އަލީބާބާ ގްރޫޕްގެ ޑިޖިޓަލް ޓެކްނޮލޮޖީ، އަލީބާބާ ކްލައުޑްގެ ފުރަތަމަ އިންޓަނޭޝަނަލް ޕްރޮޑަކްޓް އިނޮވޭޝަން ސެންޓަރާއި ޕާޓްނަރު މެނޭޖްމަންޓް ސެންޓަރު ހުޅުވައި، ދުނިޔޭގެ ފެންވަރުގައި އެ ކުންފުނީގެ ބައިވެރިވުން ފުޅާކުރުމަށް ބޮޑު ފިޔަވަޅެއް އަޅައިފިއެވެ. މިއީ ކަސްޓަމަރުންނަށް އެންމެ މަތީ ފަންތީގެ ހިދުމަތްތައް ފޯރުކޮށްދީ، ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އެހީތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.
އާ ސެންޓަރުތަކުގެ ސަބަބުން އަލީބާބާ ކްލައުޑަށް ކަސްޓަމަރުންގެ ބޭނުންތައް ރަނގަޅަށް ދެނެގަނެ، ޕްރޮޑަކްޓް ޑިވެލޮޕްކުރުމާއި ތަންފީޒުކުރުމާއި ޓެކްނިކަލް ސަޕޯޓް އަދި ކަސްޓަމަރުންގެ ހިދުމަތް ތައް ހިމެނޭ ގޮތަށް ކަސްޓަމައިޒްކޮށްފައިވާ ހިދުމަތްތައް ލިބިގެންދާނެ އެވެ. ޕްރޮޑަކްޓް އިނޮވޭޝަން ސެންޓަރާއި އާ އުފެއްދުންތައް ތަރައްގީކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާއިރު، ޕާޓްނަރ މެނޭޖްމަންޓް ސެންޓަރުން މަސައްކަތް ކުރާނީ ޤައުމީ އަދި ބައިނަލްއަގްވާމީ ކުންފުނިތަކާ އެކު ޕާޓްނާޝިޕް ތައް ބިނާކޮށް މެނޭޖްކުރުމަށެވެ.
"އަޅުގަނޑުމެންގެ އިންޓަނޭޝަނަލް ޕްރޮޑަކްޓް އިނޮވޭޝަން ސެންޓަރާއި ޕާޓްނަރ މެނޭޖްމަންޓް ސެންޓަރ ޤާއިމްކުރުމަކީ އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ ފެންވަރުގައި ފުޅާވުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" "މި ސެންޓަރުތަކުގެ ސަބަބުން ކަސްޓަމަރުންނަށް މިހާރަށްވުރެ ރަނގަޅަށް ހިދުމަތް ދީ، ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރަށް މަގުފަހިކޮށްދީ، އެ ފަރާތްތަކަށް ބޭނުންވާ ރަނގަޅު ހައްލުތަކާއި ހިދުމަތްތަކާއި އެހީތެރިކަން ލިބިގެންދާނެ." އަލީބާބާ ކްލައުޑް އިންޓެލިޖެންސްގެ ރައީސް ޔެމިންގް ވަންގް ވިދާޅުވި އެވެ.
އިންޓަނޭޝަނަލް ޕްރޮޑަކްޓް އިނޮވޭޝަން ސެންޓަރާއި ޕާޓްނަރު މެނޭޖްމަންޓް ސެންޓަރު ހުޅުވުމަކީ ކްލައުޑް ކޮމްޕިއުޓިން އިންޑަސްޓްރީގައި އެންމެ ކުރިއަރާފައިވާ ކުންފުންޏަކަށް އަލީބާބާ ކްލައުޑް ވެގެން ދިއުމާ ގުޅިގެން ފާއިތުވި އަހަރުތަކުގައި އެ ކުންފުންޏަށް ލިބުނު ހަލުވި ކުރިއެރުމާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެކި ސިނާއަތްތަކުގައި ކަސްޓަމަރުންގެ އަދަދު އިތުރުވަމުންދާއިރު، ޑިޖިޓަލް ޓްރާންސްފޯމޭޝަން ޓްރެންޑްގެ ބޭނުން ކަސްޓަމަރުންނަށް ހިފުމަށް ޓަކައި ރަނގަޅު ހައްލުތަކާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ކުންފުނިން ވަނީ ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފަ އެވެ.
އިނޮވޭޝަނާއި ކަސްޓަމަރުންގެ ހިތްހަމަޖެހުމަށް އަލީބާބާ ކްލައުޑްގެ ޚިދުމަތް ދާދި ފަހުން ތައާރަފްކުރި އިރު، އޭގެ ތެރޭގައި ފުރަތަމަ ކްލައުޑް ބޭސްޑް ބްލޮކްޗެއިން ހިދުމަތާއި ފުރަތަމަ ފަހަރަށް އޯޕަން ސޯސް އޭއައި ޕްލެޓްފޯމާއި އޭއައި ޕަވާޑް ސާޗް އިންޖީނުގެ އިތުރުން ކްލައުޑް ކޮމްޕިއުޓިން ސޮލިއުޝަންތަކުގެ ކޮމްޕްރިހެންސިވް ސުއިޓް ހިމެނެ އެވެ.
އަލީބާބާ ކްލައުޑްގެ އިންޓަނޭޝަނަލް ޕްރޮޑަކްޓް އިނޮވޭޝަން ސެންޓަރާއި ޕާޓްނަރު މެނޭޖްމަންޓް ސެންޓަރު ހުޅުވުމާއެކު ކަސްޓަމަރުންގެ ހިދުމަތްތައް އިތުރަށް ހަރުދަނާވެ، ކަސްޓަމަރުންގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ތައްޔާރުވެފަ އެވެ.
ރިސާޗް އެންޑް ޑިވެލޮޕްމަންޓަށް އެ ކުންފުނިން ކުރަމުން އަންނަ އިންވެސްޓްމަންޓާއި އިނޮވޭޝަނަށް ދޭ ސަމާލުކަމުގެ ސަބަބުން ކްލައުޑް ކޮމްޕިއުޓިން އިންޑަސްޓްރީގައި ލީޑިން ކުންފުންޏެއްގެ މަގާމު ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ އެވެ.
އަލީބާބާ ގްރޫޕް ހޯލްޑިން ލިމިޓެޑަކީ އީ-ކޮމާސް، ރީޓެއިލް، އިންޓަނެޓް އަދި ޓެކްނޮލޮޖީގެ ދާއިރާއިން ސްޕެޝަލައިޒްވެފައިވާ ޗައިނާގެ މަލްޓިނޭޝަނަލް ކޮންގްލޯމަރޭޓް ހޯލްޑިން ކުންފުންޏެކެވެ. މިއީ 1999 ވަނަ އަހަރު ޖެކް މާ އާއި ޗައިނާގެ ހަންގްޒޫގެ 18 ކޯ ފައުންޑަރުންގެ ގްރޫޕަކުން އުފެއްދި ޖަމިއްޔާއެކެވެ.
އެންމެ ފުރަތަމަ އަލީބާބާ ފެށުނީ ޗައިނާގެ އުފެއްދުންތެރިން، ބައިނަލްއަގުވާމީ ގަންނަ ފަރާތްތަކާ ގުޅުވައިދޭ ބިޒްނަސް ޓު ބިޒްނަސް (ބީޓޫބީ) މާކެޓެއްގެ ގޮތުގަ އެވެ. ނިއުޔޯކް ސްޓޮކް އެކްސްޗޭންޖުގައި 2014 ވަނަ އަހަރު އަލީބާބާގެ އިނިޝިއަލް ޕަބްލިކް އޮފަރިން (އައިޕީއޯ) އިން 25 ބިލިއަން ޑޮލަރު ހޯދިއިރު، މިއީ އޭރު ތާރީހުގައި ވެސް އެންމެ ބޮޑު އައިޕީއޯ އެވެ.
މިއަދު އަލީބާބާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އީ-ކޮމާސް ކުންފުނި ކަމަށްވާއިރު، އެ ކުންފުނީގެ މާކެޓް ކެޕިޓަލައިޒޭޝަން 800 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރަ އެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.