ޓެކްނޮލޮޖީ ދާއިރާގައި އަންހެންކުދިންގެ ދުވަސް ރާއްޖޭގައި ފާހަގަކުރުން

ބައިނަލް އަގުވާމީ އައިސީޓީ ދާއިރާގައި ހަރަކާތްތެރިވާ އަންހެން ކުދިންގެ ދުވަސް ރާއްޖޭގައި ފާހަގަ ކުރުމުގެ ގޮތުން ވިމެން އިން ޓެކް މޯލްޑިވްސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އިން 2019 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންދާ ނެކްސްޓް ޖެން ވާރޗުއަލް އިނޮވޭޝަން ޓުއަރ މިއަހަރުވެސް ފަށައިފިއެވެ. މިއަހަރު ގެ މި ޚާއްސަ ހަރަކާތް ކުރިޔަށް ގެންދަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ވެސް ބައިވެރިވުމާއެކުގައެވެ.

ގްރޭޑް 7 އިން 12 ވަނަ ގްރޭޑްގައި ކިޔަވަމުން ދާ އަންހެން ދަރިވަރުންނަށް ޚާއްސަ ކުރެވިފައިވާ މި ހަރަކާތުގެ އަމާޒަކީ ކުރިމަގުގެ އަންހެން ކުދިންނަށް ކެރިއަރއެއްގެ ގޮތުގައި އިޚްތިޔާރު ކުރެވިދާނެ ދާއިރާއެއްކަމުގައި ދައްކާދިނުމާއި އެކަމަށް ހިތްވަރު ދިނުމެވެ. ޕްރޮގްރާމުގައި ބައިވެރިވާ އިދާރާތަކާއި ކުދިންނާއި ގުޅުވައިދީ މަޢުލޫމާތު ބަދަލުކުރެވުމުގެ ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމެވެ. އަދި މިދާއިރާގެ އެކިއެކި ވަޒީފާގެ ހުނަރުތަކާއި ބެހޭގޮތުން މަޢުލޫމާތު ދިނުމާއި، އެކިއެކި ވަޒީފާތަކުގައި ކުރާ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ދިނުމުގެ އިތުރުން ވަޒީފާ ނުވަތަ މަތީ ތަޢުލީމުގެ ދާއިރާ ޚިޔާރުކުރުމުގައި އައިސީޓީ ދާއިރާ ޚިޔާރުކުރުމަށް ބާރުއެޅުމެވެ. މީގެ އިތުރުން ދިވެހިންގެ ބައިވެރިވުމާއެކު ޓެކޮނޮލޮޖީގެ އުފެއްދުންތަކާއި ގެންނަ ކުރިއެރުންތަކަށް ކުދިން ހޭލުންތެރިކުރުވުމެވެ.

މި ވާރޗުއަލް ޓުއަރ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެޕްރީލް 26،27،28 ވަނަ ދުވަހު ރާއްޖޭގެ ސާނަވީ އަދި މަތީ ސާނަވީ އަންހެން ކުދިންނަށް އަމާޒުކޮށްގެން އޮންލައިންކޮށެވެ.. އަދި މި ޓުއަރގެ ސެޝަންތައް ނެގުމަށް ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ސަރުކާރާއި، އަމިއްލަ ކުންފުނިތައް ހިމެނޭގޮތަށް 12 ފަރާތެއް ބައިވެރިވެއެވެ.

ސެޝަންތަކުގައި މައުލޫމާތު ދެއްވާ ފަރާތްތަކުގެ ތެރޭގައި ދިރާގު, އޫރިދޫ,އެލައިޑް އިންޝުއަރެންސް ކޮމްޕެނީ, މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް, ލޮޓީފައިލްސް, ވިމެން އިން ޓެކް މޯލްޑިވްސް, މޯލްޑިވްސް ޕެންޝަން އޮފީސް, ބޭންކް އޮފް މޯލްޑިވްސް,މޯލްޑިވްސް ކަސްޓަމްސް,އެންސީއައިޓީ, ޓެކްނިއުސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ހިމެނެއެވެ. އެ މި ސެޝަންތަކުގައި ބައިވެރިވާ އިދާރަތަކުގެ މަސައްކަތުތެ މާހައުލާއި، ވަޒީފާގުޅޭ މަޢުލޫމާތު ދެވޭނެއެވެ. ޓެކްނޮލޮޖީ ޓީމްތައް މަސައްކަތުގައި ބޭނުންކުރާ ޓޫލްސް, ރިސޯސަސް އަދި އުފެއްދުންތަކުގެ މައުލޫމާތު ފޯރުކޮށްދޭނެއެވެ.

މިއިވެންޓުގެ މެއިން ޕާޓްނަރ ގެ ހައިސިއްޔަތުން އެމްއެމްއޭއިން ބުނެފައި ވަނީ، " މިފަދަ ޙާއްސަ ކަމަކަށް އަނެއްކާވެސް އެއްބާރުލުން ދޭން ލިބުނު މިފުރުސަތަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މުއައްސަސާއެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ދެކެނީ ތައުލީމަކީ ދިރިއުޅުން ބަދަލުކޮށްލާފަދަ ބާރެއް ހުރިއެއްޗެއް ކަމަށް. އެހެންކަމުން ދިވެހިރާއްޖޭގައި އައި.ސީ.ޓީ ތަޢުލީމު ކުރިއެރުވުމަށާއި، ރާއްޖޭގެ ޒުވާން އަންހެން ކުދިން ބާރުވެރިކުރުވުމަށް އަޅުގަނޑުމެން އިސްކަމެއްދެން. މިހަރަކާތަކީ ކާމިޔާބު ހަރަކާތަކަށް ހެދުމަށް އަޅުގަނޑުމެން މަސައްކުރާނަން. ކުރިއަރަމުން ބަދަލުވަމުން އަންނަ މިދާއިރާއަށް އަންހެން ކުދިންގެ ޝައުޤުވެރިކުރުވާ މިދާއިރާއިން ކުރިއަށް ދެވެން ހުރި ފުރުސަތުތައް ދެނެގަތުމަށް އެކުދިންނަށް ހިތްވަރު ދިނުމުގައި އަޅުގަނޑު މެން ދެމިތިބޭނަން" ކަމަށެވެ.


ދުނިޔޭގެ 166 އަށް ވުރެ ގިނަ ޤައުމުތަކުގައި އެކިއެކި ފެންވަރުގައި ފާހަގަކުރާ ބައިނަލް އަޤްވާމީ އައިސީޓީ ދާއިރާގެ އަންހެން ކުދިންގެ ދުވަހަކީ އިންޓަރނޭޝަނަލް ޓެލެކޮމިނިއުކޭޝަން ޔޫނިއަން (އައިޓީޔޫ) އިން އިންތިޒާމްކޮށްގެން ދުނިޔޭގެ ފެންވަރުގައި ކުރިއަށްގެންދާ ހަރާކާތެކެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޭޕްރިލްގެ 04 ވަނަ ބުރާސްފަތި ވަނަ ދުވަހުގައެވެ. އަންހެން ކުދިންނާއި ޒުވާން އަންހެނުން ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި ހިސާބު (ސްޓީއީއެމް) ކެރިއަރުގައި ކުރިއަރައި ދިއުމަށްޓަކައި ޑިޖިޓަލް ދުނިޔޭގައި އައިސީޓީ ބޭނުންކުރާ މީހުންނާއި އުފެއްދުންތެރިންނަށް ވުމުގެ ހުނަރު ހޯދުމުގެ މުހިންމުކަން ދެނެގަނެ، ޒުވާނުންނާ މަޝްވަރާކޮށްގެން، އައިސީޓީ 2023 ގައި އަންހެން ކުދިންނަށް އަޅުގަނޑުމެންގެ ތީމެއްގެ ގޮތުގައި އައިޓީޔޫއިން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ “Digital Skills for life” އެވެ.

ވިމެން އިން ޓެކް މޯލްޑިވްސް

ވިމެން އިން ޓެކް މޯލްޑިވްސް

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި މިދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އަންގައިދީ ހޭލުންތެރިކުރުވައި، އީޖާދީ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.