ސްޕޭސް ބެސްޑް ކޮމްޕިއުޓިން އާއި ޑޭޓާ ސްޓޯރޭޖް ކުރިއެރުވުމަށް ކުރާ މަސައްކަތް ހަނދުގެ މިޝަންތަކަށް ވެސް ފުޅާވަމުން އެބަދެ އެވެ.
ސްކައިކޯޕުން ވަނީ އަންނަ އަހަރު ޓައިވާންގައި ހުންނަ ފިސަން އިލެކްޓްރޯނިކްސް ކޯޕަރޭޝަނުން ކޮމާޝަލް ސޮލިޑް ސްޓޭޓް ޑްރައިވެއް ހަނދަށް ފޮނުވަން ރާވާފައިވާކަން ސެޕްޓެމްބަރު 12 ވަނަ ދުވަހު އިއުލާންކޮށްފަ އެވެ.
2025 ވަނަ އަހަރު އިސްރާއީލުގެ ބެރެޝީޓް 2 ލޫނާ މިޝަނަށް ތަރައްގީ ކުރަމުންދާ ލޭންޑަރަކަށް ކޮމްޕިއުޓިން ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ރެމޮން.ސްޕޭސް އިން ރާވާފައިވާކަން ވަނީ ހާމަކޮށްފަ އެވެ.
ލޯ-އާރތް އަދި ޖިއޮސްޓޭޝަނަރީ އޯބިޓްގައި ކުރާ މިޝަންތަކެކޭ އެއްފަދައިން ޑީޕް ސްޕޭސް މިޝަންތަކަށް ވެސް ފުޅާ ދާއިރާއެއްގައި ކޮމްޕިއުޓިން ކެޕޭސިޓީ ބޭނުންވާނެ އެވެ. އަދިވެސް ޖައްވީ ތަރިކައެއް ނެތި ޓެކްނޮލޮޖީ ގެންގުޅެން ކުންފުނިތަކުން ފަސްޖެހެ އެވެ.
"އަޅުގަނޑުމެން އެ ފާރު ފަޅާލަނީ،" ކެލިފޯނިއާގައި ހުންނަ ސްކައިކޯޕްގެ ސީއީއޯ ޑެނިސް ވިންގޯ، ވޯލްޑް ސެޓެލައިޓް ބިޒްނަސް ވީކްގެ ކޮންފަރެންސްގައި ސްޕޭސްނިއުސްއަށް ވިދާޅުވިއެވެ. “އަޅުގަނޑުމެން އުންމީދު ކުރަނީ ޖައްވީ މައިދާނަށް ޒަމާނީ ކޮމްޕިއުޓިން އާއި ޑޭޓާ ސްޓޯރޭޖް ޓެކްނޮލޮޖީ ގެނައުމަށް.” އޭނާ އިތުރަށް ހާމަކުރެއްވިއެވެ.
ސްކައިކޯޕް އިން މިހާރު ދަނީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ކުރިއަށް ގެންދާ އިންޓެލިޖެންޓް ސްޕޭސް ސިސްޓަމްސް އިންޓަފޭސް އެކްސްޕެރިމެންޓުގައި ފިސަން ޓެކްނޮލޮޖީ ޓެސްޓް ކުރަމުންނެވެ. ސްކައިކޯޕް އިން ހަނދުގައި ޓެސްޓް ކުރަން ރާވާފައިވާ ސޮލިޑް ސްޓޭޓް ޑްރައިވް އަކީ އައިއެސްއެސް ޑްރައިވްގެ އަޕްގްރޭޑް ވަރޝަނެއް ކަމަށާއި، މިއީ 8 ޓެރަބައިޓްގެ ޑޭޓާ ސްޓޯރޭޖް ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ޑްރައިވް އެކެވެ.
ނާސާގެ ކޮމާޝަލް ލޫނާ ޕޭލޯޑް ސާވިސަސް ޕްރޮގްރާމްގެ ތެރެއިން އިންޓިއުޓިވް މެޝިންސްގެ ލޭންޑަރެއްގައި އުދުހުމަށް ހަމަޖެހިފައިވާ ލޯންސްޓާ އެލްއެލްސީގެ ޑޭޓާ ސާވަރ ޑެމޮންސްޓްރޭޝަންގައި ހަނދުގެ ދެކުނު ޕޯލަށް ހާޑް ޑްރައިވް ފޮނުވުމަށް ސްކައިކޯޕް އިން ރާވާފައިވެއެވެ.
އިސްރާއީލުގެ ކުންފުނިތައް ކަމަށްވާ ރަމޮން.ސްޕޭސް އާއި ލުލާވް ސްޕޭސް ގުޅިގެން އިސްރާއީލުގެ އެހެން ކުންފުންޏެއް ކަމަށްވާ ސްޕޭސްއައިއެލް އިން ތަރައްގީ ކުރަމުންދާ ބެރެޝީޓް 2 މިޝަނަށް ނެވިގޭޝަން ސިސްޓަމް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. 2019 ވަނަ އަހަރު ހަނދަށް ވެއްޓުނު އަސްލު ބެރެޝީޓް މިޝަންގެ ފޮލޯއޮން ކަމަށްވާ ބެރެޝީޓް 2 ގައި ކުޑަ ދެ ލޭންޑަރެއް ހިމެނެ އެވެ.
ލުލާވް ސްޕޭސް އިން ލޭންޑިން ސެންސަރުގެ ކޮމްޕިއުޓަރ-ވިޝަން ސިސްޓަމް އަށް ބަރޯސާވެފައިވަނީ ރެމޮން.ސްޕޭސްގެ ރޭޑިއޭޝަން ހަރުކޮށްފައިވާ ކޮމްޕިއުޓަރާއި ޑިޖިޓަލް ސިގްނަލް ޕްރޮސެސަރަށެވެ.
"ހަނދުގައި ޖެއްސުމަށް ސަޕޯޓް ކުރުމަށް ޞައްޙަ، ވަރުގަދަ ނެވިގޭޝަން ސެންސަރަކީ ވަރަށް މުހިންމު އެއްޗެއް،" ލުލާވް ސްޕޭސްގެ ސީއީއޯ ނޯއާމް ލޭޓާ ނެރުނު ބަޔާނެއްގައި ވިދާޅުވި އެވެ. “ބެރެޝީޓް 2 މިޝަނަށް ސްޕޭސްއައިއެލް އިން ހޮވުނީތީ އަޅުގަނޑުމެންނަށް ވަރަށް އުފާވޭ. ރެމޮން.ސްޕޭސްގެ ކޮމްޕިއުޓިން ޕްލެޓްފޯމް ބޭނުންކޮށްގެން، އެންމެ ޞައްޙަ އަދި ތަފްޞީލީ މަޢުލޫމާތު ކަށަވަރުކޮށްދީ، މި ތާރީޚީ މިޝަނަށް ސަޕޯޓް ދިނުމަށްޓަކައި، އަޅުގަނޑުމެންގެ ޒަމާނީ އެލްގޮރިޒަމްތައް ފަސޭހަކަމާއެކު، ހަލުވިކަމާއެކު، އަދި އިތުބާރުހުރި ގޮތެއްގައި ތަރައްޤީކުރެވޭނެ.” އޭނާ އިތުރަށް ހާމަކުރެއްވިއެވެ.
ސްކައިކޯޕް ވެސް އުފެއްދި ވިންގޯ އަކީ ސްޕޭސް ބެސްޓް ކޮމްޕިއުޓިން އާއި ސްޓޯރޭޖް ރަނގަޅު ކުރުމަށް ޝައުގުވެރިވާތާ ދިހަވަރަކަށް އަހަރު ވެފައިވާ ކުންފުންޏެކެވެ. އެކުންފުނިން 1990 ގެ އަހަރުތަކުގައި ނާސާގެ ސްޕޭސް ޝަޓްލްގެ ދަތުރުތަކުގައި އެނބުރޭ ހާޑް ޑިސްކް ޑްރައިވްތައް ޓެސްޓް ކުރަން ފެށިއިރު، އޭގެ ތެރޭގައި 1992 ވަނަ އަހަރު އެއް ގިގަބައިޓްގެ ހާޑް ޑްރައިވް ވެސް ހިމެނެ އެވެ.
ލޯންސްޓާ އިން ވަނީ އޭޕްރީލް މަހު ހަނދުގައި މިނިއޭޗާ ޕްރޫފް އޮފް ކޮންސެޕްޓް ޑޭޓާ ސެންޓަރެއް ގާއިމް ކުރުމަށް ރާވާފައިވާކަން އިއުލާންކޮށްފަ އެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.