އެންޑްރޮއިޑްގެ ވީޕީއެން ފީޗާ އިން ސިއްރު މަޢުލޫމާތު ލީކްވޭ

އަޙްމަދު ދާއޫދު 13 އޮކްޓޯބަރު 2022

އެންޑްރޮއިޑްގައި ހުންނަ 'އޯލްވޭސް އޮން ވީޕީއެން' ފީޗާ އިން އެންކްރިޕްޓް ނުކުރެވި ހުރި ޑޭޓާ ލީކް ކުރެވޭނެއެވެ.

ވާޗުއަލް ޕްރައިވެޓް ނެޓްވޯކްސް (ވީޕީއެން) އަކީ ޒަމާނުއްސުރެ ކޮންމެ ދުވަހަކު އެތައް މިލިއަން ބަޔަކަށް މުހިންމު އެޕްލިކޭޝަނެއް ކަމުން އެމީހުންނާއި އެމީހުންގެ ޑޭޓާ ސައިބަރ އިންޒާރުތަކުން ނުވަތަ ހަމަލާތަކުން ރައްކާތެރިކޮށް ތިބުމުގެ ފުރުސަތު ލިބިގެންދެއެވެ. ހިތާމައަކީ ސްވިޑެންގެ މަޝްހޫރު ވީޕީއެން ޕްރޮވައިޑަރަކު ހާމަކުރި ގޮތުގައި އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް އަޅުގަނޑުމެން ހީކުރިވަރަށް ރައްކާތެރިކަން ނުލިބިދާނެއެވެ.

އެންޑްރޮއިޑްގެ ސެޓިންގްސްގެ ތެރެއިން "އޯލްވޭސް-އޮން ވީޕީއެން" ސެލެކްޓް ކުރެވޭނެއެވެ. މިއީ ވީޕީއެން އެކްޓިވް ނުކޮށް ޑިވައިސްއާ ގުޅޭ އެއްވެސް ގުޅުމެއް ހަނިވާނެ ކަމެއް ކަމަށް ބެލެވެއެވެ. މި ފީޗާއަކީ ޕްރައިވެސީއަށް އިސްކަންދޭ އެންޑްރޮއިޑް ކޮންސިއުމަރުންނަށް އެހީތެރިވެދޭ ފީޗާއެއް ކަމަށާއި ހާއްސަކޮށް ޑިވައިސްތަކުން ނާޒުކު ޑޭޓާ ރައްކާކުރާ ނުވަތަ ޓްރާންސްފާ ކުރާ ފަރާތްތަކަށް އެހީތެރިވެދޭ ފީޗާއެކެވެ.

ވީޕީއެން އިން އިންޓަނެޓްގެ ދެ ޕޮއިންޓެއްގެ މެދުގައި ވާޗުއަލް "ޓަނަލް" އެއް އުފައްދައި، އެތަނުން އެންކްރިޕްޓް ކޮށްފައިވާ ޑޭޓާ އިންޓަސެޕްޓް ނުވެ އަމިއްލައަށް ދަތުރު ކުރެވޭނެ އެވެ. ވީޕީއެންތަކުގެ ތެރެއިން ޑޭޓާ ދަތުރުކުރަނީ ތިންވަނަ ފަރާތަކަށް ހިއްސާ ނުވާގޮތަށް ކަމުން އެ މައުލޫމާތު ލީކުވުން އުނދަގޫ ވެއެވެ. ޑޭޓާ ޕެކެޓް އެންކްރިޕްޓް ކޮށްފައިވާތީ، ސޯސް އާއި ޑެސްޓިނޭޝަން ވެސް ފޮރުވިފައި ހުރެއެވެ.

ސްވިޑެންގެ ވީޕީއެން ޕްރޮވައިޑަރެއް ކަމަށްވާ މުލްވަޑް ރިޕޯޓް ކުރާ ގޮތުގައި އޮލްވޭސް އޮން ވީޕީއެން އަހަރެމެން ހީކުރާހާ ރަނގަޅަކަށް މަސައްކަތެއް ނުކުރެއެވެ. އޭނާ ފާހަގަކުރާ ގޮތުން ވީޕީއެން ރަނގަޅަށް މަސައްކަތް ނުކުރާ އެއް މައްސަލައަކީ އެންޑްރޮއިޑް އިން ދޭތެރެ ދޭތެރެއިން "ކަނެކްޓިވިޓީ ޗެކް" ފޮނުވައިގެން ކަނެކްޝަނެއް ސަޕްލައިކުރާ ކައިރީގައި ހުންނަ ސާވަރުތައް ހޯދުމެވެ. ކަނެކްޓިވިޓީ ޗެކްތަކުގައި އައިޕީ އެޑްރެސް، އެޗްޓީޓީޕީއެސް ޓްރެފިކް، އަދި ޑީއެންއެސް ލޫކަޕް ފަދަ މުހިންމު ޑިވައިސް ޑޭޓާ ހިމެނެއެވެ. މިއިން އެއްވެސް އެއްޗެއް އެންކްރިޕްޓް ނުކުރެވެނީ ވީޕީއެން ޓަނަލް ތެރެއިން ނުދާތީއެވެ. މާނައަކީ ކަނެކްޓިވިޓީ ޗެކެއް އިންޓަސެޕްޓް ކުރާ ކޮންމެ މީހަކަށްވެސް ޑިވައިސްއާ ގުޅޭ މައުލޫމާތުގެ ބިޓްތައް ފެނިދާނެކަމެވެ.

މި ފީޗާގެ ޑިސްކްރިޕްޝަން ބަދަލުކުރުމަށް ނުވަތަ އެންޑްރޮއިޑްގެ ތެރޭގައި ހުރި އުނިކަން ހައްލުކުރުމަށް މުލްވަޑުން ގޫގުލްއަށް ވަނީ ގޮވާލާފައެވެ. ވީޕީއެންއޯވަރވިއު އިން ބުނި ގޮތުގައި މުލްވަޑުގެ ކަންބޮޑުވުންތަކަށް ގޫގަލް އިން ވަނީ އަވަހަށް ރައްދުދީފަ އެވެ.

"އަޅުގަނޑުމެން ރިޕޯޓްކޮށްފައިވާ ފީޗާ ރިކުއެސްޓް ބަލާފައި، މިކަން ގަސްތުކުރި ގޮތަށް މަސައްކަތް ކުރަމުންދާކަން އަންގަން ބޭނުން،" ގޫގުލްގެ އިންޖިނިއަރަކު ވިދާޅުވި އެވެ. "އަޅުގަނޑުމެން ނުދެކެން މިފަދަ ގޮތެއް ގިނަ ޔޫޒަރުންނަށް ވިސްނޭނެ ކަމަކަށް، އެހެންވީމަ މިކަން ހުށަހެޅުމަށް ވަރުގަދަ ކޭސްއެއް އޮތް ކަމަކަށް އަޅުގަނޑުމެން ނުދެކެން." އެ އިންޖިނިއަރ އިތުރަށް ވިދާޅުވިއެވެ.

މި އުނިކަން ހައްލުކުރުމަށް ވީޕީއެން ޕްރޮވައިޑަރުންނަށް އެމީހުންގެ އެޕްތައް އަޕްޑޭޓް ކުރެވޭނެ ގޮތެއް މިވަގުތު ނެތް އިރު، މިއީ އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމްގައި ބިލްޓްކޮށްފައިވާ އެއްޗަކަށް ވާތީ، އެ އެޕްތައް ޑިސެބިލް ނުކުރެވޭނެއެވެ.

މީގެ އިތުރުން ގޫގަލް އިން އޮލްވޭސް އޮން ވީޕީއެން އޮޕްޝަން ބަދަލު ކުރުމުގެ ވިސްނުމެއް ނެތުމުން މިކަމަށް ބަދަލެއް ނައުމުގެ ފުރުސަތު ބޮޑެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.