން ރޭ ކުޕަރޓީނޯގައި ބޭއްވި އިވެންޓުގައި ނަގެޓް އިއުލާންކުރިއިރު، އީސިމް އަކީ ވައިލެސް ކެރިއަރުންނާއެކު އައިފޯން 14 ސީރީޒް އޮތެންޓިކޭޓް ކުރެވޭނެ ހަމައެކަނި ގޮތް ކަމަށް ވަނީ ހާމަކޮށްފަ އެވެ.

އީސިމްގެ ސަބަބުން ފިޒިކަލް ސިމް ކާޑެއް ބަދަލުކުރަން ޖެހުމުގެ ބަދަލުގައި ސޮފްޓްވެއާ މެދުވެރިކޮށް ވަޔަލެސް ކެރިއަރެއް، ޑޭޓާއެއް ނުވަތަ ސާވިސް ޕްލޭނެއް ބަދަލުކުރެވޭނެ އެވެ. އެއީ މުޅިންއާ ޓެކްނޮލޮޖީއެއް ނޫން ނަމަވެސް މެއިންސްޓްރީމް މޯބައިލް ޑިވައިސްތަކުގައި އީސިމް އާންމުވެގެން ދިޔައީ މިދިޔަ މެދު އަހަރުތަކުގެ ތެރޭގަ އެވެ.

އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސް އިން ޑައިނަމިކް އައިލެންޑް ތައާރަފުކޮށް، ހަރަކާތްތަކާއި އެލާޓްތަކާއި ނޮޓިފިކޭޝަންތަކާ އެކު މުއާމަލާތް ކުރުމަށް ފަސޭހަގޮތްތައް ތައާރަފުކޮށްދެ އެވެ.

އެޕަލް އިން ބުނީ ޓީ-މޯބައިލް، ވެރީޒޯން އަދި އޭޓީއެންޑްޓީ ހިމެނޭ ގޮތަށް ބޮޑެތި ކުންފުނިތަކުން އީސިމްއާ ގުޅޭ ސުވާލުތަކާއި ހިދުމަތް އަޕްގްރޭޑްކުރުމާއި ބަދަލުތަކަށް އެހީތެރިވުމަށް ވަސީލަތްތައް ފޯރުކޮށްދޭނެ ކަމަށެވެ.

އެޕަލް އިން ވަނީ އައިފޯން އެކްސްއެސް، އެކްސްއެސް މެކްސް އަދި އެކްސްއާރު އިން ފެށިގެން އުފެދުނު ފިޒިކަލް ސިމްތަކުގެ އިތުރުން ސެލްއުލަރ އިން އެނެބަލް އައިޕެޑްތަކާއި އެޕަލް ވޮޗްތަކާ އެކު އީސިމް އަށް ވެސް ސަޕޯޓްކޮށްފަ އެވެ. ސީއެންއީޓުން ފާހަގަކުރާ ގޮތުގައި މިދިޔަ އަހަރުގެ އައިފޯން 13 އިން އެއްފަހަރާ އެތައް އީސިމްއެއް އެނެބަލް ކުރުމުގެ ފުރުސަތު ވެސް ދީފައިވެ އެވެ.

މީގެ އިތުރުން ރޭވަނީ ސެޓެލައިޓް ބޭނުންކޮށްގެން ކުއްލި މެސެޖުތައް ފޮނުވޭ، އައިފޯން 14 މޮޑެލްތަކާއި ޑައިވިން އާއި ޓްރައިއެތްލޮން ފަދަ ކުޅިވަރުތަކަށް އެޑްވެންޗާ ފޯކަސްޑް އަލްޓްރާ ގަޑިއެއްވެސް އެޕަލް އިން ތައާރަފްކޮށްފައެވެ.

ރޭ ދައްކާލި ފޯނު މޮޑެލް ތަކުގެ ތެރެއިން ދެން އެންމެ ފާހަގަކޮށްލެވުނު ތަފާތަކީ އެޕަލްގެ އައިފޯން 14 ޕްލަސް މޮޑެލްގައި އެޕަލްގެ އައިފޯން ޕްރޯ މޮޑެލްތަކާ އެއްގޮތަށް ބޮޑު ސްކްރީނެއް ހުރުމެވެ. އަދި ނަމަވެސް ކުރީގެ އައިފޯން 13 އާއި އެއްގޮތަށް އެ ފޯނުގައި ހިމަނާފައިވަނީ އޭ15 ޕްރޮސެސަރު ޗިޕެކެވެ.

އެމެރިކާގެ ކެލިފޯނިއާގެ ކުޕަރޓީނޯގައި ހުންނަ އެ ކުންފުނިން ވަނީ އެޕަލްގެ އައު ގަޑިތަކެއް ވެސް ދައްކާލާފައެވެ. އޭގެ ތެރޭގައި އެކްސްޓްރީމް ސްޕޯޓްސް އާއި ޑައިވިން އަށް އަމާޒުކޮށްގެން އުފައްދާފައިވާ އާ ގަޑިއަކާއި އަލްޓްރާ މޮޑެލްއެއް ހިމެނެއެވެ. އަލްޓްރާގައި ޓްރައިއެތްލޮން ފަދަ އިވެންޓްތަކުގައި ދިގުދެމިގެންދާނެ ބޮޑު ބެޓެރީއަކާއި ބޭރު މާހައުލުތަކުގައި އޮޕަރޭޓް ކުރުމަށް ރަނގަޅު ވޯޓާޕްރޫފިން އާއި ޓެމްޕަރޭޗަރ ރެސިސްޓެންސްގެ އިތުރުން ކުޅިވަރަށް ރަނގަޅު ޖީޕީއެސް ޓްރެކިން ވެސް މިގަޑިތަކުގައި ހުރެއެވެ.އާ ގަޑިތަކުގައި އެސްއީ ކިޔާ އަޕްގްރޭޑް ބަޖެޓް މޮޑެލްއަކާއި ކްރެޝް ޑިޓެކްޝަން އާއި 36 ގަޑިއިރު ބެޓެރީ ލައިފް އަށް ލޯ ޕަވަރ މޯޑު ހިމެނެއެވެ.

ރޭ ޢާއްމުކުރި ޑިވައިސް ތަކުގެ އަގުތަކަށް ބަލާއިރު، ހައި އެންޑް އައިފޯން 14 ގެ އަގުތައް މިދިޔަ އަހަރުގެ އައިފޯން 13 ގެ މޮޑެލްތަކާ އެއްވަރެވެ. ނަމަވެސް އެޕަލް އިން ނެރުނު އެންމެ އަގުހެޔޮ މޮޑެލް ކަމަށްވާ އައިފޯން މިނީ ގެ އަގު ވަނީ ހެޔޮކޮށްފައެވެ.

އައިފޯން 14 ގެ އަގަކީ 799 އެމެރިކާ ޑޮލަރެވެ. އައިފޯން ޕްލަސްގެ އަގަކީ 899 އެމެރިކާ ޑޮލަރެވެ. މި މޮޑެލްތަކަށް މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން ޕްރީއޯޑާ ކުރެވޭނެއެވެ. އައިފޯން ޕްރޯގެ އަގު 999 އެމެރިކާ ޑޮލަރަށް އުޅޭއިރު އައިފޯން ޕްރޯ މެކްސް 1،099 އެމެރިކާ ޑޮލަރަށް ވިއްކާނެ ކަމަށް އެޕަލް އިން ބުނެއެވެ. އައިފޯން ޕްރޯ އާއި ޕްރޯ މެކްސް އަށް ޕްރީ އޯޑާ ކުރެވޭނީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެންނެވެ.

ސެލިއުލަރ އާއި އެކު ސީރީޒް 8 ގެ އަގު 499 އެމެރިކާ ޑޮލަރުން ފެށޭއިރު އެސްއީ ގެ އަގު ފެށޭނީ ސެލިއުލަރ އާއި އެކު 299 އެމެރިކާ ޑޮލަރުންނެވެ. އޭގެ ބޭސް މޮޑެލްގައި ސެލިއުލާ ހިމެނޭ އަލްޓްރާގެ އަގު ފެށޭނީ 799 އެމެރިކާ ޑޮލަރުންނެވެ. މި ގަޑިތައް ލިބެން ހުންނާނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެންނެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.