ޑަކްޑަކްގޯ އިން ހިލޭ އީމެއިލްގެ ހިދުމަތް ހުޅުވާލައިފި

އަޙްމަދު ދާއޫދު 13 ސެޕްޓެމްބަރު 2022

ޑަކްޑަކްގޯ އިން ހިލޭ އީމެއިލް ޕްރައިވެސީގެ ހިދުމަތް އެންމެންނަށް ހުޅުވާލައިފި އެވެ.

މިދިޔަ އަހަރު ޑަކްޑަކްގޯ އިން ވަނީ އީމެއިލް ޓްރެކަރުތައް ދުރުކޮށް، މީހުންގެ ޕްރައިވެސީ ރައްކާތެރި ކުރުމަށް އެހީތެރިވުމަށް ފަރުމާކޮށްފައިވާ ހިލޭ ހިދުމަތެއް އިއުލާންކޮށްފަ އެވެ. އީމެއިލް ޕްރޮޓެކްޝަން ބީޓާ ފުރަތަމަ ލިބެން ހުރީ ވެއިޓްލިސްޓެއް މެދުވެރިކޮށެވެ. މިހާރު، މިހާރު އޮތީ އޯޕަން ބީޓާގައި، މާނައަކީ އެކްސެސްއަށް އިންތިޒާރު ނުކޮށް އެންމެންނަށް ވެސް ޓްރައި ކުރެވޭނެ ގޮތަށެވެ.

އީމެއިލް ޕްރޮޓެކްޝަން އަކީ މެސެޖުތަކުން ޓްރެކަރުތައް ނައްތާލުމަށް ފޯވާޑް ކުރުމުގެ ހިދުމަތެކެވެ. ޑަކްޑަކްގޯ އިން ސްކްރަބް ކުރާ ޓްރެކަރުތައް ވެސް ކިޔައިދޭނެ އެވެ. ވެއިޓްލިސްޓް ބީޓާގެ ތެރޭގައި ޑަކްޑަކްގޯ އިން ބުނީ ޓެސްޓަރުންގެ 85 ޕަސެންޓް އީމެއިލްތަކުން ޓްރެކަރުން ފެނިފައިވާ ކަމަށެވެ.

މިހާރު ކޮންމެ މީހަކަށްވެސް @duck.com އީމެއިލް އެޑްރެހަކަށް ސައިން އަޕް ކުރެވޭނެއެވެ. އެ އީމެއިލް އެޑްރެސް ޑެސްކްޓޮޕް، އައިއޯއެސް އަދި އެންޑްރޮއިޑް ގައިވެސް މަސައްކަތް ކުރާނެ އެވެ. ޑަކްޑަކްގޯ އިން ބުނާ ގޮތުގައި ކޮންމެ ވެބްސައިޓަކަށް ވެސް އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް އަންލިމިޓެޑް ޕްރައިވެޓް އީމެއިލް އެޑްރެސްތައް އުފެއްދިދާނެ އެވެ. އަދި ކޮންމެ ވަގުތަކުވެސް އެޑްރެހެއް ޑިއެކްޓިވޭޓްވެސް ކުރެވޭނެއެވެ.

އެ ކުންފުނިން ގެންދަނީ ޕްރައިވެސީއަށް ފޯކަސްކޮށްގެން އިތުރު ފިޔަވަޅުތަކެއް އަޅައިގެން އީމެއިލް ޕްރޮޓެކްޝަން ވަރުގަދަ ކުރަމުންނެވެ. އެގޮތުން ލިންކް ޓްރެކިން ޕްރޮޓެކްޝަންގެ ސަބަބުން އީމެއިލް ލިންކްތަކުގައި ޓްރެކިން ހުއްޓުވުމަށް އެހީތެރިވެދޭއިރު، ސްމާޓަރ އެންކްރިޕްޝަން އިން އީމެއިލްތަކުގައި ހުންނަ އެންކްރިޕްޓް ނުކުރެވި ހުރި އެޗްޓީޓީޕީ ލިންކްތައް އަޕްގްރޭޑްކޮށް ކުރެވެން އޮތް ކޮންމެ ވަގުތެއްގައި އެޗްޓީޓީޕީއެސް ލިންކްތައް ރައްކާތެރިކޮށްދެ އެވެ. އޭގެ މައްޗަށް މިހާރު އާންމު އީމެއިލް އެކައުންޓުގެ ބަދަލުގައި @duck.com އެޑްރެހަކުން މެސެޖުތަކަށް ޖަވާބު ދެވޭނެ އެވެ.

އީމެއިލް ޕްރޮޓެކްޝަން އައިއޯއެސް އަދި އެންޑްރޮއިޑް އަށް ހާއްސަ ޑަކްޑަކްގޯ ޕްރައިވެސީ ބްރައުޒާ އިން ލިބެން ހުންނާނެ އެވެ. އެކަން ޓްރައި ކުރުމަށް ސެޓިންގްސްގެ އީމެއިލް ޕްރޮޓެކްޝަން ބަޔަށް ދާށެވެ. ޑެސްކްޓޮޕްގައި ފަޔަރފޮކްސް، ކްރޯމް، އެޖް އަދި ބްރޭވް ނުވަތަ ޑަކްޑަކްގޯގެ މެކް ބްރައުޒާއަށް ބޭނުންވާ ޑަކްޑަކްގޯ ޕްރައިވެސީ އެސެންޝިއަލްސް އެކްސްޓެންޝަން ބޭނުންވާނެއެވެ.

ފަސޭހަކަމާއެކު ހިލޭ ލިބޭ އީމެއިލް ޚިދުމަތް ތަޖްރިބާކޮށްލެއްވުމަށް ވެބްސައިޓްގެ އީމެއިލް ސެކްޝަނަށް ޒިޔާރަތް ކުރައްވާށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.