ޔޫޓިއުބް އަކީ ހުރިހާ އުމުރުފުރާއެއްގެ މެދުގައި އެންމެ މަގުބޫލު އެއް އެޕެވެ. ކޮންމެ އުމުރުފުރާއަކަށް ވެސް ޔޫޒަރ ފްރެންޑްލީ ހެދުމަށްޓަކައި، ޕްލެޓްފޯމުން ހުރިހާ މެޗުއަރ ކޮންޓެންޓެއް ބްލޮކްކޮށް، ކިޑް ފްރެންޑްލީ ކޮށްލާ ރެސްޓްރިކްޓެޑް މޯޑެއް ހުށަހަޅާފައިވެއެވެ. ނަމަވެސް ބައެއް ޙާލަތްތަކުގައި މި ފިލްޓަރުތައް ޞައްޙަ ނުވާތީ، ބައެއް ފަހަރު ކުދިންގެ ޢުމުރާއި ނުގުޅޭ ވީޑިއޯއެއް ފެނިދާނެތީ ހުރިހާ ކޮންޓެންޓެއް ފިލްޓަރ ކުރާނެ ކަމަށް ޔޫޓިއުބުން ވައުދެއް ނުކުރެއެވެ.
އެކަމަކު ކުއްޖާ ވަކި ޑިވައިސްއެއް ބޭނުން ކުރަމުންދާ ހާލަތެއްގައި އަދި ބޮޑެތި މީހުންނަށް ޚާއްޞަ އެއްވެސް ކޮންޓެންޓެއް ބަލަން ބޭނުން ނުވާ ހާލަތެއްގައި، މިއީ މިހާރު ރެސްޓްރިކްޓެޑް މޯޑް އޮން ކުރެވޭނެ ގޮތެކެވެ. ޑެސްކްޓޮޕް އަދި މޯބައިލް ޑިވައިސްގައި މި މޯޑް އޮން ކުރުމަށް އަމަލުކުރަންޖެހޭ ފިޔަވަޅުތައްތިރީގައި އެވަނީއެވެ.
1. ވެބް ބްރައުޒާއިން ޔޫޓިއުބް.ކޮމް ހުޅުވާލާށެވެ.
2. ކަނާތް ފަރާތުން މަތީ ކަނުގައިވާ ޕްރޮފައިލް އައިކޮން އަށް ފިތާލާށެވެ.
3. ޕްރޮފައިލް މެނޫއިން “ރެސްޓްރިކްޓެޑް މޯޑް” އަށް ފިތާލާށެވެ.
4. އެކްޓިވް ރެސްޓްރިކްޓެޑް މޯޑް” އޮޕްޝަނަށް ޓޮގްލް އޮން ކޮށްލާށެވެ.
5. މިހާރު، މިދެންނެވި ވެބް ބްރައުޒާއަށް ރެސްޓްރިކްޓެޑް މޯޑް އެކްޓިވޭޓް ކުރެވޭނެއެވެ.
1. ސްމާޓްފޯނުގައި ހުންނަ ޔޫޓިއުބް އެޕް ހުޅުވާލާށެވެ.
2. ޔޫޓިއުބް ސެޓިންގސް ގައިވާ ޖެނެރަލް މެނޫއަށް ދާށެވެ.
3. ރެސްޓްރިކްޓެޑް މޯޑް އޮޕްޝަނަށް ދާށެވެ.
4. އެކްޓިވޭޓް ރެސްޓްރިކްޓެޑް މޯޑް” އަށް ޓޮގްލް އޮން ކޮށްލާށެވެ.
އެކި ޑިވައިސްތަކަށް ވަކިވަކިން ރެސްޓްރިކްޓެޑް މޯޑް އޮން ކުރަން ޖެހޭނެކަން ފާހަގަކޮށްލަން ޖެހެއެވެ. އެހެންކަމުން އެއް ޑިވައިސްއަށް ވުރެ ގިނަ ޑިވައިސްތަކުގައި އެޕް ބޭނުންކުރާނަމަ މެނުއަލްކޮށް އޯން ކުރަން ޖެހެ އެވެ. އެޕަލް ޑިވައިސްއެއް އޮތްނަމަ ފޯނު ސެކިއުރިޓީ ކުރުމަށް ފޯނުގައި ޔޫއެސްބީ ރެސްޓްރިކްޓެޑް މޯޑް އެނެބަލް ކުރެވޭނެ އެވެ.
ރެސްޓްރިކްޓެޑް މޯޑް އޮފް ކޮށްލަން ބޭނުން ވެއްޖެ ހިނދެއްގައިވެސް ކުރިން ދެންނެވި ގޮތަށް އަމަލުކޮށްގެން މޯޑް ނިއްވާލެވޭނެ އެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.