އެޕަލްގެ އައިފޯން އޮޕަރޭޓިން ސިސްޓަމްގެ އެންމެ ފަހުގެ ވަރޝަން ކަމަށްވާ އައިއޯއެސް 16.1 އިތުރު 6 ފީޗާއަކާއި އެކު ނެރެފިއެވެ. އެއީ އައިފޯން 8 ން ފެށިގެން ހުރިހާ އައިފޯނުތަކާ ގުޅޭ ގޮތަށް ދޫކޮށްފައިވާ އަޕްޑޭޓެކެވެ. ހަމަގައިމުވެސް އައިފޯން 14 ޕްރޯ މެކްސް އާއި އައިފޯންގެ ފަހުގެ ނަމްބަރުތަކަށް އެ އަޕްޑޭޓް ވަރަށް މުހިންމުވާނެއެވެ.
މި އަޕްޑޭޓް އެޅުމުން ބައެއް ކަންކަން ވަގުތުން ފާހަގަ ނުކުރެވިދާނެއެވެ. ނަމަވެސް، އަލުން ޑިޒައިން ކޮށްފައިވާ ލޮކް ސްކްރީންއިން ފެންނަ ލައިވް އެކްޓިވިޓީސް އާއި އެކު ބެޓެރީ ޕަސެންޓް އައިކޮންގެ އާ ޑިޒައިން އާއި ކުރިން ނުލިބޭ އައިފޯން މޮޑެލްތަކުގެ ބެޓެރީ ޕަސެންޓް ބަލާލުމުގެ އިޚްތިޔާރު ހިމެނޭ ގޮތަށް އާ ބައެއް ފީޗާސްތައް އެބަހުއްޓެވެ.
ތިރީގައި މިވަނީ އައިއޯއެސް 16.1 އާއެކު އައިފޯނުގައި ކުރެވޭނެ ބައެއް އާ ކަންތައްތަކުގެ ވާހަކަ ދައްކާލުމާއެކު އާ ހަ ފީޗާއެއްގެ ޚުލާޞާ މައުލޫމާތު ކޮޅެކެވެ.
މިއީ ރިއަލް ޓައިމް އަޕްޑޭޓްތައް ދައްކާލެވޭގޮތަށް ލޮކް ސްކްރީންގައި ހުންނަ ނޮޓިފިކޭޝަންތަކުގެ އެކްސްޓެންޝަނެއްގެ ގޮތުގައި ވިސްނާށެވެ. މިސާލަކަށް ކުޅިވަރު އިވެންޓެއްގެ މުއްދަތަށް ލައިވް އެކްޓިވިޓީއެއް އިތުރުކޮށް ސްކޯރާއި އެހެނިހެން މައުލޫމާތުތައް އަޕްޑޭޓްކޮށް، ނުވަތަ ޓޭކްއަވޭ ޑެލިވަރީއެއް ލިބޭނެ ކަމަށް އުންމީދުކުރާ ވަގުތު މިފީޗާއިން ސެޓްއަޕް ކުރެވިދާނެ އެވެ .
މި ފީޗާ މުޅިން ބަރޯސާވާނީ މިކަމަށް ޔޫޒަރުން ރިއެކްޓް ކުރާ ގޮތާއި، އަދި ޑިވެލޮޕަރުން އެމީހުންގެ އެޕްތަކަށް އެ ފީޗާތަކުގެ ފައިދާ ނަގާނެ ގޮތުގެ މައްޗަށެވެ. މާނައަކީ މީފީޗާ ގިނަބަޔަކު ބޭނުންކުރާނަމަ ނުވަތަ ރިއެކްޓް ކުރާނަމަ އިތުރު އަޕްޑޭޓްތައް ޑިވެލޮޕަރުން ނެރޭނެއެވެ.
ފޭސްއައިޑީ ޖަހާފައިވާ އައިފޯނެއް އޮތްނަމަ މިހާރު ޑިސްޕްލޭގެ މަތީގައިވާ ބެޓެރީ އައިކޮންގެ ތެރޭގައި ބެޓެރީ ޕަސެންޓް ފެނުމުގެ އިޚްތިޔާރު ލިބިގެންދާނެއެވެ. އައިއޯއެސް 16.1 ގެ ކުރިން މިއީ ހަމައެކަނި އައިފޯން 12 އާއި އެއަށްވުރެ މަތީގެ ފޯނުތަކުގައި ލިބެން ހުރި ފީޗާއެކެވެ.
އަދި ހަމަ މި ބަދަލާއެކު އަންނަ ވިޝުއަލް ކުޑަކުޑަ ބަދަލަކީ، ބެޓެރީ އައިކޮންގެ ކުޑަތަންކޮޅެއް ތިރިއަށް ޕަސެންޓް އަދަދު ދިއުމެވެ. މިގޮތަށް މިބަދަލު ފެންނާނީ ފުލް ކެޕޭސިޓީގައި ބެޓްރީ ނުހުންނަ ހާލަތްތަކުގައެވެ.
މިއީ ކުޑަ ކަމެއް ކަމުގައި ހީވިޔަސް އައިއޯއެސްގައި ވޮލެޓް ބޭނުން ކުރަން ބޭނުންވާ މީހުންނަށް މިކަމުގެ ސަބަބުން ބޮޑެތި އަސަރުތަކެއް ކޮށްފާނެއެވެ.
ވޮލެޓް އެޕަށް ގިފްޓް ކާޑު ނުވަތަ ކްރެޑިޓް ކާޑު ލާން ބޭނުންނަމަ އައިއޯއެސް 16.1 ގައި އެކަން ކުރެވޭނެގޮތް މިހާރު މިވަނީ ހަދާފައެވެ.
އައިކްލައުޑް ފޮޓޯ ލައިބްރަރީއަށް މި ކުރިއެރުން ލިބުނުކަން ޑަބްލިޔުޑަބްލިޔުޑީސީގައި އިއުލާންކުރިއިރު، އެއީ އައިއޯއެސް 16 އާއެކު ގެނައުމަށް ނިންމާފައިވާ ފީޗާއެއް ކަމަށް ތުހުމަތު ކުރެވޭ ނަމަވެސް އެކަން ލަސްވި އެވެ. މިފީޗާއިން ތިބާގެ ފޮޓޯތައް ރައްޓެހިންނާއި، ނުވަތަ ޢާއިލާގެ މެމްބަރުންނާއި ވަގުތުން ހިއްސާކޮށްލެވޭނެއެވެ.
މިފީޗާގެ އެންމެ ޚާއްޞަ އެއްކަމަކީ ކެމެރާއިން ސެޓިން ހަދާލުމުން ނަގާ ފޮޓޯތައް ވަގުތުން ކްލައުޑަށް އަޕްލޯޑްކޮށްލާ ކޮލަބަރޭޓް ކޮށް ޝެއަރ ކޮށްލެވޭ ކަމެވެ.
މިއީ މިވަގުތު ހަމައެކަނި އެމެރިކާގައި ބޭނުން ކުރެވޭ ފީޗާއެއް ނަމަވެސް، މިއީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށްޓާ ރައްޓޭހި ގޮތަކަށް އެޕަލްގެ އުފެއްދުންތައް ކުރިމަގަށް ބައްޓަން ކުރަމުންދާ ވައުދުތައް ދައްކުވައިދޭ އަނެއް އާ ފީޗާއެވެ.
އައިފޯން ޗާޖުކުރާއިރު އައިއޯއެސް 16.1 އިން ކަރަންޓުގެ ހަކަތަ ބޭނުން ކުރަމުންދާނީ ކުރީގެ ވާޝަންތަކާއި އަޅާބަލާއިރު ވަރަށްވެސް މަދުންނެވެ. އެހެންކަމުން ފޯނު ޗާޖް ކުރެވޭ މިންވަރު އަވަސްވުމާއި، ކަރަންޓް ޚަރަދު ކުޑަވެގެން ދިއުމަކީ ލިބޭނެ ފައިދާތަކެކެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.