ޖުޕިޓާގެ ޖައްވުން އާދަޔާ ހިލާފު ކަމެއް ނާސާއަށް ފެނިއްޖެ

އަޙްމަދު ދާއޫދު 20 ޑިސެމްބަރު 2022

ނާސާގެ 40 އަހަރުގެ ދިރާސާއިން ޖުޕިޓާގެ އެޓްމޮސްފިއާގައި އާދަޔާ ހިލާފު ކަމެއް ފެނިއްޖެކަމަށް ނާސާގެ ސައިންސްވެރިން ބުނެފިއެވެ.

ޖުޕިޓާގެ މޫސުން ހިނގާ ޖައްވުގެ ސަރަހައްދު ކަމަށްވާ ޖުޕިޓާގެ މަތީ ޓްރޮޕޯސްފިއާގައި މިހާތަނަށް ސައިންސްވެރިން ކުރި އެންމެ ދިގު ފިނިހޫނުމިނުގެ ތަހުލީލު ކޮށްފައިވާއިރު، ސައިންސްވެރިންނަށް ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި ޖުޕިޓާގެ ސްޓްރެޓޯސްފިއާގައި، ފިނިހޫނުމިނަށް އަންނަ ބަދަލުތައް މައްޗަށް ގޮސް ދަށްވާ ގޮތަށް ފެންނަނީ، ޓްރޮޕޮސްފިއާގައި ފިނިހޫނުމިން ޢާއްމުކޮށް ހިނގާ ގޮތާ ހިލާފަށް ކަމެވެ.

ނާސާގެ ޖައްވީ އުޅަނދުތަކުގެ ޑޭޓާއާއި ގްރައުންޑް ބޭސްޑް ޓެލެސްކޯޕް އޮބްޒަވޭޝަންތައް ގުޅިގެން ސާޅީސް ވަރަކަށް އަހަރު ވަންދެން ކުރި މި ދިރާސާއިން ޖުޕިޓާގެ ބެލްޓާއި ޒޯންތަކުގެ ފިނިހޫނުމިނުގައި އާދަޔާ ހިލާފު އަދި ހައިރާންކުރުވަނިވި ޕެޓާންތަކެއް ފެނިފައިވާކަމަށް ސައިންސްވެރިނަށް މިވަނީ ފެނިފައެވެ.

ޖުޕިޓާގެ ޖައްވުގެ ހޫނު ހިސާބުތަކުން އުފެދޭ ވަރުގަދަ އިންފްރާރެޑް ލައިޓްގެ ފޮޓޯތައް އެނަލައިޒްކޮށްގެން މިހިނގާ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ނެރުނު އާ ދިރާސާގައި ސައިންސްވެރިން ބުނީ ޖުޕިޓާގެ ފިނިހޫނުމިން ހުރިނެތްގޮތް އެނގުމުން ޖުޕިޓާގެ އިތުރު ދިރާސާތައް ކުރުމަށް އާ ދޮރެއް ހުޅުވިގެން ހިނގައްޖެކަމަށެވެ.

ސައިންސްވެރިން މި ފޮޓޯތައް ނެގީ ޖުޕިޓާގެ ތިން އޯބިޓްގައި އިރުގެ ވަށައިގެން ވާ ގޮތަށް، ކޮންމެ އޯބިޓެއްގައި ވެސް 12 އަހަރު ވަންދެން ކުރި އޮބްޒަވޭޝަންތަކުގެ ތެރެއިންނެވެ.

މިދިރާސާއިން ސައިންސްވެރިންނަށް ހޯދުނު ހޯދުންތަކުން ދައްކާ ގޮތުގައި ޖުޕިޓަރުގެ ފިނިހޫނުމިން މައްޗަށް ގޮސް ދަށަށް ދާނީ މޫސުންތަކާ ނުވަތަ އަދި މިހާތަނަށް ހޯދިފައިވާ އެހެން އެއްވެސް ސައިކަލަކާ ގުޅުންނެތް ގޮތެއްގެ މަތިން ވަކި ވަގުތުތަކެއްގެ ތެރޭގައެވެ.

ނާސާއިން ބުނި ގޮތުގައި ޖުޕިޓާގެ ފިނިހޫނުމިން މިފަދަ އާދައިގެ ސައިކަލްތަކުގައި ބަދަލުވާނެ ކަމަށް ސައިންސްވެރިން ކުރިން ޤަބޫލެއް ނުކުރެއެވެ. ސައިންސްވެރިން އެގޮތަށް އުންމީދު ނުކުރީ ޖުޕިޓާއަކީ އާދަޔާ ހިލާފަށް ރަނގަޅު މޫސުމެއް އޮންނަ އަދި އޭގެ އެކްސިސްއަށް އެންމެ 3 ޑިގްރީ އަށް ލެނބިފައިވާ ސަރަހައްދަކަށް ވާތީއާއި، ދުނިޔޭގެ ޖޯންޓީ 23.5 ޑިގްރީއާ އަޅާބަލާއިރު ތަފާތު ވީމައެވެ.

އެހެންނަމަވެސް ދިރާސާއިން އެމީހުންނަށް ފެނުނީ ވަރަށް ތަފާތު ލެޓިޓިއުޑްތަކުގައި ހުންނަ ފިނިހޫނުމިނުގެ ތަފާތުތަކާ ގުޅުމެއް އޮތް ކަމެވެ.

ނާސާއިން ބުނިގޮތުގައި މި ސައިކަލް އަދި ކޯޑިނޭޓް ކުރެވިފައިވާ ކަމަށް ފެންނަ ޝިފްޓްތައް ދުއްވަނީ ކޮން ކަމެއްތޯ ހޯދުމަކީ ޓީމަށް ދެން އޮތް އުނދަގޫ މަސައްކަތެކެވެ.

"މިހާރު އަޅުގަނޑުމެންނަށް ޕަޒްލްގެ އެއް ބައި ހައްލުކޮށްފިން، އެއީ ޖައްވުން މި ގުދުރަތީ ދައުރުތައް ފެންނަ ގޮތް،" ދިރާސާގެ ކޯ-އޯތާ ލީ ފްލެޗާ ނެރުނު ނޫސްބަޔާނުގައި ބުންޏެވެ.

"މި އުސޫލުތައް ދުއްވަނީ ކޮން ކަމެއްތޯއާއި، މި ވަކި ޓައިމްސްކޭލްތަކުގައި މިކަން ދިމާވަނީ ކީއްވެގެންކަން ދެނެގަތުމަށްޓަކައި، ވިލާގަނޑުގެ ފަށަލަތަކުގެ މަތީގައި ވެސް އަދި ތިރީގައި ވެސް ތަހުލީލު ކުރަން ޖެހޭ." ރިޕޯޓްގައި ބުނެފައިވެއެވެ.

މިހާރު ޖުޕިޓަރުގެ ޖައްވުގެ ރަނގަޅަށް ދެނެގަނެވިފައިވާތީ، ސައިންސްވެރިން އުންމީދު ކުރަނީ މި ދިރާސާގެ ސަބަބުން ކޮންމެވެސް ދުވަހަކުން ޖުޕިޓަރުގެ މޫސުން ލަފާކުރެވޭނެ ކަމަށެވެ.

އަދި މި ހޯދުންތަކުގެ ސަބަބުން ހަމައެކަނި ޖުޕިޓަރަށް ނޫން ނަމަވެސް އަޅުގަނޑުމެންގެ ސޯލާ ސިސްޓަމްގެ އެހެން ބޮޑެތި ޕްލެނެޓްތަކާއި އެއަށްވުރެ ވެސް ދުރުގައި މޫސުން ލަފާކުރުމަށް އެހީތެރިވެދެވޭނެ ކަމަށް ވެސް ނާސާއިން ފާހަގަކުރިއެވެ.

ދިރާސާގެ ލީޑް ލިޔުންތެރިޔާ ގްލެން އޯޓަން ވިދާޅުވީ މިއީ އެއް ސަރަހައްދެއްގެ މޫސުމާއި މޫސުމުގެ ވައްޓަފާޅިތަކުގެ ސަބަބުން އެހެން ސަރަހައްދެއްގެ މޫސުމަށް ވަރަށް ބޮޑަށް އަސަރުކޮށް، ޖައްވުގެ ތެރެއިން ބޮޑެތި ދުރުމިނުގައި "ޓެލެކަނެކްޓް" ކުރެވިފައިވާ ކަމަށް ފެންނަ އިރު، ދުނިޔޭގައި ހިނގާ ހާދިސާއަކާ އެއްވަރުގެ ކަމެއް ކަމަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.