ޓައިވާނުގެ ޗިޕް ފެކްޓްރީތައް ހުއްޓާލަން ޖެހިދާނެ: ރިޕޯޓް

އަޙްމަދު ދާއޫދު 01 އޮކްޓޯބަރު 2022

ދުވަހެއްގެ ތެރޭގައި އަޅުގަނޑުމެން މުޢާމަލާތު ކުރަނީ އެތައް ސަތޭކަ ކޮމްޕިއުޓަރ ޗިޕްތަކަކާއެވެ. ގިނައީ ލާރިއަކަށްވުރެ ބޮޑު ނޫން ޗިޕްތަކެވެ. މި ކުދިކުދި ސާކިއުޓްތަކުން ސްމާޓްފޯނާއި ލެޕްޓޮޕްތަކުން ފެށިގެން މެޑިކަލް ޑިވައިސްތަކާއި އިލެކްޓްރިކް ވެހިކަލްތަކަށް ކަރަންޓް ދޭއިރު، މިއީ އަޅުގަނޑުމެންގެ ކޮމްޕިއުޓަރައިޒް ވެފައިވާ ދިރިއުޅުމުގެ ބޮޑު ޒިންމާއެކެވެ. އެކަމަކު ފާއިތުވި މަސްތަކުގައި ދުނިޔެ މި ޗިޕްތަކަށް ބަރޯސާވެފައިވާއިރު، ޓައިވާނާއި އެމެރިކާގެ ގުޅުންބަދަހިވެ، ޗައިނާގެވެރިންގެ ހިތްޕުޅުގައި އުފެދިފައިވާ ނޭއްގާނީ ދެކޮޅުވެރިކަމުގެ ސަބަބުން ޗައިނާއާއި ޓައިވާނާ ދެޤައުމުގެ ދެމެދު އުފެދިފައިވާ ފިތުނަވެރިކަމުގައި މި ޗިޕްތައް ވަނީތާށިވެފައެވެ.

ޗައިނާގެ އިރުމަތީ އައްސޭރިފަށާ އެންމެ 100 މޭލު ދުރުގައި އޮންނަ ޓައިވާނަކީ މިއަދުގެ އިލެކްޓްރޯނިކްސްގައި ބޭނުންކުރާ ޒަމާނީ ޗިޕްތަކުގެ ބޮޑު ބައެއް އުފައްދާ ގައުމެކެވެ. މިޖަޒީރާއަކީ އަމިއްލަ ސަރުކާރެއް އޮންނަ ޑިމޮކްރަސީއެއް ކަމަށްވާއިރު، 20 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ޖަޒީރާ ރަށެކެވެ. ނަމަވެސް ބެއިޖިންގެ އޮފިޝަލުން ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ދައުވާކޮށް ، އެ ޖަޒީރާއަށް އަރައިގަނެ، ޓައިވާނަކީ ޗައިނާގެ ސިޓީއަކަށް ހަދާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދަނީ ދެމުންނެވެ.

އަނެއްކޮޅުން ޓައިވާނުގެ މިނިވަންކަން އެމެރިކާއިން ރަސްމީކޮށް ބަލައިނުގަންނަ ނަމަވެސް، ޗައިނާއިން ޓައިވާނަށް އަރައިގެންފިނަމަ އެ ޖަޒީރާ ދިފާއު ކުރުމަށް އެމެރިކާ ސިފައިން ފޮނުވުމަށް ރައީސް ޖޯ ބައިޑަން ވަނީ ހުށަހަޅުއްވާފައެވެ. ނަތީޖާއެއްގެ ގޮތުން ޓައިވާނުގެ ވަށައިގެން ބްލޮކޭޑް ކުރުމުން އިންސާނީ އެހީތެރިކަމާއި ވިޔަފާރީގެ ދަތިކަމެއް އުފެދި، އެންމެ ފަހުން ދުނިޔެއަށް ޓަނުން ޓަނަށް މުހިންމު ޓެކްނޮލޮޖީ ލިބޭނެ ގޮތް މެދުކެނޑިދާނޭ ކަމުގެ ބިރު އެބައޮތެވެ.

"ޓައިވާންގެ ޗިޕް އުފެއްދުމުގެ މަސައްކަތް ކުށްލިއަކަށް ހުއްޓައިލަން ޖެހިއްޖެ ނަމަ، އެ ގެއްލުން ފޫބެއްދުމަށް ދުނިޔޭގެ އެހެން ތަނެއްގައި އެފަދަ ކެޕޭސިޓީއެއް ނުހުންނާނެ،" ޓަފްޓްސްގެ ބައިނަލްއަގްވާމީ ތާރީޚުގެ ޕްރޮފެސަރެއްކަމަށްވާ އަދި ޗިޕް ވޯ ގެ ލިޔުންތެރިޔާ ކްރިސް މިލާ ވިދާޅުވެ އެވެ .

“ސާދާ ޗިޕްތައް ވެސް ލިބެން އުނދަގޫވާނެ، ހަމައެކަނި އަޅުގަނޑުމެންގެ ޑިމާންޑް ސަޕްލައިއަށް ވުރެ ބޮޑުވާތީ.” އޭނާ އިތުރަށް ސާފުކޮށްދެއްވިއެވެ.

ޓައިވާނުން އުފައްދާ ޗިޕްތަކަށް ދުނިޔެ އެހާ ބޮޑަށް ބަރޯސާވެފައިވާތީ އެ ޗިޕްތައް ވެފައިވަނީ ޓެކްނޮލޮޖީގެ އެންމެ މުހިންމު ކޮމްޕޯނެންޓް ކަމުގައި މިލާ ބުންޏެވެ. ޓައިވާނާއި ޗައިނާގެ ބޯޑަރު ވަކިކުރާ މުހިންމު މަގު ކަމަށްވާ ޓައިވާން ސްޓްރެއިޓްގައި ދާދި ފަހުން ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީނުތަކުން ޗައިނާއިން އެންމެ ފަހުން އެ ޖަޒީރާއިން ބޭރަށް އެކްސްޕޯޓް ކުރުން ހުއްޓުވައި، ޓެކްނޮލޮޖީގެ ހުރިހާ ބާވަތެއްގެ އުފެއްދުމަށް ބުރޫއަރާފާނެ ކަމުގެ ފުރުސަތު ބޮޑުވިއެވެ.

ދުނިޔޭގެ އެންމެ ޒަމާނީ ހުރިހާ ޗިޕްތަކެއް އުފައްދާ ޓައިވާން ސެމީކޮންޑަކްޓަރ މެނުފެކްޗަރިން ކޮމްޕެނީގެ ޗެއާމަން މިހާރުވެސް ވަނީ ހަނގުރާމައެއް ހިނގައިފިނަމަ އެ ކުންފުނީގެ ފެކްޓްރީތައް “ ނުހިނގާނެ ” ކަމުގެ އިންޒާރު ދީފައެވެ .

އެމެރިކާއިން މަސައްކަތް ކުރަނީ މި ޙަޤީޤަތް މުޅިން ބަދަލުކޮށްލުމަށެވެ. މި ހޫނު މޫސުމުގެ ކުރީކޮޅު ބައިޑަން ވަނީ މުޅި އެމެރިކާގައި އާ ސެމީކޮންޑަކްޓަރ ފެކްޓްރީތައް އެޅުމަށް ދިހަ ބިލިއަން ޑޮލަރު އިންވެސްޓްކުރާ ބޮޑު ޕެކޭޖެއް ކަމަށްވާ ޗިޕްސް އެންޑް ސައިންސް އެކްޓް ގައި ސޮއިކުރައްވާފައެވެ.

ޗިޕް އުފެއްދުމުގެ ތާރީހެއް އޮތް އެހެން ގައުމުތަކުގެ ތެރޭގައި ދެކުނު ކޮރެއާ، ޖަޕާނާއި، ޔޫރަޕިއަން ޔޫނިއަންގެ ބައެއް މެމްބަރު ގައުމުތައް ވެސް ވަނީ އެ ގައުމުތަކުގެ އުފެއްދުމުގެ ގާބިލްކަން ބޮޑުކުރަން ފަށާފަ އެވެ. އެޕަލްގެ ސަޕްލައި ކުރާ ކުންފުންޏަކުން ފެބްރުއަރީ މަހު ވެސް ބުނެފައި ވަނީ އިންޑިއާގައި އުފައްދާ ސެމީކޮންޑަކްޓަރުތައް ބޭނުން ކުރަން ފަށާނެ ކަމަށާއި އެ ކުންފުނިން ވެސް އަމިއްލަ ޗިޕް އިންޑަސްޓްރީ ތަރައްގީ ކުރަމުން އަންނަ ކަމަށެވެ .

ފާއިތުވި މަދު އަހަރުތަކުގެ ތަޖުރިބާއަށް ބަލާއިރު، މުހިންމު ތަކެތި ހޯދުމަށް އެއް ސަރަހައްދަކަށް ބަރޯސާވުމަކީ އެ ސިނާޢަތު ފަހަތަށް ޖެހިދާނެ ކަމެކެވެ.

އެގޮތުން ޔޫކްރޭންގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ރަޝިޔާއިން ވަނީ ޔޫރަޕަށް ފޯރުކޮށްދޭ ގޭހުގެ ބޮޑު ބައެއް ކަނޑާލައި، ހަކަތައަށް ދަތިވެ، ގައުމުތަކަށް އިތުރު ހަކަތަ ފޯރުކޮށްދިނުމަށް ކޯލް ޕްލާންޓްތައް އަލުން ފަށައި، އިއާދަކުރަނިވި ހަކަތަގެ އަމާޒުތައް ދޫކޮށްލަން ޖެހިފަ އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރީކޮޅު ޗައިނާއިން ދުނިޔޭގެ މާސްކް އުފެއްދުމުގެ ޤާބިލުކަމުގެ ދެބައިކުޅަ އެއްބައި ލިބިފައިވާ ޗައިނާއިން — މެޑިކަލް އިކުއިޕްމަންޓް އެކްސްޕޯޓްކުރުން ލިމިޓްކުރިއެވެ . އަދި ވެކްސިން ފުރަތަމަ ތައާރަފްކުރިއިރު، އެމެރިކާއާއި އެހެން މުއްސަނދި ޤައުމުތަކުން އެހެން ޤައުމުތަކަށް ތަކެތި ފޮނުވުމުގެ ކުރިން އަމިއްލަ ރައްޔިތުންނަށް އިންއޮކިއުލޭޓް ކުރުމަށް އިސްކަން ދިނެވެ .

ޔޫކްރޭނުގައި ރަޝިޔާގެ ހަނގުރާމަ ކުރިއަށްދާއިރު، ދުނިޔެ ދަނީ މަޑުމަޑުން ތެލާ ދުރަށެވެ. ތެޔޮނޫން އެހެން ހަކަތައަކަށް ބަދަލުވަމުންނެވެ. އެކަމަކު ޗިޕްތަކުގެ މައްސަލައިގައި އެކަން އެގޮތަކަށް ނުކުރެވޭނެއިރު އާ ޓެކްނޮލޮޖީތައް އިތުރަށް މަގުބޫލުވެ، އިތުރަށް ކޮމްޕިއުޓިން ޕަވަރ ބޭނުންވާ ވަރަކަށް ޗިޕް އުފެއްދުމުގެ މަސައްކަތް ވަރަށް މުހިންމު ވެގެންދާނެ އެވެ.

މިސާލަކަށް އިލެކްޓްރިކް ވެހިކަލްތަކަށް ސަގާފީ އިންޓަރނަލް ކޮމްބަސްޝަން ވެހިކަލްތަކުގައި ބޭނުންކުރާ ޗިޕްތަކުގެ ދެގުނައަށް ބޭނުންވާއިރު، 5ޖީ ރިމޯޓް ސާޖަރީތަކާއި އަމިއްލައަށް ދުއްވާ ކާރުތައް ހަގީގަތަކަށް ހެދިދާނެ ޓެކްނޮލޮޖީގެ ކުރިއެރުމުން ސެމީކޮންޑަކްޓަރތަކަށް ވެސް ޑިމާންޑް ބޮޑުވާނެއެވެ . މާނައަކީ ސްޓޭކްސް ދަނީ ވަރަށް ބޮޑުވަމުންނެވެ.

ޗިޕްތައް ކޮމްޕްލެކްސް ވެގެން ދިޔަ ވަރަކަށް އަދި ދުވަހެއް ދުވަހަކަށް އިތުރު ސެމީކޮންޑަކްޓަރުތައް އުފެއްދުމަށް ބޭނުންވާ އިންޖިނިއަރިން އިތުރަށް ޚާއްޞަ ވެގެން ދިޔަ ވަރަކަށް ޗިޕް އުފެއްދުމުގެ ޕްރޮސެސްގެ ވަކި ބަޔަކަށް ފޯކަސްކުރާ ފަރުމާތައް އުފެދިގެން ދާނެއެވެ. މިސާލަކަށް ޖަޕާނުގެ ފަރުމާތަކުން ކެމިކަލްތަކުގައި ބޮޑު ދައުރެއް އަދާކުރެއެވެ. ޗިޕްތައް ޑިޒައިން ކުރުމުގެ އިތުރުން ޗިޕް އުފައްދާ މެޝިން ޓޫލްތައް އުފެއްދުމުގައި ވެސް އެމެރިކާގެ ފަރުމާތަކުން ޚާއްސަކޮށް ނުފޫޒު ފޯރުވަ އެވެ.

ޓައިވާނުން ޚާއްސަވެފައިވަނީ އަމިއްލައަށް ޗިޕް އުފެއްދުމަށެވެ. ކޮންޓްރެކްޓް އުފެއްދުމަކީ ހަމައެކަނި ޗިޕްތަކަށް ޚާއްޞަ ކަމެއް ނޫން ނަމަވެސް މީގެ އެތައް އަހަރެއް ކުރިން ޓައިވާނުގެ އެންމެ ބޮޑު ޗިޕް އުފައްދާ ކުންފުނި ޓީއެސްއެމްސީއަށް ވިސްނުނީ ކޮންޓްރެކްޓް އަދި އުފެއްދުމުގެ ހިދުމަތްތަކަށް ބޮޑު މާކެޓެއް އޮތް ކަމަށެވެ. އެ ކުންފުނިން ސިލިކަން ވެލީން ކަސްޓަމަރުން ހޯދުމަށް މަސައްކަތް ކުރުމަށް ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކުރަން ފެށިއެވެ. އެމީހުންނަށް ޗިޕްސް އުފެއްދުމަށް ހުށަހެޅި އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.