އީ3 2023ގައި ބައިވެރި ނުވާނެ ކަމަށް ނިންޓެންޑޯ އިން ބުނެފި

އަޙްމަދު ދާއޫދު 25 ފެބްރުއަރީ 2023

ކުރިއަށް އޮތް އީ3 2023 އިވެންޓުގައި ބައިވެރި ނުވާނެ ކަމަށް ނިންޓެންޑޯ އިން ބުނެފި އެވެ. އެންގެޖެޓް އަށް ދިން ބަޔާނެއްގައި އެ ކުންފުނިން ބުނީ ސަޕޯޓަރުންނާ ގުޅުން ބަދަހި ކުރުމަށް އަބަދުވެސް ތަފާތު ގޮތްތަކާ މެދު ވިސްނަމުން ދިޔަ ނަމަވެސް މި އަހަރު އެ ޝޯ އެ މީހުންގެ ޕްލޭންތަކަށް ނުފެތޭ ކަމަށެވެ. ނަމަވެސް އެންޓަޓެއިންމަންޓް ސޮފްޓްވެއާ އެސޯސިއޭޝަން (އީއެސްއޭ) އާއި އީ3 އިވެންޓަށް އެއްބާރުލުން ދެމުން ގެންދާކަން ވެސް އެ މީހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އީ3 ޝޯފްލޯރގައި ފާހަގަކޮށްލެވޭ ނިންޓެންޑޯއަކީ ޓްރީހައުސް ބްރޯޑްކާސްޓްތަކާއި ޑައިރެކްޓްސް މުޅި އިވެންޓުގައި ވެސް ހިންގަމުން އަންނަ ތަރިއެކެވެ. އެ ކުންފުނިން އެންމެ ފަހުން ބައިވެރިވީ 2019 ވަނަ އަހަރުގެ އީ3 އެޑިޝަންގެ އިތުރުން 2021 ވަނަ އަހަރު ބޭއްވި އޯލް ޑިޖިޓަލް އިވެންޓުގަ އެވެ. ނަމަވެސް 2020 ވަނަ އަހަރު ނުވަތަ 2022 ވަނަ އަހަރު އީ3 އެއް ނެތެވެ.

މިއަހަރުގެ އީ3 އިންވެންޓްގައި ނިންޓެންޑޯ ބައިވަރި ނުވާނެކަމުގެ ޚަބަރު ޓެކް ނޫސްތަކުގެ ފަލަސުރުޚީޢަށް އަރާފައި މި ވަނީ މައިކްރޮސޮފްޓާއި ސޮނީއާއެކު ނިންޓެންޑޯ މިއަހަރު އީ3 އަށް ނުދާނެ ކަމަށް އައިޖީއެން އިން މި މަހުގެ ކުރީކޮޅު ރިޕޯޓް ކޮށްފައި ވަނިކޮށެވެ. 2018 ވަނަ އަހަރުން ފެށިގެން ސޮނީއިން މި އިވެންޓްގައި ބައިވެރިނުވާއިރު، އެ ކުންފުނިން ވެސް އަދި މައިކްރޮސޮފްޓުން ވެސް މި ފަހަރުގެ އިވެންޓަށް ތައްޔާރުވަމުން ދާކަން އާންމުކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. މައިކްރޮސޮފްޓް ގޭމިންގެ ސީއީއޯ ފިލް ސްޕެންސާ ވަނީ ޖޫން މަހުގެ 13 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހާ ދެމެދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އީ3 އާ އެއް ވަގުތެއްގައި އެ ކުންފުނީގެ އަހަރީ ޝޯކޭސް ބާއްވާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.

މި ބޮޑެތި ކޮންސޯލް އުފައްދާ ކުންފުނިތައް ނެތަސް އެކްސްޕޯއާ ރަސްމީކޮށް ނުގުޅި ނަމަވެސް ޖޫން މަހުގެ މެދުތެރޭގައި ނިންޓެންޑޯ ޑައިރެކްޓް އެއް ބޭއްވުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. މި ހަފުތާގައި ސްޓޭޓް އޮފް ޕްލޭ ސްޓްރީމަކަށް ވުރެ ކުޑަ ސްޓޭލާއަކަށް ފަހު ޕްލޭސްޓޭޝަނުން އީ3 ގެ ކުރިން ބޮޑު ޝޯކޭސްއެއް ބާއްވަން އުޅޭ ކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ.

އީ3 އިން ކޮންސޯލް އުފައްދާ ބޮޑު ތިން ކުންފުނީގެ ތެރެއިން އެންމެ ކުންފުންޏެއް ނެތުމަކީ އީއެސްއޭ އަށާއި އިވެންޓަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. ސަމާ ގޭމް ފެސްޓްގައި ވެސް އީ3ގެ އަޑު ނީވޭނެ ކަމުގެ އިންޒާރު ދެމުން އަންނައިރު، މިއީ އިންތިޒާމުކުރާ ފަރާތްތަކަށް ގޮންޖެހުންބޮޑު އަހަރެކެވެ. ނަމަވެސް ޔޫބިސޮފްޓުން ވަނީ އީ3 ގައި ބައިވެރިވާނެކަން ކަށަވަރުކޮށްދީ، މި ހަރަކާތުގެ ފޭނުންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ދީފަ އެވެ.

އީ3 2023 ގައި ނިންޓެންޑޯ ނެތުމަކީ މާޔޫސްކަމެއް ނަމަވެސް، މިހާރު ފެތުރެމުންދާ ޕެންޑެމިކްގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ބަލާއިރު އެއީ މުޅިން ހައިރާންވާވަރުގެ ކަމެއް ނޫނެވެ. މި ހީނަރުކަމާ އެކުވެސް، މި އަހަރު ގޭމިން އިންޑަސްޓްރީގައި އަދިވެސް ވަރަށް ގިނަ އިންތިޒާރުތަކެއް އެބަހުއްޓެވެ. ޝައްކެއްވެސްނެތްގޮތުގައި އެހެން ބޮޑެތި ކުޅުންތެރިންގެ އިއުލާނުތަކާއި، ހޫނު މޫސުމުގެ ފަހުކޮޅު ނިންޓެންޑޯ ޑައިރެކްޓް އެއް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް ސަޕޯޓަރުން ވަރަށް ބޮޑަށް އިންތިޒާރު ކުރާނެ އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.