ގިނަބަޔަކު އެމީހުންގެ ޕާސްވޯޑް ރައްކާކުރުމަށް ބޭނުންކުރާ ލަސްޓްޕާސް އަނެއްކާވެސް ހެކްކޮށްފި ކަމަށް އެކުންފުނިން އެއްބަސްވެއްޖެއެވެ.
މިދިޔަ އޮގަސްޓް 2022 ގައިވެސް ލަސްޓްޕާސް ހެކްކޮށް ގިނައަދަދެއްގެ ޕާސްވޯޑާއި މުހިންމު ޒާތީ މައުލޫމާތުތަކެއް ވަގަށް ނަގާފައިވާއިރު، މިފަހަރުގެ މި ޑޭޓާ ބްރީޗްވުމުގެ މައްސަލަ ކުރިއަށްވުރެވެސް ގޯސްވެދާނެކަމަށް ތަޖްރިބާކާރުން ލަފާކުރެއެވެ.
މަޝްހޫރު ޕާސްވޯޑް މެނޭޖްމަންޓް ސާވިސް އިން ބުރާސްފަތި ދުވަހު ހާމަކުރި ގޮތުގައި ބްރޭކް-އިން ސައިފޯން ކުރި ޑޭޓާ ބޭނުންކޮށްގެން އެމީހުންގެ އެންކްރިޕްޓް ޕާސްވޯޑް ވޮލްޓް ހިމެނޭ ގޮތަށް ކަސްޓަމަރުންނަށް ނިސްބަތްވާ ޒާތީ މައުލޫމާތުތަކެއް ވަނީ ވަގަށް ނަގާފައެވެ.
އަދި ވަގަށް ނަގާފައިވަނީ "ކުންފުނީގެ ނަމާއި ޔޫޒަރުގެ ނަމާއި ބިލިން އެޑްރެސްއާއި އީމެއިލް އެޑްރެސްއާއި ފޯނު ނަންބަރު އަދި ކަސްޓަމަރުން ލަސްޓްޕާސްގެ ހިދުމަތަށް ވަދެގެން ދިޔަ އައިޕީ އެޑްރެސް ހިމެނޭ ގޮތަށް ކަސްޓަމަރުންގެ އެކައުންޓްގެ އަސާސީ މައުލޫމާތާއި ގުޅުންހުރި ޑޭޓާ" ކަމަށް އެކުންފުނިން ބުނެ އެވެ.
ލާސްޓް ޕާސްއަށް އޮގަސްޓް 2022 ދިން ހެކަރުންގެ ހަމަލާ އަދިވެސް ތަހުޤީގުކުރަމުން ދާއިރު، ހެކަރުންވަނީ އެއް ކޮމްޕްރޮމައިޒްޑް އެމްޕްލޯއީ އެކައުންޓެއް މެދުވެރިކޮށް އެ ކުންފުނީގެ ޑިވެލޮޕްމަންޓް މާހައުލުން ސޯސް ކޯޑާއި ޕްރޮޕްރިއޭޓަރީ ޓެކްނިކަލް މައުލޫމާތު ހޯދައިފަ އެވެ.
ލަސްޓްޕާސް އިން ބުނީ މިކަމުގެ ސަބަބުން ހެކަރުންނަށް ކްރެޑިޝަންސް އާއި ކީތައް ހޯދުމުގެ ފުރުޞަތު ލިބިފައިވާ ކަމަށާއި އެ ކީތައް އޭގެ ފަހުން ކްލައުޑް ބެސްޓް ސްޓޯރޭޖް ސާވިސްއެއްގައި ރައްކާކޮށްފައިވާ ބެކަޕަކުން މައުލޫމާތު ނަގާފައިވާ ކަމަށެވެ.
އަދި ހެކަރުންވަނީ އެންކްރިޕްޓް ކޮށްފައިވާ ސްޓޯރޭޖް ސާވިސް އިން ކަސްޓަމަރ ވޯލްޓް ޑޭޓާ ކޮޕީކޮށްފައިވާ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފަ އެވެ. އެއީ ވެބްސައިޓް ޔޫއާރްއެލް ފަދަ އެންކްރިޕްޓް ނުކުރާ ޑޭޓާ އާއި ވެބްސައިޓްގެ ޔޫޒަރނޭމް އާއި ޕާސްވޯޑް، ސެކިއުރިޓީ ނޯޓް އަދި ފޯމް ފުރިފައިވާ ޑޭޓާ ފަދަ ފުރިހަމައަށް އެންކްރިޕްޓް ކުރެވިފައިވާ ފީލްޑްތައް ހިމެނޭ "ޕްރޮޕްރިއޭޓަރީ ބައިނަރީ ފޯމެޓެއް" ގައި ރައްކާކޮށްފައިވާ މައުލޫމާތު ތަކެކެވެ.
ޓެކް ކުންފުނިތަކުން ހާމަކުރާ ގޮތުގައި، 256 ބިޓް އޭއީއެސް އެންކްރިޕްޝަން ބޭނުންކޮށްގެން ރައްކާތެރިކޮށްފައިވާއިރު، ޑިކޯޑް ކުރެވޭނީ ހަމައެކަނި ޔޫޒަރުންގެ ޑިވައިސްތަކުގައި ހުންނަ ޔޫޒަރުގެ މާސްޓަރ ޕާސްވޯޑުން އުފައްދާ ކީއަކުން އެކަންޏެވެ.
ލަސްޓްޕާސް އިން ކަށަވަރުކޮށްދިން ގޮތުގައި ސެކިއުރިޓީ ލެޕްސްގައި އެންކްރިޕްޓް ނުކުރާ ކްރެޑިޓް ކާޑުގެ ޑޭޓާއަށް މިފަހަރުގެ މިހަމަލާގައި ހެކަރުންނަށް އެކްސެސް ނުވެވޭ ކަމަށާއި، ސަބަބަކީ މި މައުލޫމާތު ކްލައުޑް ސްޓޯރޭޖް ކޮންޓެއިނަރުގައި އަރުޝީފްކޮށްފައި ނުވާތީ އެވެ.
ލާސްޓްޕާސް އިންބުނީ މި މަރުހަލާގައި ފާހަގަކޮށްލަންޖެހޭ ކަމަކީ މާސްޓަރ ޕާސްވޯޑްތައް ލަފާކުރުމަށް ބްރޫޓް ފޯސް ހަމަލާތަކެއް މެދުވެރިކޮށް މިހަމަލާ ކާމިޔާބު ކޮށްފައިވާކަމަށް ބެލެވޭކަމަށެވެ.
"މާސްޓަރ ޕާސްވޯޑް އަލުން ބޭނުންކޮށް، އެ ޕާސްވޯޑް ދުވަހަކުވެސް ކޮމްޕްރޮމައިޒް ވެއްޖެ ނަމަ، ހެކަރުން އިންޓަނެޓްގައި މިހާރު ހުރި ކޮމްޕްރޮމައިޒްޑް ކްރެޑެންޝަލްސްގެ ޑަމްޕްތައް ބޭނުންކޮށްގެން އެކައުންޓަށް ވަނުމަށް މަސައްކަތް ކޮށްފާނެ،" ލަސްޓްޕާސް އިން އިންޒާރު ދިނެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.