އެންމެގިނައިން ޑައުންލޯޑް ކުރި އެޕްގެ ރެކޯޑް ޓިކްޓޮކަށް

އަޙްމަދު ދާއޫދު 29 ސެޕްޓެމްބަރު 2022

މިއަހަރުގެ 3 ވަނަ ކްއާޓަރުގައި އެޕްސްޓޯރުގެ ރެވެނިއު ދަށްވެފައިވާ މިވާ ދަނޑިވަޅުގައި އެންމެގިނައިން ޑައުންލޯޑް ކުރި އެޕްގެ ރެކޯޑް ޓިކޮޓޮކުން މުގުރާލައިފިއެވެ.

ކޮންސިއުމަރުން 2022 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި މޯބައިލް އެޕް އަށް ކުރާ ހަރަދު ގާތްގަނޑަކަށް %5 ދަށްކުރި ނަމަވެސް ސޯޝަލް ވީޑިއޯ އެޕް ޓިކްޓޮކުން އަނެއްކާވެސް ރެކޯޑް އާކޮށްފައިވާއިރު، ޖެހިޖެހިގެން ހަތަރު ވަނަ ކުއާޓަރުގައި ޓިކްޓޮކުން ވަނީ ކުއާޓަރެއްގެ ތެރޭގައި މިހާތަނަށް އެންމެ ގިނަ އާމްދަނީއެއް ލިބުނު އެޕްގެ ގޮތުގައި ކުރިއަށް ގެންދިޔަ ސްޓްރީކް ދަމަހައްޓާފަ އެވެ.

އިމޭޖް ކްރެޑިޓްސް: ސެންސަރ ޓަވަރ

ސެންސަރ ޓަވަރުން މިއަދު ޝާއިއުކުރި ރިޕޯޓެއްގައި ވާގޮތުން، ޖުމްލަ މާކެޓް ކުޑަކޮށް ދަށަށްދާއިރުވެސް ޓިކްޓޮކް އަނެއްކާވެސް ދުނިޔޭގައި އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެޕް އަކަށް ވެގެންދާތަން މިދަނީ ފެންނަމުންނެވެ. ނަމަވެސް މި ރިޕޯޓުގައި ޓިކްޓޮކްގެ އާމްދަނީ އާއި ޗައިނީސް ވާޝަން ކަމަށްވާ ޑައުއިން އާއި ވަނީ އެއްކޮށްލާފައެވެ. އެހެންކަމުން އެފައިދާއަކީ ހަމައެކަނި ޓިކްޓޮކުން ލިބުނު ފައިދާއެކޭ ނުދެންނެވޭނެއެވެ. އެކަމަކު އެ ދެ އެޕަކީވެސް ކުރުވީޑިއޯ ހިއްސާކުރާ އެއްބާވަތެއްގެ ދެ އެޕްކަން ފާހަގަކޮށްލަން ޖެހެއެވެ.

ޓިކްޓޮކްގެ ގްލޯބަލް އެޕް އާއި އެކު އައިއޯއެސްގައި ޑައުއިން އެކުގައި އެޕް ސްޓޯރާއި ގޫގުލް ޕްލޭ އެއްކޮށްލުމުން އެންމެ ގިނައިން އާމްދަނީ ހޯދި ނޮން ގޭމް އެޕްގެ ގޮތުގައި އެ މަގާމު ހިފަހައްޓާފައިވާއިރު، މި ކުއާޓަރުގައި ގާތްގަނޑަކަށް 914.4 މިލިއަން ޑޮލަރުގެ ކޮންސިއުމަރ ސްޕެންޑިންގް ވަނީ ލިބިފައެވެ.

ސެންސަރ ޓަވަރ އިން ހާމަކޮށްފައިވާ ގޮތުގައި ހަމައެކަނި ޑައުއިން އިން ކޮންސިއުމަރ ސްޕެންޑިންގގެ ގޮތުގައި ގާތްގަނޑަކަށް 433.5 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށާއި، އެއީ އެ ޖުމްލަ ޚަރަދުގެ ގާތްގަނޑަކަށް %47 އެވެ.

އެޕް ސްޓޯރުގައި ޓިކްޓޮކް ނޮން-ގޭމް އެޕް އެއްގެ ގޮތުގައި އޮތްއިރު، ގޫގަލް ޕްލޭގައި ޓިކްޓޮކް އުޅެނީ ތިންވަނައިގައެވެ. 330 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ގޫގަލް ޕްލޭގައިވެސް ޓިކްޓޮކް ވަނީ ހޯދާފައެވެ.

މިއަދާ ހަމައަށް އައިއިރު ޓިކްޓޮކާއި ޑައުއިންގެ އެޕްތަކުން ޖުމްލަ އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 6.3 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެޕް ސްޓޯރ އަދި ގޫގަލް ޕްލޭ އަށް ވެސް އިން-އެޕް ގަތުމާއި ސަބްސްކްރިޕްޝަން އަދި ޕޭޑް އެޕް ޑައުންލޯޑް ކުރުމުން ކޮންސިއުމަރ ޚަރަދުތައް އަހަރުން އަހަރަށް ބަލާއިރު %4.8 ދަށްވެ ތިންވަނަ ކުއާޓަރުގައި 31.6 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ.

އިމޭޖް ކްރެޑިޓްސް: ސެންސަރ ޓަވަރ

އެޕް ސްޓޯރުން ކޮންސިއުމަރ ސްޕެންޑިންގގެ ބޮޑު ބަޔަކަށް ކޮންޓްރިބިއުޓް ކުރަމުންދާއިރު، ގޫގުލް ޕްލޭ އިން ކުރާ ޚަރަދުގެ ދެގުނައަށް ވުރެ އެޕްސްޓޯރުން ކުރާ ޚަރަދު ގިނަ އެވެ. ތިންވަނަ ކުއާޓަރުގައި އެޕަލްގެ އެޕް ސްޓޯރަށް 21.2 ބިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ މީގެ އަހަރެއްހާ ދުވަސް ކުރިން ފެނުނު 21.7 ބިލިއަން ޑޮލަރަށްވުރެ އަހަރުން އަހަރަށް ބަލާއިރު %2.3 ދަށް އަދަދެކެވެ. ގޫގުލް ޕްލޭގެ ދަށްވުން މިއަށްވުރެ ވެސް ދަށްވެފައިވާއިރު، 11.5 ބިލިއަން ޑޮލަރުން މިހާރު 10.4 ބިލިއަން ޑޮލަރަށް ވަނީ ދަށްވެފައެވެ. އެއީ އަހަރުން އަހަރަށް ބަލާއިރު %9.6 ޑޮލަރު ދަށްވުމެކެވެ.

ޚާއްޞަކޮށް ގޭމްސް ސެގްމަންޓުގައި ކޮންސިއުމަރ ސްޕެންޑިންގ އަހަރުން އަހަރަށް ބަލާއިރު %12.7 ދަށްވެ 19.3 ބިލިއަން ޑޮލަރަށް ވެއްޓިފައިވެއެވެ. އެޕް ސްޓޯރުގައި ގޭމް ޚަރަދުތައް އަހަރުން އަހަރަށް ބަލާއިރު %9.8 ދަށްވެ 11.9 ބިލިއަން ޑޮލަރަށް ދަށްވެފައިވާއިރު ގޫގަލް ޕްލޭގެ އާމްދަނީ %16.9 ދަށްވެ 7.4 ބިލިއަން ޑޮލަރަށް ވަނީ ވެއްޓިފައެވެ.

އިމޭޖް ކްރެޑިޓްސް: ސެންސަރ ޓަވަރ

ޓިކްޓޮކް އަކީ އަނެއްކާވެސް އެންމެ ގިނައިން ޑައުންލޯޑް ކުރި ނޮން ގޭމް އެޕް އަށް ވެގެން ދިޔައީ އެޕް ސްޓޯރު އެއްކޮށްލައިގެންނާއި އައިއޯއެސްގައި ވެސް 196.5 މިލިއަން އިންސްޓޯލް ކޮށްގެންނެވެ. އެކަމަކު ހަމައެކަނި ގޫގަލް ޕްލޭއަށް ބަލައިފިނަމަ ފެންނަނީ ފޭސްބުކް އެއްވަނައަށް އަރާފައިވާ ތަނެވެ. ފޭސްބުކް އެއްވަނަ މަޤާމް ހޯދާފައިވަނީ 150.3 މިލިއަން އިންސްޓޯލް ކޮށްގެން އިންސްޓަގްރާމްވެސް ފަހަތަށް ޖެއްސުމަށްފަހުގައެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.