ޓެލެގްރާމް އިން ސްޓޯރީ ޝެއާކުރެވޭ ފީޗާ ތަޢާރަފް ކުރަނީ

އަޙްމަދު ދާއޫދު 28 ޖޫން 2023

މަޝްހޫރު މެސެޖިން އެޕް ޓެލެގްރާމްގެ ކުރިއަށް އޮތް އަޕްޑޭޓާއެކު ސްޓޯރީ ހިއްސާކުރެވޭ ފީޗާއެއް ތަޢާރަފްކުރާނެކަން އެޕްލެޓްފޯމްގެ ބާނީ ޕަވެލް ޑޫރޯވް އިއުލާން ކުރައްވައިފިއެވެ.

ޓެލެގްރާމް ބޭނުންކުރާ މީހުންނަށް ގެނެސްދޭ މި އާ އިތުރު ފީޗާއަކީ ސޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމްތައް ފަދައިން ޓެލެގްރާމް ބޭނުންކުރާ ފަރާތްތަކަށްވެސް އެމީހުންގެ ތަޖުރިބާތައް ރައްޓެހިންނަށް ހިއްސާކޮށް، އޯޑިއަންސްއާ ގުޅުން ބަދަހި ކުރުމަށް ލިބިގެންދާނެ މުޅިން އައު ފުރުޞަތެކެވެ.

ޓެލެގްރާމް ސްޓޯރީސްގެ ފާހަގަކޮށްލެވޭ ޚާއްޞަ އެއް ސިފައަކީ ސްޓޯރީ ހިއްސާކުރެވޭ ރައްޓެހިންގެ ލިސްޓް ކޮންޓްރޯލް ކުރުމުގެ ގާބިލްކަން ލިބިފައިވުމެވެ. އޭގެ މާނައަކީ ބޭނުންކުރާމީހުންނަށް އެމީހުންގެ ސްޓޯރީ ބެލުމުގެ ހުއްދަ ދޭންބޭނުންވާ ފަރާތްތައް ޚިޔާރުކޮށް، އެމީހުންގެ ސްޓޯރީތައް ހިއްސާކުރެވޭނީ ހަމައެކަނި އެމީހުން ބޭނުންވާ މީހުންނާކަން ކަށަވަރުވުމެވެ. މި ކަސްޓަމައިޒޭޝަންގެ ސަބަބުން ޕްރައިވެސީ ހަރުދަނާވެގެންދާއިރު، އަމިއްލަ ތަޖުރިބާތައް ހިއްސާކުރުމުގެ ފައިދާ ލިބިގެންދެއެވެ.

ޓެލެގްރާމް ސްޓޯރީސްގެ ތެރޭގައި ކެމެރާގެ ކުރިމަތިންނާއި ފަހަތުން ވެސް އެއްފަހަރާ ކެމެރާ ބޭނުންކޮށްގެން ފޮޓޯ ނަގައި ވީޑިއޯ ރެކޯޑް ކުރެވޭއިރު، މިއީ ސްޓޯރީ ޝެއާކުރުމުގެ އިމަރސިވް އަދި ޑައިނަމިކް ތަޖުރިބާއެކެވެ.

މީގެ އިތުރުން ޓެލެގްރާމް ސްޓޯރީސް އިން ސްޓޯރީ ޕަބްލިޝްކުރާ މުއްދަތު ކޮންޓްރޯލްކުރަން ލިބޭނެއެވެ.. 6، 12، 24، ނުވަތަ 48 ގަޑިއިރު ފަދަ ވަކި ވަގުތު ތަކެއް އިޚްތިޔާރުތަކުގެ ތެރެއިން ސްޓޯރީތައް ފެންނާނީ ކިހާ ވަގުތެއްގެ ތެރޭގައިތޯ ނިންމޭނެއެވެ. ނުވަތަ، ސްޓޯރީތައް ދާއިމީ ގޮތެއްގައި ރައްޓެހިންނަށް ފެންނަން ގޮތަށްވެސް ހިއްސާކުރެވޭނެ އެވެ.

އަދި މީގެ އިތުރުން ޓެލެގްރާމް ސްޓޯރީގައި ސްޓޯރީތައް ޕާސަނަލައިޒްކޮށް ކޮންޓެކްސްޗުއަލައިޒް ކުރުމަށްޓަކައި ޓެކްސްޓް ކެޕްޝަންތައް ވެސް އިތުރު ކުރެވޭނެ އެވެ. މި ފީޗާގެ ސަބަބުން ވަކިވަކި ފަރުދުންނަށް އިތުރު މައުލޫމާތާއި، ވިސްނުންތަކާއި، ނުވަތަ ގުޅުންހުރި ލިންކްތައް ހިއްސާކުރުމާއި، އެމީހުންގެ ސްޓޯރީތައް މުއްސަނދިކޮށް، ބެލުންތެރިން މާނަހުރި ގޮތެއްގައި ޝާމިލުކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

ސްޓޯރީސް ފީޗާ މިހާރު ޓެސްޓް ކުރުމުގެ އެންމެ ފަހު މަރުހަލާ ކުރިއަށްދާއިރު، 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ކުރީކޮޅު ނެރެން ވަނީ ހަމަޖެހިފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެލެގްރާމް ބޭނުންކުރާ 700 މިލިޔަން ޔޫޒަރުން މި އާ ފީޗާރ ބޭނުންކުރުމުގެ ފުރުސަތަށް ކެތްތެރިކަމާއެކު މިހާރު ދާނީ އިންތިޒާރު ކުރަމުންނެވެ.

މިހާރު ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެތައް މިލިއަން މީހުން ބޭނުން ކުރަމުންދާ ޓެލެގްރާމްއަށް ސްޓޯރީސް ފީޗާ ތައާރަފްވުމާއެކު، ބޭނުންކުރާމީހުންގެ މެދުގައި އިތުރު މަޤުބޫލުކަން މި ޕްލެޓްފޯމަށް ލިބިގެންދާނެއެވެ.

ރަސްމީކޮށް މިފީޗާރ ރިލީޒް ކުރަން ކައިރިވަމުން އަންނައިރު، ޓެލެގްރާމް ބޭނުންކުރާ ފަރާތްތަކަށް އެޕްގެ ތެރޭގައި އިތުރަށް ޝައުގުވެރި އަދި އިންޓަރެކްޓިވް ތަޖުރިބާއަކަށް އިންތިޒާރު ކުރެވޭނެ އެވެ.


އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.