ޗެޓްޖީޕީޓީގެ ފުރަތަމަ ރޮބޮޓް ފަރުމާކޮށްފި

އަޙްމަދު ދާއޫދު 12 ޖޫން 2023

އޯޕަން އޭއައި އިން އުފެއްދި ޗެޓްޖީޕީޓީ ވެގެން މިދިޔައި ފަހުގެ ތާރީޚެއްގައި ދުނިޔެއަށް ގެނައި އިންޤިލާބަކަށެވެ. ޅެން ހެދުމާއި ތަފާތު މައުޟޫޢު ތަކަށް މޮޅަތި ލިޔުންތައް އުފެއްދުމާއި، އަދި އެކިދާއިރާތަކަށް ފޮތްލިޔުމަށްވެސް މިހާރު މިވަނީ އޭއައި ޕްލެޓްފޯމް ޗެޓްޖީޕީޓީ ބޭނުންކުރަން ފަށާފައެވެ.

މި އާ އޭއައި ތަކުގެ ސަބަބުން ނެދަލޭންޑްސްގެ ޓީޔޫ ޑެލްފްޓް ޔުނިވަސިޓީއާއި ސްވިޒަލޭންޑްގެ ޓެކްނިކަލް ޔުނިވާސިޓީ އީޕީއެފްއެލްގެ ރިސާޗަރުން ވަނީ އިތުރު ވިސްނުމަކަށް ގޮސް ޗެޓްޖީޕީޓީގެ ދައުރު މިއަށްވުރެވެސް ފުޅާކުރެވިދާނެތޯ ސުވާލު އުފައްދަވާފައެވެ. މިސާލަކަށް ޗެޓްޖީޕީޓީ އަށް ވެސް ރޮބޮޓެއް ޑިޒައިން ކުރެވިދާނެ ހެއްޔެވެ؟ އަދި މިއީ ޑިޒައިން ކުރުމުގެ މަރުހަލާއަށް ރަނގަޅު ކަމެއް ހެއްޔެވެ؟ ނޫނީ ރިސްކުތަކެއް އެބަހުރި ހެއްޔެވެ؟ ސައިންސްވެރިން ވަނީ ނޭޗާ މެޝިން އިންޓެލިޖެންސްގައި އެ މީހުންގެ ހޯދުންތައް ޝާއިއުކޮށްފަ އެވެ.

ޗެޓްޖީޕީޓީ ބޭނުންކޮށްގެން ސައިންސްވެރިން އުފެއްދި ޓޮމާޓޯ ބިންނަ ރޮބަޓެއް

އިންސާނިއްޔަތަށް މުސްތަގުބަލުގައި ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުންތަކަކީ ކޮބާ؟ މިއީ ޓީޔޫ ޑެލްފްޓްގެ އެސިސްޓެންޓް ޕްރޮފެސަރު އަދި ޕީއެޗްޑީ ދަރިވަރު ފްރާންސެސްކޯ ސްޓެލާ އާއި އީޕީއެފްއެލްގެ ޖޯސީ ހިއުސް ޗެޓްޖީޕީޓީ އާ ކުރި ފުރަތަމަ ސުވާލެވެ.

"އަހަރެމެން ބޭނުންވީ ޗެޓްޖީޕީޓީ ޑިޒައިން ކުރަން ހަމައެކަނި ރޮބޮޓެއް ނޫން، ހަގީގަތުގައި ވެސް ބޭނުންތެރި ރޮބޮޓެއް ޑިޒައިން ކުރަން،" ޑެލާ ސެންޓީނާ ބުންޏެވެ. އެންމެ ފަހުން އެމީހުންގެ ޗެލެންޖެއްގެ ގޮތުގައި ކާބޯތަކެތީގެ ސަޕްލައި އިޚްތިޔާރުކޮށް، ޗެޓްޖީޕީޓީއާ ވާހަކަ ދައްކަމުން ދަނިކޮށް، ޓޮމާޓޯ ކައްކާ ރޮބޮޓެއް އުފެއްދުމުގެ ވިސްނުން ގެންގުޅުނެވެ.

ފައިދާހުރި ލަފާތައް:

ސައިންސްވެރިން ވަނީ ޗެޓްޖީޕީޓީގެ ހުރިހާ ޑިޒައިން ނިންމުންތަކަކަށް ތަބާވެފަ އެވެ. ސްޓެލާ ވިދާޅުވި ގޮތުގައި ކޮންސެޕްޝަނަލް މަރުހަލާގައި މި އިންޕުޓް ހާއްސަކޮށް އަގުހުރި ކަން ސާބިތުވި އެވެ.

ޗެޓްޖީޕީޓީއަކީ މިފަދަ ފަރުމާކުރުންތަކުގެ މައުލޫމާތު ތަޖުރިބާގެ އެހެން ދާއިރާތަކަށް ފުޅާކޮށްދޭ އެއްޗެކެވެ. މިސާލަކަށް އެ ޗެޓް ރޮބޮޓުން ސައިންސްވެރިންނަށް ދަސްކޮށްދިނީ އޮޓޮމޭޓް ކުރާށާއި، އިގްތިސާދީ ގޮތުން އެންމެ އަގުބޮޑު ވާނީ ކޮން ކްރޮޕްއެއްކަމެވެ.

އަދިހަމަ އެހެންމެ ޗެޓްޖީޕީޓީއިން ވަނީ އިމްޕްލިމެންޓޭޝަން މަރުހަލާގައި ބޭނުންތެރި ލަފާތަކެއް ދީފަ އެވެ. "ޓޮމާޓޯ ކްރަޝް ނުކުރުމަށް ސިލިކޯން ނުވަތަ ރަބަރުން ގްރިޕާ ހެދުމަށް" އަދި "ޑައިނަމަކްސެލް މޯޓަރަކީ ރޮބޮޓް ދުއްވަން އެންމެ ރަނގަޅު ގޮތް" ފަދަ ޚިޔާލުތައް ދިނެވެ.

އިންސާނުންނާއި އޭއައިއާ ދެމެދު އޮންނަ މި ޕާޓްނާޝިޕްގެ ނަތީޖާއަކަށްވީ ޓޮމާޓޯ ބިންނާނެ ރޮބޮޓިކް އަތެކެވެ.

ޗެޓްޖީޕީޓީ ގެ އެހީގައި ފުރަތަމަ ފަހަރަށް ފަރުމާކުރި ރޮބަޓްގެ މަސައްކަތާމެދު ސައިންވެސްވެރިން ވަނީ ހިތްހަމަ ޖެހިފައެވެ.

ރިސާޗަރެއްގެ ގޮތުގައި ޗެޓްޖީޕީޓީ:

ސައިންސްވެރިންނަށް ފެނުނީ ކޯލަބްރޭޓިވް ޑިޒައިން ޕްރޮސެސް އަކީ ރަނގަޅު އަދި މުއްސަނދި ޕްރޮސެސްއެއް ކަމަށެވެ. "އެހެން ނަމަވެސް އިންޖިނިއަރުންގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ދައުރު އިތުރު ޓެކްނިކަލް މަސައްކަތްތައް ކުރުމަށް ބަދަލުވިކަން އަޅުގަނޑުމެންނަށް ފެނުނީ،" ސްޓެލާ ވިދާޅުވި އެވެ.

ނޭޗާ މެޝިން އިންޓެލިޖެންސްގައި ސައިންސްވެރިން ވަނީ އިންސާނުންނާއި މި ބޮޑު ބަހުގެ މޮޑެލްސް އާ ދެމެދު އޮންނަ އެއްބާރުލުން ތަފާތު ޑިގްރީތައް ދެނެގަނެފައެވެ. އޭގެ ތެރެއިން ޗެޓްޖީޕީޓީ އަކީ އެއް މޮޑެލް އެވެ.

އެންމެ އެކްސްޓްރީމް ސިނާރިއޯގައި އޭއައި އިން ރޮބޮޓް ޑިޒައިނަށް ހުރިހާ އިންޕުޓެއް ފޯރުކޮށްދޭއިރު އިންސާނާ އެއަށް ތަބާވެ އެވެ. މިގޮތުން ލާޖް ލޭންގުއޭޖް މޮޑެލް (އެލްއެލްއެމް) މަސައްކަތް ކުރަނީ ރިސާޗަރާއި އިންޖިނިއަރުގެ ގޮތުގައި ކަމަށްވާއިރު، ޑިޒައިންގެ މަގްސަދުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު އަދާކުރާ މެނޭޖަރެއްގެ ގޮތުގައި އިންސާނާއާއި އެއްވަރަށް ނުވަތަ އިންސާނަކަށްވުރެ ވެސް ފުރިހަމައަށް މަސައްކަތްކުރެއެވެ.

ދޮގު މައުލޫމާތު ފެތުރުމުގެ ނުރައްކާ

މިއަދުގެ ލާޖް ލޭންގުއޭޖް މޮޑެލް (އެލްއެލްއެމް)ތަކާ އެކު މިހާ އެކްސްޓްރީމް ސިނާރިއޯއެއް އަދި ނުކުރެވޭނެއެވެ. އަދި އެއީ އެދޭ ކަމެއްތޯ ސުވާލު އުފެދެއެވެ. "ހަގީގަތުގައި އެލްއެލްއެމް އައުޓްޕުޓަކީ ސައްހަ ނުވަތަ ސައްހަ ނޫން އެއްޗަކަށްވުމުގެ ފުރުޞަތުވެސް ކުޑައެއް ނޫނެވެ. އޭއައި ބޮޓްތައް ފަރުމާކޮށްފައި ވަނީ ސުވާލެއްގެ "މޯސްޓް ޕްރޮބަބަލް" ޖަވާބެއް އުފައްދާށެވެ. އެހެންވެ ރޮބޮޓިކް ދާއިރާގައި ދޮގު މައުލޫމާތު ދިނުމާއި ބަޔާސްގެ ނުރައްކާ އެބައޮތްކަމަށް ޑެލާ ސެންޓީނާ ވިދާޅުވި އެވެ. އަދި މީގެއިތުރުން އެލްއެލްއެމްތަކާ އެކު މަސައްކަތް ކުރުމުން ޕްލެޖިއަރިޒަމް، ޓްރޭސިބިލިޓީ އަދި އިންޓެލެކްޗުއަލް ޕްރޮޕަޓީ ފަދަ މުހިންމު އެހެން މައްސަލަތައް ވެސް އުފެދެ އެވެ.

ޑެލާ ސެންޓީނާ، ސްޓެލާ އަދި ހިއުސް ގުޅިގެން ރޮބޮޓިކްސްއާ ބެހޭ ގޮތުން ކުރާ ދިރާސާތަކުގައި ޓޮމާޓޯ ކައްކާ ރޮބޮޓް ބޭނުން ކުރަމުން ގެންދާނެ އެވެ. އަދި އާ ރޮބޮޓްތައް ޑިޒައިން ކުރުމަށް އެލްއެލްއެމްގެ ދިރާސާވެސް ކުރިއަށް ގެންދެއެވެ. ވަކިން ހާއްސަކޮށް އެމީހުން ބަލަނީ އަމިއްލަ ހަށިގަނޑު ފަރުމާ ކުރުމުގައި އޭއައިގެ އަމިއްލަ ވަންތަކަމެވެ.

"އެންމެ ފަހުން އަޅުގަނޑުމެންގެ ދާއިރާގެ މުސްތަގުބަލަށް ހުޅުވާލެވިފައިވާ ސުވާލަކީ 21 ވަނަ ގަރުނުގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ރޮބޮޓިކްސް އަށް ބޭނުންވާ އުފެއްދުންތެރިކަމާއި އިނޮވޭޝަން ލިމިޓް ނުކޮށް ރޮބޮޓް ޑިވެލޮޕަރުންނަށް އެހީތެރިވުމަށް އެލްއެލްއެމް ބޭނުން ކުރެވޭނީ ކިހިނެއްތޯ،" ސްޓެލާ ވިދާޅުވިއެވެ.


އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.