ޓެކް އިންޑަސްޓްރީގެ ޓްރެންޑްތައް ނުވަތަ އެންމެ ހިނގާ ޓެކްނޮލޮޖީތައް އެނަލައިޒްކޮށް އަންދާޒާ ކުރުމުގައި ދިމާވާ ގިނަ ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ އެއް ގޮންޖެހުމަކީ ބައެއް ޓެކްނޮލޮޖީތައް ފުރިހަމަ ވުމުގެ މާކުރިން އެވާހަކަތައް މާބޮޑަށް ވައިރަލުވުމުން ، އެފަދަ ޓެކްނޮލޮޖީއެއް މާކެޓަށް ނުކުންނަން ފަށާއިރު އެ މައުޟޫއުތައް އަޑުއިވެނީ މުސްކުޅި ޚަބަރެއްގެ ގޮތުގައެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ މިކަމުގެ ވަރަށް ފުރިހަމަ މިސާލެކެވެ.
ޓެކް އިންޑަސްޓްރީ އާއި އާންމު ނޫސްތަކުން ވެސް އޭއައިގެ ކޮންސެޕްޓާއި އޭއައިގެ އާލީ އިމްޕްލިމެންޓޭޝަންތަކާ ބެހޭ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން ވާހަކަ ދައްކަމުން ދިޔަ ނަމަވެސް އޭގެ ހަގީގީ ދުނިޔޭގެ މިސާލުތައް ހޯދުން ވެފައިވީ އަދާޖެހެންދެންވެސް ވަރަށް އުނދަގޫ ކަމަކަށެވެ.
ސާފުކޮށް ބުނަންޏާ ސްމާޓްފޯންތަކުގައި ކޮމްޕިއުޓޭޝަނަލް ފޮޓޯގްރަފީގެ އިތުރުން ހައި އެންޑް ކްލައުޑް ބޭސްޑް ޑޭޓާ އެނަލިޓިކްސް އެޕްލިކޭޝަންފަދަ ކަންކަމުގައި އޭއައި ޕަވާޑް ފަންކްޝަންތައް ބޭނުންކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ކަންތައްތަކަކީ އަދި މިހާތަނަށްވެސް ގިނަ ބަޔަކަށް އެނގިފައިނުވާ ކަންތައްތަކެވެ.
އެހެންނަމަވެސް، މިއަހަރު ކަސްޓަމަރުންނާއި ވިޔަފާރިތަކުންވެސް އުއްމީދުކުރަންވީ، އެމީހުންގެ ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކުގައި، އޭއައި އިން ބާރުދޭ ޤާބިލުކަން ދައްކުވައިދޭ ވަރަށް ގިނަ މިސާލުތައް ފެންނާނެ ކަމަށެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ޑަލް-އީ އިމޭޖް ޖެނެރޭޓިން ޓޫލްއާއި އަދި އެފަދަ އެހެން އޭއައި އަށް ނިސްބަތްވާ ޓޫލްތަކާއި، ޗެޓްޖީޕީޓީ އޮޓޮނޮމަސް ޗެޓްބޮޓް ވަނީ ތަޢާރަފްކޮށްފައެވެ.
އަޅުގަނޑުމެން އުންމީދު ކުރަނީ 2023 ވަނަ އަހަރު މިކަހަލަ ހައި ޕްރޮފައިލް މިސާލުތައް ވަރަށް ބޮޑަށް ފެންނާނެ ކަމަށެވެ. ކުރުކޮށް ބުނަންޏާ، މީގެ ކުރިން ވެސް އެތައް ފަހަރަކު އަންދާޒާ ކުރެވިފައި ވާފަދައިން އަޅުގަނޑުމެން އުންމީދު ކުރަނީ 2023 ވަނަ އަހަރު އޭއައި އެންމެ ފަހުން މެއިންސްޓްރީމްއަށް ދާ އަހަރަކަށް ވާނެ ކަމަށެވެ.
ޑަލް-އީ އާއި ޗެޓްޖީޕީޓީގައި ވެސް އެންމެ ޝައުގުވެރިވާ ކަމަކީ އެއީ އުފެއްދުންތެރި ނުވަތަ ވަރަށް ލިމިޓެޑް އިންޕުޓަކުން އޮރިޖިނަލް ކޮންޓެންޓް، އިންފޮމޭޝަން ނުވަތަ ސޮފްޓްވެއާ ކޯޑް އުފެއްދުމުގެ ގާބިލުކަން ހުރި ކަމެވެ.
ޗެޓްޖީޕީޓީގެ ގާބިލްކަން ހުރީ މިއަށްވުރެ ވެސް ކުރީގައެވެ. މިސާލަކަށް އޮރިޖިނަލް ލަވައިގެ ލިރިކްސް ނުވަތަ ލޯބީގެ ވާހަކައެއް ނުވަތަ ކޮލެޖުގެ އެސައިންމެންޓެއް، ކޮންމެ މައުޟޫއަކަށް ވެސް އަދި ކޮންމެ ސްޓައިލެއްގައި ވެސް އުފެއދިދާނެ އެވެ.
މިސާލަކަށް ހެރީ ޕޮޓާ ބުކް ސީރީޒްގެ ކެރެކްޓާތައް ހިމަނައިގެން ލިޔުންތެރިޔާ ޖޭމްސް ޖޮއިސްގެ ކޮންޝަނަސް ސްޓައިލްގެ ސްޓްރީމްގައި އޯލެޑް ޓީވީތައް މަސައްކަތްކުރާ ގޮތް ކިޔައިދޭ ލިޔުމެއް ވަގުތުން އުފެއްދުމުގެ ގާބިލުކަންވެސް ޗެޓްޖީޕީޓީ އަށް ލިބިގެން ވެއެވެ.
ޖެނެރޭޓިވް އޭއައި ޓޫލްތަކުގެ ތެރެއިން އަދި މިހާތަނަށް ފެނިފައިވާ ކޮންމެ ވަސީލަތަކީވެސް ފުރާ ފުރިހަމަ ނޫން އެއްޗިއްސަށްވިޔަސް، ޑަލް-އީ އާއި ޗެޓްޖީޕީޓީ އަކީ ވަރަށް ރަނގަޅު ދެވަސީލަތެވެ.
މިބާވަތުގެ ވަސީލަތްތަކުގެ އަނެއް ޝައުގުވެރި ކަމަކީ އެވަސީލަތްތަކުގެ އެޕްލިކޭޝަން، އޭގެ ޕްރައިމަރީ ފަންކްޝަންތަކަށްވުރެ މާ ބޮޑަށް ކުރިއަށް ދިއުމެވެ. މިސާލަކަށް ޗެޓްޖީޕީޓީ ފަދަ ވަސީލަތަކަށް އެންމެ ޝައުގުވެރި އެއް އެޕްލިކޭޝަނަކީ ސާޗް އިންޖީނުތަކަށް އަންނަމުންދާ ބަދަލުތަކެވެ.
ޗެޓްޖީޕީޓީ އަށް ބާރުދޭ ސޮފްޓްވެއާ އަލްގޮރިދަމް އަށް އިންޓަނެޓުން ލިބެން ހުރި ހުރިހާ ޓެކްސްޓް ބޭސްޑް މައުލޫމާތެއް އެންމެ ގިނައިން ފީޑްކޮށްދީ، މި ހުރިހާ މައުލޫމާތެއްގައި ލިންކް ހެދުމަށް ތަމްރީނު ކުރި އެވެ. މިހާރުގެ ސާޗް އިންޖީނުތަކަކީ ރިކުއެސްޓްއާ ގުޅުންހުރި މައުލޫމާތެއް ހޯދުމުގައި މޮޅު އިންޖީނުތަކެއް ނަމަވެސް އާދައިގެ އިންސާނުންނަށް ވިސްނޭ ފަދަ ގޮތަކަށް އެ ހުރިހާ އެއްޗެއް އެއްކޮށް އެއްކޮށްލުމަކީ ރަނގަޅެއް ނޫނެވެ. އެހެންވީމާ، މައުޟޫޢެއްގެ މައްޗަށް ސަރޗް ކުރާއިރު ވަކިވަކިން އެކި ލިންކްތައް ޗެކްކުރަން ޖެހުމުގެ ބަދަލުގައި، އެންމެ ގުޅުންހުރި މަޢުލޫމާތެއްގެ ސަމްރީއެއް ފޯރުކޮށްދިނުމަށް ވިސްނާލާށެވެ. އެ ބާވަތުގެ އޭއައި ޕަވާޑް ސާޗްގެ ސަބަބުން މުޅިން އެހެން ހަރުފަތަކަށް ގެންދެ އެވެ.
މިކަން ދެނެގަނެ، މައިކްރޮސޮފްޓުން ވަނީ މާޗް މަހުގެ ކުރީކޮޅު، ބިންގް ސާޗް އިންޖީނުގެ އަޕްޑޭޓް ވާޝަނަކަށް ޗެޓްޖީޕީޓީ ގެ ބައެއް ފަންކްޝަނަލިޓީ ގެންނަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފަ އެވެ. (މައިކްރޮސޮފްޓަކީ ޗެޓްޖީޕީޓީ އާއި ޑަލް-އީ އުފެއްދި ކުންފުނި އޯޕަންއޭއައިއަށް މާލީ ގޮތުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ކުންފުންޏެކެވެ.)
މީގެ އިތުރުން މިބާވަތުގެ ވަސީލަތްތަކުގެ ސަބަބުން ކުރާނެ އަސަރުތަކާ ބެހޭ ގޮތުން ގޫގުލްގައި އެލާމް އަޅަމުންދާއިރު، ގިނަ ބަޔަކު އުންމީދު ކުރަނީ އެ ކުންފުނީގެ އަމިއްލަ ލަމްޑާ، އެމްޔޫއެމް އަދި ޕީއޭއެލްއެމް ޖެނެރޭޓިވް ލެންގުއޭޖް މޮޑެލްތަކުގެ ކޮމްބިނޭޝަނެއް ގޫގުލް ސާޗްގެ މުސްތަގުބަލުގެ ވާޝަނެއްގައި ހިމެނިގެން ދާނެ ކަމަށެވެ.
އާދައިގެ ސްކޭޗް ކުރެހުންތަކުން އޮޓޮމެޓިކުން ފޮޓޯރިއަލިސްޓިކް ބެކްގްރައުންޑް އިމޭޖްތައް އުފެއްދުމުގެ ގާބިލުކަން، އެންވިޑިއާ އެމީހުންގެ ކެންވާސް ޓޫލް އިން ކުރަމުން އަންނަ ފަދައިން، ވަކި ސަރަހައްދެއްގެ ސިގްނަލްތަކަށް އެޑަޕްޓްވާން "ދަސްކޮށްދޭ" މޮޑެމްތައް މެދުވެރިކޮށް ސްމާޓްފޯންތަކުގައި 5ޖީ ސިގްނަލް ރިސެޕްޝަން ރަނގަޅު ކުރުމުގެ ގާބިލުކަން، ކުއަލްކޮމް އިން އެމީހުންގެ އެކްސް70 ޗިޕްތަކާ އެކު ކުރަމުން އަންނަ ފަދައިން، އޭއައި ޕަވާޑް "ބެކްގްރައުންޑް" ޓާސްކްތަކަށް މި އަހަރު އިތުރު ކުރިއެރުންތަކާއި ތަރައްޤީ ލިބެން ފަށާނެ އެވެ.
މީގެ އިތުރުން އޭއައި ޕަވާޑް ސޮފްޓްވެއާ ފަންކްޝަންތައް ހަލުވިކުރުމަށް އެހީތެރިވެދޭނެ ޑިވައިސްތައް ހުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ބަލައިގަންނާނެ އެވެ.
މިސާލަކަށް ސީއީއެސް 2023 ގައި އިންޓެލް އާއި އޭއެމްޑީއިން ވަނީ އެންމެ ފަހުގެ ސީޕީޔޫތަކުގައި އޭއައި ބޭސްޑް ސޮފްޓްވެއާތަކަށް އާ ހާޑްވެއާ އެކްސެލެރޭޝަން ކެޕޭސިޓީތައް ދައްކާލައިފަ އެވެ. އިންޓެލް އިން ވަނީ އެ ކުންފުނީގެ މޯވިޑިއަސް ލައިން އޮފް އޭއައި އެކްސެލެރޭޓަރުގެ ޓެކްނޮލޮޖީ އެ ކުންފުނީގެ 13 ވަނަ ޖެނެރޭޝަންގެ އިންޓެލް ކޯ ޕްރޮސެސަރުތަކުގެ ބައެއް ވާޝަންތަކަށް ހިމަނައި، އޭއެމްޑީއިން އަލަށް އިއުލާނުކުރި ބައެއް ރައިޒެން 7000 ޗިޕްތަކަށް މުޅިން އާ އޭއައި އާކިޓެކްޗާއެއް ތައާރަފްކޮށްފަ އެވެ.
ރައިޒެން އޭއައިގެ ނަމުން ނަން ދީފައިވާ އަދި އާ ރައިޒެން 7040 ލައިންގައި ހިމަނާފައިވާ މި ޓެކްނޮލޮޖީގައި އޭއައި އެޕްލިކޭޝަންތައް ހަލުވިކުރުމަށް ފަރުމާކޮށްފައިވާ ހާއްސަ އިންޖީނެއް ހިމަނާފައިވެ އެވެ. އިންޓެލް އާއި އޭއެމްޑީގެ މަސައްކަތްތަކަކީ ޖީޕީޔޫ ގްރެފިކްސް އިންޖީނު އެ މީހުންގެ ސީޕީޔޫއަށް އިންޓަގްރޭޓް ކުރުމުގެ ފުރަތަމަ ދުވަސްތަކާ އެއްގޮތް މަސައްކަތްތަކެކެވެ. މިކަމުގެ ސަބަބުން ޕީސީ ގެ ދުނިޔޭގައި މިރޮނގުން އިތުރު ގިނަ ކުރިއެރުންތަކެއް އަންނާނެ ކަމަށް އުންމީދު ކުރާށެވެ.
ދިރާސާވެރިންނާއި، ކަމުގެ މާހިރުން ވިދާޅުވާގޮތުގައި ޑަލް-އީ އަދި ޗެޓްޖީޕީޓީ ފަދަ މެއިންސްޓްރީމް އޭއައި ޓޫލްސްގެ ވަސީލަތްތަކަކީ މުސްތަޤުބަލުގައި އެފަދަ ދެވަނައެއް ނެތްހަ މިންވަރަށް އިންސާނުންގެ ތަފާތު ބޭނުންތަކަށް މުހިންމުވާނެ ވަސީލަތްތަކެކެވެ. ނަތީޖާއެއްގެ ގޮތުން އާ އަހަރުގެ ތެރޭގައި ހުރިހާ ބާވަތެއްގެ އުފެއްދުންތަކާއި ސޮފްޓްވެއާ އަދި ހިދުމަތްތަކުގައި އޭއައިއާ ގުޅުން ހުރި ގާބިލުކަމަށް ބޮޑު ސަމާލުކަމެއް ދޭނެ ކަމަށް އުންމީދު ކުރެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.