ވަޓްސްއެޕުން "ޗެނަލްސް" ތައާރަފްކޮށްފި

އަޙްމަދު ދާއޫދު 12 ޖޫން 2023

ވަން-ޓު-މެނީ ބްރޯޑްކާސްޓިން "ޗެނަލްސް" ގެ ނަމުގައި މުޅިން އައު ފީޗާއެއް ވަޓްސްއެޕުން ތައާރަފްކޮށްފިއެވެ.

މަޝްހޫރު، މެޓާގެ އަމިއްލަ މެސެޖިން ސާވިސްގެ ފޮލޯވަރުންނަށް ބްރޯޑްކާސްޓް ކޮށްދޭ "ޗެނަލްސް" ގެ ނަމުގައި އާ ފީޗާއެއް ވަޓްސްއެޕުން ތަޖުރިބާ ކުރުމުގެ ފުރުސަތު މިހާރުވަނީ ދޭން ފަށާފައެވެ.

ވަޓްސްއެޕްގެ މިފީޗާ އިއުލާން ކޮށްފައި މިވަނީ، ފީއާއި ޕާފޯމަންސްގެ މައްސަލަތަކާއި، ކޮންޓެންޓް މޮޑަރޭޝަން ޑްރާމާކުރުން ފަދަ ކަންކަން ކުރުމުގެ ސަބަބުން އީލޮން މަސްކްގެ ޓްވިޓާއާ މެދު ގިނަ އެޖެންސީތަކާއި ޖަމިއްޔާތައް ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މެޓާ އިން ޗެނަލްތައް ސިފަކޮށްފައި ވަނީ "ވަޓްސްއެޕްގެ ތެރެއިން މީހުންނާއި ޖަމިއްޔާތަކުގެ މުހިންމު އަޕްޑޭޓްތައް ލިބޭނެ ފަސޭހަ، އިތުބާރު ހިފޭ އަދި ޕްރައިވެޓް ޚިދުމަތެއްގެ ގޮތުގައެވެ.

މެޓާ އިން ހިއްސާކުރި ވީޑިއޯއަކުން ދައްކާ ގޮތުގައި ވަޓްސްއެޕުން އަލަށް ތަޢާރަފްކުރި ޗެނަލްތަކުން ކާރުރޭސްގެ ނަތީޖާއާއި ފުޓުބޯޅަ މެޗްގެ ނަތީޖާއާއި މޫސުމާއި ޓްރެފިކަށް މީހުން އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ އިތުރުން ކުކިން ނުވަތަ ހޯމް ރިޕެއާ ޓިޕްސް ވެސް ހިއްސާކުރުމުގެ ފުރުސަތު އެއްފަހަރާ އެބައޮތެވެ.

މެޓާއިން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އާދައިގެ، އިތުބާރު ހިފޭ އަދި ޕްރައިވެޓް ބްރޯޑްކާސްޓް ޓޫލެއް ތައާރަފް ކުރަން މި ވަގުތަކީ އެންމެ ރަނގަޅު ވަގުތު ކަމަށް ދެކޭ ކަމަށެވެ.

މެޓާ އިން ބުނީ ވަޓްސްއެޕުން އިސްކަން ދޭނީ ޕްރައިވެޓް މެސެޖިންއަށް ކަމަށާއި ނަމަވެސް ޗެނަލްސް ފަދަ ފީޗާއަކަށް ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކުން އެތައް އަހަރެއް ވަންދެން އެދެމުން އަންނަ ކަމަށެވެ.

ވަޓްސްއެޕަކީ މައުލޫމާތު ލީކުވުމުން ރައްކާތެރިކޮށްދޭ އެންކްރިޕްޝަނަށް މަޝްހޫރު ކުންފުންޏެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދެ ބިލިއަނަށްވުރެ ގިނަ މީހުން ވަޓްސްއެޕް ބޭނުންކުރާ ކަމަށް އެ ޕްލެޓްފޯމުން ބުނެއެވެ.

މެޓާ އިން ޗެނަލްތައް ސިފަކޮށްފައި ވަނީ އެކައުންޓް އެޑްމިނިސްޓްރޭޓަރުންނަށް ޓެކްސްޓް، ފޮޓޯ، ވީޑިއޯ، ސްޓިކާ އަދި ޕޯލް ފޮނުވޭނެ ގޮތަށް އެއްކޮޅަށް ބްރޯޑްކާސްޓް ކުރާ ވަސީލަތެއްގެ ގޮތުގަ އެވެ.

ގްލޯބަލް ލޯންޗް ޕާޓްނަރުންގެ ތެރޭގައި އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީ އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިތުރުން އެފްސީ ބާސެލޯނާ އާއި މެންޗެސްޓާ ސިޓީގެ ފުޓްބޯޅަ ކްލަބްތައް ހިމެނޭ ކަމަށް މެޓާ އިން ބުންޏެވެ.

ސިލިކަން ވެލީޓެކް ޓައިޓަން އިން ބުނީ ކުރިއަށް އޮތް މަސްތަކުގައި ޗެނަލްތައް ލިބެން ހުރި މިންވަރު މަޑުމަޑުން ފުޅާކުރަން ވަޓްސްއެޕުން ނިންމާފައިވާ ކަމަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.