ގޫގަލްގެ ކުރިއަށް އޮތް ޕިކްސެލް ފޯލްޑްގެ ފުރިހަމަކަމާއި، ތަފާތު ބޮޑުކަމުގެ ސަބަބުން ޓެކްގެ ދުނިޔޭގައި ހަލަބޮލިކަމެއް އުފެދިފައިވާއިރު، އެ ކުންފުނީގެ ވާދަވެރިޔާ ސެމްސަންގްގެ ގެލެކްސީ ޒެޑް ފޯލްޑް ފަހަތަށް ޖައްސާލެވޭނެ ކަމުގެ އަޑުތައްވެސް ވަނީ ފެތުރިފަ އެވެ.
މިހާރު ބާޒާރުގައި ލިބެން ހުރި ފޯލްޑަބަލް ޑިސްޕްލޭ ޓެކްނޮލޮޖީއަށް ވުރެ ދެމެހެއްޓެނިވި އާ ވައްތަރެއްގެ ފޯލްޑަބަލް ޑިސްޕްލޭ ޓެކްނޮލޮޖީއެއް ޕިކްސެލް ފޯލްޑްގައި ފެންނާނެ ކަމަށް އިންޑަސްޓްރީގެ އެތެރޭގެ ފަރާތްތަކުން ބުނެ އެވެ. މި ޓެކްނޮލޮޖީގައި ފްލެކްސިބަލް ބިއްލޫރި މެޓީރިއަލްއެއް ފުރަތަމަ ފަހަރަށް ބޭނުންކުރާ ކަމުގެ އަޑުތައް ފެތުރިފައިވާއިރު، މިކަމުގެ ސަބަބުން ފޯނުގެ ސްކްރީން ފަޅައިގެން ދިއުން ނުވަތަ ސްކްރެޗްވުމުގެ ފުރުސަތު ކުޑަވެދާނެ އެވެ.
މި އާ ޓެކްނޮލޮޖީއަކީ ނާޒުކުކަމާއި އަގު ބޮޑު ޓެގްތަކުގެ ސަބަބުން ފާޑުކިޔުންތައް އަމާޒުވެފައިވާ ފޯލްޑަބަލް ފޯނު މާކެޓަށް އަންނަ ބޮޑު އިންގިލާބެއް ކަމަށް ބެލެވެ އެވެ. އަދި ޕިކްސެލް ފޯލްޑުގެ ސަބަބުން މިހާރަށްވުރެ ހެޔޮ އަގެއްގައި މިއަށްވުރެ ދެމެހެއްޓެނިވި ގޮތެއްގައި ފޯލްޑަބަލް ފޯނުތައް ބާޒާރުން ލިބިގެންދާނެކަމަށް ރިޕޯޓްތައް ބުނެއެވެ.
ގެލެކްސީ ޒެޑް ފޯލްޑް އަކީ ފޯލްޑަބަލް ސްމާޓްފޯންތަކުގެ ލީޑަރަކަށް ވާއިރު، މިހާތަނަށް ނިކުތް މިބާވަތުގެ ފޯނުތަކުން ވަނީ މައްސަލަތަކެއް ވަނީ ކުރިމަތިވެފައިކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން 2019 ވަނަ އަހަރު ރިލީޒްކުރި ފުރަތަމަ ޖެނެރޭޝަންގެ މޮޑެލްއަށް ދިމާވި މައްސަލަތަކުގެ ތެރޭގައި ފޯނުގެ ހުޅުފަތް ނުވަތަ ހިންޖްގެ ތެރެއަށް ކުނިބުނި އެޅުމުގެ ސަބަބުން ސްކްރީނަށް ގެއްލުން ލިބެއެވެ. އަދި ހަމަ އެހެންމެ 2020 ވަނަ އަހަރު ނެރުނު ސެކަންޑް ޖެނެރޭޝަން މޮޑެލްގައިވެސް މިފަދަ ބައެއް މައްސަލަތަކަށް ހައްލު ހޯދައިދީފައިވީ ނަމަވެސް އަދިވެސް ސްކްރެޗްތަކާއި ފަޅައިގެން ދިއުމުގެ ފުރުސަތު އެ ސީރީސްގައި އެބައޮތެވެ.
އަލަށް ނެރުމަށް ހަމަޖެހިފައިވާ ގޫގަލްގެ ޕިކްސެލް ފޯލްޑްގެ ފްލެކްސިބަލް ބިއްލޫރި ޓެކްނޮލޮޖީ ބޭނުންކުރުމުގެ ސަބަބުން ދެމެހެއްޓެނިވި އަދި އިތުބާރު ހިފޭ ފޯލްޑަބަލް ސްމާޓްފޯނެއް ކަސްޓަމަރުންނަށް މިހާރަށް ވުރެ ފަހި އޮޕްޝަނަކަށް ވެގެންދާނެ ކަމަށް ގިނަ ރިޕޯޓްތައް ބުނެއެވެ.
ޕިކްސެލް ފޯލްޑްގެ ދެމެހެއްޓެނިވި ޑިސްޕްލޭގެ އިތުރުން، ސްލީކް ޑިޒައިނަކާއި ހިތްގައިމު ސްޕެކްތަކެއް ހުންނާނެ ކަމަށް ބެލެވޭ އިރު، އޭގެ ތެރޭގައި ހައި ރިފްރެޝް ރޭޓް ޑިސްޕްލޭ، ފާސްޓް ޗާޖިން އަދި 5ޖީ ކަނެކްޓިވިޓީ ހިމެނެ އެވެ. މި ފީޗާތަކުގެ ސަބަބުން ޕިކްސެލް ފޯލްޑަކީ ފޯލްޑަބަލް ސްމާޓްފޯން މާކެޓުގައި ސީރިއަސް ވާދަވެރިއަކަށް ވެދާނެ ކަމަށް ބެލެވެއެވެ.
ގޫގަލްގެ ޕިކްސެލް ފޯލްޑް އަތްފޯރާ ފަށުގައި އޮތްކަން ގޫގުލް އިން ކަށަވަރުކޮށްދީފައި ނުވި ނަމަވެސް ލީކުވަމުންދާ ވާހަކަތަކުންނާއި ޓެކްދާއިރާގެ ޚަބަރުތަކުން އެނގެނީ ހަގީގަތުގައި ވެސް އެ ކުންފުނިން މަސައްކަތް ކުރަނީ ފޯލްޑަބަލް ސްމާޓްފޯނެއް ވަރަށް އަވަހަށް ގެނައުމަށް ކަމެވެ. ޑިސްޕްލޭ ޓެކްނޮލޮޖީއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނަމަ، ވާދަވެރިންގެ މައްޗަށް ގޫގުލް އަށް ބޮޑު ކުރިއެރުމެއް ލިބުމަކީ އެކަށީގެންވާ ކަމެއްކަން ޔަޤީނެވެ.
ފޯލްޑަބަލް ސްމާޓްފޯނަކީ ވަރަށް އާ ކޮންސެޕްޓަކަށް ވާއިރު، އިތުރު ކުންފުނިތައް ބާޒާރަށް ނުކުންނަ ވަރަކަށް ވާދަވެރިކަން ބޮޑުވާނެ ކަމަށް ބެލެވެ އެވެ. އެގޮތުން އެޕަލް އިން 2023 ވަނަ އަހަރު ނެރޭނެ ކަމަށް ބެލެވޭ ފޯލްޑަބަލް ސްމާޓްފޯނެއް އުފައްދަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.
މިހުރިހާ ކަމަށްވުރެ ގޫގަލްގެ އާ ޓެކްނޮލޮޖީ ޑިސްޕްލޭއެއް އުފެއްދުމުގެ ފުރުޞަތު އޮތުމުން ޕިކްސެލް ފޯލްޑަކީ އަދި މިހާތަނަށް ނެރޭ އެންމެ މަޤްބޫލު ފޯނަށްވެ، ގެލެކްސީ ޒެޑް ފޯލްޑް ބޭނުންކުރާ ބައެއް މީހުންވެސް ސެމްސަންގާއި ދުރަށް ޖެހިދާ ޕިކްސެލް އަށް ބަދަލުވެދާނެކަމަށް ބެލެވެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.