ޖައްވުގައި މަރާމާތުގެ މަސައްކަތް ކުރުމަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ރޮބޮޓެއް ދައްކާލައިފިއެވެ.
މިވަގުތު ސްޕޭސް އެކްސްޕްލޯރޭޝަން އެންމެ ބޮޑަށް ބަރޯސާވަނީ ރޮބޮޓިކް އެކްސްޕްލޯރާތަކަށެވެ. ނަމަވެސް ރޮބޮޓްތަކުގެ އެއް ލިމިޓޭޝަނަކީ، ތަފާތު ޕްލެނެޓް ތަކަށް ކުރު ދަތުރުކޮށް، ޖައްވުގައި ތަފާތު މަސައްކަތްތައް ނުކުރެވުމެވެ.
އެހެންކަމުން މުސްތަގުބަލުގައި ޖައްވީ ހޯދުމާއި ކުރު ޖައްވީ ދަތުރުތަކުގެ ޑިމާންޑްތައް ފުއްދުމަށް ހައްލެއްގެ ގޮތުގައި މިވަނީ ޝޭޕް ޝިފްޓިން (އޭގެ ސައިޒް އަމިއްލަ އަށް ބަދަލުކުރުމުގެ ޤާބިލްކަން ލިބިފައިވާ) ރޮބޮޓްތައް އުފައްދަން ފަށައިފައެވެ.
އެގޮތުން މިކަމަށް ވިސްނައިގެން އިންޖިނިއަރުން މިވަނީ މޮރީ3 ގެ ނަމުގައި އޮރިގާމީ އިންސްޕަޔާޑް، ސްޕޭސް ޗޭންޖިން ރޮބޮޓެއް އުފައްދައިފައެވެ.
"މޮރީ3 ގެ ސައިޒާއި ސިފަ އަދި ފަންކްޝަން ބަދަލުކުރުމުގެ ޤާބިލްކަން އެއަށް ލިބިގެން ވޭ،" އެ ރޮބޮޓް އުފެއްދި ރިކޮންފިގްރަބަލް ރޮބޮޓިކްސް ލެބްގެ ޑިރެކްޓަރު ޖޭމީ ޕައިކް ރަސްމީ ބަޔާނެއްގައި ވިދާޅުވި އެވެ.
"މޮރީ3 އާ އެކު އަޅުގަނޑުމެންގެ އަމާޒަކީ އަތުގައި އޮތް މާހައުލާއި މަސައްކަތަށް ބެލުމަށްފަހު ބޭނުން ގޮތަކަށް އެސެމްބްލްކޮށް ޑިސްއެސެމްބްލް ކުރެވޭނެ މޮޑިއުލާ، އޮރިގާމީ ކަހަލަ ރޮބޮޓެއް އުފެއްދުން،" ޕައިކް ވިދާޅުވި އެވެ.
މި ޔުނިކް ރޮބޮޓްގެ ޑިޒައިން
މި ރޮބޮޓް އުފެއްދި ކުންފުނިން ނެރުނު ރަސްމީ ބަޔާނެއްގައި ވާގޮތުން މިއީ "ޕޮލިގޯން މެޝިންގެ ޑިޖިޓަލް ވޯލްޑް އަދި ސްވޯމް ބިހޭވިއާގެ ބަޔޮލޮޖިކަލް ވޯލްޑް" ގެ ގާބިލުކަން އެކުލެވިގެންވާ އެއްޗެކެވެ. މިކަމުގެ ސަބަބުން 2ޑީ ޓްރިއެންގަލްސް އިން ޕްރެކްޓިކަލީ ކޮންމެވެސް ތްރީޑީ އޮބްޖެކްޓަކަށް ހުއްޓުމެއް ނެތި ބަދަލުވުމުގެ ފުރުސަތު ލިބިގެންދެއެވެ.
ކޮންމެ މޮޑިއުލެއްގައި ވެސް ޓްރިއެންގަލަރ ފޯމެއް ހުރެއެވެ. މި ޑިޒައިންގެ ސަބަބުން މޮޑިއުލްތައް ފަސޭހައިން ގުޅާލައި، އެކި ސައިޒުތަކާއި ކޮންފިގްރޭޝަންތަކުގެ ޕޮލިގޯންތައް އުފައްދައި، ޕޮލިގޯން މެޝިންގެ ނަމުން ނަން ދެއެވެ.
ރޮބޮޓިކްސްގެ ޕޯސްޓް ޑޮކްޓޯރަލް ރިސާޗަރެއް ކަމަށްވާ ކްރިސްޓޮފް ބެލްކޭ ވިދާޅުވި ގޮތުގައި ޕޮލިގޯން މެޝިން އަކީ ހަރުދަނާ ރޮބޮޓިކް ސްޓްރެޓެޖީއެއް ކަން އަޅުގަނޑުމެންނަށް ވަނީ ދައްކައިދީފަ އެވެ.
ނަމަވެސް ޕޮލިގޯން މެޝިން ހާސިލްކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. ރޮބޮޓިކްސް ޑިޒައިންގެ ގިނަ ކަންތައްތަކަކާ މެދު ވިސްނަން ޖެހުނު އިރު އޭގެ ތެރޭގައި މެކޭނިކަލް އަދި އިލެކްޓްރޯނިކް ޑިޒައިނާއި ކޮމްޕިއުޓާ ސިސްޓަމްތައް ހިމެނެ އެވެ. ރޮބޮޓިކްސް އަށް ވިސްނާ ގޮތާ މެދު އަލުން ވިސްނަން ޖެހުނެވެ. މި ރޮބޮޓްތަކުގެ އަމިއްލަ ސިފަ ބަދަލުކޮށް، އެކަކު އަނެކަކާ ގުޅި، މުއާމަލާތްކޮށް، އަލުން ކޮންސްޓްރަކްޝަން ކޮށް، ފަންކްޝަނަލް އަދި އާޓިކިއުލޭޓެޑް ސްޓްރަކްޗާތައް އުފައްދައިދެވިދާނެ،" ބެލްކޭ ކިޔައިދިނެވެ.
ގިނަ ޓްރަޔަލްތަކަކާއި ގޯސްތަކަކަށް ފަހު، މޮރީ3 ރޮބޮޓުން ވަނީ ހިނގާބިނގާވެ އުޅުމާއި އެއްޗެހި ހޭންޑްލްކޮށް އުފުލުމުގެ އިތުރުން ބޭނުންކުރާ މީހުންނާ މުއާމަލާތް ކުރުމުގެ ގާބިލުކަން ވެސް ދައްކުވައިދީފަ އެވެ.
ޖައްވުގެ މަސައްކަތްތަކުގައި މި ރޮބޮޓްގެ ބޭނުން ހިފުން
މޮޑިއުލާ ޑިޒައިނާއި މަލްޓި ފަންކްޝަނަލް ކެޕޭލިޓީސް އަކީ ޖައްވަށް ކުރާ ދަތުރުތަކުގައި މުހިންމު ކަންތައްތަކެއް ކަމަށް އެ ޓީމުން ފާހަގަކުރެ އެވެ. މީގެ އިތުރުން މި ރޮބޮޓް ޕްރޮޓޮޓައިޕްގެ ސިފަ ވަރަށް ފަސޭހައިން ބަދަލުކޮށް، ތަފާތު މަސައްކަތްތައް ކުރުމުގެ ފުރުސަތު ފަހިކޮށްދެ އެވެ.
"ޕޮލިގޯނަލް އަދި ޕޮލިމޯފިކް ރޮބޮޓްތައް އެކަކު އަނެކަކާ ގުޅައިގެން އާޓިކިއުލޭޓެޑް ސްޓްރަކްޗާތައް އުފައްދައި، ތަފާތު އެޕްލިކޭޝަންތަކަށް ހަރުދަނާ ގޮތެއްގައި ބޭނުން ކުރެވިދާނެ. މޮރީ3 ފަދަ ޖެނެރަލް ޕާޕަސް ރޮބޮޓަކީ ބައެއް ސަރަހައްދުތަކުގައި ހުންނަ ސްޕެޝަލައިޒްޑް ރޮބޮޓަށް ވުރެ ކުޑަ ރޮބޮޓެއް ކަން ޔަގީން، އެއީ މޮރީ3 ގެ އެންމެ ބޮޑު ސޭލިން ޕޮއިންޓަކީ އޭގެ ވާސަޓައިލިޓީ،" ޕައިކް ބުންޏެވެ.
މޮރީ3 ރޮބޮޓަކީ ޖާގަ ކުޑަ ޖައްވީ އުޅަނދަކަށް ފިޓްކުރެވޭ ގޮތަށް އުފައްދާފައިވާ ރޮބޮޓެކެވެ. މި ހާލަތުގައި އެކި އެކި މަސްއޫލިއްޔަތުތައް އަދާކުރުމަށް ގިނަ ރޮބޮޓްތަކެއް އޮންބޯޑް ކުރުމަކީ ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެކެވެ. އެހެންނަމަވެސް މޮރީ3 އަށް މިމައްސަލަ ދިމައެއް ނުވާނެއެވެ.
މުސްތަގުބަލުގައި އިންސާނުންގެ ބުރަ މަސައްކަތްތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން މުވާސަލާތީ އަދި ޖައްވީ އުޅަނދުތަކުގެ ބޭރު ކަވަރު މަރާމާތު ކުރުން ފަދަ ޖައްވީ ދަތުރުފަތުރުގެ ހަރަކާތްތަކަށް މޯރީ3 ރޮބޮޓް ތައް ބޭނުންކުރެވިދާނެ ކަމަށް އުފެއްދުންތެރިން އުންމީދު ކުރެ އެވެ.
މި ޚާއްޞަ ރޮބޮޓާއި ބެހޭގޮތުން އިތުރު މައުލޫމާތުތައް ނޭޗާ މެޝިން އިންޓެލިޖެންސް ޖާނަލްގައި ޝާއިއުކޮށްފައި ވެއެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.