އެލްޖީއާއި ޓެސްޓޯރެންޓް ގުޅިގެން ޗިޕް އުފައްދަނީ

އަޙްމަދު ދާއޫދު 17 ޖޫން 2023

އޯކްލޭންޑް، ކެލިފޯނިއާ (މެއި 30) - ދެކުނު ކޮރެއާގެ ކޮންސިއުމާ އިލެކްޓްރޯނިކްސް ފާމް އެލްޖީ އިލެކްޓްރޯނިކްސް އިންކް އާ ގުޅިގެން ސްމާޓް ޓީވީ، އޮޓޯމޯޓިވް ޕްރޮޑަކްޓްސް އަދި ޑޭޓާ ސެންޓަރުތަކަށް ބާރުދޭ ޗިޕްތަކެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކެނެޑާގެ އޭއައި ކޮމްޕިއުޓާ ޑިޒައިން ސްޓާޓްއަޕް ޓެންސްޓޯރެންޓް އިން ބުނެފި އެވެ.

2016 ވަނަ އަހަރު ފެށި ޓެންސްޓޯރެންޓަކީ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލްތައް ތަމްރީނުކޮށް ހިންގުމަށް ކޮމްޕިއުޓަރުތައް ޑިޒައިންކޮށް ސޮފްޓްވެއާ އާއި ހާޑްވެއާގައި ވެސް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށް ސީއީއޯ ޖިމް ކެލާ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ކެލާއަކީ އެޕަލް އިންކް (އޭއޭޕީއެލް) އާއި ޓެސްލާ އިންކް (ޓީއެސްއެލްއޭ. އޯ)، އަދި ޗިޕްމޭކަރ އެޑްވާންސްޑް މައިކްރޯ ޑިވައިސްސް އިންކް (އޭއެމްޑީ) ގައި ޗިޕްސް ޑިޒައިން ކުރުމުގައި އިސްކޮށް އުޅުއްވި އިންޖިނޭރެކެވެ.

ޓެންސްޓޯރެންޓްގެ ކުރީކޮޅު އިންވެސްޓަރެއް ކަމަށްވާ ކެލާ އެ މަގާމާ ހަވާލުވީ 2023 ވަނަ އަހަރު އެވެ. ޑޭޓާ ފާމް ޕިޗްބުކް އިން ބުނި ގޮތުގައި މިހާރުވެސް އެއް ބިލިއަން ޑޮލަރުގެ އަގު ހުރި އެ ކުންފުނީގެ އެއްވެސް ކަސްޓަމަރަކު މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ޓެންސްޓޯރެންޓްގެ ޗީފް ކަސްޓަމާ އޮފިސަރު ޑޭވިޑް ބެނެޓް ވިދާޅުވީ އެލްޖީން އެންމެ ފުރަތަމަ ބޭނުންކުރާނީ ޓެންސްޓޯރެންޓްގެ އޭއައި ޗިޕް ބްލޫޕްރިންޓް ބޭނުންކޮށްގެން އަމިއްލަ ޗިޕްތައް ޑިޒައިން ކުރުމަށް ކަމަށާއި ނަމަވެސް މި ޕާޓްނާޝިޕަކީ މާ ސްޓްރެޓެޖިކް ޕާޓްނާޝިޕެއް ކަމަށެވެ.

ކެނެޑާގެ އޭއައި ކޮމްޕިއުޓިން ސްޓާޓްއަޕް ޓެންސްޓޯރެންޓްގެ ސީއީއޯ ޖިމް ކެލާ --- ފޮޓޯ: ރޮއިޓާސް

ޓެންސްޓޯރެންޓް އިން ވަނީ އާމް ލިމިޓެޑްގެ އާމް އާކިޓެކްޗާއާ ވާދަކުރާ އާ އޯޕަން ސްޓޭންޑަޑް ޗިޕް އާކިޓެކްޗާއެއް ކަމަށްވާ އާރްއައިއެސްސީ-ވީ ބޭނުންކޮށްގެން ޕްރޮސެސަރ ޗިޕެއް ވެސް ފަރުމާކޮށްފަ އެވެ.

ގިނަ ޗިޕް ސްޓާޓްއަޕްތަކުން އެއް ވައްތަރެއްގެ ޗިޕަށް ފޯކަސް ކުރާއިރު، ކެލަރ ބުނީ އޭނާގެ ޓީމުން އޭއައި ޗިޕާއި ޕްރޮސެސަރު ވެސް ތަރައްގީ ކުރަމުން ދަނީ ހަލުވިކަމާއެކު ބަދަލުވަމުން އަންނަ އޭއައި މޮޑެލްތައް ބެލެހެއްޓުމަށް އެކުގައި މަސައްކަތް ކުރަން ޖެހިދާނެތީ އެކަމަށް ވިސްނައިގެން ކަމަށެވެ.

"އަޅުގަނޑުމެން އެބަޖެހޭ މުޅިން އެހެން ކަމަކަށް އަމާޒު ހިފަން. ... އަދި ވަރަށް އަވަސް ކުރަން. އަދި ލިބެން ހުރި ކޮމްޕޯނެންޓްތަކުގެ މައްޗަށް ބިނާކޮށް އަވަސްފިޔަވަޅުތަކެއް އަޅަން،" މިއަދުގެ އޭއައި އަދި އޭއައި ހާޑްވެއާ ލޭންޑްސްކޭޕްއާ ބެހޭ ގޮތުން ކެލާ ވިދާޅުވި އެވެ.

މިފަހަކަށް އައިސް އޭއައި ޓެކްނޮލޮޖީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާއިރު، ޗިޕްތަކަށް އެ ޓެކްނޮލޮޖީ އިންޓަގްރޭޓްކުރުން ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ.

ޗިޕްތަކުގައި އޭއައި ޓެކްނޮލޮޖީ ހިމެނުމުން އެޑްވާންސް ޕްރޮސެސިން ކެޕޭސިޓީއާއި ގިނަ އެޕްލިކޭޝަންތަކަކަށް އެފިޝަންސީ ރަނގަޅުވެގެންދެއެވެ. އޭއައި ޗިޕްސް ނުވަތަ އޭއައި އެކްސެލެރޭޓަރުގެ ނަމުން ނަން ދީފައިވާ މި ޗިޕްތަކަކީ އާޓިފިޝަލް އިންޓެލިޖެންސްގެ މަސައްކަތްތަކަށް ބޭނުންވާ ކޮމްޕްލެކްސް ކޮމްޕިއުޓޭޝަންތައް ބެލެހެއްޓުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ޗިޕްތަކެކެވެ.

އޭގެ ތެރޭގައި މެޝިން ލާނިން، ޑީޕް ލާނިން އަދި ނިއުރަލް ނެޓްވޯކް ފަދަ މަސައްކަތްތަކަށް އޮޕްޓިމައިޒްކޮށްފައިވާ ސްޕެޝަލައިޒްޑް ހާޑްވެއާ އަދި އާކިޓެކްޗާތައް ހިމެނެ އެވެ.

ޗިޕްތަކުގައި އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އޮޓޮނޮމަސް ވެހިކަލް، ރޮބޮޓިކްސް، ހެލްތްކެއާ އަދި ޑޭޓާ ސެންޓަރުތައް ފަދަ ސިނާއަތްތަކަށް އަވަސް ޕްރޮސެސިން، ޕާފޯމަންސް އިތުރުވެ، ކަރަންޓު ބޭނުންކުރާ މިންވަރު ދަށްވެ، އިތުރަށް ބުއްދިވެރި އަދި ހަރުދަނާ ސިސްޓަމްތަކަށް މަގު ފަހިވެގެންދާނެ އެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.