ލެންސާ އޭއައި އާމެދު ކަންބޮޑުވާންވީ ކީއްވެ؟

އަޙްމަދު ދާއޫދު 15 ޑިސެމްބަރު 2022

ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސޯޝަލް މީޑިއާގައި ތަފާތު ސެލްފީތަކެއް ދައުރުވަމުން ދިޔަކަން ފާހަގަކުރެވުނު ހެއްޔެވެ؟ ތަސްވީރެއް އާޓް ވޯކަކަށް ބަދަލުކޮށްލުމަށްފަހު މުޅިން ތަފާތު ރީތި ތަސްވީރުތަކެއް ގިނަޔަބަކު ދިޔައީ ޝެއާކުރަމުންނެވެ. މި "މެޖިކް އަވަޓަރ" ތަކުގެ ފަހަތުގައިވާ އެޕް އަކީ އާޓިފިޝަލް އިންޓެލިޖެންސް އިން އުފައްދާފައިވާ ފޮޓޯ އެޑިޓިން އެޕް ކަމަށްވާ ލެންސާ އެއައި އެވެ. މި އާދަޔާ ޚިލާފު ޓެކްނޮލޮޖީއާއިއެކު ގިނަ ބަޔަކު ޑިޖިޓަލް ޕްރައިވެސީއާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މި ޕޯޓްރެއިޓްތަކަށް ދައްކަން ޖެހޭ ހަގީގީ އަގަށް ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ލެންސާ އޭއައި އަކީ ކޮބައިހެއްޔެވެ؟ އަދި މަސައްކަތް ކުރަނީ ކިހިނެއް ހެއްޔެވެ؟

އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ޕްރިސްމާ ލެބްސް އިން އުފެއްދި ލެންސާ އޭއައި އަކީ ގާތްގަނޑަކަށް ހަތަރު އަހަރެއްހާ ދުވަސްވެފައިވާ އަދި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އެމީހެއްގެ ފޮޓޯތަކުގެ "މެޖިކް އެވަޓާސް" އުފައްދައި، އެނިމޭ ކެރެކްޓާސް ނުވަތަ ސެލެސްޓިއަލް ބީންގްސްގެ ގޮތުގައި އަލުން އިމޭޖިން ކުރުން ހިމެނޭ އެޕްލިކޭޝަނެކެވެ. އައިފޯނާއި އެންޑްރޮއިޑް ބޭނުންކުރާ މީހުންނަށް ލިބެން ހުންނަ މި އެޕްލިކޭޝަނުން ފޮޓޯއެއް އަޕްލޯޑްކޮށް، އެ އަށްފަހު އެފޮޓޯ އެވަޓާއަކަށް ބަދަލުކޮށްލެވޭނެއެވެ.

މި އެޕްލިކޭޝަންގައި ބޭނުންކުރަނީ ސްޓޭބަލް ޑިފިއުޝަން ނަމަކަށް ކިޔާ ޓެކްނޮލޮޖީއެކެވެ. އެއީ އޭއައި، އެތައް ބިލިއަން ފޮޓޯތަކަކާއެކު ތަމްރީނުކޮށް، އެ ފޮޓޯތައް އެއްކޮށް، އާ ފޮޓޯތަކެއް އުފައްދައިދޭ ޓެކްނޮލޮޖީއެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިހާރުގެ އެޕްލިކޭޝަނަކީ 2016 ވަނަ އަހަރު ސްމާޓްފޯނުން ނަގާފައިވާ ފޮޓޯތައް ކުރެހުންތަކަށް ހެދުމުގެ ސަބަބުން ވައިރަލްވި އެޕްލިކޭޝަނަށް ވުރެ އަސަރުގަދަ އަދި ތަފާތު ނަތީޖާތަކެއް ނެރެވޭނެ އެޕްލިކޭޝަނެކެވެ.

ސެންސަރ ޓަވަރުގެ ރިޕޯޓެއްގައި ވާގޮތުން މިމަހުގެ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ހަތަރު މިލިއަނަށްވުރެ ގިނަ މީހުން މި އެޕް ޑައުންލޯޑްކޮށްފައިވާއިރު، ގާތްގަނޑަކަށް 8 މިލިއަން ޑޮލަރު ޚަރަދުކޮށް، އަމިއްލަ އަށް ތަފާތު ވައްތަރުތައް އުފައްދައެވެ. ބައެއް ފިލްޓަރުތައް ހިލޭ ލިބޭއިރު އަނެއް ބައި ފިލްޓަރުތައް "ޕްރިމިއަމް" ކެޓަގަރީގައި ހިމެނެ އެވެ.

އަޕްލޯޑް ކުރުމުން ސެލްފީ އަށް ބޭނުންވާ ފޮޓޯ އާއި ފިލްޓަރުގެ ބާވަތުގެ ކެޓަގަރީއެއް ހޮވައި، ގާތްގަނޑަކަށް ބައި ގަޑިއިރުގެ ތެރޭގައި އެނިމޭޓެޑް ކެރެކްޓާއެއްގެ ގޮތުގައި ނުވަތަ ތަފާތު ބެކްގްރައުންޑްތަކުގައި އަމިއްލަ އަށް އެނިމޭޓެޑް ވާޝަނެއްގެ ގޮތުގައި ފެންނާނެ އެވެ. ލިމިޓެޑް ފިލްޓަރުތަކާއެކު އެއް ހަފުތާގެ ހިލޭ ޓްރަޔަލް އެއް މި އެޕްލިކޭޝަނުން ލިބޭނެ އިރު، އޭގެ ފަހުން 35.99 ޑޮލަރު ދައްކައިގެން މި އެޕްލިކޭޝަނުން އެއް އަހަރު ދުވަހުގެ ސަބްސްކްރިޕްޝަނެއް ހިޔާރު ކުރެވޭނެ ކަމަށެވެ.

ނަމަވެސް ސަބްސްކްރިޕްޝަން ފީގެ އިތުރުން މި "މެޖިކަލް އެވަޓާ" އުފައްދަން ވެސް މީހުން ފައިސާ ދައްކަން ޖެހޭ އިރު، 3.99 ޑޮލަރަށް 50 އެވަޓާ، 5.99 ޑޮލަރަށް 100، ނުވަތަ 7.99 ޑޮލަރަށް 200 އެވެޓާ ލިބޭނެ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި އަގުތައް މި ހަފުތާގެ ތެރޭގައި އުފުލިފައި ވަނީ އެޕްލިކޭޝަންގެ މަގުބޫލުކަން އިތުރުވުމުގެ ސަބަބުން ކަމަށް ބެލެވެ އެވެ. ލެންގާ އޭއައި ބޭނުންކޮށްގެން ހަންގަނޑު ރީޓަޗް ކުރުން ނުވަތަ ބެކްގްރައުންޑް ބްލަރކުރުން ފަދަ ފޮޓޯތައް އެޑިޓްކޮށް، ވީޑިއޯ އެޑިޓް ކުރުމަށް ވެސް ބޭނުން ކުރެވިދާނެ އެވެ.

މި އެޕްލިކޭޝަނާ މެދު އުފެދިފައިވާ ބައެއް ކަންބޮޑުވުންތަކަކީ ކޮބައި ހެއްޔެވެ؟

މި އެޕްލިކޭޝަނަށް މަގުބޫލުކަން ލިބިފައިވާތީ، ހިދުމަތުގެ ޝަރުތުތަކާއި ޕްރައިވެސީއާ ގުޅުންހުރި ކަންބޮޑުވުންތަކުން ފެށިގެން، އެއްބަސްނުވާ އެންއެސްއެފްޑަބްލިއު (ބަރަހަނާ) ފޮޓޯތައް އުފެއްދުމަށް ބޭނުންކުރާ ޕްލެޓްފޯމާ ގުޅޭ މައްސަލަތަކާ ބެހޭ ގޮތުން ވެސް މި އެޕްލިކޭޝަނަށް ވަނީ ބޮޑު ތަހުގީގެއް ކޮށްފަ އެވެ.

ބަރަހަނާ ފޮޓޯތައް އުފެއްދުމަށް އޭއައި ބޭނުން ކުރެވިދާނެތަ؟

ޓެކްކްރަންޗްގެ ރިޕޯޓެއްގައި ވަނީ އެ ޕްލެޓްފޯމް ބޭނުންކޮށްގެން " ސޮފްޓް ޕޯން ނުވަތަ ބަރަހަނާ ވީޑިއޯ އުފެއްދުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށް ބުނެފައެވެ. އެ ޓެކް ވެބްސައިޓުން ކުރި ކުޑަ އެކްސްޕެރިމެންޓުގައި ދެ ސެޓުގެ ފޮޓޯ އެއްކޮޅުން މަޝްހޫރު އެކްޓަރެއްގެ 15 ފޮޓޯ އަދި އަނެއްކޮޅުން "ހަމަ 15 ފޮޓޯގެ މައްޗަށް ބިނާކޮށް، އެކަމަކު އެއް އެކްޓަރެއްގެ މޫނުން އިތުރު ފަސް ފޮޓޯ އެއް ސެޓަކާ އެކު، ޓޮޕްލެސް މޮޑެލްތަކަށް ފޮޓޯޝޮޕް ކޮށްފައި ވެ އެވެ. ނިވާކަންކުޑަ ހެދުމެއްގައި ހުރި މީހެއްގެ ފޮޓޯއާއި، އެހެންމީހެއްގެ ފޮޓޯ ގުޅުވައިގެން ބަރަހަނާ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ހެދިދާނެވާހަކައެވެ.

ފުރަތަމަ ސެޓުގެ ފޮޓޯތައް ބޭނުންކުރުމަށްފަހު ދައްކާފައިވާ އެވަޓާތަކަކީ ލެންސާ އާންމުކޮށް އުފައްދާނެ އެވަޓާތަކެކެވެ. އެހެން ނަމަވެސް، ދެވަނަ ސެޓުގެ ފޮޓޯތަކާއެކު "އޭއައި އިން އެ ފޮޓޯޝޮޕްކޮށްފައިވާ ފޮޓޯތައް ނަގަނީ ވައިލްޑްވުމުގެ ހުއްދައެއްގެ ގޮތުގައި، އަދި އެއިން ފެންނަނީ ނިވާކަންކުޑަ ނުވަތަ ބަރަހަނާ ފިލްޓަރެއް ގޮތުގައި ކަމަށް ރިޕޯޓުގައި ވެ އެވެ. އަދި 100 ފޮޓޯ ސެޓުގެ ތެރެއިން މަދުވެގެން 11 ސެޓަކީ ރިފަރެންސްގެ ގޮތުގައި އޭއައި އަށް ދިން ގޯސްކޮށް އެޑިޓްކޮށްފައިވާ ޓޮޕްލެސް ނުވަތަ ނިވާކަން ކުޑަ ބައެއްގެ ފޮޓޯތަކަށް ވުރެވެސް ބޮޑަށް ނިވާކަން ކުޑަކޮށް ފެންނަ ފޮޓޯތަކެއް ކަމަށެވެ.

އެހެންކަމުން ސްމާޓްފޯނަކާއި އެޕްލިކޭޝަނަކާއި މަދު ޑޮލަރެއް ފިޔަވައި އެހެން އެއްވެސް ވަސީލަތެއް ނެތި އެތައް ސަތޭކަ ބަޔަކު ގާތްގަނޑަކަށް ފޮޓޯރިއަލިސްޓިކް އޭއައި-ޖެނެރޭޓެޑް އާޓް އިމޭޖްތައް އުފައްދައިފާނެތީ، އެ ރިޕޯޓުގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އޭއައި އާޓް ޖަނަރޭޓަރުތަކުން މިހާރުވެސް އެތައް ހާސް ޕޯނޯގްރަފިކް ފޮޓޯތަކެއް އުފައްދަމުން އަންނަ އިރު، އޭގެ ތެރޭގައި ސަރުކާރުތަކަށާއި އެހެނިހެން މުއައްސަސާތަކަށް ހީވެސް ނުކުރާ ވަރުގެ އަދި ވަރަށް ބޮޑު މައްސަލައެއް ކުރިމަތިވެފައިވާ އެހެން "ޑީޕްފޭކް" ޕްލެޓްފޯމްތައް ހުއްޓުމެއް ނެތި ފެތުރެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް މި ރިޕޯޓުގެ ހޯދުންތައް އެ ކުންފުންޏަށް ހުށަހެޅުމުން ޕްރިސްމާ ލެބްގެ ސީއީއޯ އަދި ކޯ ފައުންޑަރ އަންދްރޭ އުސޯލްޓްސެވް ޓެކްކްރަންޗަށް ވިދާޅުވީ އެއީ އެ އެޕް އުފެއްދި މަޤްޞަދާއި، ބޭނުންކުރުމުގެ ޝަރުތުތަކާ ހިލާފު ކަމެއް ކަމަށެވެ.

ބައެއް އަންހެނުންގެ ފޮޓޯ ބޭނުންކޮށްގެން ސެކްސުލައިޒްޑް އެވަޓާތަކެއް އުފެއްދި

ޓެކްކްރަންޗް ކުރި އެކްސްޕެރިމެންޓަކާ އެއްގޮތަށް ސީއެންއެން އިން ނެރުނު ރިޕޯޓެއް ލިޔުއްވި ޒޯ ސޮޓިލް ކިޔާ ރިޕޯޓަރަކު ލެންސާ ބޭނުންކުރެއްވި އިރު، އޭނާ އަޕްލޯޑް ކުރި ހުރިހާ ފޮޓޯތަކަކީ "މުޅިން ހެދުން އަޅައިގެން އަދި އޭނާގެ މޫނުގެ ކްލޯޒްއަޕްސް" ކަމަށް ވިޔަސް، އެފޮޓޯތައް ބޭނުންކޮށްގެން އެ އެޕްލިކޭޝަނުން ނިވާކަން ކުޑަ ނުވަތަ ބަރަހަނާ ފޮޓޯތައް އެކުލެވޭ އެވެޓާތައް އުފެއްދި އެވެ.

އޭނާ އަކީ މިފަދަ ޝަކުވާއެއް ކުރި ހަމައެކަނި މީހާއެއް ނޫނެވެ. ޔޫސީއެލްއޭގެ ސެންޓާ ފޯ ކްރިޓިކަލް އިންޓަނެޓް އިންކުއަރީގެ ރިސާޗް ފެލޯ އޮލިވިއާ ސްނޯ ވެސް ސީއެންއެން އަށް ބުނީ ކުޑައިރު އޭނާގެ ފޮޓޯތައް ހުށަހަޅައިގެން ވެސް އެ އެޕްލިކޭޝަނުން އޭނާގެ މިސާލަށް ނިވާކަން ކުޑަ ފޮޓޯތަކެއް އުފައްދާފައިވާ ކަމަށެވެ. ސްނޯ ވަނީ މި އެޕްލިކޭޝަން "ރިވެންޖް ޕޯން" އަށް ބޭނުން ކުރެވިދާނެ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކައިފައެވެ. އަދި މިއީ މިފަދަ އެޕްލިކޭޝަންތަކުގައި "ކޮންޓެންޓް މޮޑަރޭޝަން ނެތުމުގެ" އަލާމާތެއް ކަމަށް އޭނާވަނީ ބުނެފައެވެ.

ކަޅު ނަސްލުގެ ބައެއް މީހުން ބުނި ގޮތުގައި މި އެޕްލިކޭޝަނުން އެ މީހުންގެ އަސްލު ހަމުގެ ކުލައާ އަޅާބަލާއިރު އެ މީހުންގެ ފޮޓޯތައް "ވައިޓްވޮޝް" ނުވަތަ ޕެލަރ ކޮށްދެ އެވެ.

މީގެ އިތުރުން ލިޔުންތެރިޔާ އަދި ފެޓް ރައިޓްސް އެކްޓިވިސްޓެއް ކަމަށްވާ އޮބްރީ ގޯޑަން އޭނާގެ އިންސްޓަގްރާމްގައި ލެންސާ އިން އުފެއްދި 10 ފޮޓޯއެއް ޕޯސްޓްކޮށްފައިވާއިރު، އެ ފޮޓޯތަކުގެ ސަބަބުން އޭނާ ފެންނަނީ ހަގީގަތުގައި ފެންނަ ވަރަށް ވުރެ ހިކިކޮށް ކަމަށް އޭނާ ބުންޏެވެ.

އާޓިސްޓުން ނުތަނަވަސްވަނީ ކީއްވެ ހެއްޔެވެ؟

މި އެޕްލިކޭޝަނުގައި ސްޓޭބަލް ޑިފިއުޝަން ބޭނުންކުރާތީ، މިއީ ޑީޕް ލަރނިންގ މޮޑެލްއަކަށްވުމުން، ލެންސާގެ އޭއައި އަލްގޯރިދަމް ތަމްރީނުކުރުމަށް ބޭނުންކުރާ ޑޭޓާ ސެޓުގެ ބައެއްގެ ގޮތުގައި ބޭނުންކުރާ އެމީހުންގެ މަސައްކަތުގެ އޮޕްޓް-އިން ނުވަތަ އޮޕްޓް-އައުޓް އާޓިސްޓުންނަށް ނުކުރެވެއެވެ. ބައެއް މީހުން ސޯޝަލް މީޑިއާގައި ވެސް ފާހަގަކޮށްފައިވާ ގޮތުގައި ލެންސާ އިން އުފައްދާ ފައިވާ ބައެއް ފޮޓޯތަކުގައި އާޓިސްޓުން އަމިއްލައަށް އުފެއްދި ފޮޓޯކަމަށް ޖަހާފައި ހުރެއެވެ.

ނަމަވެސް އޭގެ ފަހުން ޕްރިސްމާ ލެބްސް އިން އޭއައިގެ ޕްރޮސެސް ތަފްސީލްކޮށް ޓްވިޓާގައި ބުނެފައިވަނީ އޭއައި ދަސްކުރަނީ ފޮޓޯތަކާއި އެ ފޮޓޯތަކުގެ ތަފްސީލުތަކާ އޮންނަ ގުޅުން ދެނެގަންނަން ކަމަށާއި އާޓްވޯކްތައް ނޫން ކަމަށެވެ. މިގޮތުން މި މޮޑެލްއިން ކޮންޓެންޓް ޖެނެރޭޝަނަށް އެޕްލައި ކުރެވޭނެ އޮޕަރޭޝަނަލް ޕްރިންސިޕަލްތައް އުފައްދައެވެ. އެހެންވީމާ އައުޓްޕުޓްތަކަކީ ވަކި ކުރެހުމެއްގެ ސީދާ ރެޕްލިކާތަކެއްގެ ގޮތުގައި ސިފައެއް ނުކުރެވޭނެކަމަށް ޕްރިސްމާ ލެބްސް އިން ބުނެއެވެ.

ސަލާމަތީ ކަންބޮޑުވުންތައް

އެ ކުންފުނީގެ ޕްރައިވެސީ ޕޮލިސީއާ މެދު ވެސް ބައެއް ރިޕޯޓްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެ އިން ދޭހަވަނީ ބޭނުންކުރާ މީހަކު އަޕްލޯޑްކުރާ ފޮޓޯތައް ބޭނުންކޮށްގެން ލެންސާގެ އަލްގޯރިދަމްތައް އިތުރަށް ތަމްރީނު ކުރާނެ ކަމަށެވެ. އެހެންވީމާ، މިކަމުގައި ޙަޤީޤަތުގައި އެޕްލިކޭޝަނަށް ފައިސާ ދެއްކުމުގެ އިތުރުން، އެޕްލިކޭޝަންގެ ޓެކްނޮލޮޖީ ރަނގަޅު ކުރުމަށްޓަކައި، މިއެޕް ބޭނުންކުރާ މީހުންގެ ޑޭޓާއިންވެސް ދަނީ ފައިސާ ދައްކަމުންނެވެ.

މީގެ އިތުރުން ސަރވިސްގެ ޝަރުޠުތަކުގެ އަނެއް ބައެއްގެ ގޮތުގައި އޭގެ އޭއައި ދަސްކޮށްދިނުމަށް ޔޫޒަރ ޑޭޓާ ބޭނުންކުރުމާ ބެހޭގޮތުން ވެސް އެބޭފުޅުން ވަރަށް ސާފުކޮށް ވިދާޅުވެއެވެ. "ތިޔަބޭފުޅުންގެ ފޮޓޯތަކާއި ވީޑިއޯތައް ބޭނުންކޮށްގެން އަޅުގަނޑުމެންގެ އެލްގޯރިދަމްތައް ތަމްރީނުކޮށް، ރަނގަޅު ނަތީޖާއެއް ދެއްކުމަށް. އެކަން ކުރުމުގެ ގާނޫނީ މަސްލަހަތެއް އެބައޮތް، އަޅުގަނޑުމެންނަށް ލިބޭ ޑޭޓާ ތައް މަދުކޮށް، މިކަމުގައި ބޭނުންކުރާ ފަރާތްތަކުގެ ހައްގުތަކާއި މިނިވަންކަމަށް އަރައިނުގަތުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން."ޕްރިސްމާ ލެބުން ބުނެއެވެ.

ނަމަވެސް ޕްރިސްމާ ލެބްސްގެ ސީއީއޯ އަދި ކޯ ފައުންޑަރު ވަޔަރޑްއަށް ވިދާޅުވީ އެކުންފުނީގެ ޕްރައިވެސީ ޕޮލިސީ އަޕްޑޭޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ލެންސާ އިން ސްޓޭބަލް ޑިފިއުޝަން މޮޑެލްގެ ކޮޕީއެއް ބޭނުންކޮށް ކޮންމެ ހާލަތެއްގައި ވެސް އަޕްލޯޑް ކޮށްފައިވާ ފޮޓޯތަކުގައި މޫނު ދެނެގަންނަން ދަސްކޮށްދޭ ކަމަށެވެ. އޭގެ މާނައަކީ ވަކި ވަކި ބޭނުންކުރާ ކޮންމެ މީހަކަށް ވަކި މޮޑެލްއެއް އޮތުމެވެ. އެވަޓާތައް ޖެނެރޭޓް ކުރުމާއެކު ބޭނުންކުރާ މީހާގެ ފޮޓޯތައް އަހަރެމެންގެ ސާވާތަކުން ޑިލީޓްކުރެއެވެ. ސާވާތައް ހުންނަނީ އެމެރިކާގައި. އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް، ކޮންމެ ކަސްޓަމަރަކަށްވެސް އެ ޑޭޓާ އެއްކުރުމުގެ ތެރެއިން ވަކިކުރެވޭނީ privacy@lensa-ai.com އެ ކުންފުންޏަށް ގުޅައިގެން ކަމަށާއި އަދިވެސް ޑޭޓާ އެއްކުރާ އެޕްލިކޭޝަނާ މެދު ކަންބޮޑުވާނަމަ، އޭގެ ފަހުން އެޕް ޑިލީޓްކޮށް، "ސެޓިންތައް ކޮންޓްރޯލްކޮށް، ބޭނުން ކުރުމަށްފަހު ޑިލީޓްކޮށް، އަދި އެއިން ލިބޭ ކޮންމެ ވެސް އަދި ހުރިހާ ހައްގެއް ބޭނުން ކުރެވޭނެ،" ބެން ވިންޓާސް ވިދާޅުވި އެވެ. ވަޔަރޑް އަކީ އޭއައި އާއި އިންސާނީ ހައްގުތަކުގެ މަޝްރޫއުތަކުގެ ތަޖުރިބާކާރެކެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.