ވޮޝިންޓަން (ޑިސެމްބަރު 12) - ފިއުޝަން ހަކަތައާ ބެހޭ ގޮތުން ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަން އަންގާރަ ދުވަހު އިއުލާނު ކުރާނެ ކަމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެނާޖީގެ ސައިންސްވެރިން ބުނެފިއެވެ.
މިއީ އިރާއި ތަރިތަކަށް ބާރުދޭ ޕްރޮސެސްއެއް ކަމަށާއި އެއީ ހަކަތައަށް މިހާރު ކުރަމުންދާ ބޮޑު ޚަރަދު ކުޑަކުރެވޭނެ އަގުހެޔޮ ވަސީލަތެއް ފޯރުކޮށްދެވިދާނެ ޕްރޮސެސްއެއް ކަމަށް އެމެރިކާގެ އެނާޖީ ޑިޕާޓްމަންޓުން ބުނެއެވެ.
ކެލިފޯނިއާގެ ލޯރެންސް ލިވަމޯރް ނޭޝަނަލް ލެބޯޓްރީގެ ސައިންސްވެރިން ލޭޒާ ބޭނުންކޮށްގެން ކުރި މި ފިއުޝަން އެކްސްޕެރިމެންޓްގައި ސާފު ހަކަތަ ހޯދިފައިވާ ކަމަށް ސައިންސްވެރިން ބުނާއިރު، މިއީ މިފަދަ އެކްސްޕެރިމެންޓަކުން އިރާއި ތަރިތަކާއި ގުޅިފައިވާ ސާފުހަކަތަ އިންސާނުންނަށް ހޯދުނު ފުރަތަމަ ފަހަރުކަމަށްވެސް ސައިންސްވެރިން ބުނެއެވެ.
ފިއުޝަން ހަކަތަ ޢާއްމުކޮށް ބޭނުންކުރެވޭ ގޮތަށް ހެދިއްޖެނަމަ، މިއީ މިއަދުގެ ފިޝަން ރިއެކްޓަރުތަކުން އުފައްދާ ރޭޑިއޯއެކްޓިވް ނިއުކްލިއަރ ވޭސްޓް އާ ނުލައި ހަކަތަ އުފެއްދުން ފަދަ އިތުރު ފައިދާތަކެއް ކުރާނެ ކަމެކެވެ.
ކަރަންޓް އުފައްދާ އިންޖީނު ގެއެއްގައި އޮފް ފިއުޝަން ހިންގުމަކީ އެ ހޫނު ހިފެހެއްޓޭނެ ގޮތާއި ލޭޒާތައް ދެމެހެއްޓެނިވި ގޮތެއްގައި ފަޔަރ ކުރަމުން ގެންދިއުން ފަދަ އިގްތިސާދީ ގޮތުން އުނދަގޫ ހުރަސްތަކެކެވެ. ފިއުޝަންގެ އެހެން މެތަޑްތަކުން ލޭޒާގެ ބަދަލުގައި ބޭނުންކުރަނީ މެގްނެޓެވެ.
ފިއުޝަންއަކީ ހަކަތަ އުފެއްދުމުގައި އެންމެ ފައިދާ ބޮޑު ގޮތެވެ. މިއީ އިރުގައި ހަކަތަ އުފެދޭ ގޮތްވެސްމެއެވެ.
ނިއުކްލިއަރ ފިއުޝަންގައި ދެ އެޓޮމްގެ ނިއުކްލިއަސް ގުޅުވާލުމުން، ވަރަށްގިނަ މިންވަރެއްގެ ހަކަތަ އުފެދިގެން ދެއެވެ. މިއީ ނިއުކްލިއަރ ފިޝަންގެ އިދިކޮޅެވެ. ނިއުކްލިއަރ ފިޝަންގައި އެޓޮމްއެއް ނިއުކްލިއަސް ދެބައިވެއެވެ. ދުނިޔޭގައި ހަކަތަ އުފެއްދުމަށް މިހާތަނަށް ބޭނުންކުރާ ހުރިހާ ނިއުކްލިއަރ ރިއެކްޓަރ އަކީ އެފަދަ ފިޝަން ރިއެކްޓަރ ތަކެވެ. އަދި އެންމެހައި ނިއުކްލިއަރ ހަތިޔާރަކީ ވެސް ނިއުކްލިއަރ ފިޝަންގެ ބޭނުންހިފާ ހަތިޔާރެވެ.
ނަމަވެސް ނިއުކްލިއަރ ފިއުޝަން އިން ހަކަތަ އުފެއްދުމަކީ ތިމާވެއްޓަށް ގެއްލުންދޭ ގްރީންހައުސް ގޭސް އުފެދޭ ކަމެއް ނޫނެވެ. އަދި ނިއުކްލިއަރ ރިއެކްޓަރުގެ އެކްސިޑެންޓެއް ނުވަތަ ލީކެއް ވުމުގެ ފުރުސަތު ކުޑަ ކަމެކެވެ. އަދި ނިއުކްލިއަރ މައުދަން ވަގަށް ނެގުމުގެ ރިސްކު ވެސް ކުޑަ ކަމެކެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.