ބޭންކް އޮފް މޯލްޑިވްސް އިން ޗެޓްޖީޕީޓީ ބްލޮކްކޮށްފި

އަޙްމަދު ދާއޫދު 01 ޖޫން 2023

ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ލީކުވެފައިވާތީ ކަމަށް ބުނެ ބޭންކް އޮފް މޯލްޑިވްސް އިން ޗެޓްޖީޕީޓީ ގެ ހިދުމަތް ބްލޮކް ކޮށްފިއެވެ. އެގޮތުން ބީއެމްއެލްއިން މިހާރު ޗެޓްޖީޕީޓީ އަކަށް ފައިސާއެއް ނުދެއްކޭނެއެވެ.

އެ ބޭންކުން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ، ޗެޓްޖީޕީޓީ އިން ކަސްޓަމަރުންގެ ޒާތީ މައުލޫމާތުތައް ލީކްވުން ފެންމަތިވެފައިވާ ކަމަށާއި އެ ވެބްސައިޓަށް ބީއެމްއެލް މެދުވެރިކޮށް ޓްރާންސެކްޝަން ހިންގުން ވަގުތީ ގޮތުން ބްލޮކް ކޮށްފައިވާ ކަމަށެވެ.

ކަސްޓަމަރުންގެ ޒާތީ މައުލޫމާތުތައް ލީކުވުމުގެ ސަބަބުން، ގިނަ ކަސްޓަމަރުންނަށް އޭގެ ގެއްލުން ކުރިމަތިވާ ކަމަށާއި ބީއެމްއެލް އިން އެންމެ ބޮޑު އިސްކަމެއްދެނީ ކަސްޓަމަރުންގެ މައުލޫމާތުގެ ރައްކާތެރިކަން ހިފެހެއްޓުމަށް ކަމަށް ބީއެމްއެލްގެ އެ ޓުވީޓުގައި ބުނެފައިވެއެވެ.

މިދިޔަ ހޯމަ ދުވަހު، ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސް ހިމެނޭ ބައެއް ވެބްސައިޓުތަކުން، ކަސްޓަމަރުންގެ ކާޑުތަކުގެ މައުލޫމާތު ލީކުވުމުގެ މައްސަލަތައް ފެންމަތިވަމުންދާ ކަމަށާއި، އެފަދަ މައްސަލަތައް ބެލުމަށް ފަހު، އެ ވެބްސަައިޓުތަކުން ބީއެމްއެލްގެ ކާޑުތަކަށް ބޭނުން ނުކުރެވޭ ގޮތް ހަދާނެ ކަމަށެވެ.

އަދި އެފަދަ ފިޔަވަޅުތައް އަޅަނީ، ކަސްޓަމަރުންގެ މާލީ މައުލޫމާތުތައް ރައްކާތެރިކުރުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ބީއެމްއެމްލްއިން ބުނީ މިފަހަކަށް އައިސް މަކަރާއި ހީލަތުން ޗެޓް ޖީޕީޓީ މާޗެންޓް މެދުވެރިކޮށް ކަސްޓަމަރުން އަތުން ގިނަ އަދަދެއްގެ ފައިސާ ގެއްލެމުންދާ ކަަމުގެ މައުލޫމާތު އެބޭންކަށް ލިބިފައިވާ ކަމަށެވެ.

އަދި މާޗެންޓެއްގެ އަތުން މައުލޫމާތު ލީކް ވާ ހާލަތެއްގައި، އެތަށް މިލިއަން ބަޔަކަށް އެކަމުގެ އަސަރުކުރާ ކަމަށްވެސް ބީއެމްއެލްއިން ބުނެފައިވެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.