ޔުނިވާސިޓީ އޮފް ކެލިފޯނިއާ ބާކްލީގެ އާ ދިރާސާއަކުން ދައްކާ ގޮތުގައި މެޓަވާސް ބޭނުންކުރާ މީހުންގެ ހިމާޔަތުގައި އިނޮވޭޓިވް އާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ނުލައި މެޓާވާސްގައި ޕްރައިވެސީ އަކީ ނާދިރު ކަމަކަށް ވެދާނެ އެވެ.
ގްރެޖުއޭޓް ރިސާޗަރު ވިވެކް ނާޔަރު އިސްކޮށް ހުރެ ނެރުނު މި ދިރާސާ އަކީ ސެންޓާ ފޯ ރެސްޕޮންސިބަލް ޑިސެންޓްރަލައިޒްޑް އިންޓެލިޖެންސް (އާރް.ޑީ.އައި) ގައި ކުރިއަށް ގެންދިޔަ ދިރާސާއެއް ކަމަށާއި އޭގެ ތެރޭގައި ވާޗުއަލް ރިއަލިޓީ (ވީ.އާރް) ގައި ޔޫޒަރ އިންޓަރެކްޝަންގެ އެންމެ ބޮޑު ޑޭޓާސެޓް ހިމެނޭ ކަމަށާއި އެއީ ޕްރައިވެސީ ރިސްކުތަކަށް މިހާތަނަށް ބަލާފައިވާ ދިރާސާއެއް ކަމަށެވެ.
މި ދިރާސާގެ ނަތީޖާ މިހާ ހައިރާންކުރުވަނިވި ކަމަކަށްވަނީ މެޓާވާސް ބޭނުންކުރާ މީހަކު ވަކިން ދެނެގަތުމަށް ހަގީގަތުގައި ވަރަށް ކުޑަ ޑޭޓާއެއް ބޭނުންކުރާތީވެއެވެ.
ސިމްޕަލް މޯޝަން ޑޭޓާ އެހާ ސިމްޕަލްއެއް ނޫން
މެޓާވާސް ޕްރައިވެސީ ދިރާސާކުރާ ގިނަ ރިސާޗަރުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކުން ސަމާލުކަންދެނީ ޒަމާނީ ވީ.އާރް ހެޑްސެޓްތަކުގައި ހުންނަ ގިނަ ކެމެރާތަކާއި މައިކްރޯފޯންތަކުގެ މައްޗަށެވެ.
އީ.އީ.ޖީ ސެންސަރު ފަދަ ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކާ މެދު ވެސް ބައެއް ސައިންސްވެރިން ކަންބޮޑުވެ އެވެ.
މި މުއްސަނދި ޑޭޓާ ސްޓްރީމްތަކުގެ ސަބަބުން މެޓާވާސްގައި ޕްރައިވެސީއަށް ބޮޑެތި ނުރައްކާތަކެއް މިވަނީ ކުރިމަތިވެފައެވެ. މިހެން ވަނީ އެންމެ ބޭސިކް ޑޭޓާ ސްޓްރީމްތަކުންވެސް ވާޗުއަލް ދުނިޔެއާއި ގުޅުމަށް ބޭނުންވާތީވެއެވެ.
ވާޗުއަލް ދުނިޔެއާއި ގުޅުމަށް ޔޫޒާގެ އެންމެ ބޭސިކް "ޓެލެމެންޓްރީ ޑޭޓާ" ބޭނުންކުރެއެވެ.
ސިކުންތުކޮޅެއްގެ ތެރޭގައި އައިޑެންޓިފިކޭޝަން
ބާކްލީގެ ދިރާސާއަކުން (Unique Identification of 50,000-plus Virtual Reality Users from Head and Hand Motion Data) ދައްކާގޮތުގައި އެންމެ 100 ސިކުންތުގެ މޯޝަން ޑޭޓާއިން ތަފާތު ގޮތަކަށް ޔޫޒާ ދެނެގަނެއެވެ.
މި ދިރާސާއިން 2.5 މިލިއަނަށް ވުރެން ގިނަ ވީ.އާރު ޑޭޓާ ރެކޯޑިން ބަލައި، 50،000 ކުޅުންތެރިންގެ ޑޭޓާ އެނެލައިޒްކޮށްފައިވެއެވެ.
މީގެއިން އިނގިގެން ދިޔައީ 100 ސިކުންތުގެ މޯޝަން ޑޭޓާ ބެނުންކޮށް %94 ޔަޤީންކަމާއެކީ ޔޫޒާ ދެނެގަނެވެއެވެ.
އެހެން ގޮތަކަށް ބުނާނަމަ މިކްސްޑް ރިއަލިޓީ ހެޑްސެޓެއް ބޭނުންކުރުމަށް އަހަރެމެން ޑިޖިޓަލް ދުނިޔެއާއި ގުޅިލާ ކޮންމެ ވަގުތަކު އެދުނިޔޭގައި އަހަރެމެންގެ ޑިޖިޓަލް ފިންގާޕްރިންޓް ބެހެއްޓިގެންދެއެވެ.
ދެން ސުވާލަކީ ވާޗުއަލް ދުނިޔޭގެ އަހަރެމެންގެ މި އިނގިލީގެ ނިޝާނާއި އަސްލު ދުނިޔޭގެ އިނގިލީގެ ނިޝާނާއި އެއްވެސް ތަފާތެއް އެބަހުރިބާއެވެ.
އެންމެނަށްވެސް އިނގޭ ގޮތުގައި އެއްވެސް ދެމީހެއްގެ އިނގިލީގެ ނިޝާނަކީ އެއްގޮތް އެއްޗެއް ނޫނެވެ.
ނަން ހާމަނުކުރުން ނައްތާލުން
ބާކްލީގެ ދިރާސާއިން ދައްކާ ގޮތުގައި ވީ.އާރް ބޭނުންކުރާ މީހަކު އެ މީހުންނާ ދިމާލަށް އުދުހޭ އެއްޗަކަށް ވާޗުއަލް ސެބަރެއް ފަދަ އެއްޗެއް ސްވިންގް ކުރާއިރު، އެ މީހުން ދޫކޮށްލާ މޯޝަން ޑޭޓާ އަކީ އެމީހެއްގެ އަސްލު ހަގީގީ ދުނިޔޭގެ އިނގިލީގެ ނިޝާނަށް ވުރެ ބޮޑަށް ކާކުކަން ދެނެގަނެވޭނެ ޑޭޓާއަކަށް ވެދާނެ އެވެ.
މިކަމުގެ ސަބަބުން ޕްރައިވެސީގެ ނުރައްކާ ވަރަށް ބޮޑުވެފައިވާއިރު، މެޓާވާސްގައި ނަން ހާމަނުކުރުން ނައްތާލެވިދާނެ އެވެ.
މީގެ އިތުރުން، މި އެއް މޯޝަން ޑޭޓާ ބޭނުންކޮށްގެން ބޭނުންކުރާ ފަރާތްތަކާ ބެހޭ ގޮތުން ވަކި ވަކި ފަރުދީ ސިފަތަކެއް، އޭގެ ތެރޭގައި އުސްމިނާއި އަތްތެރިކަމާއި ޖިންސު ވެސް ހިމެނޭ ގޮތަށް ރަނގަޅަށް އަންދާޒާ ކުރެވިދާނެ އެވެ.
އަދި ވާޗުއަލް އަދި އޮގްމެންޓެޑް މާހައުލުތަކުގައި އާންމުކޮށް ޓްރެކްކުރާ އެހެނިހެން ޑޭޓާތަކާ އެއްކޮށްލުމުން، މި މޯޝަން ބޭސްޑް ފިންގަޕްރިންޓިން މެތަޑުން މިއަށްވުރެ ވެސް ސައްހަ އައިޑެންޓިފިކޭޝަންތަކެއް ލިބުމުގެ ފުރުސަތު އެބައޮތެވެ.
މޯޝަން ޑޭޓާއަކީ މެޓަވާސްއަށް މުހިންމު އެއްޗެއް
ބާކްލީގެ ދިރާސާއިން ދައްކާ ގޮތުގައި މި އާންމު ހަރަކާތްތަކަކީ އިނގިލީގެ ނިޝާނާއި އެއްވަރަށް އަހަރެމެން ކޮންމެ މީހަކަށް ވެސް ހާއްސަ ހަރަކާތްތަކެކެވެ.
އެހެންކަމަށްވާނަމަ، މި "މޯޝަން ޕްރިންޓްސް" ގެ މާނައަކީ ކެޝުއަލް ޝޮޕަރުންނަށް ވަކިން ދެނެގަނެވިގެން ނޫނީ ވާޗުއަލް ސްޓޯރަކަށް ޒިޔާރަތް ނުކުރެވޭނެކަމެއް ކަމުގައި ބުނެވިދާނެއެވެ.
މި ޕްރައިވެސީގެ މައްސަލަ ހައްލު ކުރާނީ ކިހިނެއް؟
އެއް ގޮތަކީ ބޭނުންކުރާ ފަރާތުގެ ހާޑްވެއާއިން ބޭރުގެ އެއްވެސް ސާވާއަކަށް ސްޓްރީމް ކުރުމުގެ ކުރިން މޯޝަން ޑޭޓާ އޮޅުވާލުމެވެ. ހިތާމައަކީ އޭގެ މާނައަކީ އަޑު ތައާރަފްކުރުމެވެ.
މިކަމުގެ ސަބަބުން ވީ.އާރު ބޭނުންކުރާ މީހުންގެ ޕްރައިވެސީ ހިމާޔަތްކުރެވިދާނެ ކަމަށް ޤަބޫލު ކުރެވެއެވެ.
ނަމަވެސް މިކަމުގެ ސަބަބުން ޑެކްސްޓާސް ފިޒިކަލް މޯޝަންތަކުގެ ސާފުކަން ކުޑަވެ، ބީޓް ސެބާ ނުވަތަ ފިޒިކަލް ސްކިލް ބޭނުންވާ އެހެނިހެން އެޕްލިކޭޝަނެއްގައި ޔޫޒަރ ޕާފޯމަންސް އަށް ބުރޫއަރާނެކަމަށް ޤަބޫލުކުރެވެއެވެ.
މިއީ ގިނަ މީހުންނަށް ޓްރޭޑް ކުރުމަށް އެހާ މުހިންމު ފީޗާއަކަށް ނުވެދާނެއެވެ.
ދެން އޮތް ގޮތަކީ މެޓާވާސް ޕްލެޓްފޯމްތަކުން އިންސާނުންގެ މޯޝަން ޑޭޓާ ރައްކާކޮށް އެނަލައިޒް ކުރުން ވަގުތުން ވަގުތަށް ހުއްޓުވޭނެ ފަދަ ވިސްނުންތެރި ގަވާއިދެއް ހެދުމެވެ.
މިފަދަ ޤަވާއިދުތަކުގެ ސަބަބުން އާންމުންގެ ރައްކާތެރިކަމަށް މަގުފަހިވެގެންދާނެއެވެ. ނަމަވެސް މިފަދަ ޤަވާއިދު ތަންފީޒުކުރަން ދަތިވެ، އިންޑަސްޓްރީގެ ނުރުހުމާއި ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.
މިފަދަ ސަބަބުތަކާއި ހުރެ ބާކްލީއިން އިތުރު ސޮފިސްޓިކޭޓް ޑިފެންސިވް ޓެކްނީކްތަކެއް މެޓަވާސް ޕްރައިވެސީއަށް ހޯދުމަށް މަސައްކަތް ކުރަމުން އެބަދެއެވެ.
އަދި އެ ކުންފުނިން އުންމީދު ކުރަނީ ވާޗުއަލް ރިއަލިޓީއާއި އޮގްމެންޓެޑް ދުނިޔޭގައި ބޭނުންކުރާ މޯޝަންތަކަށް ބަދަލެއް ނުގެނެސް މިފަދަ ޑިފެންސިވް މޯޝަން ޓެކްނީކެތަކެއް ދެނެގަތުމަށެވެ.
އިތުރަށް ކިޔާލުމަށް:
ވާޗުއަލް ރިއަލިޓީ ނުވަތަ ވީއާރު އެނގޭތަ؟
ވީޑިއޯ ކޮންފަރެންސިން ޓެކް މެޓަވާސްއަކަށް ވެދާނެބާ؟
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.