ފުރަތަމަ ރަޖިސްޓްރީ ކުރެވުނު ޑޮމެއިން އަކީ ކޮބާ؟

އަޙްމަދު ދާއޫދު 23 އޮކްޓޯބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އިންޓަނެޓްގައި ފުރަތަމަ ރަޖިސްޓްރީ ކުރެވުނު ޑޮމޮއިން ނަމަކީ ކޮބައިކަން އެނގޭހެއްޔެވެ؟

ތިރީގައިވާ 4 ޖަވާބުން ރަނގަޅު ޖަވާބު ތިބާއަށް ދިމާކުރެވޭތޯ މަސައްކަތް ކޮށްލާށެވެ.

ޖެނުއަރީ 1، 1983 އަކީ އިންޓަނެޓްގެ ރަސްމީ އުފަންދުވަސް ކަމަށް ގިނަބަޔަކު ޤަބޫލުކުރާއިރު، މީގެ ކުރިން އެކި ކޮމްޕިއުޓަރ ނެޓްވޯކްތަކުގައި އެކަކު އަނެކަކާ މުޢާމަލާތު ކުރުމަށް މިހާރު މިހުންނަކަހަލަ އިންޓަނެޓް ނުވަތަ ސްޓޭންޑަރޑް ގޮތެއް ނެތެވެ. މިފަދަ ގޮތަކަށް އިންޓަނެޓްގެ ކަންކަން ކުރިއަށް ގޮސް ޒަމާންތަކަކަށްފަހު ޓްރާންސްފާ ކޮންޓްރޯލް ޕްރޮޓޮކޯލް/އިންޓަރނެޓްވޯކް ޕްރޮޓޮކޯލް (ޓީސީޕީ/އައިޕީ) ގެ ނަމުގައި އާ މުވާސަލާތީ ޕްރޮޓޮކޯލެއް ޤާއިމުކުރެވުނީ 1983 ވަނައަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަދުވަހުއެވެ.

މިކަމުގެ ސަބަބުން އެކި ނެޓްވޯކްތަކުގައި ހުންނަ އެކި ވައްތަރުގެ ކޮމްޕިއުޓަރުތައް މެދުވެރިކޮށް އެކަކު އަނެކަކާ “ވާހަކަ ދައްކަން” ފުރުސަތު ލިބުނެވެ. އެކަމަކު އަދި އޭރުވެސް މިހާރު މިބޭނުންކުރާ ޒާތުގެ ވެބްސައިޓް ހަދައިގެން އިންޓަނެޓްގައި މައުލޫމާތު ރައްކާކޮށެއް ނުހަދައެވެ. 1985 ވަނަ އަހަރުގެ މާރޗް މަހުގެ 15 ވަނަ ދުވަހު އިންޓަނެޓްގައި ފުރަތަމަ ފަހަރަށް ރަޖިސްޓްރީ ކުރެވުނު ޑޮމެއިން ނަމަކީ symbolics.com އެވެ.

އެއީ ކެމްބްރިޖް، މެސެޗުސެޓްސްގެ ކޮމްޕިއުޓަރ ކުންފުނި ސިމްބޮލިކްސް އިންކް ގެ ނަމެވެ. އެކުންފުނީގެ އަސްލު ވެރިން، 25 އަހަރު ވަންދެން ޑޮމެއިން ބޭނުން ކުރުމަށްފަހު އޭގެ މިލްކުވެރިކަން 2009 ވަނަ އަހަރު އެހެން ބަޔަކަށް ވިއްކާލިއެވެ.

އެމެރިކާގެ ކެލިފޯނިއާގެ ސިޓީއެއް ކަމުގައިވާ އިރްވައިންގައި ހުންނަ ކުޑަ އިންވެސްޓަރ ގްރޫޕަކުން ސިމްބޮލިކްސް ޑޮޓްކޮމް ގެ އެ ޑޮމެއިން ގަތް ނަމަވެސް، އެޑޮމެއިން ގަތީ ކިހާވަރަކަށް ކަމެއް އެނގޭކަށްނެތެވެ.

ސިމްބޮލިކްސް ޑޮޓް ކޮމް އަށް މިހާރުވެސް ވަދެވޭއިރު އެޑޮމެއިންގެ މިލްކްވެރި ފަރާތަކީ މެސެޗުސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ރިސާޗް އިންސްޓިޓިއުޓްއެވެ.

މެސެޗުސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ރިސާޗް އިންސްޓިޓިއުޓަކީ 2003 ވަނަ އަހަރު ލެބޯޓްރީ ފޯ ކޮމްޕިއުޓަރ ސައިންސް އާއި އާޓިފިޝަލް އިންޓެލިޖެންސް ލެބޯޓްރީ އެއްކޮށްލުމުން އުފެދުނު އާ އިންސްޓިއުޓެކެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.