ޗެޓްޖީޕީޓީ ޓެކްއަށް ދާއިރާގެ ތަޖްރިބާކާރަކު ފާޑުކިޔައިފި

އަޙްމަދު ދާއޫދު 19 ފެބްރުއަރީ 2023

އޭއައި ޗެޓްބޮޓެއް ކަމަށްވާ ޗެޓްޖީޕީޓީގެ ފަހަތުގައި ވާ އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީއާ ދެކޮޅަށް އިންޓަނެޓް އުފެއްދުމުގައި އިސްކޮށް އުޅުއްވި އަދި އެ ކުންފުނީގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ "ކޮމްޕިއުޓިން ޕަޔޯނިއަރ" ވިންޓް ސެރްފް ވަރަށް ބޮޑަށް ފާޑުކިޔައި ވާހަކަ ދައްކަވައިފި އެވެ.

ސެލެސްޓާ ކެޕިޓަލްގެ ޓެކްސާޖް ސަމިޓްގައި ވާހަކަ ދައްކަވަމުން ސެރްފް ވަނީ ޗެޓްޖީޕީޓީއަށް "ސްނެކް އޮއިލް" ގެ ނަމުން ސިފަކުރައްވާފައެވެ. އޭނާ އޭއައި ޓެކްނޮލޮޖީ "ސެލެޑް ޝޫޓަރަކާ" އެއްވަރުކޮށް ވިދާޅުވީ "ހަގީގަތްތައް ހުރިހާ ދިމާލަކުން ވެސް އޮންނާނެ ކަމަށާއި އެއަށް ވުރެ ރަނގަޅަށް ނޭނގޭތީ އެ ޓެކްނޮލޮޖީ އެއްކޮށްލަނީ" ކަމަށެވެ.

ޗެޓްޖީޕީޓީ އާއި އެހެނިހެން ބޮޑެތި ބަހުގެ މޮޑެލްތަކަކީ ސުވާލުތަކަށް ޖަވާބު ދިނުމާއި އީމެއިލްތައް ޑްރާފްޓްކުރުމާއި ޕްރެޒެންޓޭޝަންތައް ސަމަރައިޒްކޮށް، އަދި އެނޫންވެސް ގިނަ މަސައްކަތްތަކެއް ކޮށްގެން އޮންލައިން އިންޓަރެކްޝަންތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ގާބިލުކަން ލިބިފައިވާ މޮޑެލްތަކެކެވެ. އެހެންނަމަވެސް، ސަރފްގެ ކަންބޮޑުވުންތައް އުފެދިފައި މިވަނީ، އޯޕަންއޭއައިގެ ބަހުގެ ޓެކްނޮލޮޖީގެ އެހީގައި މައިކްރޮސޮފްޓްގެ ސަރޗް އިންޖީން، ބިންގް، އިންވެސް ހަގީގަތާ ޚިލާފު ގޯސްތަކާއި، އާދަޔާ ޚިލާފު ޗެޓް ބިހޭވިއަރތަކެއް ފެނިފައިވާ ދަނޑިވަޅެއްގައެވެ.

ސެރްފް ވިދާޅުވީ ޗެޓްޖީޕީޓީއަކީ ހަގީގަތާ ހިލާފު ފައުންޑޭޝަނަކުން ދޮގު މައުލޫމާތު ތަކެއް ހަދައިފާނެ ޓެކްނޮލޮޖީއެއްކަން އެނގުމުން ވަރަށް ކަންބޮޑުވާ ކަމަށެވެ. އޭނާ މިސާލެއް ގެނައީ ޗެޓްޖީޕީޓީއަށް އޭނާގެ އަމިއްލަ ބައޮގްރަފީ ލިޔުމަށް ބުނުމުން ޗެޓްބޮޓުން ލިޔުނު ބައޮގްރަފީގައި ވަރަށްގިނަ ކަންތައްތަކެއް ނުބައިކޮށް އަދި ދޮގު މައުލޫމާތު ހުރިކަމަށް ފާހަގަވުމުންނެވެ.

މި ޓެކްނޮލޮޖީގެ ރެސްޕޮންސް ބިނާކުރުމަށް ގިނަ އަދަދެއްގެ ޓްރެއިނިން ޑޭޓާއިން ފެނުނު ސްޓެޓިސްޓިކަލް ޕެޓާންތައް ބޭނުންކުރާ ކަމަށާއި ނަމަވެސް އެ ޓެކްނޮލޮޖީން ދައްކާ ވާހަކަތަކުގެ ހަގީގީ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ސެރްފް ވިދާޅުވި އެވެ.

މިދިޔަ ނޮވެމްބަރު މަހު ޗެޓްޖީޕީޓީ ތައާރަފުކުރި އޭއައި ރިސާޗް ލެބް، އޯޕަންއޭއައި އިން ޓެކްނޮލޮޖީގެ އުނިކަންތައްތައް ސާފުކޮށް ދީފައިވީ ނަމަވެސް އަމާޒަކީ "ކޮންޓިނިއުސް ރިޓަރޭޝަން" މެދުވެރިކޮށް އެކަން ރަނގަޅު ކުރުމެވެ.

ޗެޓްޖީޕީޓީ އޭއައި ޓެކްނޮލޮޖީއަށް ފާޑުކިޔުއްވުމާއެކު، ސެރްފް ގެންދަވަނީ މިފަދަ ބައެއް ޓެކްނޮލޮޖީތަކުގެ ސަބަބުން ޢާއްމުންނާއި، މުޖުތަމަޢުގައި މައްސަލަ ޖެހުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި އެ ޓެކްނޮލޮޖީތައް ކޮންޓްރޯލްކޮށް ހިފެހެއްޓޭނެ ގޮތްތައް ހޯދުމުގައި އިންޖިނިއަރުން ޒިންމާދާރުވުމަށް ގޮވާލަމުންނެވެ.

ސެރްފްގެ މި ވާހަކަތަކަކީ "ޓިއުރިން އެވޯޑް" ހާސިލްކޮށްފައިވާ ސެރްފް ފަދަ އެހެން ތަޖްރިބާކާރެއް ކަމަށްވާ ޗިޕް ޑިޒައިން ޕައިނިއަރ އަދި ސްޓެންފޯޑްގެ ކުރީގެ ރައީސް ޖޯން ހެނެސީ ގެ ވާހަކަތަކާ މުޅިން ޚިލާފް ވާހަކަތަކެކެވެ. ހެނެސީ ވިދާޅުވަނީ ޗެޓްޖީޕީޓީގެ ސަބަބުން މުސްތަޤްބަލްގައި ޓެކްނޮލޮޖީ މުޅިން އެހެންމަރުހަލާއަކަށް ގޮސް މިދާއިރާގައި އެ ޓެކްނޮލޮޖީ ވެގެން ދާނީ ބޮޑު އިންގިލާބަކަށް ކަމުގައެވެ.

އެހެންނަމަވެސް، ސެރްފްގެ ފާޑުކިޔުންތަކުގައި، އޭއައި ޓެކްނޮލޮޖީތަކުގެ ސަބަބުން އުފެދޭ އަޚްލާޤީ މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލާފައިވާއިރު، އެޓެކްނޮލޮޖީތަކަކީ، އެޓެކްނޮލޮޖީތަކުގެ ރައްދުތަކުގައި އިތުބާރުކުރެވޭ އަދި ޞައްޙަ މަޢުލޫމާތުތަކެއް އުފައްދައިދޭ ޓެކްނޮލޮޖީތަކެއްކަން ކަށަވަރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.