ގޫގަލް އާއި މައިކްރޮސޮފްޓުން އެމީހުންގެ ޑޭޓާ ސެންޓަރުތައް ފެހިކޮށް %100 ކާބަން ފްރީ ކުންފުނިތަކަކަށް ހެދުމަށް ކުރާމަސައްކަތުގެ ދަށުން އިތުރު ހަކަތަ ގަނެފިއެވެ.
ގޫގަލް އާއި މައިކްރޮސޮފްޓަކީ ދުނިޔޭގެ އެންމެ ބޮޑު ކްލައުޑް ފޯކަސް ކުރާ ދެ ކުންފުނި ކަމަށްވާއިރު، އަބަދުވެސް ވާދަކުރަނީ އެންޓަޕްރައިސް ސްޕޭސްގައި އިތުރު ކަސްޓަމަރުން ހޯދުމަށެވެ. ނަމަވެސް ދެ ކޯޕަރޭޝަނުން އަބަދުވެސް އެއްބަސްވާ އެއް ކަމަކީ އެމީހުންގެ ކުރިއަރަމުން އަންނަ ޑޭޓާ ސެންޓަރުތަކުން ދުނިޔެއަށް ކުރާ ތިމާވެށީގެ އަސަރު ވަރަށް ބޮޑަށް ބަދަލުކުރަން ޖެހޭ ކަމެވެ.
ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކްލައުޑް ވިޔަފާރިއަކަށް މަގުފަހިވެފައިވަނީ ސާފު ހަކަތައިގެ އިއާދަކުރަނިވި ވަސީލަތްތައް ހޯދުމަށް އާ އެއްބަސްވުންތަކަކުންނެވެ. ގޫގަލް އާއި މައިކްރޮސޮފްޓް ވެސް ހަގީގަތުގައި ވެސް ޔޫރަޕްގެ އޮޕަރޭޝަންތަކަށް އާ ސާފު ހަކަތަ ގަތުމުގައި މާ ބިޒީކޮށް އުޅޭއިރު، ޖުމްލަ އަމާޒަކީ މަދު އަހަރުތަކެއްގެ ތެރޭގައި މުޅިން "ކާބަން ފްރީ" ވުމެވެ.
ގޫގަލް އިން ދާދި ފަހުން ވަނީ ފްރާންސްގެ ޔުޓިލިޓީ ކުންފުންޏެއް ކަމަށްވާ އެންޖީއާ އެކު އާ ޕަވަރ ޕާޗޭސް އެގްރީމަންޓެއް (ޕީޕީއޭ) އެއް އިއުލާންކޮށްފައެވެ. ގޫގަލްއިން ބުނީ މި އެއްބަސްވުމުގެ ދަށުން އިތުރުކުރެވޭ ހަކަތައިގެ ބޮޑުބައި ބޭނުންކުރާނީ މައުންޓް ވިއުގެ އިނގިރޭސިވިލާތުގެ އޮޕަރޭޝަންތައް ދެމެހެއްޓުމަށެވެ. އަދި މިޕްރޮޖެކްޓް ނިމޭއިރު އެ ކުންފުނި ކާބަން ފްރީ އޯގަނައިޒޭޝަނަކަށް ވުމާ ގާތްވާނެ ކަމަށް ވެސް ގޫގުލްއިން ވަނީ ހާމަކޮށްފައެވެ.
ގޫގަލް އިން ރާވާފައި ވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް އިނގިރޭސިވިލާތުގެ އޮފީހާއި ކްލައުޑް ރީޖަންސް އަށް އެކްސްކްލޫސިވް އިއާދަކުރަނިވި ހަކަތަ އުފައްދާ ވަސީލަތްތައް ބޭނުންކުރުމަށެވެ. އަދު އެންމެ ފަހުގެ އެންޖީ ޕީޕީއޭ އާއެކު 2025 ވަނަ އަހަރު 90 ޕަސެންޓް ކާބަން ފްރީ ވާނެ ކަމަށް ގޫގުލް އީއެމްއީއޭގެ ރައީސް މެޓް ބްރިޓިން ވިދާޅުވި އެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތަ އުފައްދާ ވަސީލަތްތަކާ މެދު ޔޫރަޕުން ދަނީ ކަންބޮޑުވުން އިތުރުވަމުންނެވެ.
ބްރިޓިން ވިދާޅުވީ ގޫގުލް އިން ވެސް މި ކަންބޮޑުވުންތައް ހިއްސާކުރާ ކަމަށާއި، އަމިއްލައަށް ގޭސް ބޭރުކުރާ މިންވަރު މަދުކޮށް، އެހެން މީހުންނަށް ވެސް ހަކަތަ މަދުކުރުމަށް އެހީތެރިވެދީގެން ހަކަތަގެ މައްސަލަ ހައްލުކުރުމުގައި ޓެކްނޮލޮޖީގެ މުހިންމު ދައުރެއް އޮންނާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. މީގެ ކުރިން ގޫގުލް އިން ވަނީ ޓެކްސަސްގައި ޑޭޓް ސެންޓަރަކަށް 900 މެގަވޮޓްގެ ސޯލާ ޕަވަރ ހޯދުމަށް ސޮފްޓްބެންކް/އެސްބީ އެނާޖީއާ އެކު އެއްބަސްވުމެއް ހަދާފައެވެ.
މައިކްރޮސޮފްޓުން ކްލައުޑް ޑޭޓާ ސެންޓަރުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރުތައް ވެސް ހަމަ އެހާމެ އެނގޭއިރު، ޔޫރަޕާއި އެހެން ތަންތަނުގެ ހާލަތު ރަނގަޅު ކުރުމަށް ވެސް އެ ކުންފުނިން ވައުދުވެ އެވެ. ރެޑްމަންޑް ޖަޔަންޓް ކުންފުނިން އަޔަލޭންޑްގެ ޑޭޓާ ސެންޓަރުތަކަށް 900 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުމަށް އާ ޕީޕީއޭއެއް އިއުލާންކޮށް، ޔޫރަޕްގެ ކެޕޭސިޓީގެ ޖުމްލަ (ގްރީން) ކައުންޓް 10 ގިގަވޮޓް (ޖީޑަބްލިއު) އަށް ވުރެ މައްޗަށް އަރައިފި އެވެ.
މައިކްރޮސޮފްޓުން އަޔަލޭންޑްގައި އާ ހަކަތަ ފޯރުކޮށްދޭ ކުންފުނިތަކާ ބެހޭ އެއްވެސް މައުލޫމާތެއް ނުދިން ނަމަވެސް އެހެން މަސްދަރުތަކުން ބުނާ ގޮތުގައި އާ އެއްބަސްވުމުގައި ސްޓެޓްކްރާފްޓް (ނޯވޭ) އާއި އެނާޖިއާ ގްރޫޕް (އަޔަލޭންޑް) ހިމެނެ އެވެ. އިއާދަކުރަނިވި ހަކަތަ އަންނަނީ ވިންޑް އަދި ސޯލާ ޕްލާންޓްތަކުގެ މިކްސްއަކުން ކަމަށާއި މައިކްރޮސޮފްޓުން ރާވާފައި ވަނީ 2025 ވަނަ އަހަރުގެ ނިޔަލަށް އަޔަލޭންޑްގެ ޑޭޓާ ސެންޓަރުތައް އިއާދަކުރަނިވި ހަކަތަ އުފައްދާ ވަސީލަތްތަކާއެކު 100 ޕަސެންޓް ކާބަން ފްރީ ކުރުމަށެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.