ވިންޑޯޒްގައި ސްނެޕްޗެޓް ޑައުންލޯޑްކޮށް ބޭނުންކުރާނެ ގޮތް

އަޙްމަދު ދާއޫދު 30 ނޮވެމްބަރު 2022

މި ހަފުތާގެ ކުރީކޮޅު ސްނެޕް އިން ވަނީ ވިންޑޯޒް ޕްލެޓްފޯމަށް ސްނެޕްޗެޓް އެޕް ނެރެފައެވެ. ވިންޑޯޒްއަށް ސްނެޕްޗެޓް ނެރެފައިވާއިރު، އެންޑްރޮއިޑް އަދި އައިއޯއެސް ޕްލެޓްފޯމްތަކުގައި އެ އެޕްބޭނުންކުރަމުންދާތާ އެތައް އަހަރެއް މިވަނީވެފައެވެ. ޑެސްކްޓޮޕާއި ލެޕްޓޮޕަށް ސްނެޕްޗެޓް ތަޢާރަފް ކޮށްފައިވީ ނަމަވެސް މި އެޕްލިކޭޝަން ޑެސްކްޓޮޕާއި ލެޕްޓޮޕްގައި ބޭނުންކުރުމުގައި މޮބައިލް އެޕާއި ވަރަށް ބޮޑަށް ތަފާތުކަން ފާހަގަކޮށްލަން ޖެހެއެވެ.

ސްނެޕްޗެޓް އެޕްލިކޭޝަނަކީ ޕްރޮގްރެސިވް ވެބް އެޕް (ޕީޑަބްލިއުއޭ) އެކެވެ. އޭގެ މާނައަކީ އޮންލައިން ވެބްސައިޓާއި ތަފާތު ވާހަކައެވެ. އެހެންކަމުން މި އެޕްލިކޭޝަން ލެޕްގައި ނުވަތަ ކޮމްޕްގައި ބޭނުންކުރާއިރު ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ހުރުމުން ޑެސްކްޓޮޕް ވާޝަންއަށް އަހުލުވެރިވުން ބުއްދިވެރިކަމަށް ދެކެމެވެ.

ސްނެޕްޗެޓް ވިންޑޯސް ވާޝަންގައިވެސް އެންމެބޮޑަށް ފާހަގަކޮށްލަން ޖެހޭކަމަކީ ވީޑިއޯޗެޓް ފީޗާ ހިމަނާފައިވުމެވެ. މިހާރު ސްނެޕްޗެޓްގެ ވިންޑޯސް ވާޝާން މައިކްރޮސޮފްޓް ސްޓޯރުން ލިބެން ހުރިއިރު ގިނަބަޔަކު ދަނީ މި އެޕްލިކޭޝަން ޑައުންލޯޑް ކުރަމުންނެވެ.

ވިންޑޯޒްގައި ސްނެޕްޗެޓް ޑައުންލޯޑްކޮށް ބޭނުންކުރާނެ ގޮތް

ސްނެޕްޗެޓް އެޕްލިކޭޝަނަކީ ޕްރޮގްރެސިވް ވެބް އެޕްލިކޭޝަނަކަށް ވާތީ، މިއެޕްލިކޭޝަން ބޭނުންކުރާ ކޮންމެ ޕީސީއަކަށްވެސއް ފުރަތަމަ ޖެހޭނީ މައިކްރޮސޮފްޓް އެޖް އަޅާށެވެ. ސްނެޕްޗެޓުން ރެކޮމެންޑް ކޮށްފައިވަނީ އެޖްގެ އެންމެ ފަހުގެ ވާޝަން އަށެވެ.

ސްޓެޕް 1: ވިންޑޯޒް ޕީސީ ނުވަތަ ލެޕްޓޮޕްގައި މައިކްރޮސޮފްޓް ބްރައުޒަރ ހުޅުވުން.

ސްޓެޕް 2: އެންމެ މަތީގައި ވާ ސާޗް ބާގައި ސްނެޕްޗެޓް އެޕް ހޯދުން.

ސްޓެޕް 3: ގެޓް އެޕް އަށް ކްލިކް ކޮށްލުން.

ސްޓެޕް 4: ގެޓް އަށް ޓެޕް ކުރުމުން އެޕް ޑައުންލޯޑް ވާން ފަށާނެއެވެ. ޑައުންލޯޑްވެ ނިމުމުން އެ ފައިލް ހުޅުވާށެވެ.

ސްޓެޕް 5: މިހާރު ލޮގިން ކުރުމަށް މައުލޫމާތުތައް ފުރިހަމަކޮށްލާށެވެ.

މިހާރު ކޮމްޕިއުޓަރުގައި ސްނެޕްޗެޓް އެޕް ބޭނުން ކުރެވޭނެއެވެ.

ސްނެޕްޗެޓް ވިންޑޯޒް އެޕްލިކޭޝަން ޑައުންލޯޑް ނުކޮށް، ވެބްވާޝަން މެދުވެރިކޮށްވެސް މި އެޕްލިކޭޝަން ވިންޑޯޒްގައި ބޭނުންކުރެވިދާނެއެވެ. ނަމަވެސް މި އެޕްލިކޭޝަނުގެ ވެބް ލިންކް މެދުވެރިކޮށް ވެބް ޕްލެޓްފޯމް ބޭނުންކުރުމަކީ މާ ބޮޑު މާނައެއް ހުރި ކަމެއް ނޫންކަމަށާއި، ބައެއް ފީޗާތައް ނުލިބިދާނެކަމަށް ސްނެޕްޗެޓާއި ހަވާލާދީ ބައެއް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ.

ވެބްގައި ސްނެޕްޗެޓަށް ވަނުމަށް Snapchat.com ޒިޔާރަތްކޮށް ލޮގް އިންކޮށް ޗެޓް ކުރަން ފެށޭނެއެވެ. ވެބް ޕްލެޓްފޯމް ނުވަތަ ޕީސީ އެޕްލިކޭޝަނުން ހަމައެކަނި ޗެޓިން އާއި ވީޑިއޯ ކޯލިން ފަދަ ކަންކަން ސިލެކްޓް ކުރެވޭނެއެވެ. މި އެޕްލިކޭޝަންގެ މޮބައިލް ފީޗާތައް ކަމަށްވާ ފިލްޓާ، މެޕް ފަދަ ފީޗާތައް ޕީސީގައި ނުލިބެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.