ފީފާ ޕްލޭޔަރ އެޕުން ގިނަކުޅުންތެރިންގެ މަޤުބޫލުކަން ހޯދައިފި

އަޙްމަދު ދާއޫދު 13 ޑިސެމްބަރު 2022

ފީފީވޯލްޑް ކަޕް 2022 އާއި ދިމާކޮށް ފީފާއިން މުޅިން އަލަށް އުފެއްދި ފީފާޕްލެޔަރ އެޕުން ޕްރޮފެޝަނަލް ގިނަކުޅުންތެރިންތަކެއްގެ މަޤުބޫލުކަން ހޯދާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފީފާ އިން ތަޢާރަފްކުރި މިއެޕަކީ އެ މުބާރާތުގައި ކުޅުނު އަދި ކުޅެމުންދާ ކުޅުންތެރިންނަށް އެމީހުން ކުޅުމެޗްތަކުގައި ކުރެވުނު ރަނގަޅު ކަންކަމާއި ހެދުނު ގޯސްތައް އަންގައިދިނުމުގެ އިތުރުން މެޗްގެ މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އުފެއްދި ޚާއްޞަ އެޕްލިކޭޝަނެކެވެ.

މިއެޕްލިކޭޝަނަށް މިހާރު އެކިޤައުމުތަކުގެ ޕްރޮފެޝަނަލް ކުޅުންތެރިން ރެޖިސްޓަރ ވަމުންދާއިރު، މިއެޕަށް އެ ކުޅުންތެރިންނަށް އެކްސެސްވެވޭނީ ތަފާތު ކިއުއާރު ކޯޑެއް ލިބި، ފީފާއިން ކުޅުންތެރިންނަށް އެޕްލިކޭޝަނަށް އެކްސެސް ދިނުމުންނެވެ.

ފީފާގެ ފުޓްބޯލް ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން ޑިވިޝަނުން ޕްރޮފެޝަނަލް ކުޅުންތެރިންގެ ކުރިއެރުމުގެ މައްޗަށް ބިނާކޮށް ފީފާ ޕްލޭޔާ އެޕް އުފެއްދީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިންގެ ބައިނަލްއަގުވާމީ މަންދޫބު ފިފްޕްރޯއާ ގުޅިގެން ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕެއްގައި ފުރަތަމަ ފަހަރަށް ބޭނުން ކުރުމަށެވެ.

ފީފާ ޕްލޭޔަރ އެޕް މެދުވެރިކޮށް ކޮންމެ ކުޅުންތެރިއަކަށްވެސް އެމީހެއްގެ އިންޑިވިޖުއަލް ޕާފޯމަންސް ޑޭޓާ އަށް ވަނުމުގެ ފުރުޞަތު ފަހިކޮށްދެއެވެ.

ކްރޮއޭޝިއާގެ ތަރި ލޫކާ މޮޑްރިޗް ހިމެނޭ ގޮތަށް 400 އަށް ވުރެ ގިނަ ކުޅުންތެރިން މި ހިދުމަތަށް ރަޖިސްޓްރީ ކޮށްފައިވާއިރު، މި އެޕްލިކޭޝަން ވަނީ މިހާރު ވަރަށް މަގުބޫލުވެފަ އެވެ.

މޮޑްރިޗް ފީފާއަށް ދިން އިންޓަވިއުއެއްގައި ބުނީ މެޗުތަކުގައި ހެދުނު ގޯސްތަކަކީ ކޮބައިކަން އިހުސާސްކުރުމަށް މި އެޕުން އެހީތެރިވެދޭ ކަމަށެވެ.

"ބައެއް ފަހަރު ވަކި ދެ ގޭމެއްގައި ދަނޑުމަތީގައި ވެސް އެފަދަ ކަންކަން ނުވަތަ ސިނާރިއޯތަކެއް ދިމާވާނެ، އެހެންވީމަ އެ ހާއްސަ ވަގުތުގައި އަހަރެން ކުރި ރަނގަޅު ނޫން ކަމެއް ފެނި، މި އެޕް ބޭނުންކޮށްގެން ކުރިއަށް އޮތް މެޗަށް އެކަން ރަނގަޅު ކުރަން މަސައްކަތް ކުރެވޭނެ. އެހެންވީމަ ކެރިއަރުގެ ކުރީކޮޅުން ފެށިގެން އަހަރެން އަބަދުވެސް ބޭނުންވަނީ ގޭމް ހައިލައިޓްސް ރިވިއުކޮށް އަހަރެމެންނަށް މިއަށްވުރެ ރަނގަޅަށް ކުރެވޭނެ ގޮތަކީ ކޮބައިތޯ ބަލަން." ސްވިޒަލޭންޑްގެ ޒަރްދާން ޝާކިރީ އެއްބަސްވިއެވެ.

"އަމިއްލަ މީހާގެ ޕާފޯމަންސް ހުރީ ކިހިނެއްތޯ ބެލުމަށް މި އެޕްގައި ފޮޓޯތައް އެބަހުރި، އެހެންވީމަ ފީފާއިން އެކަން ތައާރަފް ކުރުމަކީ ވަރަށް ރަނގަޅު ވިސްނުމެއް،" "އަހަރެން ވަރަށް ލޯބިވޭ، އެއީ ކުރިން ނެތް އާ ކަމެއް. ޝާކިރީ ބުންޏެވެ.

ފީފާ ޕްލޭޔަރ އެޕްގެ އައުޓްޕުޓްތައް ބިނާވެފައިވަނީ ފީފާގެ ޗީފް އޮފް ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓް އާސެން ވެންގާގެ ބެއްލެވުމުގެ ދަށުން އުފައްދާފައިވާ ފީފާ ފުޓްބޯލް ލެންގުއޭޖްގެ މައްޗަށެވެ.

" އަހަރެމެންގެ ފުޓްބޯލް ލެންގުއޭޖް މެދުވެރިކޮށް އެ ކުޅުންތެރިންގެ ޕާފޯމަންސްގެ އެނަލިސިސް ހޯދާ، އަހަރެމެން މެޗު އެނަލައިޒް ކުރާ ގޮތަށް އާދަވާނެ. އެހެންވީމަ އެއީ އާންމު ބަހަކަށް ވާނެ،" ވެންގާ ބުންޏެވެ.

"ކުޅުންތެރިންނަކީ ވަރަށް ބުއްދިވެރި ކުޅުންތެރިން، އާންމުގޮތެއްގައި ވަރަށް އަވަހަށް ދެނެގަނޭ. އެ މީހުންގެ ޕާފޯމަންސްގެ ފެންވަރު އަޅުގަނޑުމެން ހޯދައިދޭނަން، ފުޓްބޯޅަ ބަހަކީ ވެސް އެއީ." ވެންގާ އިތުރަށް ތަފްޞީލް ކޮށްދިނެވެ.

ފީފާއިން ބުނިގޮތުގައި ފީފާއިން މިއުފެއްދި އާދަޔާ ޚިލާފު އެޕަށް އެއްކުރި ޑޭޓާތަކުގެ ތެރޭގައި ކުޅުންތެރިއަކު ބޯޅަ ހޯދުމަށް ކުރާމަސައްކަތް ނުވަތަ ހަރަކާތެއް ކުރިތޯ އާއި، ފިޒިކަލް ޕާފޯމަންސް މެޓްރިކްސް ހިމެނެއެވެ. އަދި މީގެ އިތުރުން ސްޓޭޑިއަމް ޓްރެކިން ސިސްޓަމެއް މެދުވެރިކޮށް އެއްކޮށްފައިވާ ފިޒިކަލް ޕާފޯމަންސް މެޓްރިކްސް އާއި ފީފާ ފުޓްބޯލް ޕާފޯމަންސް އެނަލިސިސް އެންޑް އިންސައިޓްސް ޓީމުން އުފެއްދި ފުޓުބޯޅަ އިންޓެލިޖެންސް މެޓްރިކްސް މި އެޕަށް އިތުރުކުރުން ހިމެނެއެވެ.

ފީފާ ފުޓްބޯލް ޑޭޓާ ސައިންޓިސްޓް ބަހާދީން އެލް ފަކީރު ކިޔައިދިން ގޮތުގައި މި ޑޭޓާ ތައް އެއްކޮށް ވީޑިއޯއާ ސިންކްކޮށް، އެ މީހުންގެ ގޭމް ޕްލޭގެ މުހިއްމު ހުރިހާ ވަގުތެއް މެޗަށް ފަހު ސީދާ ކުޅުންތެރިޔާއަށް ފޮނުވޭނެއެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި 400 އަށް ވުރެ ގިނަ ކުޅުންތެރިން އެބަތިބި މެޗަށް ފަހު ވެސް އެ ޕްލިކޭޝަން ބޭނުން ކުރަމުން، މިއީ ހަމަ ޔަގީނުން ވެސް ވަރަށް ހިތްގައިމު ކަމެއް. މީގެ ސަބަބުން މުސްތަގުބަލުގައި ފުޓްބޯޅަ ޑޭޓާ ބެހުމުގެ އާ މިންގަނޑެއް ވެސް ކަނޑައެޅިގެން ދާނެ." ބަހާދީން އެލް ފަކީރު ބުންޏެވެ.

މި އިނޮވޭޝަނަކީ އަމިއްލަ ކުޅުންތެރިންގެ ޕާފޯމަންސް ޑޭޓާ އެއްކުރުމާއި، ހިމާޔަތްކުރުމާއި، ބޭނުންކުރުމަށް ބޭނުންވާ މިންގަނޑުތަކާއި ބެސްޓް ޕްރެކްޓިސްތައް އެކުލަވާލުމުގައި ފީފާ އާއި ފިފްޕްރޯ ގުޅިގެން ފެށި ފުރަތަމަ މަސައްކަތުގެ ނަތީޖާއެވެ.

"ޕްލޭޔާ އެޕްލިކޭޝަނުން ހަގީގަތުގައި ވެސް މެޗާއި ކުޅުންތެރިންގެ ތަޖުރިބާއަށް ފައިދާ ކުރާނެ، މެޗުގެ އެ ނާޒުކު ވަގުތުތަކާއި ކަންކަން ވިސްނޭނެ. އެންމެ މުހިންމު ކަމަކީ މި ޕްރޮޖެކްޓްގެ މުހިއްމު ބައެއް ކަމަށްވާ ޗާޓާ އޮފް ޕްލޭޔާ ރައިޓްސް މެދުވެރިކޮށް ކުޅުންތެރިންގެ ހައިލައިޓްސް އަށް ވަދެ، އެ ކުޅުންތެރިންގެ ޑޭޓާ ހިމާޔަތް ކުރުމެވެ.

އަޅުގަނޑަށް ހީވަނީ މިއީ ހަގީގަތުގައި ވެސް ކުޅުންތެރިންގެ ޕާފޯމަންސް ޑޭޓާގެ މުސްތަގުބަލު ބެލެހެއްޓުމަށް ވަރަށް މުހިންމު ކަމެއް. މިއީ އަޅުގަނޑުމެން ފީފާއާ ގުޅިގެން އެއްބަސްވި އެއް ދާއިރާއަކީ، ކުޅިވަރު ހަރުދަނާކުރުމަށް ޓަކައި އެއްބާރުލުމާއި ކޯ ކްރިއޭޝަން މުހިންމު ބައެއް ކަމަށް،" ފިފްޕްރޯގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ ސައިމަން ކޮލޮސިމޯ ވިދާޅުވި އެވެ.

އަންނަ އަހަރު އޮސްޓްރޭލިއާ އާއި ނިއުޒިލޭންޑްގައި ބާއްވާ ފީފާ ވިމެންސް ވޯލްޑް ކަޕްގައިވެސް ޕްލޭޔާ އެޕް ބޭނުންކުރަން ފީފާއިން ވަނީ ނިންމައިފައެވެ.


އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.