ދުނިޔޭގެ މިވަގުތު އޮތް އެންމެ އަގުބޮޑު ފޯނުގެ އަގު އެނގޭތަ؟

އަޙްމަދު ދާއޫދު 03 ޖޫން 2023

ސްމާޓްފޯންގެ ދުނިޔޭގައި، ކުންފުނިތަކުން ގެންދަނީ އެބައެއްގެ ޕްރޮޑަކްޓް ކުރިއެރުވުމާއި މަޤުބޫލުކަން ހޯދުމަށް ކުރެވެން ހުރިހައި ކަމެއް ކުރަމުންނެވެ. ކޮންމެ އާ ރިލީޒަކާއެކު އާ ފީޗާތަކާއި ސްޕެކްސްތައް ވެސް އިތުރުކުރެއެވެ. ނަމަވެސް އާދައިގެ އަޕްޑޭޓްތަކަށް ވުރެ އިތުރަށް ގޮސް މުޅިން އާ ހަރުފަތަކަށް ކަންކަން ގެންގޮސްދޭ ބައެއް ފޯނުތައްވެސް އެބަހުއްޓެވެ. މިއީ ހަގީގަތުގައި ވެސް އަމިއްލަ ލީގެއްގައި ހުންނަ ފޯނުތަކަކަށް ވާއިރު، މިފަދަ އެއް ފޯނަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ އަގުބޮޑު ފޯނެވެ.

ފެލްކަން ސުޕަނޯވާ އައިފޯން 6 ޕިންކް ޑައިމަންޑްގެ ނަމުން ނަން ދީފައިވާ މި ފޯނަކީ ލަގްޒަރީ އަދި ޓެކްނޮލޮޖީގެ މާސްޓާޕީސް އެކެވެ. މިއީ މިހާރު ދުނިޔޭގައި އޮތް އެންމެ އަގުބޮޑު ފޯނު ކަމަށްވާއިރު، އެ ފޯނުގެ އަގަކީ 48.5 މިލިއަން ޑޮލަރެވެ. އެކަމަކު އައިފޯންގެ އެހެން ޓޮޕް ވޭރިއަންޓްތައް ނުވަތަ ހައި އެންޑްރޮއިޑްތަކަށް ވުރެ މި ފޯނު މިހާ ހާއްސަވަނީ ކީއްވެގެން ހެއްޔެވެ؟ ބަލައިލަމާ ހިނގާށެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ފޯނުގެ ޑިޒައިން:

ފެލްކަން ސުޕަނޯވާ އައިފޯން 6 ޕިންކް ޑައިމަންޑަކީ ބެސްޕޯކް ލަގްޒަރީ އުފެއްދުންތައް އުފެއްދުމަށް ހާއްސަ ކުންފުންޏެއް ކަމަށްވާ ފެލްކަން ލަގްޒަރީ އިން ފަރުމާކޮށްފައިވާ ކަސްޓަމް މޭޑް ފޯނެކެވެ. މި ފޯނުގައި ތަފާތު ޕިންކް ގޯލްޑް އެކްސްޓީރިއާއެއް ހިމެނޭއިރު، ޑައިމަންޑްސް ހަރުކޮށްފައިވާ މި ފޯނަކީ ބާޒާރުގައި އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް ފޯނެވެ.

މި ފޯނުގެ ޕިންކް ގޯލްޑް ވާޝަނަކާއި ޕްލެޓިނަމް ވާޝަނެއް ހިމެނޭ ދެ މޮޑެލްއެއް ވެއެވެ. މި ދެ މޮޑެލް ވެސް ޑައިމަންޑުން ޒީނަތްތެރިކޮށްފައި ވީ ނަމަވެސް ޕިންކް ގޯލްޑް ވާޝަނަކީ އެންމެ މަގުބޫލު ވާޝަނެކެވެ. ފޯނުގައި ހުންނަ ޑައިމަންޑްތައް ތަރުތީބުކޮށްފައި ހުންނަނީ ތަފާތު ޕެޓާނަކަށް ކަމުން ފޯނުގެ އޯވަރޯލް އެސްތެޓިކް އެޕީލް އިތުރުކޮށްދެ އެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ފޯނުގެ ކެމެރާ ކޮލިޓީ:

ފެލްކަން ސުޕަނޯވާ އައިފޯން 6 ޕިންކް ޑައިމަންޑްގެ އަގުގެ ޓެގާ މެދު ސުވާލު އުފެދޭ އެއް ސިފައަކީ އޭގެ ކެމެރާ އެވެ. އެންމެ އަގުބޮޑު ފޯނަކަށް މިފޯނުވީއިރު، މި ފޯނަކީ އެންމެ 8 މެގަޕިކްސެލްގެ ކެމެރާއަކާ އެކު އުފައްދާފައިވާ ފޯނެކެވެ.

ނަމަވެސް މި ކެމެރާ އަކީ ހިތްގައިމު ފޮޓޯ ނެގުމުގެ ގާބިލުކަން ލިބިފައިވާ ކެމެރާއެކެވެ. މިވަގުތު ބާޒާރުގައި ހުރި ވަރަށް އާދައިގެ ފޯނުތަކުގައިވެސް ހުންނަ ޕިކްސެލްއަށްވުރެ މިފޯނުގެ ޕިކްސެލް ދަށްވުމަކުން އެކަމާ މާޔޫސްނުވާށެވެ. ކެމެރާ އޮޕްޓިމައިޒްކޮށްފައި ހުންނަނީ އަލިކަން ކުޑަ ހާލަތްތަކުގައި މަސައްކަތް ކުރުމަށް ޚާއްޞަކޮށްގެންނެވެ. އޭގެ މާނައަކީ އަލިކަން ކުޑަ މާހައުލެއްގައި ވެސް މޮޅު ފޮޓޯތަކެއް ނެގޭނެ ކަމެވެ.

މި ފޯނުގައި 1.2 މެގަޕިކްސެލްގެ ފްރޮންޓް ފޭސިން ކެމެރާއެއްވެސް ހިމެނޭ ފޯނަކަށްވާއިރު މިއީ ސެލްފީ އާއި ވީޑިއޯ ކޯލްތަކަށް ވެސް ރަނގަޅު ކެމެރާއެކެވެ. މި ކެމެރާ އަކީ މާކެޓުގައި އެންމެ ރަނގަޅު ކެމެރާއަކަށް ނުވި ނަމަވެސް ލަގްޒަރީ ބޭނުންކުރާ މީހުންނަށް ފުދޭ ވަރަށް ވުރެ މިކެމެރާ މާ ރަނގަޅެވެ.

ފެލްކަން ސުޕަނޯވާ އައިފޯންގެ ސެކިއުރިޓީ ސްޕެސިފިކޭޝަން:

ފެލްކަން ސުޕަނޯވާ އައިފޯން 6 ޕިންކް ޑައިމަންޑްގައި ގިނަ ސެކިއުރިޓީ ފީޗާތަކެއް އެކުލެވިގެންވާ އިރު، މި ފޯނުގެ ސެކިއުރިޓީ ފީޗާތަކާމެދު ކަންބޮޑުވާކަށް ނުޖެހެއެވެ. ހޯމް ބަޓަނަށް ހަދާފައިވާ ފިންގަޕްރިންޓް ސްކޭނަރެއް މި ފޯނުގައި ހުރުމުން ފޯނު އަންލޮކް ކުރަން ފަސޭހަވެގެން ދެ އެވެ. މި ފޯނުގައި ޕާސްކޯޑް ލޮކާއި ފައިންޑް މައި އައިފޯން ފީޗާ ފަދަ ޑޭޓާ ރައްކާތެރިކޮށް ބެހެއްޓުމަށް ފަރުމާކޮށްފައިވާ ސެކިއުރިޓީ ފީޗާތަކެއް ވެސް ހިމެނެއެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ފޯނުގެ ބެޓެރީ ޕަވާ:

މި ފޯނުގައި 1810 އެމްއޭއެޗްގެ ނޮން-ރިމޫވޭބަލް ބެޓެރީއެއް ހިމެނޭ ފޯނަކަށްވާއިރު، މިއީ މުޅި ދުވަހަށް ދެމިގެންދާނެ ވަރަށް ފުދޭނެ ފޯނެކެވެ. ނަމަވެސް ފޯނު ބޭނުންކުރާ މިންވަރަށް ބަލާއިރު މިކަން ތަފާތުވެދާނެއެވެ. ހެވީ ޔޫޒަރަކަށް ވާނަމަ ގިނައިން ފޯނު ޗާޖުކުރަން ޖެހިދާނެއެވެ.

އެހެނިހެން ސްޕެކްސް:

ފެލްކަން ސުޕަނޯވާ އައިފޯން 6 ޕިންކް ޑައިމަންޑަކީ ލަގްޒަރީ ފޯނަކަށް ވިޔަސް މިއީ ވެސް ވަރަށް ގާބިލް ފޯނެކެވެ. މިއީ އޭ8 ޕްރޮސެސަރަކުން ރަންކުރާ ޕްރޮސެސަރެއް ކަމަށްވާއިރު، މި ޕްރޮސެސަރަކީ 1 ޖީބީގެ ރޭމް އެކުލެވިގެންވާ ޕްރޮސެސަރެކެވެ.

މިއީ ދުނިޔޭގެ އެންމެ އަގުބޮޑު ފޯނަށް މާ އެކަށީގެންވާ މިންވަރެއް ނޫންކަމަސް ހީވިޔަސް، ފޯނުގައި ހަރުކޮށްފައިވާ ކަސްޓަމައިޒް ކޮށްފައިވާ އައިއޯއެސް 8 ގެ ސަބަބުން ފޯނު އޮމާންކަމާއި ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށް އޮޕްޓިމައިޒް ކުރެވެއެވެ. މާނައަކީ އެއްވެސް ސްލޯކަމެއް ތާށިކަމެއް އިހްސާސެއް ނުކުރެވޭނެ ކަމެވެ.

މި ފޯނުގައި 4.7 އިންޗީގެ ސްކްރީނެއް ހިމެނޭއިރު، މިއީ ގިނަ މީހުންނަށް ރަނގަޅު ސައިޒެކެވެ. މި ޑިސްޕްލޭ އަކީ އުޖާލާ އަދި ސާފު ޑިސްޕްލޭއެއް ކަމަށްވާއިރު، މި ޑިސްޕްލޭގައި 750 ގުނަ 1334 ޕިކްސެލްގެ ރިޒޮލިއުޝަނެއް ހުރެ އެވެ. މިއީ ބާޒާރުގައި ހުރި އެންމެ ބޮޑު ރިޒޮލިއުޝަނެއް ނޫން ނަމަވެސް މިއީ ބޭނުންކުރާ މީހުންނަށް ފުދޭ ވަރަށް ވުރެ ބޮޑު ރިޒޮލިއުޝަނެކެވެ.

ސްޓޯރޭޖަށް ބަލާއިރު، ފެލްކަން ސުޕަނޯވާ އައިފޯން 6 ޕިންކް ޑައިމަންޑްގައި 128 ޖީބީގެ އިންޓާނަލް ސްޓޯރޭޖެއް ހިމެނެ އެވެ. މިއީ އާދައިގެން ޔޫޒަރުންނަށް ފުދޭ ވަރަށް ވުރެ ގިނަ އިން ސްޓޯ ކުރެވޭނެ ޖާގައެއް ކަމަށް ޤަބޫލުކުރެވެއެވެ.

މިފޯނާ މެދު ދެކޭގޮތް:

ފެލްކަން ސުޕަނޯވާ އައިފޯން 6 ޕިންކް ޑައިމަންޑަކީ ހަގީގަތުގައި ވެސް އަމިއްލަ ލީގެއްގައި އޮތް ފޯނެކެވެ. މިއީ ޕޯޓެބިލިޓީގައި ހިމެނޭ ލަގްޒަރީ ގެ މާސްޓާޕީސް އެކެވެ. ދުނިޔޭގައި މިވަގުތު އޮތް އެންމެ އަގުބޮޑު ފޯނަކަށް މިފޯނުވުމުން، މިފޯނުގައި މުހިންމު އަދި އާދަޔާޚިލާފު ކަންތައް ތަކެއް އެކުލެވިގެންވާ ކަން ޤަބޫލުކުރަން ޖެހެއެވެ.

މިކަމާމެދު ތިބާގެ ޚިޔާލަކީ ކޮބައިހެއްޔެވެ؟

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.