ސޯލާ ސެލްތަކުގައި ހުންނަ 30 ޕަސެންޓް ހުރަސް މުގުރާލައިފި

އަޙްމަދު ދާއޫދު 02 އޮކްޓޯބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ނެދަލެންޑްސްގެ ދިރާސާވެރިން ސޯލާ ސެލްތަކުގައި ހުންނަ 30 ޕަސެންޓް ހުރަސް މުގުރާލައިފި އެވެ

ނެދަލެންޑްސްގެ އެކި އިންސްޓިޓިއުޓްތަކުގެ ދިރާސާވެރިން ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާއަކުން ސޯލާ ސެލްތަކާ ގުޅިފައިވާ 30 ޕަސެންޓް ހުރަސް މުގުރާލި އެވެ. މި ކާމިޔާބީގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިރުގެ ހަކަތަ ބޭނުންކުރުމާއި، ފޮސިލް ފިއުލްތަކަށް ބަރޯސާވުން ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމަށް އޯގަނައިޒޭޝަނަލް ނޫސްބަޔާނެއްގައިވެއެވެ.

މުޅި ދުނިޔޭގެ ސަރުކާރުތަކުން ކާބަން ދޫކުރުން މަދުކުރުމަށް ކުރާ މަސައްކަތުގައި އިރުގެ ހަކަތަ ޕްރޮމޯޓް ކުރަމުންދާއިރުވެސް، ހަކަތަ ބަދަލުކުރުމުގެ ރަނގަޅުކަމުން މި ޓެކްނޮލޮޖީ ބޭނުންކުރުން ވަނީ ހަނިވެފައެވެ. ވިޔަފާރީގައި ލިބެން ހުންނަ ގިނަ ސޯލާ ޕެނަލްތައް ޓޮޕް އައުޓް ކުރަނީ 22 ޕަސެންޓް އެނާޖީ ކޮންވާޝަން އެފިޝަންސީ އިންނެވެ.

މިކަން ރަނގަޅު ކުރެވޭނަމަ، އޭގެ މާނައަކީ ޔުނިޓަކަށް ކުޑަ އަގެއްގައި އެއް ބިމެއްގައި އިތުރު ކަރަންޓް އުފައްދައި، ހަކަތަ ލިބޭ މިންވަރު އިތުރުވެ، ކަސްޓަމަރުންނަށް ނިމުމުގައި ކުރާ ހަރަދު ކުޑަވެ، ރަންގަޅު ޕްރޮޕޮޒިޝަނަކަށް ވެގެންދާނެ އެވެ.

30 ޕަސެންޓް ހުރަސް މުގުރާލުން

އެކަން ކުރުމަށްޓަކައި ނެދަލެންޑްސްގެ ދިރާސާވެރިން އެއްވެ ހަތަރު ޓާމިނަލް ޕެރޮވްސްކައިޓް/ސިލިކަން ޓެންޑަމް ޑިވައިސްއެއް އުފެއްދި އެވެ. ޓެންޑަމް ޑިވައިސްއަކުން ސިލިކަން އަށް ބިނާކޮށްފައިވާ ސޯލާ ސެލްތަކާއި ޕެރޮވްސްކައިޓް އަށް ބިނާކޮށްފައިވާ ސޯލާ ސެލްތައް މިކްސްކޮށްގެން ބޭނުންކުރާތީ ސޯލާ ސްޕެކްޓްރަމް ރަނގަޅަށް ބޭނުންކުރެވޭނެ އެވެ. ފުރަތަމަ ގޮތަކީ ފެންނަ އަދި އިންފްރާރެޑް ސްޕެކްޓްރަމްގައި އަލިކަމާއެކު ރަނގަޅަށް މަސައްކަތްކުރާ އެއްޗެއް ނަމަވެސް، ޕެރޮވްސްކައިޓްސް އިން އިންފްރާރެޑް އަލިކަމަށް ޓްރާންސްޕޭރެންޓް ވެގެން އަލްޓްރާވައިލެޓް އަދި ފެންނަ އަލީގައި ވޭވްގެ ދިގުމިން ބޭނުންކުރެވިދާނެއެވެ.

ހަތަރު ޓާރމިނަލް ޓެންޑަމް ޑިވައިސްއެއްގައި މަތީ އަދި ތިރީ ސެލްތައް މިނިވަންކަމާއެކު މަސައްކަތް ކުރެވޭއިރު، ބައިފޭޝަލް ޓެންޑަމް ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާއިރު، އަރކިޓެކްޗާގެ ޕަވަރ އައުޓްޕުޓް އިތުރަށް އިތުރުވެގެންދެއެވެ.

ނޫސްބަޔާނުގައި ބުނެފައިވަނީ ދިރާސާވެރިން ވަނީ 3x3 އަކަމީޓަރުގެ ސަރަހައްދެއްގައި ސެމީ ޓްރާންސްޕޭރެންޓް ޕެރޮވްސްކައިޓް ސެލްއެއްގެ ވަރުގަދަކަން 19.7 ޕަސެންޓާ ހަމައަށް ރަނގަޅުކޮށްފަ އެވެ. މީގެ ތިރީގައި 20X 20 އަކަމީޓަރުގެ ފުޅާމިނުގައި ހުރި ސިލިކަން ސޯލާ ސެލްއެއް ބަހައްޓާފައިވެއެވެ. އަދި ޓެންޑަމް ޑިވައިސްގައި ވަރަށް ޓްރާންސްޕޭރެންޓް ބެކް ކޮންޓެކްޓެއް ހުރި ކަމުން ނިއަރ އިންފްރާރެޑް އަލީގެ 93 ޕަސެންޓް ޑިވައިސްގެ ތިރިއަށް ފޯރާނެ އެވެ.

ސިލިކަން ޑިވައިސް އޮޕްޓިމައިޒް ކޮށްފައިވަނީ ގިނަ ފީޗާސްތަކެއް ބޭނުންކޮށްގެން ކަމަށްވާއިރު، އޭގެ ވަރުގަދަކަން 10.4 ޕަސެންޓަށް ރަނގަޅުވެފައިވެއެވެ. ޕެރޮވްސްކައިޓް ސޯލާ ސެލްއާ އެކު މި ޑިވައިސް އިން 30.1 ޕަސެންޓްގެ ކޮމްބައިންޑް އެނާޖީ ކޮންވާޝަން އެފިޝަންސީއެއް ފޯރުކޮށްދީފައިވާއިރު، މިއީ މިހާތަނަށް ހޯދި އެންމެ ރަނގަޅު އެފިޝަންސީ އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.