ބޭބީ، ނެޕީ: ސްމާޓް ނެޕީއަކަށް ބަދަލުކޮށްލުމަށް ސެންސަަރެއް!

އަޙްމަދު ދާއޫދު 08 ފެބްރުއަރީ 2023

ތުއްތު ކުދިން ބަލަހައްޓައިދޭ "ކެއާ ޕްރޮވައިޑަރުންނަށް" ނުވަތަ ތުއްތު ކުދިންގެ މަންމައިނަށް ނުވަތަ އެފަދަ ކުދިންގެ ބެލެނިވެރިންނަށް އެހީވުމުގެ ގޮތުން ތުއްތު ދަރިފުޅުގެ ނެޕީބަދަލުކުރަން ވެއްޖެކަން އަންގައިދިނުމަށް އެހީވެދޭ ސެންސަރެއް އުފައްދައިފިއެވެ.

ތުއްތު ކުދިންގެ ތަފާތު ވައްތަރުތަކުގެ ނެޕީތަކަށް އިންޓަގްރޭޓް ކުރެވޭގޮތަށް އުފައްދާފައިވާ މި ސެންސަރު ބޭނުންކޮށްގެން ތުއްތު ދަރިފުޅުގެ ނެޕީ ސްމާޓްނެޕީ އަކަށް ބަދަލުކޮށްލެވޭއިރު، މި ސެންސަރަކީ ވަރަށް އަގުހެޔޮ އަދި ބޭނުންކުރަން ފަސޭހަ ސެންސަރަކަށް ވާތީ، މިއީ ވަރަށް ބޮޑު ތަރުހީބެއް ލިބޭނެފަދަ އުފެއްދުމެއް ކަމަށް ބެލެވެއެވެ.

ނެޕީހަޑިވުމުން ނެޕީބަދަލު ކުރަން ވެއްޖެކަން އަންއިދިނުމުގެ އިތުރުން މި ސެންސަރުގެ އެހީގައި ކާޑިއެކް އެރެސްޓް އަދި ނިއުމޯނިއާ ފަދަ ސިއްހީ އެކި އެކި ކަންބޮޑުވުންތައް ދެނެގަނެވޭނެއެވެ. އެހެންކަމުން މިސެންސަރަކީ ސެލްފް ޕަވާޑް ހެލްތް މޮނިޓަރެއްގެ ގޮތުގައިވެސް ބޭނުން ކުރުމަށްވެސް ފުރުސަތު ހުޅުވިގެން ދެއެވެ.

މި ސެންސަރު އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެމެރިކާގެ "ޕެން ސްޓޭޓް ޔުނިވާސިޓީ"ގެ ޕްރޮފެސަރު ހުއާނިއު ޗެންގް ވިދާޅުވި ގޮތުގައި އަމާޒަކީ ތުއްތު ދަރިފުޅަށް ދިމާވާ މިފަދަ މައްސަލަތައް ދެނެގަތުމާއި، ބަލިތަކުގެ ހާލަތްތަކާއި ސިއްހީ ހާލަތްތަކާ ބެހޭ ގޮތުން އަވަހަށް އަންދާޒާކުރުމެވެ. މި ސެންސަރަކީ އާދަޔާ ޚިލާފަށް އަންނަ ބަދަލުތަކަށް ވަރަށް ބޮޑަށް ސެންސިޓިވް ސެންސަރެއް ކަމަށާއި، މި ސެންސަރަކީ ވަރަށް ގިނަ ރިލޭޓިވް އާމިޑިޓީ ލެވެލްތަކުގައި ސައްހަ ރީޑިންތަކެއް ފޯރުކޮށްދޭ ސެންސަރެއްކަމަށް އޭނާ ވިދާޅުވިއެވެ.

މި ސެންސަރު ފަރުމާކޮށްފައިވަނީ އާދަޔާ ހިލާފަށް އަންނަ ބަދަލުތަކަށް ރިއެކްޓްކުރާ ގޮތަށް ކަމުން އެފަދަ ބަދަލެއް ނެޕީއަށް އަތުވެއްޖެނަމަ އެ ސެންސަރުން އެކަން އަންގައިދެއެވެ. އަދި މީގެ އިތުރުންވެސް މި ސެންސަރުން ދަރިފުޅުގެ ވަށައިގެންވާ މާހައުލަށް އަންނަ ބަދަލުތައް ދެނެގަނެ، ސްމާޓްފޯނަކަށް ސިގްނަލް ފޮނުވައެވެ.

ސްމާޓް ޑައިޕާސް އަދި މާސްކް ބޭސްޑް ރެސްޕިރޭޝަން މޮނިޓަރިން ފަދަ ވަޔަލެސް އެޕްލިކޭޝަންތަކަށް މި ސެންސަރު ގުޅިފައި ހުންނަނީ ބްލޫޓޫތު މެދުވެރިކޮށް ސްމާޓްފޯނަކަށް ޑޭޓާ ފޮނުވައިދިނުމުގެ ބާރު ދޭ ކުޑަ ލިތިއަމް ބެޓެރީއެއް މެދުވެރިކޮށެވެ.

މިސެންސަރުގެ އެހީގައި ދަރިފުޅުގެ ނޭވާލުމުގެ ނިޒާމްވެސް މޮނިޓާ ކުރެވޭއިރު، އެފަދަ ކަންކަމަށް ބޭނުންވާހިނދު މިސެންސަރު އިންޓަގްރޭޓް ކުރަނީ ފޭސް މާސްކެއްގައެވެ. އެހެންކަމުން މި ސެންސަރުން އަނގައިން ނޭވާލުމާއި ނޭފަތުން ނޭވާލުމާއި ތަފާތުކޮށް، ނޭވާލާ ތިން ސްޓޭޓެއް ކެޓަގަރައިޒް ކޮށްލަދެއެވެ.

މި އާ ސެންސަރަކީ ޞިއްޙީ ޚިދުމަތުގައި އެޅުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، ނޭވާލާ ނިޒާމު ބެލެހެއްޓުމާއި، ހަމުގެ ހޫނުކަން ދެނެގަތުން ފަދަ ތަފާތު އެޕްލިކޭޝަންތަކަށް ބޭނުންކުރެވިދާނެ އުފެއްދުމެއްކަށް ރިޕޯޓްތައް ބުނެއެވެ. އަގުހެޔޮ، ފަސޭހައިން އުފެއްދޭނެ މި ސެންސަރު އުފެއްދުމުން، ސިއްހީ އެކި އެކި ކަންބޮޑުވުންތައް ދެނެގަނެ، މުޅި ސިއްހަތާއި ދުޅަހެޔޮކަން ރަނގަޅުކޮށްދޭ ވެއާބަލް ހެލްތް މޮނިޓަރުތައް އުފެއްދުމުގެ ފުރުސަތު ހުޅުވިގެން ދާނެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.