ޗައިނާގެ ސިޗުއާންގައި ޑްރޯން ބޭނުންކޮށްގެން ވާރޭ ވެއްސަނީ

އަޙްމަދު ދާއޫދު 22 ސެޕްޓެމްބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޗައިނާގެ ސިޗުއާންގައި ހިކި ހަނަފަސް ހާލަތު ނިމުމަކަށް ގެނައުމަށް ޓަކައި ރެއިން ސީޑިން ޑްރޯން ތައާރަފްކޮށްފިއެވެ.

ވާރޭ ނުވެހި ގިނަދުވަސްވުމުގެ ސަބަބުން ދަނޑު ބިންތައް ހަނަފަސްވެ ދަނޑުވެރިކަމުގެ ސިނާޢަތަށްވެސް ހުރަސްތަކެއް ކުރިމަތިވަމުންދާތީ ޗައިނާއިން ދަނީ ބޮޑު ދެ ޑްރޯން ބޭނުންކޮށްގެން ސިޗުއާން ޕްރޮވިންސްގައި ވާރޭ ވިލާތައް ސީޑް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ޗައިނާ މީޓިއޮރޮލޮޖިކަލް އެޑްމިނިސްޓްރޭޝަނުން އިސް ނަގައި ގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި ހެނދުނު ސިޗުއާންގެ އުތުރާއި އިރުދެކުނަށް ޑްރޯންތައް ފޮނުވާލިއިރު، 6،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއްގައި ޑްރޯންތައް ދަތުރު ކޮށްފައިވާ ކަމަށް ދައުލަތުގެ މީޑިއާތަކުން ބުނެއެވެ.

ޗައިނާގެ މީޓިއޮރޮލޮޖިކަލް އެޑްމިނިސްޓްރޭޝަނުން ބުނީ މިސިސްޓަމުގައި ސީޑިންގ މަސައްކަތް ކުރަނީ ސިލްވަރ އަޔޮޑައިޑް ފަދަ އައިސް އުފެދޭ (ފުދޭވަރަކަށް ތެތްކަން ހުންނަ) ވިލާގަނޑަކަށް ނުވަތަ ވިލާތަކަށް އަމާޒު ކޮށްގެންކަމަށެވެ. އެގޮތުން ވާރޭ ތިކިތައް ޑްރޯންގެ ވަށައިގެން ޖަމާވެ، ވާރޭ ވެހެން ފެށެންދެން ބަރުދަން އިތުރުވެގެންދެއެވެ.

ޗައިނާއަކީ މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުތަކަށް ފެން ދިނުމާއި، ހޫނުގަދަ ހަނަފަސް ސިޓީތަކަށް ފިނިކުރުމާއި، އޮލިމްޕިކްސް ފަދަ އިވެންޓްތަކަށް ހުރަސްއެޅިދާނެ ފަދަ މިންވަރަކަށް ވާރޭނުވެހޭނެކަން ކަށަވަރުކުރުމުގެ ދިގު ތާރީހެއް އޮތް ގައުމެކެވެ.

ސިޗުއާން އާއި ޗޮންގްކިންގްގެ ލޯކަލް ގަވަރމަންޓްތަކުން ވަނީ އެ ސަރަހައްދުގައި ހޫނުގަދަވުމާއި ބޮޑެތި ހަނަފަސް ކަމާއި، ކުރިމަތިލާން ޖެހިފައިވާތީ އިންޑަސްޓްރިއަލް ޕްލާންޓްތަކާއި ގޭބިސީތަކުން ކަރަންޓް ކަނޑާލާފަ އެވެ. އެއީ އެ ސަރަހައްދުތައް ބަރޯސާވާ ހައިޑްރޯޕަވަރުގެ ރިޒާވްތައް ނެތިގެންދާއިރު އެއާކޮންޑިޝަން ބޭނުންކުރުން އިތުރުވެފައިވާތީއެވެ.

ހަފްތާއެއް ދުވަހު މުޅި ސިޓީން ކަރަންޓް ކަނޑާލައިފައި އޮތުމަށްފަހު ސިޗުއާންގައި އަލުން ކަރަންޓް ދިނުމަށް ހަމަޖެހިފައި އޮތް ނަމަވެސް، ފަރުދާ އުފައްދާ ކުންފުނި ސިޗުއާން ލުޓިއަންހުއާ އިން ބުނީ ހޫނުގަދަވުމުގެ ސަބަބުން އެ ކުންފުނި ބަންދުވާނެކަމަށެވެ.

ޗޮންގްކިންގްގައި ހުންނަ ހޮންޑާ މޮޓޯ ކޯގެ ޕްލާންޓްވެސް މި ހަފްތާގެ ނިޔަލަށް ބަންދުކޮށްފައި ވަނީ ލޯކަލް ސަރުކާރުން ކަރަންޓްގެ ކަރަންޓް ދިނުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން ކަމަށް އޮޓޯ އުފައްދާ ކުންފުނިން ބުރާސްފަތި ދުވަހު ބުނެފައިވެއެވެ.

ސިޗުއާންގެ ވެރިރަށް ޗެންގްޑޫގެ ފިނިހޫނުމިން ހުކުރު ދުވަހު 31 ޑިގްރީ ސެލްސިއަސް (88 ޑިގްރީ ފަރެންހައިޓް) އަށް ވެއްޓޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފައިވާއިރު، ބުރާސްފަތި ދުވަހުގެ ރޭ އެ ސަރަޙައްދުގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ދިރިއުޅޭ ގާތްގަނޑަކަށް 30،000 މީހުން އެހެން ތަންތަނަށް ބަދަލުކުރަން އޮފިޝަލުންނަށް މަޖުބޫރުވި ކަމަށް ދައުލަތުގެ މީޑިއާއިން ބުނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.