ގިނިހިލައިން ދުނިޔެއަށް ލިބިދާނެ ނުރައްކާ މިހާރު ދެނެގަނެވޭ

އަޙްމަދު ދާއޫދު 08 ޑިސެމްބަރު 2022

ޑީޕް އިމްޕެކްޓް ފަދަ ފިލްމުތަކާއި، ޑޮންޓް ލޫކް އަޕް ފިލްމް އަދި މުނިފޫހިފިލުވުމުގެ އެތައް ތަޖުރިބާތަކެއްގެ ސަބަބުން، އެސްޓްރޮއިޑް ނުވަތަ ގިނިހިލައެއްގެ ނުރައްކަލެއް ދުނިޔެއަށް ކުރިމަތިވެދާނެގޮތުގެ ނުރައްކާ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް މިވަނީ ތަޞައްވަރު ކުރެވިފަ އެވެ.

ނީލް އަގަރްވާލް ޕްރޮގްރާމްކޮށްފައިވާ އެސްޓްރޮއިޑް ލޯންޗާ އިން ބުނާ ގޮތަށް ކަންތައް ކުރެ އެވެ. މި ވެބްސައިޓުން ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް އެސްޓްރޮއިޑްގެ އަސަރެއް ސިމިއުލޭޓް ކުރެވޭއިރު، އޭގެ ނަތީޖާއެއްގެ ގޮތުން އުފެދޭ ކްރޭޓަރާއި، "ގިގަޓަންސް އޮފް ޓީއެންޓީ" އިން ދޫކުރާ ހަކަތަގެ މިންވަރާއި، އަލިފާން ބޯޅައިގެ ޑިމޭންޝަން އަދި އެހެނިހެން މައުލޫމާތުތައް ލިބިގެންދެ އެވެ.

އެސްޓްރޮއިޑް ލޯންޗަރ އަކީ ދުނިޔެ ފަދަ ޕްލެނެޓަކަށް ބޮޑެތި ޖައްވީ ގިނަ ހިލަތަކުން ލިބިދާނެ ގެއްލުމުގެ މިންވަރާ މެދު ޚިޔާލީ ވިސްނުމެއްގެ ތަޞައްވަރު ގެނެސްދޭނެ އާ ވެބް ޓޫލެކެވެ.

ފަހަރެއްގައި އެސްޓްރޮއިޑް ލޯންޗަރ އިން ފޯރުކޮށްދިން އެންމެ ޝައުގުވެރި ޑޭޓާއަކީ އާބާދީއާއި ގަސްގަހާގެހިތަކަށް ކުރާ އަސަރުގެ ހަގީގީ އަސަރުތަކާ ބެހޭ ޑޭޓާ ކަމަށް ވެދާނެއެވެ. އެމަޢުލޫމާތު ތަކުގެ ތެރޭގައި އަނިޔާވެރި ގޮތަކަށް ވޭންދެނިވި އަނދާ ހުލިވުމާއި، އަންނައުނު ތަކާއި ގަސްތަކުގައި އަލިފާން ރޯވުމާއި، ކަންފަތް ފަޅައިގެންދާ ވަރުގެ ބާރުގަދަ ގޮވުންތަކާއި، ބޮޑެތި ބިންހެލުންތަކާއި އަދިވެސް އެތައް ކަމެއް ހިމެނެއެވެ.

މިސާލަކަށް އެމެރިކާގެ މެދުތެރެއަށް 1.5 ކިލޯމީޓަރު ފުޅާ ކޮމެޓެއް ވައްޓާލުމުން 31 ކިލޯމީޓަރު ފުޅާ ކްރޭޓަރެއް އުފެދި، ވަގުތުން ގާތްގަނޑަކަށް 327 މީހުން ފަނާވާނެ ކަމަށް ލަފާކުރެވެ އެވެ.

މި ދޫކުރާ ހަކަތައަކީ 1،228 ގިގަޓަން ޓީއެންޓީއާ އެއްވަރުގެ ހަކަތައެއް ކަމުގައި ވާއިރު، އެއީ ޔެލޯސްޓޯން ސުޕަވޮލްކޭނޯ އެންމެ ފަހުން ގޮވި ހަކަތައަށް ވުރެ ގިނަ ހަކަތައެކެވެ. ހަމައެކަނި އަލިފާން ބޯޅައިން މަދު ވަގުތުކޮޅެއްގެ ތެރޭގައި 1.3 މިލިއަން މީހުން މަރުވާއިރު، އިތުރު އެތައް މިލިއަން ބަޔަކު ބިރުވެރި ގޮތެއްގައި އަނދާ ހުލިވާނެ އެވެ. 249 ޑެސިބަލްގެ ޝޮކްވޭވަކުން ފުއްޕާމޭއަށް ގެއްލުން ލިބި ކަންފަތުގެ ތެރެއަށް އެތައް ސަތޭކަ ކިލޯމީޓަރެއް ފަޅައިގެން ގޮސް އިމާރާތްތައް ވެއްޓި 8.5 މެގްނިޓިއުޑްގެ ބިންހެލުމަކުން އިތުރު 2،500 އަށް ވުރެ ގިނަ މީހުން މަރުވާނެ އެވެ.

ސައިންސް ވެރިން ލަފާކުރި ގޮތުގައި މީގެ 65 މިލިއަށް އަހަރުކުރިން އުޅުނު ޑައިނަސޯތައް މަރުވީ ނުވަތަ ދުނިޔެއިން ނެތިފަނާވެގެން ދިޔައީ 11-12 ކިލޯމީޓަރު ފުޅާ އެސްޓްރޮއިޑް (ގިނިހިލައެއް ) ގެ ސަބަބުންނެވެ.

ހަމައެހެންމެ ސައިންސްވެރިން ލަފާކުރާ ގޮތުގައި ދުނިޔޭގައިވާ ދިރުންތައް މުޅިން ފޮހެވި ނެތި ފަނާވެގެން ދާނީ ފުޅާމިނުގައި ގާތްގަނޑަކަށް 96 ކިލޯމީޓަރު ސައިޒްގެ އެސްޓްރޮއިޑެއް (ނުވަތަ ކޮމެޓެއް، ނުވަތަ ޕްލެނެޓޮއިޑެއް ވެސް) ދުނިޔެއަށް އަމާޒު ވެގެންނެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.