ގަރލްސް ޓު ކޯޑު ޕްރޮގްރާމް ލާމު އަތޮޅުގައި ފަށައިފި

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގެ ފަރާތުން އަންހެން ކުދިންނަށް ޚާއްޞަކޮށްގެން ކޯޑިންގ ދަސްކޮށް ދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމް ގަރލްސް ޓު ކޯޑްގެ ލާމު އެޑިޝަން ފަށައިފިއެވެ.

ގާލްސް ޓު ކޯޑް ޕްރޮގްރާމުގައި ބައިވެރިންނަށް އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާސްކްރިޕްޓް ބޭނުންކޮށްގެން ބޭސިކް ކޯޑިން ހުނަރު ދަސްކޮށްދޭނެއެވެ. ކްލާސްތައް ނިމޭއިރު ބައިވެރިންނަށް ދަސްވި ހުނަރު ބޭނުންކޮށްގެން އަމިއްލަ ވެބްސައިޓެއް ފަރުމާކުރެވޭނެއެވެ.

2 މަސް ދުވަހަށް އޮންލައިންކޮށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ފެށުނީ 22 ޖަނަވަރީ 2023 ގައެވެ. 14 އަހަރާއި 20 އަހަރުގެ އަންހެން ކުދިންނަށް ޚާއްސަކޮށްގެން ބާއްވާ މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ޓެކްނޮލޮޖީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް މި ދާއިރާއަށް ޝައުގުވެރިކުރުވާ މި މަސައްކަތަށް ވަނުމަށް ބާރުވެރިކުރުވުމެވެ.

" ވަޒީފާގެ ދާއިރާއިން ކޮންމެ މަގެއް އިޚްތިޔާރު ކުރިޔަސް، ކޯޑިންގ އަކީ ތި ހުރިހާ ބައިވެރިންނަށްވެސް ފައިދާހުރި ހުނަރަކަށްވާނެކަން ޔަޤީން. އަދި މީގެ ސަބަބުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުވެ އައު ފުރުސަތުތަކެއްވެސް ހުޅުވިގެންދާނެ." ގަރލްސް ޓު ކޯޑް ލާމު އެޑިޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ދިރާގުގެ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވިއެވެ.

ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސާ މަރިޔަމް އަސްނާ ސައީދު ވިދާޅުވީ ގާލްސް ޓުކޯޑް ޕްރޮގްރާމްއަކީ ސޮފްޓްވެއަރ ޑެވޮލޮޕަރ އަކަށްވުމަށްޓަކައި އެޅޭ އެންމެ ފުރަތަމަ ބިންގާކަމަށާއި މި ޕްރޮގްރާމްގެ ބޭނުން ވަރަށް ރަނގަޅަށް ހިފައި، ދަސްކޮށްދޭ ކޯޑިންގ ހުނަރުތަކާއި، މައުލޫމާތުތައް ވަރަށް ރަނގަޅަށް ދަސްކުރާނެކަމަށް އުއްމީދު ކުރާކަމަށެވެ.

މިޕްރޮގްރާމަކީ ގަރލްސް ޓު ކޯޑް ސީރީޒްގެ 4 ވަނަ ޕްރޮގްރާމްއެވެ. މީގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށް ގެންދެވިފައިވަނީ 2019 ވަނަ އަހަރު ޏ.ފުވައްމުލަކު ގައެވެ. އަދި ދެވަނަ ޕްރޮގްރާމް ހިންގިފައިވަނީ 2021 ވަނަ އަހަރު ގދ. ތިނަދޫގައެވެ. އަދި 3 ވަނަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2021 ވަނަ އަހަރުގެ ފަހުކޮޅު ހދ. ކުޅުދުއްފުށީގައެވެ.

ގުޅުން ހުރި ލިޔުން

ގަރލްސްޓު ކޯޑު މިފަހަރު ލާމު އަތޮޅަށް!

ވިމެން އިން ޓެކް މޯލްޑިވްސް

ވިމެން އިން ޓެކް މޯލްޑިވްސް

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި މިދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އަންގައިދީ ހޭލުންތެރިކުރުވައި، އީޖާދީ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.