ހެޑްލައިޓް ފަރުމާގެ ސަބަބުން އެކްސިޑެންޓްތައް ގިނަވޭ: ދިރާސާ

އަޙްމަދު ދާއޫދު 18 އޮކްޓޯބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސައިކަލްގެ ހެޑްލައިޓް ފަރުމާ ކޮށްފައި ހުންނަ ގޮތަކީ މަގުމަތީގެ އެކްސިޑެންޓްތައް ހިނގުމުގައި ވަރަށް ބޮޑު ހިއްސާއެއް އޮންނަ ކަމެއްކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ގިނަދިރާސާތަކުން ދައްކާގޮތުގައި އެކްސިޑެންޓެއްގައި މަރުވުމުގެ ފުރުސަތު އާންމު އުޅަނދުތަކަށް ވުރެ މޮޓޯސައިކަލް ދުއްވާ މީހުން ގާތްގަޑަކަށް 27 ގުނަ އިތުރެވެ. އަދި ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތަކުގައި އެކްސިޑެންޓްތައް ގިނަވެ އެފަދަ އެކްސިޑެންޓްތަކުގައި މަރުވާ މީހުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހިއްސާކުރަނީ ރޭގަނޑުގެ ވަގުތުތަކުގައި ހިނގާފައިވާ އެކްސިޑެންޓްތައް ކަމަށް ވެސް އެފަދަ ދިރާސާތަކުން ވަނީ ފާހަގަ ކުރެވިފައެވެ.

ދާދިފަހަކުން ހެދި އާ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި މޮޓޯސައިކަލްގެ ހެޑް ލައިޓިންގ ސިސްޓަމެއްގައި ހުންނަ އެއް ލައިޓްގެ ބަދަލުގައި ހަ ލައިޓް ހުރުމުން މަގުމަތީގައި ދުއްވާފައިދާ އެހެން އުޅަނދުތަކަށް އެތަކެތި ފެނުމުގެ ޤާބިލުކަން އިތުރުކޮށްދެއެވެ.

ޓްރާންސްޕޯޓޭޝަން ރިސާޗް ޕާޓް އެފް، ޓްރެފިކް ސައިކޮލޮޖީ އެންޑް ބިހޭވިއާ ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާއަކީ ޕީއެޗްޑީ ހާސިލްކުރި ރިސާޗަރުން ކަމަށްވާ ރައިސް ޔުނިވާސިޓީގެ ޕެޓް ޑިލޫސިއާ އާއި އެމޯރީ ހެލްތްކެއާގެ ބްރެޑްލީ ވީވާގެ ދިރާސާއެކެއެވެ.

މި ދިރާސާއިން ހާމަވި ގޮތުގައި އުޅަނދެއްގައި ކުރިމަތިން ފެންނަ ހުރނަ ހެޑްލައިޓް ނުވަތަ އަލިކަން ރަނގަޅު ކުރުމުން އެހެން މޮޓޯރިސްޓުންނަށް ނުވަތަ މަގުމަތީ އެއްޗިހި ދުއްވާ އެހެން މީހުންނަށް 0.8 ސިކުންތާއި ހަމައަށް ސައިކަލްތައް އަވަހަށް ފެންނާނެއެވެ.

މޮޓޯސައިކަލްތައް އެހެން ގިނަ އުޅަނދުތަކަށް ވުރެ ކުދި ކަމުން، އެހެން ޑްރައިވަރުންނަށް މަގުމަތީގައި އެމީހުންގެ ދުއްވުމުގެ މިސްރާބު އަދި ސްޕީޑް ޞަރީޙަކޮށް ނިންމުމަށް މާ އުނދަގޫ،" ދިރާސާގެ އެންމެ އިސް ލިޔުންތެރިޔާ ހިއުމަން ފެކްޓަރސް އިންޖިނިއަރެއް އަދި ރިސާޗަރެއް ކަމަށްވާ ވީވާ ވިދާޅުވި އެވެ.

"ޚާއްޞަކޮށް ރޭގަނޑުގެ ވަގުތު ތަކުގައި ދުއްވާއިރު، ސައިކަލެއްގައި އެންމެ ހެޑްލައިޓެއް ހުންނަ ހުރުމަކީ އެހެންމީހުންނަށް އެކަމުގެ ސަބަބުން ލިބޭ އުނދަގޫ ކަމެއް، ސަބަބަކީ އެހެން ޑްރައިވަރުންނަށް ސައިކަލުގެ ފުރިހަމަ އުސްމިން ނުވަތަ ފުޅާމިން ނުފެންނާތީ." އޭނާ އިތުރަށް ބަޔާންކޮށްފައިވެއެވެ.

"ހަމަ އެންމެ ސިކުންތެއްގެ ތެރޭގައި ގިނަ ކަންތައްތަކެއް ނުފެނިދާނެ، އެކަމަކު ޑްރައިވަރަކު ގޮތްނިންމަންޖެހޭ ވަގުތު ކުޑަކުރުމުން ދިރިއުޅުމާއި މަރާއި ދެމެދު އޮންނަ ތަފާތު އަންނާނެ،" ދަތުރުފަތުރާ ގުޅުން ހުރި އިންސާނީ ކަންތައްތަކާ ބެހޭ ދިރާސާތައް ހަދާ ތަޖުރިބާކާރު ނަފްސާނީ ސައިންސްގެ ޕްރޮފެސަރު ޑެލޫސިއާ ވިދާޅުވި އެވެ.

ޑެލޫސިއާ އާއި ވީވާ ވަނީ މި ދިރާސާގައި ބައިވެރިވުމަށް 19 އަހަރާއި 70 އަހަރާ ދެމެދުގެ 35 މީހަކު ހޯދާފައެވެ. މި ދިރާސާވެރިން ވަނީ ބައިވެރިންނަށް މޮޓޯސައިކަލްތަކުގެ ފުރިހަމަ އުސްމިނާއި ފުޅާމިން ފެންނާނެހެން އަލިކޮށްދޭ އެކިއެކި ތަފާތު ފުރިހަމަ ލައިޓިން ތަކާއެކު މޮޓޯސައިކަލްތައް މަގުމަތިން ފެނުނީ ކިހާ އަވަހަކަށްތޯ މިންކޮށްފައެވެ.

މިދިރާސާއިން އެނުގުނީ ކޮންމެ ގޮތަކަށް ޑިޒައިން ކޮށްފައިވާ ހެޑް ލައިޓަކުން ކަމުގައިވިޔަސް އެއް ލައިޓް ހުންނަ ހެޑްލައިޓަކާ އަޅާބަލާއިރު، ހަ ލައިޓް ހިމެނޭ، ހެޑްލައިޓް ހުންނަ މޮޓޯ ސައިކަލްތަކުގެ ހަރަކާތްތައް މަގުމަތިން ފެންނަ މިންވަރު މާބޮޑަށްވެސް އަވަސްވެގެން ދިޔަކަމެވެ. އަދި އެކަމުގެ ސަބަބުން މަގުމަތީގައި ހިނގާފާނެ އެކްސިޑެންޓަކުން ސަލާމަތްވުމުގެ ފުރުޞަތު ބޮޑުވެގެން ދާނެކަމެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.