ޓެސްލާއަށްވުރެ އެޕަލްގެ ކާރުތައް މަގުބޫލު ކަމަށް ދައްކައިފި

އަޙްމަދު ދާއޫދު 09 ސެޕްޓެމްބަރު 2022

އެޕަލްގެ ކާރުތައް މަގުމައްޗަށް ނުވަތަ މާކެޓަށް ނެރުމުގެ ކުރިން ވެސް ޓެސްލާއަށް ވުރެ މަގުބޫލު ކަމަށް ސާވޭއަކުން ދައްކައިފި އެވެ.

އައިފޯން އުފެއްދުމުގައި ދުނިޔޭގައި އެފަދަ ދެވަނައެއްނެތް ކުންފުނިން ކާރު އުފެއްދުމުގެ ވިސްނުމެއް އެއްވެސް އިރެއްގައި އޮތް ކަމަށް ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، އެޕަލް ކާރުތަކަކީ ޓެސްލާއަށް ވުރެ މަގުބޫލު އޮޕްޝަނެއްގެ ގޮތުގައި މިވަނީ ފެނިގެން ގޮސްފައެވެ.

200،000 ވެހިކަލް އޯނަރުންގެ މެދުގައި "ސްޓްރެޓީޖިކް ވިޝަން" އިން ހެދި ސާވޭއަކުން ދައްކާ ގޮތުގައި ، ސާވޭގައި ބައިވެރި މީހުންގެ ތެރެއިން 26 ޕަސަންޓް މީހުން ބުނެފައިވަނީ އެޕަލް ބްރޭންޑަށް "ލޯބި" ކުރާ ކަމަށެވެ. އެ ބްރޭންޑަކީ ކާރެއް ނަމަ ކާރެއް ގަތުމާ މެދު ވިސްނާނެ ކަމަށް އެމީހުން ބުނެ އެވެ.

މި ސާވޭގައި ޓޮޔޯޓާ އާއި ހޮންޑާއަށް ވުރެ ފަހަތުގައި އެޕަލް ކުންފުނި އޮތް ނަމަވެސް ޓެސްލާ، ލެކްސްސާ އަދި ބީއެމްޑަބްލިއު އަށް ވުރެ ކުރީގައި 45 އަށް ވުރެ ގިނަ ބްރޭންޑްތަކުގެ ކާރުތައް ހމެނެ އެވެ.

ސާވޭގެ ނަތީޖާއިން ދެއްކި ގޮތުގައި ކުރިއަށް އޮތް ތަނުގައި ޓެސްލާގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ އޯނަރުން އެޕަލް ކާރެއް ގަތުމާ މެދު ވިސްނާނެ ކަމަށް ވަނީ ބުނެފަ އެވެ.

އެޕަލް އަށް ވެސް އެންމެ މަތީ "ކޮލިޓީ އިމްޕްރެޝަން" ލިބިފައިވާއިރު، ޓޮޔޯޓާ އަށް 15 ޕަސެންޓާއި ޓެސްލާ އަށް 11 ޕަސެންޓުގެ ސްކޯއަކާ އެކު 24 ޕަސެންޓުގެ ސްކޯއެއް ލިބުނެވެ. އެކަމަކު އިތުރު 34 ޕަސެންޓް މީހުން ބުނީ އަޕަލް ކާރާ ބެހޭ މައުލޫމާތު މަދުވުމުން ގޮތެއް ނިންމަން ނޭނގޭ ކަމަށެވެ.

ސްޓްރެޓީޖިކް ވިޝަންގެ އެލެގްޒެންޑަރ އެޑްވާޑްސް ވިދާޅުވާ ގޮތުގައި" ސްޓައިލިން، ޕަވަރޓްރެއިން، ޕްރޮޑަކްޓް، އަދި އެނޫންވެސް މުހިންމު ފީޗަރސްތަކަށް ބަލާއިރު އެޕަލް އިން އެންމެ ފަހު ވަގުތު ދައްކާ އެއްޗަކީ ކާރު ޝޮޕަރުންގެ މެދުގައި އުފެދޭ ޝައުޤުވެރިކަން އެންމެ ފަހު ވަގުތު ދެނެގަނެވޭނެ ފަދަ ފީޗަރސްތަކެކެވެ.

މިފަދަ ސާވޭއެއް މިހާ ފުޅާދާއިރާއެއްގައި ކުރެވުނު ނަމަވެސް އެޕަލް އިން ކާރެއް އުފެއްދުމާ ބެހޭ ގޮތުން ރަސްމީކޮށް އަދި އެއްވެސް އިއުލާނެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް "ޕްރޮޖެކްޓް ޓައިޓަން" ގެ ކޯޑްނޭމްގެ ދަށުން ކާރު އުފެއްދުމުގެ އިޝާރާތެއް އެޕަލް އިން ވަނީ މީގެ ކުރިން ދީފައެވެ.

އެޕަލްގެ ސީއީއޯ ޓިމް ކޫކް - ފޮޓޯ:ސްޓެފަން ލަމް/ރޮއިޓާސް

މި ވިސްނުން އެންމެ ފުރަތަމަ ގެންގުޅެން ފެށީ 2017 ވަނަ އަހަރު ބްލޫމްބާގް އަށް ދެއްވި އިންޓަވިއުއެއްގައި ސީއީއޯ ޓިމް ކުކް އެވެ.

މިދިޔަ އަހަރު ކުކް އަނެއްކާވެސް ނިއުޔޯކް ޓައިމްސް އަށް ދެއްވި އިންޓަވިއު އެއްގައި އޮޓޮނޮމަސް ވެހިކަލްތައް ބިނާކުރުމަށް އެޕަލްއިން ޝައުގުވެރިވާ ވާހަކަ ދައްކާފައިވާއިރު، ޓެސްލާއަށް އޭނާވަނީ ތައުރީފު ވެސް ކޮށްފަ އެވެ.

"އޮޓޮނޮމަސް ކާރަކީ ރޮބޮޓެއް، އެހެންވީމަ އޮޓޯނަމީއާ އެކު ކުރެވިދާނެ ވަރަށް ގިނަ ކަންކަން އެބަހުރި. އެޕަލް އިން ކުރާ ކަންތައް އަޅުގަނޑުމެންނަށް ފެންނާނެ،" ސްވޭ ޕޮޑްކާސްޓަށް ކުކް ވިދާޅުވި އެވެ.

"ހާޑްވެއާ، ސޮފްޓްވެއާ، އަދި ހިދުމަތްތައް އިންޓަގްރޭޓްކޮށް، އެ ތަންތަނުގެ އިންޓަރެކްޓް ޕޮއިންޓްތައް ހޯދަން ލޯބިކުރަނީ އެ ވިސްނުމަކީ ކަސްޓަމުން ލޯބިކުރާނެ ވިސްނުމަކަށް ވާނެ ކަމަށް އަޅުގަނޑުމެންނަށް ހީވާތީ." ކުކް ވިދާޅުވިއެވެ.

ނަމަވެސް ކުކް ވަނީ އެ ކުންފުނީގެ ގިނަ އައު ވިސްނުންތަކެއް މިހާރުވެސް ހުރިއިރު އެ ވިސްނުން ތަކަށް ޢަމަލީ ސިފައެއް އައިސްފައި ނުވާ ކަމަށް އިއުތިރާފުވެފަ އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.