ޓެކް ބިލިއަނަރެއްގެ އުމުރު ޅަކުރުމަށް 2 މިލިއަން ޑޮލަރު

ޢުމުރުން 45 އަހަރުގެ ޓެކް ބިލިއަނަރު، އެމެރިކާއަށް އުފަން ބްރަޔަން ޖޯންސަން، އޭނާގެ ހަށިގަނޑު މުސްކުޅި ވިޔަނުދީ ހިފެހެއްޓުމަށް ނުވަތަ އަބަދުވެސް 18 އަހަރުގެ ޒުވާނެއްގެ ގޮތުގައި ދެމިހުރުމަށް ކުރާމަސައްކަތަށް އަހަރަކު ދެ މިލިއަން ޑޮލަރު ހޭދަކުރާ އިރު، މިއީ އިންސާނެއްގެ ހަޔާތުގައި ވެދާނެކަމެއް ކަމަށް ޤަބޫލު ކުރެވިދާނެ ހެއްޔެވެ؟

ސައިންސް އެކްސްޕެރިމެންޓެއްގެ ގޮތުގައި ހަށިގަނޑު ބޭނުންކުރަނީ ގިނަ ދުވަހު ދުނިޔޭގައި ހުރުމަށްކަމަށް ބެލެވިދާނެ ހެއްޔެވެ؟

ބްރަޔަން ޖޯންސަން އަކީ ވެންޗާ ކެޕިޓަލިސްޓް އަދި ލިޔުންތެރިއެކެވެ. އޭނާއަކީ ސިކުނޑީގެ ހަރަކާތްތައް ބަލައި ރެކޯޑް ކުރެވޭނެ ކުންފުންޏެއް ކަމަށްވާ ކާނަލް އާއި އާލީ ސްޓޭޖް ސައިންސް އެންޑް ޓެކްނޮލޮޖީ ކުންފުނިތަކަށް އިންވެސްޓްކުރާ ވެންޗާ ކެޕިޓަލް ފާމެއް ކަމަށްވާ އޯއެސް ފަންޑުގެ ފައުންޑަރ އަދި ސީއީއޯއެވެ.

ބްރަޔަން ޖޯންސަން، 45، އޭނާގެ ހަށިގަނޑު 18 އަހަރުގެ ކުއްޖަކަށް ހެދުމަށް އަހަރަކު ދެ މިލިއަން ޑޮލަރު ޚަރަދުކުރެއެވެ.

އުމުރުން ދުވަސްވުމުގެ މަރުހަލާ ރިވާސް ކުރަން ނުވަތަ މުސްކުޅި ވިޔަނުދީ އިންސާނަކު ސައިންސްއާއި ޓެކްނޮލޮޖީގެ އެހީގައި ހިފެހެއްޓުމަށް ބޮޑުޚަރަދެއްކޮށް އޭނާއަންނަނީ އަމިއްލަ ތަޖްރިބާއިން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލަން ޖެހޭފަދަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭނާގެ އެންމެފަހުގެ ޓެކްނޮލޮޖީ ނުވަތަ އުފެއްދި މިބާވަތުގެ ޑިވައިސް ދައްކާލައިފައިވާއިރު، އެޑިވައިސްއަކީ ބައި ގަޑިއިރުގެ ތެރޭގައި 20،000 ސިޓްއަޕްއާ އެއްވަރުގެ ކަސްރަތު އިންސާނެއްގެ ހަސިގަނޑަށް ގެނެސްދިނުމުގެ ޤާބިލްކަން ހުރި ޓެކްނޮލޮޖީއެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޖޯންސަން ފަތިހު 5:00 ގައި ތެދުވެ ދުވާލަކު ގާތްގަނޑަކަށް ދެ ޑަޒަން ސަޕްލިމެންޓް ނަގައި، ބްލެންޑެޑް ފުޑްސްގެ ވީގަން ޑައިޓެއް ވަރަށް ރަނގަޅަށް ލިޔެވިފައިވާ ޕްރޮސެސްއެއްގެ ދަށުންނަގައެވެ. އޭނާ ވަނީ އޭނާގެ ބަނޑުގެ 33،537 ފޮޓޯ ނަގައި ހަށިގަނޑަށް އަންނަ ބަދަލު މޮނިޓާކުރަން މެޝިން ބޭނުންކޮށްފައެވެ.

އަދި އޭގެއިތުރުން މިހާރު އޭނާވަނީ 20،000 ސިޓްއަޕް ހެދުމުގެ ޤާބިލްކަން ލިބޭކަމަށް ބުނާ އެ މެޝިން ބޭނުންކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

މި އަދަދު ރެންޑަމްކޮށް ފެނުނު ނަމަވެސް އަދި އެކަން ސާބިތުކޮށްދެވެން ނެތް ކަމަށް ބެލެވުނު ނަމަވެސް ޖޯންސަން މަސައްކަތް ކުރައްވަނީ 30 އަށް ވުރެ ގިނަ ޑޮކްޓަރުންނާއި މެޑިކަލް މާހިރުންގެ ޓީމަކާ އެކު ކަމަށްވާއިރު، އެ ޓީމުން އޭނާގެ ގާތްގަނޑަކަށް ކޮންމެ ގުނަވަނެއް ބަލަހައްޓައި ޓެސްޓުކޮށް، އެންމެ ފަހުގެ އެންޓި-އޭޖިން ޓެކްނޮލޮޖީތަކަށް ހާނުވައެވެ.

އުމުރުން ދުވަސްވުމާއި ދެކޮޅު މިޓީމުން ވަނީ 20،000 ސިޓްއަޕް ހެދުމުން ލިބޭ ފައިދާ ނަކަލުކުރެވޭނެ ކަމަށް ބުނާ މެޝިނެއް ސޯޝަލް މީޑިއާގައި ދައްކާލައިފައެވެ.

އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ޖޯންސަން ވަނީ ވަރަށް އެޑްވާންސް އިލެކްޓްރިކަލް މަސްލް ސްޓިމިއުލޭޝަން މެޝިނެއްގެ ގޮތުގައި ފެންނަ މެޝިނެއްގެ ތެރެއަށް ވަދެފައެވެ.

އެއަށްފަހު ކެމެރާއަށް އޭނާ ދައްކަނީ ނާރުތައް ހިލިފައިވާ ބަނޑުގެ މަސްތަކެކެވެ. އޭނާގެ ހަށިގަނޑުގެ ފެޓް ދަށްވުމުގެ ސަބަބަކީ ހަރުކަށި ކެއުމާއި ކެލޮރީ ބޭނުންކުރާ މިންވަރު ދެނެގަތުމެވެ.

ޢުމުރުން 45 އަހަރުގެ ޖޯންސަން އާއި އޭނާގެ ޑޮކްޓަރުން ބުނަނީ ދެ އަހަރުގެ ތެރޭގައި އޭނާގެ މުޅި ބަޔޮލޮޖިކަލް އުމުރު ފަސް އަހަރަށް ވުރެ ދަށްކޮށް، މިހާރު 37 އަހަރުގެ މީހެއްގެ ހިތާއި 28 އަހަރުގެ މީހެއްގެ ހަންގަނޑާއި 18 އަހަރުގެ މީހެއްގެ ފުއްޕާމޭގެ ކެޕޭސިޓީ އާއި ފިޓްނަސް އެބަހުރި ކަމަށެވެ.

ބިލިއަނަރު ޖޯންސަން އޭނާގެ އުމުރުން 30 އަހަރުގައި "ބްރެއިންޓްރީ ޕޭމަންޓް ސޮލިއުޝަންސް" ނަމުގައި އަމިއްލަ ކާމިޔާބު ކުންފުންޏެއް އުފައްދައި، 2013 ވަނަ އަހަރު 800 މިލިއަން ޑޮލަރަށް އީބޭއަށް ވިއްކާލިއެވެ.

އެކަމަކު ކުރިން އެ ކުންފުނި އުފެއްދުމަށް އޭނާ ގެންގުޅުނު ލައިފްސްޓައިލްގެ ސަބަބުން މާޔޫސްވެ އަމިއްލައަށް މަރުވުމުގެ އިހުސާސް ކުރެވުނު ކަމަށް ބްލޫމްބާގް އަށް އޭނާ ބުނި އިރު، އޭނާގެ ހަށިގަނޑުގެ މަސައްކަތްތައް ދެނެގަތުމުގެ ދަތުރެއް އޭރު އެނާފެށި އެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އޭނާ ވަނީ ބަޔޯ ސްޓާޓްއަޕްތަކެއް އުފައްދައި، އޭނާގެ ހަށިގަނޑަށް އަލުން އިންޖިނިއަރިން ގެނައުމަށް ވައުދުވެފައެވެ.

އޭނާގެ ހަށިގަނޑުގެ ސިއްހީ މައްސަލަތައް ދެނެގަނެ ކަންކަން ހައްލު ކުރުމުގެ މަސައްކަތުގައި އުޅޭއިރު ހީވަނީ ފުލްޓައިމް ވަޒީފާއެއްގައި ބުރަކޮށް އުޅޭ މުވައްޒަފެއްހެނެވެ.އޭނާގެ ޕެލްވިކް ފްލޯ އިލެކްޓްރޯމެގްނެޓިކް ޕަލްސް އިން ބްލާސްޓްކޮށް، އުނދަގޫ ތަންތަނުގައި އޭނާގެ މަސްތަކުގެ ޓޯން ރަނގަޅުކޮށް، ކޮންމެ ދުވަހަކު ވެސް ނިދުމުގެ ކުރިން ދެ ގަޑިއިރު ވަންދެން ނޫ އަލި، ބްލޮކްވާ ގޮތަށް ބިއްލޫރި އަޅާފައި ވެ އެވެ.

ދުވާލަކު ސީދާ 1،977 ކެލޮރީސް ނަގާނެ ކަމަށް އޭނާ ބުނާއިރު އޭނާގެ ހަށިގަނޑުގެ ފެޓް ލެވެލް 5 ޕަސެންޓާއި 6 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ހިފެހެއްޓޭނެ އެވެ.

އެއްފަހަރު އޭނާގެ މޫނަށް ފެޓްތަކެއް އިންޖެކްޓްކޮށް، ވަރަށް ބޮޑަށް ފަލަވުމުގެ ސަބަބުން އެލާޖިކް ރިއެކްޝަނެއް އުފެދުނެވެ. އަނެއް ފަހަރަކު އޭނާގެ ހަށިގަނޑުގެ ފެޓް 3 ޕަސެންޓަށް ދަށްވެ، ހިތުގެ މައްސަލައެއް ދިމާވުމުގެ ފުރުސަތު ބޮޑުވެގެން ދިޔަ އެވެ.

އޭނާގެ މެޑިކަލް ޓީމުގައި އިސްކޮށް ހަރަކާތްތެރިވަނީ ކެމްބްރިޖްގައި މުސްކުޅިވުމުގެ ތެރަޕީތައް ދިރާސާކުރާ އުމުރުން 29 އަހަރުގެ ޑޮކްޓަރެއް ކަމަށްވާ އޮލިވާ ޒޯލްމަން އެވެ.

"އަހަރެންގެ ހޭލުންތެރި ސިކުނޑިއަކީ ކާން ބޭނުންވާ އެއްޗެއް، އަހަރެންގެ ހަށިގަނޑަކީ ކޮބައިކަމާ މެދު އެއްވެސް އިރެއްގައި މަޝްވަރާއެއް ނުކުރޭ،" ހެނދުނުގެ ރޫޓިންގެ ތަފްސީލުތައް ބަޔާންކޮށް 40 މިނެޓުގެ ޔޫޓިއުބް ވީޑިއޯއެއްގައި ޖޯންސަން ބުންޏެވެ.

"މި މިންގަނޑުތަކުން އަހަރެންގެ ލިވާ އާއި އަހަރެންގެ ހިތާއި ޑީއެންއޭ މެތިލޭޝަން އާ ސުވާލުކުރަނީ ބަޔޮލޮޖިކަލް ޕްރޮސެސްތަކާއި އަހަރެންގެ ހަށިގަނޑަށް ބޭނުންވާ ގުނަވަންތަކުގެ ގޮތުގައި ކުރިއެރުވުމަށް ބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ."

"އެހެންވީމަ އެހެން އެއްޗެއް ލިބޭނެކަން އަންދާޒާވެސް ނުކުރެވޭ،" ކެއުމާ ދުރަށް ދިއުމާ ބެހޭ ގޮތުން އޭނާ ބުންޏެވެ.

ޖޯންސަން ބުނި ގޮތުގައި އޭނާގެ އަމާޒަކީ އޭނާގެ ސިކުނޑި، ލިވާ، ކިޑްނީ، ދަތް، ހަން، އިސްތަށިގަނޑު، އަދި ޖިންސީ ގުނަވަންތައް އުމުރުން 18 އަހަރުގައި އުޅުނު ގޮތަށް މަސައްކަތް ކުރާކަން ކަށަވަރު ކުރުމެވެ.

"ބްލޫޕްރިންޓަކީ ސިއްހަތާއި ވަގުތާ އޮންނަ ގުޅުން އަލުން އިމޭޖިން ކުރުމުގެ އެ ކަހަލަ ގާބިލުކަން ހުރި އެއްޗެއް، ހަގީގަތުގައި ވެސް އަޅުގަނޑުމެންނަށް ވަރަށް ތަފާތު އަދި ރަނގަޅު ކަމެއްގެ ކުރިމައްޗަށް ދެވިދާނެ،" އޭނާ ވިދާޅުވި އެވެ.

ޖޯންސަންގެ ލީޑް ޑޮކްޓަރު ޒޯލްމަން ބްލޫމްބާގް އަށް ވިދާޅުވި ގޮތުގައި ކްރޮނޮލޮޖިކަލް ގޮތުން 45 އަހަރު ނަމަވެސް ކޮންމެ ގުނަވަނެއްގައި 35 އަހަރު ހުންނަ މީހަކު ދުނިޔޭގައި ޖޯންސަން ނޫނީ ނެތެވެ.

ޖޯންސަން އާއި ޒޮލްމަން އެކުގައި އެންމެ ފަހުގެ ސައިންޓިފިކް ލިޔުންތައް ކިޔަވައި، ޖޯންސަން ގިނީ ޕިގްއެއްގެ ގޮތުގައި ބޭނުންކޮށްގެން އުއްމީދީ ޒަމާނީ ފަރުވާތައް ޓެސްޓު ކުރެ އެވެ.

ޖޯންސަންގެ މެޑިކަލް ޕްރޮސީޖަރތައް ޒޯލްމަން ބަލަހައްޓަވަމުން ގެންދަވާއިރު، އޭގެ ތެރެއިން ގިނަ ޕްރޮސީޖަރތަކަކީ ވަރަށް ހަރުކަށި އަދި ވޭންދެނިވި ޕްރޮސީޖަރތަކެއް ކަމަށާއި، ލޭގެ ޓެސްޓުތަކާއި އެމްއާރްއައި އާއި އަލްޓްރާސައުންޑްސް އަދި ކޮލޮނޮސްކޯޕީތަކުން ނަތީޖާ ތައް ދެނެގަނެއެވެ.

ޕްރޮޖެކްޓް ބްލޫޕްރިންޓްގައި ޖޯންސަންގެ ހަންގަނޑަށް އިރުގެ އަލިން ލިބުނު ގެއްލުންތަކުން ދިރުވަން މަސައްކަތް ކުރުން ހިމެނެ އެވެ.

ޖޮންސަންގެ ހަށިގަނޑަށް މިހާތަނަށް އެ ޓީމުން ހޯދި ކުރިއެރުންތަކަކީ ފެށުން ކަމަށް ޒޯލްމަން އަށް އެނގެ އެވެ. ފާހަގަކޮށްލެވޭ ނަތީޖާއެއް ނުނެރެވޭ،" "ބްރަޔަންގައި އަޅުގަނޑުމެންނަށް ކުދި ކުދި، އެކަށީގެންވާ ނަތީޖާތަކެއް ލިބިއްޖެ، އުންމީދު ކުރަން ޖެހޭ. އޭނާ ވިދާޅުވި އެވެ.

ހަފުތާއަކު ތިން ފަހަރު އިތުރު އިންޓެންސިވް ކަސްރަތު ސެޝަންތަކާއެކު ޖޯންސަން ދުވާލަކު އެއް ގަޑިއިރު ކަސްރަތު ކުރެ އެވެ.

އޭނާ ނިދާއިރުއާއި ހޭލާއިރު، ހަށިގަނޑުގެ ފިނިހޫނުމިނާއި ލޭގެ ގުލޫކޯޒާއި ހިތުގެ ވިންދުގެ ތަފާތުތަކާއި އޮކްސިޖަން ލެވެލް މޮނިޓާ ކުރެ އެވެ. ހާއްސަކޮށް ކިޑްނީ، ޕްރޮސްޓޭޓް، ތައިރޮއިޑް އަދި ނާރުގެ ނިޒާމަށް އަމާޒުކޮށްގެން ގަވާއިދުން ޓެސްޓުތައް ހަދަ އެވެ.

މިފަދަ މަސައްކަތް ކުރަން އެނާ ފެށީ ޔުނިވަރސިޓީ ގެ ކިޔެވުމަށް ފަހުގައެވެ. ޔުނިވާސިޓީ އޮފް ޗިކާގޯގައި އެމްބީއޭ ހެދުމަށްފަހު ބްރެއިންޓްރީ ކުންފުނީގެ މަސައްކަތް އޭނާ ފެއްޓެވި އެވެ.

އަދި ވެންޗާ ކެޕިޓަލް ފަންޑެއް ކަމަށްވާ އޯއެސް ފަންޑު ވެސް ފެއްޓެވި އިރު، އެ ފަންޑުގެ އަމާޒަކީ "ދިރިއުޅުމުގެ އޮޕަރޭޓިން ސިސްޓަމްތައް އަލުން ލިޔާނެ ކަމަށް ވައުދުވާ ކުއަންޓަމް ލީޕް ހޯދުންތަކުގައި މަސައްކަތް ކުރާ ވިޔަފާރިވެރިންނާއި ސައިންޓިސްޓުންނަށް އިންވެސްޓް ކުރުމެވެ.

އޭގެ ފަހުން އޭނާ ވަނީ އޭނާގެ އާ ވެންޗާ ކާނަލް އަށް 54 މިލިއަން ޑޮލަރު އިންވެސްޓްކޮށްފަ އެވެ. ސިކުނޑީގެ ހަރަކާތްތަކުގެ ރެކޯޑިން ނެގުމަށް ބޮލުގައި އެޓޭޗްކުރާ ހެލްމެޓް ސެންސަރުތައް އެ ކުންފުނިން އުފައްދަ އެވެ.


ޖޯންސަން ބުނާ ގޮތުގައި ދުވާލަކު 1،977 ކެލޮރީސް ނަގާނީ ހަރުކަށި ކޮށް ވީގަން ޑައިޓެއް ގެ ޒަރިއްޔާއިން، އޭނާގެ ހަށިގަނޑުގެ ފެޓް ލެވެލް 5 ޕަސެންޓާއި 6 ޕަސެންޓާ ދެމެދުގެ މިންވަރެއްގައި ހިފެހެއްޓުމަށެވެ.

އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ވަގުތުގެ އަސަރުތައް ކުޑަކުރުމަށް ކުރާ މަސައްކަތްތަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

"މިއީ އުންމީދު ކުރެވޭ އަދި ރަނގަޅު ކަމެއް،" އޭނާއަށް ލިބުނު ފާޑުކިޔުންތަކާ ބެހޭ ގޮތުން އޭނާ ބުންޏެވެ. "އަހަރެން ކުރާ ކަންކަމަކީ އެކްސްޓްރީމް އަޑެއް ކަމަށް ހީވެދާނެ، އެކަމަކު އަމިއްލަ ނަފްސަށް ގެއްލުމާއި ހަލާކުވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫންކަން ސާބިތުކޮށްދޭން މަސައްކަތް ކުރަނީ،" ބްލޫމްބާގަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.


އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.