ޓްރާސްޕޭރެންޓް ސޯލާ ޕެނަލްއެއް ސައިންސްވެރިން އުފައްދައިފި

އަޙްމަދު ދާއޫދު 28 އޮކްޓޯބަރު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓްރާންސްޕޭރެންޓް ސޯލާ ޕެނަލްތަކުން ކަރަންޓް އުފެއްދޭނެ އާ އީޖާދަކާއެކު ސައިންސްވެރިން މިވަނީ ހަކަތަ އުފެއްދުމުގެ ދާއިރާއިން މުޅިން އާ ރެކޯޑެއް ހަދާފައެވެ.

ސްވިޒަލޭންޑްގެ އެކޯލް ޕޮލިޓެކްނިކް ފެޑެރަލް ޑި ލޯޒާންގެ ޓީމަކުން މި ކުރިއެރުން ހޯދީ ހަކަތަ އުފެއްދުމަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ފޮޓޯސެންސިޓައިޒާ ޑައި މޮލިކިއުލްތަކެއް އެއްކޮށްލުމުން އެތެރެފެންނަ (ޓްރާންސްޕޭރެންސީ) ސްޕެކްޓްރަމް އިން ހަކަތަ އުފެއްދުމުގެ ގާބިލްކަން ހޯދައިގެންނެވެ.

ޑީއެސްސީތަކުގެ ޓްރާންސްޕޭރެންޓް ޕްރޮޕަޓީތަކުގެ ސަބަބުން މި އާ ޓެކްނޮލޮޖީ، ކުޑަދޮރުތަކާއި ގްރީންހައުސްތަކާއި ބިއްލޫރި ފޭސްޑްތަކުގެ އިތުރުން ޕޯޓަބަލް އިލެކްޓްރޯނިކް ޑިވައިސްތަކުގެ ސްކްރީންތަކުގައި ބޭނުންކުރުމަށް އެކަށީގެންވާ ކަމަށް ދިރާސާވެރިން ބުނެއެވެ.

އަދި އެއީ ފްލެކްސިބަލް، ނިސްބަތުން އަގުހެޔޮ އަދި އާންމު ރޯލް ޕްރިންޓިން ޓެކްނިކްސް ބޭނުންކޮށްގެން ހެދިދާނެ އެއްޗެހިތަކެކެވެ. ތިއަރީ ގޮތުން ބަލާއިރު، އަގު/ޕާފޯމަންސް ރޭޝިއޯ ވެސް ރަނގަޅު ކަމުން ފޮސިލް ފިއުލް އިލެކްޓްރިކަލް އުފެއްދުމާ މި ޓެކްނޮލޮޖީން ވާދަކުރެވޭނެއެވެ.

ފުރަތަމަ ވިޔަފާރީގެ އެޕްލިކޭޝަންތައް މިހާރުވެސް ޙަޤީޤަތަކަށް ކުރެވެމުންދާއިރު، ސްވިސްޓެކް ކޮންވެންޝަން ސެންޓަރުގައި ޑައި ސެންސިޓައިޒްޑް ސޯލާ ވިންޑޯތައް އިންސްޓޯލްކޮށްފައިވީނަމަވެސް، ކުރީގެ ސޯލާ ސެލްތަކާ އަޅާބަލާއިރު ފަހުގެ މި އުފެއްދުމުން ކަރަންޓް އުފެއްދުމުގެ ޤާބިލުކަން ކުޑައެވެ.

‘ހައިޑްރޮކްސެމިކް އެސިޑް ޕްރީއެޑްސޮޕްޝަން ރައިޒްސް އެފިޝަންސީ އޮފް ކޯސެންސިޓައިޒްޑް ސޯލާ ސެލްސް’ ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ދިރާސާ ސައިންޓިފިކް ޖާނަލް ނޭޗާގައި ވަނީ ބުދަ ދުވަހު ޝާއިއުކޮށްފައެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.