އަލިފާނުގެ ހާދިސާތަކުގައި އަނިޔާ ލިބޭމީހުންނާއި، ގެއްލޭ މީހުން ހޯދުމަށް އެހީތެރިވެދޭ ސްމާޓް ހެލްމެޓެއް، ފަޔާ ފައިޓަރުންނަށް ޚާއްޞަ ކޮށްގެން އުފައްދައިފިއެވެ.
ސްކޮޓްލޭންޑްގެ ފަޔާ ފައިޓަރުންނަށް ވަރަށް އަވަހަށް އޭއައި އިން އެނެބަލް، ސްމާޓް ހެލްމެޓްތައް ލިބި، ގެއްލުން ލިބޭ މީހުން ރަނގަޅަށް ހޯދުމަށް އެހީތެރިވެދެވިދާނެ އެވެ.
ޔުނިވާސިޓީ އޮފް އެޑިންބާރގްގެ ދިރާސާވެރިން ވަނީ ފަޔާ ފައިޓަރުންނަށް އެމީހުންގެ ވަށައިގެންވާ މާހައުލުތައް އަވަހަށް މެޕްކޮށް، ނުރައްކާތެރި މާހައުލުތަކުގައި ދަތުރުކޮށް، އަލިފާން ރޯވުމުގެ ސަބަބުން އަނިޔާ ލިބޭ މީހުން ސަލާމަތްކޮށް ރައްކާތެރި ހިސާބުތަކަށް ގެންދިއުމަށް އެހީތެރިވެދޭނެ ޓެކްނޮލޮޖީއެއް ތަރައްގީކޮށްފަ އެވެ.
މި ޑިވައިސްގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ސްޓޭންޑަޑް އިޝޫ ފަޔަރ ހެލްމެޓްތަކުގައި ޖަހާފައިވާ ތަމަލް އިމޭޖިން ކެމެރާތަކާއި ރާޑަރާއި އެހެނިހެން ސެންސަރުތަކުގެ ޑޭޓާ އެއްކޮށްލައި، އަލިފާން ރޯވި މަންޒަރުތަކުން ފަޔާ ފައިޓަރުންނަށް ރިއަލް ޓައިމް މައުލޫމާތު ލިބިގެންދެއެވެ. މުޅި ސެންސަރު ރިގްގެ ބަރުދަނުގައި އެއް ކިލޯއަށް ވުރެ ލުއި އިރު، ސްޓޭންޑަޑް އިޝޫ ފަޔަރ ހެލްމެޓްތަކުގައި އޮޕަރޭޓްކުރަން ފަސޭހަ ބައިތަކެއް ލައިފައިވެއެވެ.
އުންމީދު ކުރެވެނީ މި ޓެކްނޮލޮޖީގެ ސަބަބުން ކުއްލި ހާލަތުގެ ހިދުމަތްތަކަށް ނުރައްކާތެރި ނުވަތަ ފެންނަން ނެތް ހާލަތްތަކުގައި ރައްކާތެރިކަމާއެކު ދަތުރުކޮށް، ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް ނަގާ ވަގުތު ކުޑަކުރެވޭނެ ކަމަށެވެ.
"ފަޔާ ފައިޓަރުން ގިނައިން މަސައްކަތް ކުރަނީ އަލިފާނުގެ ހާދިސާއަކުން ދޫކުރާ ގިނަ އަދަދެއްގެ ދުންތަކުގެ ސަބަބުން ވަރަށް މަދު ނުވަތަ ނުފެންނަ މާހައުލުތަކުގައި،" “މިއީ ގިނަ ފަހަރަށް އިންތިހާއަށް ނާޒުކު ހާލަތްތަކުގައި ތިބޭ މީހުން ތިބި ތަންތަނާއި ފަޔާ ފައިޓަރުން ތިބި ތަންތަން ދެނެގަތުމަކީ ވަރަށް ގޮންޖެހުމަކަށް ވެދާނެ ކަމެއް. މި މަޝްރޫއުގެ އިސްވެރިޔާ ޑރ ކްރިސް ލޫ ވިދާޅުވި އެވެ.
“މި އާ ޓެކްނޮލޮޖީގެ ސަބަބުން ސަރޗް ރެސްކިއު އެފިޝަންސީ އިތުރުކޮށް، ޓީމް މެމްބަރުންގެ މެދުގައި ރައްކާތެރިކަމާއެކު އެއްބާރުލުން ދެވޭނެއެވެ. އެންމެ މުހިންމު ކަމަކީ، ނުރައްކަލަށް ހުށަހެޅިދާނެ ފަރާތްތަކަށް ނަތީޖާ ރަނގަޅު ކުރެވޭނެ މުހިންމު ނިންމުންތައް ވަގުތުން ނިންމުމަށް އެހީތެރިކަން ލިބިގެން ދިއުމެވެ.
އެޑިންބާރގްގެ ނިއުބްރިޖްގައި ހުންނަ 10.5 މިލިއަން ޕައުންޑްގެ ތަމްރީނު ފެސިލިޓީގައި ސްކޮޓްލޭންޑްގެ ފަޔަރ އެންޑް ރެސްކިއު ސާވިސްގެ މެމްބަރުންނާއެކު މި އާ ޓެކްނޮލޮޖީގެ ފީލްޑް ޓްރައިލްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
"އަޅުގަނޑުމެންގެ ނިއުބްރިޖް ޓްރެއިނިން ސެންޓަރުގެ މުވައްޒަފުންނަށް މި ޓެކްނޮލޮޖީ ޓްރައިލް ކުރުމާއެކު ސަޕޯޓް ކުރެވުނީތީ އަޅުގަނޑުމެން ފަޚުރުވެރިވަން،" ސްކޮޓިޝް ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ގްރޫޕް ކޮމާންޑަރ އިން ޓްރެއިނިންގ، ސޭފްޓީ އެންޑް އެޝުއަރެންސް ބްރައިއަން ޓޮޑް ވިދާޅުވި އެވެ.
އޭއައި ފަޔަރ ހެލްމެޓް ޓެކްނޮލޮޖީ ރަސްމީކޮށް ތައާރަފްކުރާނީ ނޭޝަނަލް ރޮބޮޓޭރިއަމްގެ 22.4 މިލިއަން ޕައުންޑްގެ އާ ފެސިލިޓީ ރަސްމީކޮށް ހުޅުވާލާ ދަނޑިވަޅުގަ އެވެ. އާ ފެސިލިޓީ – ޑޭޓާ ޑްރައިވަން އިނޮވޭޝަން (ޑީޑީއައި) ގެ ދަށުން ކުރިއަށް ގެންދާ މި ފެސިލިޓީއަށް އިނގިރޭސިވިލާތުގެ ސަރުކާރުން 21 މިލިއަން ޕައުންޑާއި ސްކޮޓްލޭންޑް ސަރުކާރުން 1.4 މިލިއަން ޕައުންޑުން އެހީތެރިވެދެ އެވެ.
ޑީޑީއައިގެ މި އިސްނެގުމަކީ ޔޫރަޕްގެ ޑޭޓާ ކެޕިޓަލްގެ ގޮތުގައި އެޑިންބާރގް ގާއިމް ކުރުމުގެ މަގުސަދުގައި 1.3 ބިލިއަން ޕައުންޑްގެ ފުޅާ އެޑިންބާރގް އަދި ސައުތު އީސްޓް ސްކޮޓްލޭންޑް ސިޓީ ރީޖަން ޑީލްގެ ބައެކެވެ.
ޔުނިވާސިޓީ އޮފް އެޑިންބާރގްގެ ޓީމުގެ އަމާޒަކީ ހެލްމެޓަށް 3ޑީ މެޕް އުފެއްދުމުގެ ގާބިލްކަން ހޯދައިދިނުމާއި، ހެލްމެޓް އަޅާ މީހުންނަށް ބިލްޓް-އިން ޑިސްޕްލޭ ސްކްރީނެއް ފޯރުކޮށްދިނުމަށް މި ޓެކްނޮލޮޖީ އިތުރަށް ތަރައްގީ ކުރުމެވެ.
ފާއިތުވި އަހަރުތަކުގައި ފަޔާ ފައިޓަރުން ހިމާޔަތްކޮށް، އެމީހުންގެ ނުރައްކާތެރި މިޝަންގައި އެހީތެރިވުމަށްޓަކައި ޓެކްނޮލޮޖީގެ މުހިންމު ބައެއް އާ އުފެއްދުންތައް ވަނީ ތަރައްގީކޮށްފަ އެވެ. މިދިޔަ މަހު އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޓޭންޑަޑްސް އެންޑް ޓެކްނޮލޮޖީ އާއި ހޮންކޮންގް ޕޮލިޓެކްނިކް ޔުނިވާސިޓީގެ ސައިންސްވެރިންގެ ޓީމަކުން ވަނީ ފްލެޝްއޮވަރތައް ގޮވުމުގެ ސިކުންތުތަކެއް ކުރިން ލަފާކުރުމަށް އޭއައި މޮޑެލްއެއް އެކުލަވާލާފަ އެވެ.
2015 ވަނަ އަހަރު ކިންގްސް ކޮލެޖް ލަންޑަން އާއި ޝެފީލްޑް ހެލަމް ޔުނިވާސިޓީގެ ސައިންސްވެރިން ވަނީ ދުންފަތުގެ އިސްތިއުމާލުކުރާ އެތެރޭގެ ތަންތަނުގައި ފަޔާ ފައިޓަރުންނަށް އެހީތެރިންގެ ގޮތުގައި ހިދުމަތް ދިނުމަށް ޓެކްޓައިލް ސެންސަރުތައް ޖަހާފައިވާ ރޮބޮޓްތައް ބޭނުންކުރުމުގެ ފުރުސަތުތައް ޓެސްޓްކޮށް، ތަކެއްޗާއި ހުރަސްތައް ދެނެގަނެވޭނެ ގޮތް ހަދާފަ އެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.